މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ކުރީ ސަރުކާރުން 59 ބިލިއަން ރުފިޔާގެ ދަރަނި ނެގި، ރަށަކުން އެ ދަރަނީގެ ކުލައެއް ވެސް ނުފެނޭ: ޝިފާޢު

ކުރީ ސަރުކާރުން 59 ބިލިއަން ރުފިޔާގެ ދަރަނި ނެގި، ރަށަކުން އެ ދަރަނީގެ ކުލައެއް ވެސް ނުފެނޭ: ޝިފާޢު

ކުރީ ސަރުކާރުން 59 ބިލިއަން ރުފިޔާގެ ދަރަނި ނެގިކަމަށާއި، އެހެން ނަމަވެސް ރަށަކުން އެ ދަރަނީގެ ކުލައެއް ވެސް ފެނިވަޑައިނުގަންނަވާކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ، މިއަދުގެ މަޖިލިސް ޖަލްސާގައި އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ މުއްދަތު ދަންމާލުމާގުޅޭ މައްސަލައިގެ ކޮމެޓީ ރިޕޯޓް ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ކޯވިޑްގެ ނުރައްކާތެރި ހާލަތުގައި ރާއްޖޭގެ އަމިއްލަ ވިޔަފާރިތައް ހުއްޓި، އާންމު ރައްޔިތުންގެ އާމްދަނީ...

އަލީ އާދިލް
ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި

ހދ. ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް އިއްޔެ އިފްތިތާޙް ކޮށްފިއެވެ. އިއްޔެ ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒު ގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި ޚިދުމަތް އިފްތިތާޙް ކޮށްދެއްވީ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު އާދިލްއެވެ. ހދ. އަތޮޅުގެ ސިއްހީ ޚިދުމަތްދޭ ތަންތައް ހިންގަމުން އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޓަލް (ކޭއާރުއެޗް)ގެ ބަލަދުވެރިކަމުގެ ދަށުންނެވެ. މި ޚިދުމަތް ފެށިގެން ދިޔުމާއި ގުޅިގެން ކޭއާރުއެޗްއިން ވިދާޅުވީ، ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގައި ފެށިގެން ދި...

ޔުމްނާ ޢަލީ
ފޭދޫގައި ހޭލުންތެރިކުރުމުގެ ހަރަކާތެއް 📍 ށ. ފޭދޫ

ފޭދޫގައި ހޭލުންތެރިކުރުމުގެ ހަރަކާތެއް

ށ. ފޭދޫގައި، އެރަށުގެ ރައްޔިތުންނާއި، ސްކޫލްގެ ދަރިވަރުންނަށާއި، އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ހެލުންތެރިކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮއްފިއެވެ. މި ހަރަކާތަކީ ފޭދޫ ޕޮލިސް ޕޯސްޓާއި ށ. މިލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާ ގޮތުގައި މި ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ފޭދޫގެ ވަކިވަކި ގޭބިސީތަކަށް ޒިޔާރާތްކޮށް، އާއްމުކޮށް ރަށުތެރޭގައި ހިނގާ ކުށްތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ދ...

އައިޝަތު ނަސާޔާ
"ފިއްލަދޫ ކައުންސިލް ކަޕް 2021" ގެ ނަމުގައި ފުޓްބޯޅަ މުބާރާތަކާއި ނެޓްބޯޅަ މުބާރާތެއް ބާއްވަނީ 📍 ހއ. ފިއްލަދޫ

"ފިއްލަދޫ ކައުންސިލް ކަޕް 2021" ގެ ނަމުގައި ފުޓްބޯޅަ މުބާރާތަކާއި ނެޓްބޯޅަ މުބާރާތެއް ބާއްވަނީ

ހއ. ފިއްލަދޫ ކައުންސިލާއި އެ ރަށު އިޖުތިމާޢީ މަރުކަޒު ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މުބާރާތާއި ނެޓްބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ. ފިއްލަދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމުގެ މަޤްޞަދުގައި ފިރިހެނުންނަށް ފުޓްބޯޅަ އަދި ކަނބަލުންނަށް ނެޓްބޯޅަ މުބާރާތެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މި ދެ މުބާރާތް ވެސް ފެށުމަށް މިހާރު ތާވަލު ކޮށްފައު ވަނީ އަންނަ ޑިސ...

