މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ރާއްޖެއިން ސިޓީ ޕޮސިބަލްގައި ބައިވެރިވި ފުރަތަމަ އަތޮޅަކަށް ނ. އަތޮޅު

ރާއްޖެއިން ސިޓީ ޕޮސިބަލްގައި ބައިވެރިވި ފުރަތަމަ އަތޮޅަކަށް ނ. އަތޮޅު

ސިޓީ ޕޮސިބަލް ޕްރޮގްރާމުގައި ބައިވެރިވުމަށް ނ. އަތޮޅު ކައުންސިލުން މާސްޓަރ ކާޑާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 300ށް ވުރެ ގިނަ ސިޓީތައް ހިމެނޭ ގްލޯބަލް ނެޓްވޯކުގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ އަތޮޅަކީ ނ. އަތޮޅެވެ. މި ސިޓީ ނެޓްވޯކުގައި ނިއުޔޯކް، ލަންޑަން، ދުބާއި، އަދި ސިންގަޕޯރ ފަދަ ސިޓީތައް ވެސް ހިމެނެވެއެވެ. އެއްބަސްވުމުގައި ސޮއުކުރުމުގެ ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ވިދާޅުވީ، މާސްޓަރ ކާޑާއި، އެކު މި ވެވުނު އެއްބަސްވުމުގެ ދަށޫން ރަށާއި، އަތޮޅުގެ […...

ޝިއުނާ އާދަމް
ހަނިމާދޫގެ މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫގެ މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގެ މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމުގައި ހަނިމާދޫ ކައުންސިލުން ހާމަކޮށްފިއެވެ. އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ހަނިމާދޫގެ މިސްކިތްތަކުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ 24 އޯގަސްޓް 2021 ވާ އަންގާރަ ދުވަހުއެވެ. ޖުމްލަ ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި ޕްރޮގްރާމް އޯގަސްޓް މަހުގެ 27 ވަނަ ދުވަހާ...

އިބްރާހިމް ޚަލީލް
ނައިވާދޫ ފުޓްސަލް ދަނޑުގައި ގަބުރު ހުރިތޯ ބަލަން ކޮނެފި 📍 ހދ. ނައިވާދޫ

ނައިވާދޫ ފުޓްސަލް ދަނޑުގައި ގަބުރު ހުރިތޯ ބަލަން ކޮނެފި

ހދ. ނައިވާދޫ ފުޓްސަލް ދަނޑު ސަރަހައްދުގައި ގަބުރު ހުރިތޯ ބެލިބެލުމުން ކޮނުނު ކޮނުމުން، އެފަދަ އެއްވެސް އެއްޗެއް ފެނިފައި ނުވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެ އެވެ. ނައިވާދޫ ކައުންސިލުން ވިދާޅުވީ، ފުޓްސަލް ދަނޑު ސަރަހައްދުގައި ގަބުރު ހުރިތޯ ބެލުމަށް އެ ސަރަހައްދުގެ 7 ތަނެއް ކޮނެގެން ބެލިކަމަށާއި އެ އެއްވެސް ތާކުން ގަބުރެއް ފެނިފާ ނުވާކަމަށެވެ. އެރަށު ކައުންސިލްގެ ރައީސް އަލީ ރަޝީދު “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގަބުރު ހުރިތޯ ބެލުމަށް ނިންމީ މިއަހަރުގެ […]

އަޙްމަދު އަރުޝަމް
ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން ހއ. އަތޮޅު ތައުލީމީ މަރުކަޒަށް އެހީވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން ހއ. އަތޮޅު ތައުލީމީ މަރުކަޒަށް އެހީވެއްޖެ

ހއ. ދިއްދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމުގައިވާ މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން އެ ރަށުގައި ހުންނަ ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިތެރޭގައި ބޭނުން ކުރުމަށް ހަތަރު ބެންޗް ހަދިޔާކޮށްފިއެވެ. މި ބެންޗްތައް ފަރުމާ ކުރެވިފައި ވަނީ މޭޒެއް ހިމެނޭހެން އަދި އެ މޭޒުގެ ދެ ފަރާތުގައި ދަރިވަރުންނަށް އިށީންދެ ތިބެވޭހެން ގޮނޑި ހިމެނޭގޮތަށެވެ. އަދި ބެންޗް ފަރުމާކޮށްފައި ވަނީ އެއްތަނުން އަނެއްތަނަށް ފަސޭހައިން އުފުލޭގޮތަށެވެ. އެ މަރުކަޒުގައި ތަޢުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރުންނ...

