ހދ. ކުޅުދުއްފުށިން އިތުރު 8 މީހަކު ކޯވިޑް-19 ޕޮޒިޓިވް ވެއްޖެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ ސިޓީން އިތުރު 8 މީހަކު ވަނީ މިއަދު އަލަށް ޕޮޒިޓިވްވެފައެވެ.

Ad
rt

މިއަދު ޕޮޒިޓިވްވި 8 މީހުންނަކީ ވެސް ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލް ތަކުން ޕޮޒިޓިވްވި މީހުންނެވެ.

މިއާއިއެކު އެ ސިޓީން ޕޮޒިޓިވްވި މީހުންގެ ޢަދަދު 34 އަށް އަރާފައިވާ ކަމަށް ކޭއާރުއެޗް އިން ވިދާޅުވެއެވެ.

މިމަހުގެ 24 ވަނަ ދުވަހު ކޭއާރުއެޗުގެ ފުލޫ އޯޕީޑީއަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވްވުމާއި ގުޅިގެން ނެގުނު ސާމްޕަލް ތަކަކާއި ފުލޫ އޯޕީޑީގެ އިތުރު ސާމްޕަލުތަކެއްވެސް މިހާތަނަށް ވަނީ ޕޮޒިޓިވްވެފައި އެވެ.

އެ ސިޓީގައި މިހާރު ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުގެ ފުރުޞަތު އޮތްކަމަށް ވެސް ކޭއާރުއެޗްއިން ވަނީ ކުރިން ވިދާޅުވެފައެވެ.

ކޯވިޑްގެ ސަބަބުން ކުޅުދުއްފުށީ ސިޓީ އޮތީވެސް ބަންދު ކޮށްފައެވެ.