އިބްރާހިމް ޚަލީލް
ކޮމަންޑޫއިން ނެގި ދެ ރެންޑަމް ސާމްޕަލް ޕޮޒިޓިވްވެއްޖެ 📍 ށ. ކޮމަންޑޫ

ކޮމަންޑޫއިން ނެގި ދެ ރެންޑަމް ސާމްޕަލް ޕޮޒިޓިވްވެއްޖެ

ށ. ކޮމަންޑޫއިން 2 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ކޮމަންޑޫ ސިއްޙީ މަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި މި ދެމީހުން ކޮވިޑްއަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ އިއްޔެ އެރަށުގައި މުޖުތަމަޢުގެ ތެރެއިން ނެގި ރޭންޑަމް 2 ސާމްޕަލް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އެގޮތުން މިކޭސް އާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި ކޮންޓްރެކްޓް ރޭސިންގްގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް އެ މަރުކަޒުން ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ހުރިހާ ރައްޔިތުން ވެސް އެޗްޕީއޭ […]

އައިޝަތު ނަސާޔާ
ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މުހިންމު މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މުހިންމު މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ އެންމެ މުހިންމު މަޝްރޫޢު ތަކާއި ގުޅޭގޮތުން ސިޓީ ކައުންސިލާއި އެ ސިޓީގެ މުއައްސަސާތަކުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާ ކުރިއަށް ގެންގޮސްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިއްޔެ ކުޅުދުއްފުށި ސީޓީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ސިޓީ ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. އިއްޔެ މެންދުރުފަހު ކުޅުދުއްފުށި ސިޓީކައުންސިލުގައި ކުރިއަށް...

ޝިއުނާ އާދަމް
އަތޮޅުތެރޭގައި ގާއިމުކުރި ފުރަތަމަ ދަރިމައިވުމުގެ ޞިއްޙަތާއިގުޅޭ މަރުކަޒު ކުޅުދުއްފުށީގައި އިފްތިތާޙްކޮށްފި 📍 ހދ. ކުޅުދުއްފުށި

އަތޮޅުތެރޭގައި ގާއިމުކުރި ފުރަތަމަ ދަރިމައިވުމުގެ ޞިއްޙަތާއިގުޅޭ މަރުކަޒު ކުޅުދުއްފުށީގައި އިފްތިތާޙްކޮށްފި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި ޤާއިމުކުރި ދަރިމައިވުމުގެ ޞިއްޙަތާއި ގުޅޭ މަރުކަޒު “އުފަންވެނި ޞިއްޙަތު” ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރަސްމީގޮތުން އިއްޔެ އިފްތިތާޙްކޮށްދެއްވައިފިއެވެ. މިއީ ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް(ޔޫ.އެން.އެފް.ޕީ.އޭ) ގެ އެހީގައި ގާއިމުކުރި މަރުކަޒެކެވެ. ކޭއާރުއެޗްގައި އިއްޔެ އިފްތިތާޙްކުރި “އުފަންވެނި ޞިއްޙަތު” މަރުކަޒަކީ މާލެ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދެއްގައި ޤާއިމުކުރި މިފަދަ ފުރަތަމަ މަރުކަޒެވެ. މި މަރުކަޒުގެ ސަބަބުނ...

ޔުމްނާ ޢަލީ
ކެލާގައި ކުލަ ގަދަކޮށް ސަގާފީ ދުވަސް ފާހަގަ ކޮށްފި 📍 ހއ. ކެލާ

ކެލާގައި ކުލަ ގަދަކޮށް ސަގާފީ ދުވަސް ފާހަގަ ކޮށްފި

ހއ. ކެލާ ޝެއިޚް އިބްރާހިމް ސްކޫލްގައި މިއަަހަރުގެ ސަޤާފީ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފިއެވެ. އެގޮތުން ސަގާފީ އެކި ކުޅިވަރުތައް ހިމަނައިގެން “މަތާރަން ފިލާ ސަގާފީ ހަވީރު”ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހަވީރު، މިއަދު ހަވީރު 16:00 އިން ފެށިގެން 17:40 އާ ހަމައަށް އެރަށު ސްކޫލްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން މިވަގުތު ކެލާ ސްކޫލާއި ހަވާލުވެ ހުންނެވި މުޙައްމަދު ޝިފާއު ވިދާޅުވީ މި ހަރަކާތްތަކުގައި އެލްކޭޖީ ދަރިވަރުން އިން […]

އައިޝަތު ނަސާޔާ
ޖަޒީރާ ތަރައްޤީ އާއިއެކު މާލެއަށް ހިޖުރަކުރަން ނުޖެހި، އުފަން ރަށުގައި ފަރުވާލިބި ދެމައިންނަށް އުފާވެރިކަން!

