މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ނެއްލައިދޫ މޮނިޓަރިން ހާލަތުން ނަގައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ މޮނިޓަރިން ހާލަތުން ނަގައިފި

ކޯވިޑް-19 އާއި ގުޅިގެން މޮނިޓަރިންގައި އޮތް ހދ. ނެއްލައިދޫ އެ ހާލަތުން ވީއްލައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެރަށް އެހާލަތުން ވީއްލާފައިވަނީ، މޮނިޓަރިންނަށްލީތާ 10 ދުވަސްފަހުން، މިއަދު މެންދުރު 12:08 އެވެ. މޮނިޓަރިން އުވާލިކަން އަންގަމުން އެޗްޕީއޭއިން ނެއްލައިދޫ ކައުންސިލަށް ފޮނުއްވާފައިވާ ލިއުމުގައި ވިދާޅުވެފައި ވަނީ، ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޤާނޫނުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މިވަގުތު އެރަށުގައި މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަ...

އަޙްމަދު އަރުޝަމް
މެންޓަލް ހެލްތުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރަން ސަރުކާރުން 30 ސްކޮލަޝިޕް ހުޅުވާލަނީ

މެންޓަލް ހެލްތުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރަން ސަރުކާރުން 30 ސްކޮލަޝިޕް ހުޅުވާލަނީ

ނަފްސާނީ މައްސަލަތަކަށް އެހީވުމަށް މެންޓަލް ހެލްތު ދާއިރާއިން މީހުން ބިނާކުރުމަށް އެ ދާއިރާއިން ސްކޮލަޝިޕް އަށް 30 ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓަ ޕްލޭން އިފްތިތާހުކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެ ޕްލޭންގެ އަމާޒަކީ، ވަޒީފާތައް އަދާކުރާނެ ފަންނީ ހުނަރުވެރިން އުފެއްދުން ކަމަށެވެ. އެކަމުގެ ސަބަބުން ރަށްރަށުގެ ވަރަށ...

ޝިއުނާ އާދަމް
ހއ. އަތޮޅު ޤްރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި، 1 ވަނަ ދިއްދޫއަށް

ހއ. އަތޮޅު ޤްރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި، 1 ވަނަ ދިއްދޫއަށް

ހއ. އަތޮޅު ޤުރުއާން މުބާރާތުގެ ނަތީޖާފާޅުކޮށްފިއެވެ. ހއ. އަތޮޅު ސްޓޭޓްހައުސް ކޮންފަރެންސް ހޯލުގައި ބޭއްވި މި ހަަފްލާ ޝަރަފްވެރިކޮށްދެއްވާފައި ވަނީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޢަބްދުﷲ ނާހިދު އެވެ. އަދި ވަނަވަނަ އަށް އައި ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިއުން ހަވާލުކޮށްފައިވަނީ ޝަރަފްވެރި މެހެމާނާއި ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގުގެ އިތުރުން އެ އަތޮޅު ކެލާ ކައުންސިލްގެ ރައީސް ޢަބްދުﷲ އިންފާޒް އަދި ދިއްދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދެވެ. މި […]

އަޙްމަދު އަރުޝަމް
ނޭކުރަންދޫ ޖަލުގެ ކޮންސެޕްޓް ޕްލޭނެއް ހަދައިދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ނޭކުރެންދޫ

ނޭކުރަންދޫ ޖަލުގެ ކޮންސެޕްޓް ޕްލޭނެއް ހަދައިދޭނެ ފަރާތެއް ހޯދަނީ

ހދ. ނޭކުރަންދޫގައި އަޅަން ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޖަލުގެ ކޮންސެޕްޓް ޕްލޭނެއް ހަދާދޭނެ ފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ. މިގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން މިއަދު ނެރުއްވި އިއުލާނެއްގައި ވިދާޅުވީ، ނޭކުރެންދޫގެ ހުޅަނގު ދެކުނު ކޮޅުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޖަލުގެ ކޮންސެޕްޓް ޕްލޭނެއް އެ މިނިސްޓްރީން ދެއްވާ މައުލޫމާތާއި އެއްގޮތަށް ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. މި ބީލަމުގައި ރަޖިސްޓަރ ވުމަށް ދީފައިވާ ސުންގަޑިއަކީ މިމަހުގެ 29 ވާ އާދީއްތަ ދުވަހު...

