މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ފިއްލަދޫގައި ގެވެށި އަނިޔާއާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ފަށައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫގައި ގެވެށި އަނިޔާއާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ފަށައިފި

ހއ. ފިއްލަދޫގައި ގެވެށި އަނިޔާއާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ފަށައިފިއެވެ. ފިއްލަދޫ ސްކޫލްގެ ބެލެނިވެރިންނަށް ހާއްސަކޮށް އެރަށުގައި ކުރިއަށްގެންދާ މި ސެޝަންތަކަކީ މިނިސްޓްރީ އޮފް ޖެންޑަރ ، ފެމިލީ އެންޑް ސޯޝަލް ސަރވިސް ގެ ފަރާތުން ކުރިއަށްގެންދާ ސެޝަންތަކެކެވެ. އެގޮތުން މި ނޮވެމްބަރ މަހުގެ 27 ވަނަ ދުވަހު ފަށާފައިވާ މި ސެޝަންތައް މާދަމާއާއި ހަމައަށް ކުރިއަށް ދާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެމިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި މިޕްރޮގްރާމްގެ ދަށުން ފުރަތަމަ ސެޝަން...

އައިޝަތު ނަސާޔާ
އުތުރުގެ އަތޮޅުތަކަށް ނެރުނު ހުދު ސަމާލުގެ ވަގުތު އަނެއްކާވެސް އިތުރުކޮށްފި

އުތުރުގެ އަތޮޅުތަކަށް ނެރުނު ހުދު ސަމާލުގެ ވަގުތު އަނެއްކާވެސް އިތުރުކޮށްފި

އުތުރުގެ އަތޮޅުތަކަށް ނެރުނު ހުދު ސަމާލުގެ ވަގުތު އަނެއްކާވެސް އިތުރުކޮށްފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު އެންމެ ފުރަތަމަ ނެރެފައިވަނީ މިއަދު ހެނދުނު 08:00 އިން ހއ އަތޮޅުން ފެށިގެން ވ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އޭގެ ފަހުން ދެފަހަރެއްގެ މަތިން ވަނީ އިތުރު ކޮށްފަ އެވެ. އިތުރު ކުރި އިރު އިތުރު ކޮށްފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ އަތޮޅުގެ ރަށްތަކަށެވެ. މިސަމާލުގެ ވަގުތު ވަނީ މިރޭ 10:00 އަށް ދަންމާލާފަ […]

އިބްރާހިމް އަސްވާޤް
ފީވަކު އަންހެނުންގެ ކޮމިޓީން ހިންގާ ކޭކު ކޯހަކާއި، ޕޭސްޓްރީ ކޯސް ފަށައިފި

ފީވަކު އަންހެނުންގެ ކޮމިޓީން ހިންގާ ކޭކު ކޯހަކާއި، ޕޭސްޓްރީ ކޯސް ފަށައިފި

ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އެރަށުގައި ހިންގާ ކޭކު ކޯހަކާއި، ޕޭސްޓްރީ ކޯސް އިއްޔެ ފަށައިފިއެވެ. “ބަޓާރ ކްރީމް އެންޑް ޕޭސްޓްރީ ކޯސް ވިތް ޝާޒީ”ގެ ނަމުގައި ކުރިޔަށް ގެންދާ މި ކޯސްތަކަކީ، ފީވަކު ކަނބަލުންނަށް ޚާއްޞަކޮށްގެން އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކުރިއަށް ގެންދަން ނިންމާފައިވާ ދެ ކޯހެވެ. ބަޓާރ ކްރީމް ކޯހުގައި 11 ބައިވެރިން އަދި ޕޭސްޓްރީ ކޯހުގައި 11 ބައިވެރިން ބައިވެރި ވެފައިވާ، މި ކޯހުގައި ޖުމްލަ 22 ބައިވެރިން ވަނީ […]

ޔުމްނާ ޢަލީ
ދެ ކިޑްނީ ފެއިލްވެފައިވާ މަނިކަށް އެހީވާން ބާރަށުން ލައްކައަކަށްވުރެ ގިނަ ރުފިޔާ 📍 ހއ. ބާރަށް