ޖަޒީރާ ތަރައްޤީ އާއިއެކު މާލެއަށް ހިޖުރަކުރަން ނުޖެހި، އުފަން ރަށުގައި ފަރުވާލިބި ދެމައިންނަށް އުފާވެރިކަން!

އަތޮޅު ތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ވެސް އެންމެ ބޮޑު ޝަކުވާއަކަށް ވަނީ ބޭސް ފަރުވާއަށް މާލެ ދާން ޖެހުމެވެ. ދާއިމީކޮން ފައުވާއެއް ކުރަން ޖެހިފައިވާނަމަ މާލެ ހިޖުރަ ކުރާށެވެ. ބޭސް ފަރުވާއަށް މާލެ ގޮސް ތަނެއް ކުއްޔަށް ހިފައިގެން ތިބެން ޖެހޭއިރު، ކައުމާއި ދަތުރުފަތުރުގެ ޚަރަދުކުރަން ޖެހޭ އިރު، ބޭސްފަރުވާއަށް އާސަންދަ ލިބުނަސް އޮންނަނީ ދެކޮޅު ނުޖެހިފައެވެ. ކަން މިހެން އޮތް އިރު ފާއިތުވެދިޔަ 3 އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ އަތޮޅުތަކުގެ ޞީއްޙީ ފަރުވާދޭ […]

އަޒްފާ ރަޝީދު
ވައިކަރަދޫ އައުޓްޑޯ ޖިމް ރަސްމީކޮށް ހުޅުވައިފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ އައުޓްޑޯ ޖިމް ރަސްމީކޮށް ހުޅުވައިފި

ހދ. ވައިކަރަދޫގައި ސަރުކާރުން ތަރައްޤީކުރި އައުޓްޑޯ ޖިމް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މި ޖިމް ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމެވެ. ނައިބު ރައީސް ބޮޑުތިލަދުންމަތީގެ 4 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ތިންވަނަ މަންޒިލެއްގެ ގޮތުގައި މިއަދު ވައިކަރަދޫއަށް ޒިޔާރަތްކުރަށްވާފައިވާއިރު، ވައިކަރަދޫ އައުޓްޑޯ ޖިމް ހުޅުއްވައި ދެއްވުމުގެ އިތުރުން އެރަށުގެ ބައެއް މުއައްސަސާތަކަށް ވެސް ވަނީ ޒިޔާރަތް ކުރަށްވާފައެވެ. މިގޮތުން ވައިކަރަދޫ ސިއްހީ މަރުކަޒަށާއި، ވައިކަރަދޫގައި ހުންނަ ހ...

ޖަލްވާން ޖާދުﷲ
ކުޅުއްދުއްފުށީގައި ކުރިއަށް ގެންދިޔަ "ހިޔަލަ އެކްސްޕޯ" ވަރަށް ކާމިޔާބު 📍 ހދ. ކުޅުދުއްފުށި

ކުޅުއްދުއްފުށީގައި ކުރިއަށް ގެންދިޔަ "ހިޔަލަ އެކްސްޕޯ" ވަރަށް ކާމިޔާބު

ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދިޔަ “ހިޔަލަ އެކްސްޕޯ 2021″އަކީ ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނެފިއެވެ. “ހިޔަލަ އެކްސްޕޯ 2021” އަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލްއާއި، އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން އިންތިޒާމް ކޮށްފައިވާ ހަރަކާތެކެވެ. އެގޮތުން އިއްޔެ މި އެކްސްޕޯ ރަސްމީކޮށް ހުޅުވާދެއްވީ ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރު އަލީ އަހްމަދެވެ. މި އެކްސްޕޯގައި އަންހެނުން ވަނީ ގިނަ އަދަދެއްގެ...

އައިޝަތު ނަސާޔާ
ނެތެމުންދާ ނޭކުރެންދޫ ކަނޑުފަލުން، ކަމާބެހޭ ފަރާތަކަށް ދަޢުވަތެއް! 📍 ހދ. ނޭކުރެންދޫ

ނެތެމުންދާ ނޭކުރެންދޫ ކަނޑުފަލުން، ކަމާބެހޭ ފަރާތަކަށް ދަޢުވަތެއް!