އަޙްމަދު އަރުޝަމް
އީ-ޓުކުރި "ކޮމިއުނިޓީ އޮންލައިން ޝޮޕް" އާއި ގުޅޭ މަޢުލޫމާތު ދިނުން މިރޭ ހަނިމާދޫގައި 📍 ހދ. ހަނިމާދޫ

އީ-ޓުކުރި "ކޮމިއުނިޓީ އޮންލައިން ޝޮޕް" އާއި ގުޅޭ މަޢުލޫމާތު ދިނުން މިރޭ ހަނިމާދޫގައި

މޯލްޑިވްސް ޕޯސްޓްގެ އީ-ޓުކުރި ޕްލެޓްފޯމް މެދުވެރިކޮށް ރަށްރަށުގައި އުފައްދާތަކެތި ގަނެވިއްކައި ހެދޭ “ކޮމިއުނިޓީ އޮންލައިން ޝޮޕް” އާއި ގުޅޭ މަޢުލޫމާތު ދިނުން މިރޭ ހަނިމާދޫގައި އޮންނާނެއެވެ. ކޮމިއުނިޓީ އޮންލައިން ޝޮޕް އަކީ ރަށު ފެންވަރުގައި އުފައްދާ ތަކެތި މޯލްޑިވްސް ޕޯސްޓްގެ އީ-ޓުކުރި ޕްލެޓްފޯރމް މެދުވެރިކޮށް ގަނެވިއްކައި ހެދޭ ” ރަށު އޮންލައިން ފިހާރަ” އެކެވެ. މި އޮންލައިން ޝޮޕް މެދުވެރިކޮށް ރަށުގައިތިބެ ތަފާތު އުފެއްދުންތައް އުފައްދައި މުޅި ރާއްޖެއަށް އިޝްތިހާރުކޮށް، ފަސޭހަކަމާއިއެކު ގަނެވިއްކައ...

އިބްރާހިމް ޚަލީލް
ނޭކުރެންދޫގައި ހޭންޑްބޯލް ކޯޗިން ކޭމްޕެއް ބާއްވަނީ 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫގައި ހޭންޑްބޯލް ކޯޗިން ކޭމްޕެއް ބާއްވަނީ

ހދ. ނޭކުރެންދޫ ޒާހިރު ސްޕޯޓްސް އެކަޑަމީއާއި، އެ ރަށު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ހޭންޑް ބޯލް މޯލްޑިވްސް ގުޅިގެން އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ހޭންޑްބޯލް ކޯޗިން ކޭމްޕްގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 04 ސެޕްޓެމްބަރ 2021 އިން 12 ސެޕްޓެމްބަރ 2021 ގެ ނިޔަލަށް ޖުމްލަ ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޭމްޕް ހާއްސަ ކުރެވިފައި ވަނީ ކަނބަލުންނަށެވެ. މި ކޭމްޕާއި ގުޅޭގޮތުން “ތިލަދުން” އަށް މަޢުލޫމާތު ދެމުން […]

އިބްރާހިމް ޚަލީލް
އިހަވަންދޫއިން އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫއިން އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ

ހއ. އިހަވަންދޫން އިތުރު 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އިހަވަންދޫ އައިމިނާ ދިޔޯ ސިއްހީ މަރުކަޒުން ވިދާޅުވި ގޮތުގައި މި 2 މީހުންނަކީ ކުޑަހުވަދޫ ކަލަސްޓާއާއި ގުޅިގެން ކަރަންޓީނު ކުރެވިފައިވާ މީހުން ކަމަށެވެ. ދ. ކުޑަހުވަދޫން އެރަށަށް ދަތުރުކުރި 4 މީހެއް ޕޮޒިޓިވްވެފައި ވަނިކޮށް އެމީހުންނާއި، ޑައިރެކްޓް ކޮންޓެކްޓްވި ދެ މީހަކު އޯގަސްޓް 16 ވަނަ ދުވަހުގެ ރޭ ޕޮޒިޓިވްވުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ 17 އޯގަސްޓްއިން ފެށިގެން އެރަށަށް އަރާ […]