އިބްރާހިމް ޚަލީލް
ތަކަންދޫން 32 މީހުން ބަލިން ރަނގަޅުވެއްޖެ 📍 ހއ. ތަކަންދޫ

ތަކަންދޫން 32 މީހުން ބަލިން ރަނގަޅުވެއްޖެ

ހއ. ތަކަންދޫން ކޯވިޑް-19އަށް އިތުރު ޕޮޒިޓިވް ކޭހެއް ނުފެންނަތާ 6 ދުވަސް ވެފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޢަދަދު 32 އަށް އަރައިފިއެވެ. ބަލީގެ އަލާމާތް ހުރެގެން 29 ޖުލައިގައި ތަކަންދޫ ސިއްހީ މަރުކަޒުގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވިކަން އެނގުނީ ޖުލައި 30 ވަނަ ދުވަހުއެވެ. އެމީހާއަކީ ޓްރަވަލް ހިސްޓްރީއެއް ވެސް ނެތް މީހެކެވެ. އެ ކޭހާއި ގުޅިގެން އެދުވަހުން ފެށިގެން އެރަށް މޮނިޓަރިންނަށް ލާފައި އޮތްއިރު، އޭގެފަހުން މިހާތަނަށް 55 މީހަކު […]

ޔުމްނާ ޢަލީ
ފީވަކުން އަނެއްކާވެސް އިތުރު 10 މިހަކު ޕޮޒިޓިވްވެއްޖެ

ފީވަކުން އަނެއްކާވެސް އިތުރު 10 މިހަކު ޕޮޒިޓިވްވެއްޖެ

ށ. ފީވަކުން އަނެއްކާވެސް އިތުރު 10 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މި މީހުންނަކީ، މިމަހުގެ 15 އަދި 16 ވަނަ ދުވަހު އެރަށުން ނެގުނު 18 ސާމްޕަލް ގެތެރެއިން ޕޮޒިޓިވްވި ބަޔެކެވެ. މި 18 ސާމްޕަލުން 7 ސާމްޕަލް ނެގެޓިވް ވިއިރު ނަތީޖާ ނުލިބޭ 1 ސާމްޕަލް ހިމެނެއެވެ. މީގެ ކުރިން މިމަހުގެ 11 އަދި 12 ވަނަ ދުވަހު ނެގުނު ސާމްޕަލް ތަކުގެ ތެރެއިން ވެސް 10 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފައެވެ. މި ކޭސްތަކާއެކު މިހާތަނަށް […]

އަޙްމަދު އަރުޝަމް
ކުޅުދުއްފުށިން އިތުރު 4 މީހަކު ޕޮޒިޓިވްވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން އިތުރު 4 މީހަކު ޕޮޒިޓިވްވެއްޖެ

ކުޅުދުއްފުށީ ސިޓީން އިތުރު 4 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި، މި މީހުންނަކީ 16 އޯގަސްޓްގައި ޕޮޒިޓިވްވި ކޭސް އާއި ގުޅުންހުރި ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 4 މީހެއް ކަމަށެވެ. އެހެންކަމުން މި ކްލަސްޓާގެ ޖުމްލަ 7 އަށް އަރާފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. ހުމާއި ރޯގާގެ އެއްވެސް ކަހަލަ އަލާމާތެއް ހުރި ކަމުގައި ވާނަމަ ލަސް ނުކުރައްވާ އެ ހޮސްޕިޓަލްގެ ފުލޫ އޯޕީޑީއަށް ދައްކައި، ނުވަތަ […]

ޝިއުނާ އާދަމް
ވަށަފަރު ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެއްޖެ 📍 ހއ. ވަށަފަރު

ވަށަފަރު ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެއްޖެ

ހއ. ވަށަފަރު ސިއްހީ މަރުކަޒުގެ ފްލޫ ކްލިނިކަށް ދެއްކި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެ މީހާގެ ސާމްޕަލް ނަގާފައިވަނީީ މި މަހުގެ 16 ވަނަ ދުވަހު ހުން އައިސްގެން ޑޮކްޓަރަށް ދައްކަން ދިޔުމުންނެވެ. ވަށަފަރު ސިއްހީ މަރުކަޒުގެ މެނޭޖަރު އަލީ މުސްތަފާ “ތިލަދުން” އަށް ވިދާޅުވީ ޕޮޒިޓިވް ވެފައިވާ މީހާ ބަލިވެގެން މަރުކަޒަށް އައީ އޭނާ މާލެއަށް ގޮސްއައިތާ 2 ދުވަސް ފަހުން ކަމަށެވެ. އަދި ޕޮޒިޓިވްވި ފަރާތަކީ ދަތުރު ކުރުމުގެ އައު އުސޫލުގެ […]

