ކުޅުދުއްފުށީ ސިޓީން އިތުރު 4 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި، މި މީހުންނަކީ 16 އޯގަސްޓްގައި ޕޮޒިޓިވްވި ކޭސް އާއި ގުޅުންހުރި ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 4 މީހެއް ކަމަށެވެ.
އެހެންކަމުން މި ކްލަސްޓާގެ ޖުމްލަ 7 އަށް އަރާފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.
ހުމާއި ރޯގާގެ އެއްވެސް ކަހަލަ އަލާމާތެއް ހުރި ކަމުގައި ވާނަމަ ލަސް ނުކުރައްވާ އެ ހޮސްޕިޓަލްގެ ފުލޫ އޯޕީޑީއަށް ދައްކައި، ނުވަތަ އެ ހޮސްޕިޓަލްގެ ހޮޓްލައިން ނަންބަރު 7606688 އަށް ގުޅައިގެން ނުވަތަ އެސްއެމްއެސް ކޮށްގެން ސާމްޕަލް ނެގުމުގެ ކަންތައް ކުރިއަށް ގެންދިޔުމަށް ކޭއާރުއެޗްއިން ވަނީ އިލްތިމާސް ކުރަށްވާފައެވެ.
އިތުރު 4 މީހަކު ޕޮޒިޓިވް ވުމުން މިވަގުތު ކުޅުދުއްފުށި ސިޓީގައި އެކްޓިވް ކޭސްތަކުގެ ޖުމްލަ ވަނީ 20 އަށް އަރާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!