އަޙްމަދު އަރުޝަމް
އުސޫލާއި ހިލާފަށް އެއްވެސް ރައްޔިތަކު ދަތުރެއް ނުކުރޭ: އިހަވަންދޫ ކައުންސިލް 📍 ހއ. އިހަވަންދޫ

އުސޫލާއި ހިލާފަށް އެއްވެސް ރައްޔިތަކު ދަތުރެއް ނުކުރޭ: އިހަވަންދޫ ކައުންސިލް

ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ކަނޑައެޅިފައިވާ އުސޫލާއި ޚިލާފަށް ހއ. އިހަވަންދޫގެ އެއްވެސް ރައްޔިތަކު އެހެން ރަށަކަށް ދަތުރު ނުކުރާކަކަމަށް އިހަވަންދޫ ކައުންސިލުން ވިދާޅުވެއްޖެ އެވެ. އެ ކައުންސިލުން ވިދާޅުވި ގޮތުގައި އިހަވަންދޫއަކީ އެ އަތޮޅު ރަށްތަކުގެ ތެރެއިން ތަފާތު ބޭނުންތަކުގައި އެންމެ ގިނައިން ދަތުރުކުރާ ރައްޔިތުން ދިރިއުޅޭ ރަށެވެ. ނަމަވެސް މިހާތަނަށް އުސޫލާ ހިލާފަށް އިހަވަންދޫގެ އެއްވެސް ރައްޔިތަކު ދަތުރު ނުކުރާކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދޭކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ. ކޯވިޑް-...

އަޙްމަދު އަރުޝަމް
މުރައިދޫ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި 📍 ހއ. މުރައިދޫ

މުރައިދޫ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ހއ. މުރައިދޫ ބަނދަރު ހެދުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑުގެ އުސޫލުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަާދަމް އާޒިމެވެ. މި މަސައްކަތް އެކުންފުންޏާ ހަވާލު ކުރީ 33.7 މިލިއަން ރުފިޔާ އަށް 365 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން 29841 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި 3546 […]

އަޙްމަދު ވަހީދު
ފީވަކުން ކޯވިޑް ޖެހުނު މީހުންގެ 79 އިންސައްތަ މީހުން ބަލިން ރަނގަޅުވެއްޖެ

ފީވަކުން ކޯވިޑް ޖެހުނު މީހުންގެ 79 އިންސައްތަ މީހުން ބަލިން ރަނގަޅުވެއްޖެ

ށ. ފީވަކުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 79 އިންސައްތަ މީހުން ބަލިން ރަނގަޅުވެއްޖެއެވެ. އެރަށުގެ ކޯވިޑްގެ ހާލަތު ބަޔާންކޮށް، ފީވަކު ސިއްހީ މަރުކަޒުން އެންމެފަހުން އާންމު ކުރެއްވި މައުލޫމާތުގައިވާ ގޮތުން އޯގަސްޓް 20،21 އަދި 22 ވަނަ ދުވަހު އެރަށުން ނެގި 69 ސާމްޕަލްގެ ތެރެއިން އެއް ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. މިވަގުތު ވެސް އެރަށުގައި ބަލި ޖެހިފައިވާ 28 މީހަކު އެބަތިއްބެވެ. އަދި 106 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން އެރަށުން ބަލިޖެހުނު […]

ޙުސައިން ޝަހުދީ
މަކުނުދޫ މޮނިޓަރިން ހާލަތުން ނަގައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ މޮނިޓަރިން ހާލަތުން ނަގައިފި

ހދ. މަކުނުދޫ މޮނިޓަރިން ހާލަތުން ނަގައިފިއެވެ. މަކުނުދޫ ސިއްހީ މަރުކަޒުން މިރޭ ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިރޭގެ ވަގުތެއްގައި އެރަށް މޮނިޓަރިން ހާލަތުން ނަގާފައިވާ ކަމަށެވެ. މޮނިޓަރިންގެ ހާލަތުގައި މަކުނުދޫގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް، އެ މަރުކަޒުގެ ފަރާތުން ވަނީ މަކުނުދޫ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ. މިމަހުގެ 14 ވަނަ ދުވަހު މަކުނުދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވުމުގެ ސަބަބުން އެރަށް މޮނިޓަރިން ހާލަތަށް ގެނައީ މި މަހުގެ 15...