ދެ ކިޑްނީ ފެއިލްވެފައިވާ މަނިކަށް އެހީވާން ބާރަށުން ލައްކައަކަށްވުރެ ގިނަ ރުފިޔާ

ދެ ކިޑްނީ ފެއިލްވެފައިވާ މުހައްމަދު މޫސާ (މަނިކު) އަށް އެހީވާން އޭނާގެ އުފަން ރަށްކަމަށްވާ ހއ. ބާރަށުން 119،542.43 ރުފިޔާ ހޯދައިފިއެވެ. މަނިކަކީ މީގެ އަހަރުތަކެއް ކުރިން ހދ. ހަނިމާދޫއަށް ބަދަލުވެ އެރަށުގައި މިހާރު ދިރިއުޅެމުންދާ ހަނިމާދޫގެ ރައްޔިތެކެވެ. އުމުރުން 55 އަހަރުގެ މަނިކަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓްގެ ވޯކްޝޮޕްގައި މަސައްކަތް ކުރަމުން އަންނަ ހީވާގި މުވައްޒަފެކެވެ. އޭނާ އެ ވަޒީފާ އަދާކުރާތާ 30 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ދެ ކިޑްނީ ފެއިލްވެ ވޭން އުފުލަމުންދާ […]

ތިލަދުން
ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ "އާދަމް ސަލީމް ކަޕް" ފުޓްބޯޅަ މުބާރާތް ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ "އާދަމް ސަލީމް ކަޕް" ފުޓްބޯޅަ މުބާރާތް ފަށައިފި

ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިންތިޒާމު ކޮށްގެން  ބާއްވާ އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރަތް 2021 ފަށައިފިއެވެ. 27 ނޮވެމްބަރ 2021 ވީ ހޮނިހިރު ދުވަހު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި މި މުބާރާތް ފަށާފައިވާއިރު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމް ކަމަށްވާ ރިއަލް ސްޓާރސްއާއި އަހުލީއެވެ. މި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ އަހުލީއެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗު […]

އިބްރާހިމް ޚަލީލް
މިލަންދޫ ގައި އޭ ޒޯން ލައިސެންސް ގެ ޚިދުމަތް ދޭން ފަށަނީ 📍 ށ. މިލަންދޫ

މިލަންދޫ ގައި އޭ ޒޯން ލައިސެންސް ގެ ޚިދުމަތް ދޭން ފަށަނީ

ށ. މިލަންދޫއިން އޭ ޒޯން ލައިސެންސްގެ ޚިދުމަތް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް ވިދާޅުވީ އެރަށުގައި އޭ ޒޯން ލައިސެންސް ޚިދުމަތް ދޭން ނިންމާފައި މިވަނީ ރަށުގެ ރައްޔިތުންނަށް އެ ޚިދުމަތް އަވަސް އަދި ފަސޭހަ ކަމާއިއެކު ފޯރުކޮށްދިނުމުގެ ގޮތުންކަމަށެވެ. އެގޮތުން މި ޚިދުމަތް ފެށުމަށް ތައްޔާރު ވުމުގެ ގޮތުން ޓްރެކްގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް އާތިފް ވިދާޅުވިއެވެ. […]

އައިޝަތު ނަސާޔާ
މާލޭގައި ދިރިއުޅޭ ކެލާ ރައްޔިތުންނާ ކައުންސިލުން މާދަމާރޭ ބައްދަލުކުރަނީ 📍 ހއ. ކެލާ

މާލޭގައި ދިރިއުޅޭ ކެލާ ރައްޔިތުންނާ ކައުންސިލުން މާދަމާރޭ ބައްދަލުކުރަނީ

މާލޭ ސިޓީގައި ދިރިއުޅޭ ހއ. ކެލާ ރައްޔިތުންނާއި، އެރަށު ކައުންސިލުން މާދަމާރޭ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ. ކެލާ ކައުންސިލުން ވިދާޅުވީ މި ބައްދަލުވުން އޮންނާނީ މާދަމާ ރޭ 21:00ގައި މާލޭގެ އިސްކަންދަރު ސްކޫލްގައި ކަމަށެވެ. މިބައްދަލުވުމާއިގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދާލުމަށް “ތިލަދުން”އިން ގުޅާލުމުން ކެލާ ކައުންސިލްގެ ރައީސް އަބުދުﷲ އިންފާޒް ވިދާޅުވީ، އެރަށު އާބާދީގެ ބޮޑުބައެއް މާލޭ ސަރަހައްދުގައި ދިރިއުޅޭއިރު، ރަށުގެ ލޭންޑްޔޫސް ޕްލޭން ހެދުންފަދަ ރަށާއިގުޅޭ މުހިންމު ކަންކަމުގައި އެ ސަ...