މަރުވެ ނެތެމުންދާ ހދ. ނޭކުރެންދޫ ކަނޑޫފަލުގެ ހާލަތު ކައިރިން ބަލައި، ވަޒަން ކުރުމަށް ތިމާވެއްޓާބެހޭ ވަޒީރާއި، ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާބެހޭ ކޮމެޓީގެ މުޤައްރިރު އެ ކަނޑޫފަލަށް ޒިޔާރަތްކޮށްދެއްވުން އެދި، ނޭކުރެންދޫ ރައްޔިތުންގެ ފަރާތުން ދައުވަތު އަރުވައިފިއެވެ. މި ދައުވަތު އެރުވީ މަޖިލީހުގައި ނޭކުރެންދޫ ތަމްސީލްކުރަށްވާ، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ އެވެ. މިގޮތުން ރާޢީ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ތިމާވެއްޓާބެހޭ ވަޒީރު، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭނ...

ޙުސައިން ޝަހުދީ
އެންމެ ބޮޑީ ބިމުގެ ދަތިކަން: ނެއްލައިދޫ ކައުންސިލް 📍 ހދ. ނެއްލައިދޫ

އެންމެ ބޮޑީ ބިމުގެ ދަތިކަން: ނެއްލައިދޫ ކައުންސިލް

ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިއަދު ތިލަދުންމަތީ ދެކުނު ބުރީ ނެއްލައިދޫއަށާއި، އެ އަތޮޅު ވައިކަރަދޫއަށް ވަޑައިގެންފިއެވެ. ނައިބު ރައީސް ނެއްލައިދޫއަށް މި ކުރެއްވި ޒިޔާރަތުގައި ނެއްލައިދޫ ކައުންސިލްއާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި އެކު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. ނެއްލައިދޫ ސްކޫލްގައި ބޭއްވުނު މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށަށް ދިމާވެފައިވާ ދަތިތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން ކައުންސިލުން ވަނީ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބިމުގެ ދަތިކ...

އައިޝަތު ނަސާޔާ
ނޮޅިވަރަންފަރު ޑަބްލިއުޑީސީން އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ ކޯހެއް ފަށައިފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ޑަބްލިއުޑީސީން އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ ކޯހެއް ފަށައިފި

ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެ ރަށުގައި އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ ކޯހެއް ފަށައިފިއެވެ. ޖުމްލަ 15 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯސް ފަށާފައި ވަނީ 20 ނޮވެމްބަރ 2021 ވީ ހޮނިހިރު ދުވަހުއެވެ. މި ކޯހުގައި ނޮޅިވަރަންފަރު ކަނބަލުންގެ ތެރެއިން 30 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ކޯސް ކުރިއަށް ގެންދިއުމަށް އިންސްޓްރަކްޓަރ ހަމަޖައްސައި ދެއްވައި އެފަރާތަށް ދޭންޖެހޭ އުޖޫރައާއި ކޯހަށް ބޭނުންވާ ބައެއް ތަކެތި ހަމަޖައްސަވައި...

އިބްރާހިމް ޚަލީލް
ސަރުކާރަށް މަރުހަބާ ކިޔުމުގެ ހިތްވަރު އެބަހުރި: ދިއްދޫ ރައީސް 📍 ހއ. ދިއްދޫ

ސަރުކާރަށް މަރުހަބާ ކިޔުމުގެ ހިތްވަރު އެބަހުރި: ދިއްދޫ ރައީސް

މި ސަރުކާރަށް 3 އަހަރު ފުރިގެން މަރުހަބާ ކިޔުމުގެ ހިތްވަރު އޭނާއާއި، ކައުންސިލް މެންބަރު މޫސާ ލަތީފްގެ ކިބައިގައި ހުރިކަން ސާބިތުކޮށްދީފި ކަމަށާއި، ނަމަވެސް އެމްޑީއެންއިން އިސްލާމް ދީނަށް ކުރި ފުރައްސާރައާއި ދެކޮޅަށް ބަޔާނެއް ނެރެންކުރި މަސައްކަތް ދިއްދޫ ކައުންސިލްގެ އެމްއެންޑީޕީ މެންބަރުން ނާކާމިޔާބުކޮށްލާފައި ވާތީ ހިތާމަކުރާކަމަށް ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. ދިއްދޫ ކައުންސިލްގައި ތިއްބަވާ 7 މެންބަރުން ތެރެއިން ރައީސް، ރަޝީދުގެ އިތުރުން މެންބަރު މޫސާ ލަތީފަކީ އިދ...

އަލީ އާދިލް