ޙުސައިން ޝަހުދީ
ށ. ފޭދޫ ބާ ސްކޫލް އިމާރާތުގައި ރޯވެ އަނދަނީ 📍 ށ. ފޭދޫ

ށ. ފޭދޫ ބާ ސްކޫލް އިމާރާތުގައި ރޯވެ އަނދަނީ

ށ. ފޭދޫ ބާ ސްކޫލް އިމާރާތުގައި ރޯވެ އަނދަމުން އެބަދެއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިޝަމް “ތިލަދުން”އަށް ވިދާޅުވީ، އެ އިމާރާތުގައި ބަޔަކު ނުވަތަ މީހަކު ގަސްތުގައި ރޯކޮށްލީ ކަމަށް ބެލެވޭ ކަމަށެވެ. އެ ހާދިސާ ހިނގާފައި ވަނީ މިރޭ ގާތް ގަނޑަކަށް 10 ޖަހާކަށް ހާއިރު ކަމަށް ވެސް ރައިޝަމް ލަފާ ކުރައްވައެވެ. “މިތަނުގައި މީހަކު ނޫނީ ބަޔަކު ގަސްތުގައި ރޯކޮށްލައިގެން ނޫނީ އަލިފާން ރޯވާނެ ގޮތެއް ނޯންނާނެ” ރައިޝަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ […]

ޙުސައިން ޝަހުދީ
ދަނޑުވެރިކަމާބެހޭ ވަޒީރު އުތުރުގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރައްވައިފި

ދަނޑުވެރިކަމާބެހޭ ވަޒީރު އުތުރުގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރައްވައިފި

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން އުތުރުގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރައްވައިފިއެވެ. މި ދަތުރު މިނިސްޓަރުގެ އަރިހުގައި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ފަންނީ އެހީތެރިކަން ފޯރުކޮށް ދެމުންއަންނަ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ އިފާޑްގެ ކަންޓްރީ ޑައިރެކްޓަރު މިސިޒް ޝީރީން ތަބައްސުމް ބައިވެރިވެ ވަޑައިގަތެވެ. މީގެއިތުރުން ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ނާޝިދުއާއި، އެގްރޯނެޓްގ...

އަލީ އާދިލް
ހައި ސްޕީޑް ފެރީގެ ހިދުމަތް މިއަހަރު ފަށަން މަސައްކަތް އެބަކުރަން: އާޒިމް

ހައި ސްޕީޑް ފެރީގެ ހިދުމަތް މިއަހަރު ފަށަން މަސައްކަތް އެބަކުރަން: އާޒިމް

“އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު”ގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި މި އަހަރު ހިދުމަތް ދޭން ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށްއެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ ބައެއް ނޫސްތަކުގައި ހައި ސްޕީޑް ފެރީގެ ހިދުމަތް ފެށުން އަންނަ އަހަރަށް ލަސްވިކަމަަށް ބުނެ ރިޕޯޓު ކުރުމާ ގުޅިގެންނެވެ. މި ޕްރޮޖެކްޓުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ހއ. ހދ. އަދި ށ. އަތޮޅުގެ 41 ރަށެވެ. މި ރަށްތަކުގައި ފެރީ […]

އަޙްމަދު ވަހީދު
މަކުނުދޫ ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ.މަކުނުދޫ ކައުންސިލް އިދާރާގެ ރަސްމީ ސިއްކަ (ލޯގޯ) އަދި ދިދަ ފަރުމާކޮށް ހުށައެޅުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވައިލައިފިއެވެ. ހުށައެޅޭ ލޯގޯއާއި ދިދައިގެތެރެއިން، އެންމު ރީތި ލޯގޯއާއި ދިދަ ހުށަހަޅުއްވާ ފަރާތަށް އިނާމެއްގެ ގޮތުގައި 4000ރ (ހަތަރުހާސްރުފިޔާ) ދިނުމަށް އެ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. އެ ކައުންސިލް އިދާރާގެ ލޯގޯއާއި ދިދަ ފަރުމާކުރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު 22 އޯގަސްޓް 2021 ވީ އާދީއްތަ ދުވަހު އެ ކައުންސިލުން ހުޅުވާލާފައިވާއިރު، އެ ލޯގޯއާއި ދިދަ ފުރުމާކުރުމުގައި ބަލަންޖެހޭ...

އިބްރާހިމް ޚަލީލް