ޔުމްނާ ޢަލީ
ގައުމު ބަންދުކުރަން ޖެހިއްޖެނަމަ ބޮޑެތިގެއްލުންތަކެއް ކުތިމަތިވާނެ: ޝިފާޢު

ގައުމު ބަންދުކުރަން ޖެހިއްޖެނަމަ ބޮޑެތިގެއްލުންތަކެއް ކުތިމަތިވާނެ: ޝިފާޢު

ކޯވިޑް-19ގެ އާ ވޭރިއަންޓާއެކު ގައުމު ބަންދުކުރަން ޖެހިއްޖެނަމަ އަގުނުކުރެވޭވަރުގެ ބޮޑެތިގެއްލުންތަކެއް ރައްޔިތުންނަށް ކުތިމަތިވާނެކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ކޯވިޑްގެ އާ ވޭރިއަންޓް، “އޮމިކްރޯން”އަކީ ބޮޑު ކަންބޮޑުވުމެއް ކަމަށާއި، އެ ވޭރިއަންޓާއި ގުޅިގެން އަޅާނެ ފިޔަވަޅުތަކާމެދު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގްޓީމް)އާއެކު މަޝްވަރާކުރަށްވާ މިއަދު ގޮތްތަކެއް ނިންމަވާނެ ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. ރައީސ...

އަލީ އާދިލް
ކެލާގައި ގަހަނާ ހަދަން ދަސްކޮށްދޭ ކޯހެއް ފަށައިފި 📍 ހއ. ކެލާ

ކެލާގައި ގަހަނާ ހަދަން ދަސްކޮށްދޭ ކޯހެއް ފަށައިފި

ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ (އެމްއޭސީސީއެސް) ގުޅިގެން އެރަށުގައި ގަހަނާ ހަދަން ދަސްކޮށްދޭ ކޯހެއް ފަށައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ހައްވާ ފަޒުނާ ވިދާޅުވީ މި ކޯހަކީ އެރަށުގެ ކަނބަލުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ ކޯހެއް ކަމަށެވެ. އެގޮތުން މި ނޮވެމްބަރ މަހުގެ 25 ވަނަ ދުވަހު ފަށާފައިވާ މި ކޯހަކީ 5 ދުވަހުގެ މުއްދަތަކަށް […]

އައިޝަތު ނަސާޔާ
ހއ. ޖުޑިޝަލް ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ކުރިމަތިލާން ހުޅުވާލައިފި

ހއ. ޖުޑިޝަލް ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ކުރިމަތިލާން ހުޅުވާލައިފި

ހއ. ޖުޑިޝަލް ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ކުރިމަތިލުމުގެ ފުރުޞަތު، ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ. މިގޮތުން ޖޭއެސްސީއިން ކުރި ޢިއުލާނެއްގައި ވި ދާޅުވީ، މި މަޤާމަކީ ހއ. ޖުޑީޝަލް ދާއިރާގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެއް ކަމަށެވެ. މި މަޤާމުގެ ޝަރުޠެއްކަމަށް ކަނޑައަޅާފައި ވަނީ ވެސް، މި މަޤާމަށް ކުރިމަތިލައްވާ ފަރާތަކީ ހއ. ޖުޑީޝަލް ދާއިރާގެ ކޯޓެއްގެ އިސްމެޖިސްޓްރޭޓް ނުވަތަ މެޖިސްޓްރޭޓް ނުވަތަ ދާއިރާ މެޖިސްޓްރޭޓްކަމުގެ މަޤާމު އަދާކުރަމު...

ޔުމްނާ ޢަލީ
ކެލާ އިން ގޯތި ދޫކުރަނީ 📍 ހއ. ކެލާ

ކެލާ އިން ގޯތި ދޫކުރަނީ

ހއ. ކެލާ އިން ބަންޑާރަ ގޯތި ދޫކުރަން ނިންމައި، ޝަރުތު ހަމަވާ ފަރާތްތަކުން ކުރިމަތިލާން ހުޅުވާލައިފިއެވެ. މި ގޮތުން ކެލާ ކައުންސިލުން ކުރެއްވި ޢިިއުލާނެއްގައި ވިދާޅުވީ، އެ ރަށުން 33 ބަންޑާރަ ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ކަމަށެވެ. މި ގޯތިތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި، އެ ކައުންސިލުން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން، ބަންޑާރަ ގޯއްޗަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށަހަޅުމަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. އެފަދަ ފަރާތްތަކުން 28 ޑިސެމްބަރ 2021 ވާ އަންގާރަ […]

ޝިއުނާ އާދަމް
ނޭކުރެންދޫ ސްކޫލުގެ ދިވެހި ހަފްތާ ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ސްކޫލުގެ ދިވެހި ހަފްތާ ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފި

