ހއ. އިހަވަންދޫ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް ބަންދުކުރީ މިއަދުގެ ހެނދުނު 8:25 އިން ފެށިގެންނެވެ.
އިހަވަންދޫއަށް އަރާ ފޭބުން މަނާކޮށްފައި މިވަނީ ކޯވިޑަށް ޕޮޒިޓިވްވި ބަޔަކާއި، ޑައިރެކްޓް ކޮންޓެކްޓްވި ދެ މީހަކު ރޭ ކޯވިޑަށް ޕޮޒިޓިވްވެފައި ވަނިކޮށެވެ.
ކުރިން އެރަށުން ޕޮޒިޓްވެފައި ވަނީ ދ. ކުޑަހުވަދޫން އެރަށަށް ދަތުރުކުރި 4 މީހެއްކަމަށް މައުލޫމާތު ލިބިފަވެއެވެ.
އިހަވަންދޫ މޮނިޓަރިންނަށް ހާލަތަށް ގެނެސްފައިވުމާއެކު، މޮނިޓަރިން ހާލަތުގައި އޮންނަ ރައްތަކުން އަމަލުކުރުމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލާއެއްގޮތަށް ރައްޔިތުން އަމަލުކުރަމުން ގެންދިޔުމަށް އިހަވަންދޫ އައިމިނާ ދިޔޯ ހެލްތު ސިއްހީ މަރުކަޒުން ވަނީ އިލްތިމާސް ކުރަށްވާފައެވެ.
ކޯވިޑްގެ ސަބަބުން އިހަވަންދޫ ބަންދުކުރިއިރު، އެ އަތޮޅު ތަކަންދޫ ވެސް އޮތީ ބަންދުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!