އަޙްމަދު އަރުޝަމް
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުޅުދުއްފުށީގައި ހުޅުވާ، އުތުރު ސަރަޙައްދީ އޮފީހަށް މުވައްޒަފުން ނަގަނީ

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުޅުދުއްފުށީގައި ހުޅުވާ، އުތުރު ސަރަޙައްދީ އޮފީހަށް މުވައްޒަފުން ނަގަނީ

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހދ. ކުޅުދުއްފުށި ސިޓީގައި ގާއިމްކުރާ އެ އޮފީހުގެ އުތުރު ސަރަޙައްދީ އޮފީހަށް މުވައްޒަފުން ނެގުމަށް އިއުލާން ކޮށްފިއެވެ. މިގޮތުން އިއުލާން ކޮށްފައި ވަނީ އެސިސްޓަންޓް އޮޑިޓަރ (ގްރޭޑް 1) ގެ 2 މުވައްޒަފުން ނެގުމަށެވެ. މި މުވައްޒަފުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށި ސިޓީގައި ގާއިމްކުރާ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އުތުރު ސަރަޙައްދީ އޮފީހުގައެވެ. އެހެންކަމުން މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވަނީ އެ އޮފީހުން ކުޅުދުއްފުށި ސިޓީއަށް ދަތުރުކޮށް އިންޓަވިއު ކ...

އިބްރާހިމް އަސްވާޤް
މެދުކެނޑުމަކަށް ފަހު ހަނިމާދޫގައި އަލުން އޭލެވެލްއަށް ކިޔަވައިދޭން ފަށަނީ

މެދުކެނޑުމަކަށް ފަހު ހަނިމާދޫގައި އަލުން އޭލެވެލްއަށް ކިޔަވައިދޭން ފަށަނީ

މެދުކެނޑުމަކަށް ފަހު ހަނިމާދޫ ސްކޫލުގައި އަނެއްކާވެސް އޭލެވެލްއަށް ކިޔަވައިދިނުން ފެށުމަށްޓަކައި ދަރިވަރުން ހޯދުމަށް އެ ސްކޫލުން އިޢުލާން ކޮށްފިއެވެ. އެކަށީގެންވާވަރަށް ދަރިވަރުން ލިބިއްޖެނަމަ އެ ސްކޫލުގައި އޭލެވެލްގެ ދެ ސްޓްރީމެއް ކިޔަވައިދޭން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެ ދެ ސްޓްރީމަކީ ސައިންސް ސްޓްރީމާއި ބިޒްނަސް ސްޓްރީމެވެ. ސައިންސް ސްޓްރީމަށް ވަންނަން ބޭނުންވާ ދަރިވަރުންގެ ހުންނަންވާނޭ ޝަރުތުތައް ގޮތުގައި ހިމަނާފައި ވަނީ އެސްއެސްސީ ދިވެހި ނުވަތަ އިސްލާމުން ފާސްވެފައި ވުމާއެކު ޖީ....

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގެ ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕުލޭން ރައްޔިތުންނާއި ހިއްސާ ކުރަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕުލޭން ރައްޔިތުންނާއި ހިއްސާ ކުރަނީ

ކުޅުދުއްފުށި ސިޓީގެ ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ފާސް ކުރުމުގެ ކުރިން ރައްޔިތުންނާ ހިއްސާކުރުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިގޮތުން އެ ސިޓީގެ ލޭންޑް ޔޫސް ޕްލޭނާއި ތަރައްޤީގެ ޕްލޭން ފާސްކުރުމުގެ ކުރިން ރައްޔިތުންނާއި ހިއްސާކުރުމަށް ބާއްވާ ބައްދަލުވުން 20 އޯގަސްޓް 2021 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ. ކުޅުދުއްފުށި ސިޓީއިން […]

އިބްރާހިމް ޚަލީލް
ނެއްލައިދޫގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި

ހދ . ނެއްލައިދޫ ފުލޫ ކުލިނިކަށް ދެއްކި ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނައުމާއިއެކު އެރަށުގައި ރައްކާތެރިކަމުގެ ގޮތުނަ އަޅާފައިވާ ފިޔަވަޅުތަށް އިތުރަށް ވަރުގަދަ ކޮށްފިއެވެ. އެ ރަށުން ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ ބަލީގެ އަލާމާތް ހުރެގެން ފުލޫ ކުލިނިކަށް ދެއްކި އެ ރަށު ސްކޫލުގެ ގްރޭޑް 9 ގައި ތަޢުލީމް ހާސިލް ކުރަމުންއައި ދަރިވަރެކެވެ. މި ކޭސްއާއި ގުޅިގެން އެޗްޕީއޭއިން […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށިން އިއްޔެ ޕޮޒިޓިވްވި މީހާއާއި ސީދާ ބައްދަލުވި ދެމީހަކު ޕޮޒިޓިވްވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން އިއްޔެ ޕޮޒިޓިވްވި މީހާއާއި ސީދާ ބައްދަލުވި ދެމީހަކު ޕޮޒިޓިވްވެއްޖެ

އިއްޔެ ކުޅުދުއްފުށީ ސިޓީން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހާއާއި ސީދާ ބައްދަލުވި މީހުންގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވެއްޖެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރުއެޗް) ފުލޫ އޯޕީޑީއަށް ދެއްކި މީހަކު އިއްޔެ ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. ކޭއާރުއެޗްއިން ވިދާޅުވި ގޮތުގައި އިއްޔެ ޕޮޒިޓިވްވި މީހާގެ 2 ކޮންޓެކްޓުން ޕޮޒިޓިވްވެ، މި ކްލަސްޓަރގެ ޖުމްލަ 3 އަށް މިހާރު އަރާފައިވާ ކަމަށެވެ. އިއްޔެ އެ ސިޓީން ޕޮޒިޓިވްވެފައި ވަނީ ރޯގާގެ އަލާމާތްތައް ފެނިގެން ކޭއާރުއެޗްގެ ފްލޫ އޯޕީޑީއަށް ދެއްކި 51 […]

ޝިއުނާ އާދަމް
ފީވަކުން އިތުރު 4 މީހުން ޕޮޒިޓިވްވެ، 18 މީހުން ބަލިން ރަނގަޅުވެއްޖެ

ފީވަކުން އިތުރު 4 މީހުން ޕޮޒިޓިވްވެ، 18 މީހުން ބަލިން ރަނގަޅުވެއްޖެ

ށ. ފީވަކުން އިތުރު 4 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، 18 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ. އަލަށް ޕޮޒިޓިވްވި މީހުންނަކީ މިމަހުގެ 13 އަދި 14 ވަނަ ދުވަހު ނެގުނު 15 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި 4 މީހުންނެވެ. ބާކީ ސާމްޕަލްތައް ވަނީ ނެގެޓިވްވެފައެވެ. މިވަގުތު ވެސް އެރަށުގައި ބަލި ޖެހިފައިވާ 87 މީހަކު އެބަތިއްބެވެ. އަދި 30 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ފީވަކުގެ 22 ގެ އެއްގައި ބަލިޖެހިފައިވާ މީހުން އެބަތިއްބެވެ. މިދިޔަ ޖުލައި […]

ޙުސައިން ޝަހުދީ
އިހަވަންދޫ ބަންދުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަންދުކޮށްފި

ހއ. އިހަވަންދޫ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް ބަންދުކުރީ މިއަދުގެ ހެނދުނު 8:25 އިން ފެށިގެންނެވެ. އިހަވަންދޫއަށް އަރާ ފޭބުން މަނާކޮށްފައި މިވަނީ ކޯވިޑަށް ޕޮޒިޓިވްވި ބަޔަކާއި، ޑައިރެކްޓް ކޮންޓެކްޓްވި ދެ މީހަކު ރޭ ކޯވިޑަށް ޕޮޒިޓިވްވެފައި ވަނިކޮށެވެ. ކުރިން އެރަށުން ޕޮޒިޓްވެފައި ވަނީ  ދ. ކުޑަހުވަދޫން އެރަށަށް ދަތުރުކުރި 4 މީހެއްކަމަށް މައުލޫމާތު ލިބިފަވެއެވެ. އިހަވަންދޫ މޮނިޓަރިންނަށް ހާލަތަށް ގެނެސްފައިވުމާއެކު، މޮނިޓަރިން ހާލަތުގައި އޮންނަ ރައ...

ޔުމްނާ ޢަލީ