ހދ. ނޭކުރެންދޫ ސްކޫލުގެ ދިވެހި ހަފްތާ ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފި އެވެ. އެސުކޫލުގައި ދިވެހި ހަފުތާ ކުރިއަށްދިޔައީ މި މަހުގެ 21 ން 25 ވަނަ ދުވަހުގެ ނިޔަލަށެވެ. ދިވެހި ހަފުތާ ފެށިގެން ދިޔައީ އެކަމަށްޓަކާ ސްކޫލުގައި ބޭއްވުނު ހާއްސަ އެސަންބުލީއަކުންނެވެ. މި ހަރަކާތްތަކުގައި ސްކޫލުގެ ފައުންޑޭޝަން އިން ފެށިގެން ގްރޭޑް 10 އަކާއި ދެމެދު ހުރިހާ ދަރިވަރުން ބައިވެރި ވެފައިވެ އެވެ. އެގޮތުން ދިވެހި ހަފްތާ ފާހަގަ ކުރުމަށް ކުރިއަށް ގެންދެވުނު ހަރަކާތްތަކުގެ ތެރޭގައި […]

އަލީ އާދިލް
މަކުނުދޫ ސްކޫލާއި، ނޮޅިވަރަމް ސްކޫލްގެ މަލްޓި ޕާޕަސް ހޯލްގެ މަސައްކަތް ބީލަމަށް 📍 ހދ. ނޮޅިވަރަމް

މަކުނުދޫ ސްކޫލާއި، ނޮޅިވަރަމް ސްކޫލްގެ މަލްޓި ޕާޕަސް ހޯލްގެ މަސައްކަތް ބީލަމަށް

ހދ. މަކުނުދޫ ސްކޫލާއި، އެ އަތޮޅު ނޮޅިވަރަމް ސްކޫލްގެ މަލްޓިޕާޕަސް ހޯލް އިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ. ފިނޭންސް މިނިސްޓްރީއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ބީލަމުގައި ބައެވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު ގައިވާ ގޮތުގެ މަތީން ރަޖިސްޓްރީ ވެފައިވާ ފަރާތްތަށްކަށެވެ. މަކުނުދޫ ސްކޫލްގައި މަލްޓި ޕާޕަސް ހޯލު އިމާރާތް ކުރުމަށް ބީލަމަށް ކުރިމަތިލާ ފަރާ...

އައިޝަތު ނަސާޔާ
އޯޓިޒަމް ތަަހައްމަލު ކުރަމުން އަންނަ ތަކަންދޫ އަހުޒާމް، ހާފިޡް ކަމުގެ ސަނަދު ހޯދުމަށް ކުރި ދަތުރު! 📍 ހއ. ތަކަންދޫ

އޯޓިޒަމް ތަަހައްމަލު ކުރަމުން އަންނަ ތަކަންދޫ އަހުޒާމް، ހާފިޡް ކަމުގެ ސަނަދު ހޯދުމަށް ކުރި ދަތުރު!

ދަރިއަކު ޤުރުއާން ހިތުދަސް ކުރުމަކީ މައިންބަފައިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ހަމައެހެންމެ އެއީ އެ އާއިލާއަކަށް ވެސް އުފާވެރިކަން ގެނުވާނޭ ކަމެކެވެ. ހއ. ތަކަންދޫ ކަސްތޫރިވިލާ އަހުމަދު އަހުޒާމް މުހައްމަދަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތެކެވެ. އުމުރުން މިހާރު 20 އަހަރު ފުރިފައިވާ އަހުޒާމްއަކީ އޯޓިޒަމްގެ ސަބަބުން ދިރިއުޅުމުގައި އެހެން މީހުންނާއި ބޮޑެތި ތަފާތުތަކެއް ހުރި ފަރާތެކެވެ. ނަމަވެސް މި އަހަރު އަހުޒާމްވަނީ ޤުރުއާން ހިތުދަސްކޮށް ދިވެހިރާއްޖޭގެ ޤުރުއާނާއި ބެހޭ މަރުކަޒުން...

އިބްރާހިމް ޚަލީލް
ބިލެތްފަހީގައި ކުރިއަށް ގެންދިޔަ ފަހާކޯސް ނިންމާލައިފި 📍 ށ. ބިލެތްފަހި

ބިލެތްފަހީގައި ކުރިއަށް ގެންދިޔަ ފަހާކޯސް ނިންމާލައިފި

ށ. ބިލެތްފަހި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިސްނަގައިގެން އެރަށުގެ ކަނބަލުންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާލައި ބައިވެރިންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެފިއެވެ. ޖުމްލަ 30 ބައިވެރިންނާއި އެކު މި ކޯސް ފަށާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ ރައީސާ ޚަދީޖާ މޫސާ ވިދާޅުވެފައި ވަނީ މި ފަހާ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދާފައިވަނީ އާއްމުންނަށް އެ ފުރުސަތު ހުޅުވާލައިގެން ކަމަށާއި އެގޮތުގެ […]

އައިޝަތު ނަސާޔާ