މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ރައީސްގެ ވަޢުދުތައް ފުއްދުމަށް މަޝްރޫޢުއެއް ނުހިނގާ ރަށެއް ނެތް 📍 ހއ. ހޯރަފުށި

ރައީސްގެ ވަޢުދުތައް ފުއްދުމަށް މަޝްރޫޢުއެއް ނުހިނގާ ރަށެއް ނެތް

ރައީސުލްޖުމްހޫރިއްޔާގެ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުތައް ފުއްދުމުގެ ގޮތުން ކޮންމެވެސް ކަމެއް ނުހިނގާ ރަށެއް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ ހޯރަފުށީ އެއާރޕޯޓުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުގެ ގޮތުން އިއްޔެ ހަވީރު ހޯރަފުށީ އެއާރޕޯޓް ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެއަރޕޯޓްފަދަ ތަންތަނަކީ ޚިދުމަތް ހޯދަން އެކި ހިސާބުތަކުން މީހުން އަންނަ ތަންތަންކަން ކަމަށްވެފަ...

ޔުމްނާ ޢަލީ
ހޯރަފުށީގެ މަގުހެދުމުގެ މަޝްރޫޢު އިފްތިތާހްކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށީގެ މަގުހެދުމުގެ މަޝްރޫޢު އިފްތިތާހްކޮށްފި

ހއ. ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ މަޝްރޫޢު މިއަދު އިފްތިތާޙް ކޮށްފިއެވެ. މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ނައިބު ފައިޞަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވެސް ބައިވެރިވެ ވަޑައިގަތެވެ. މިއަދު ހެނދުނު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސް ފައިސަލް ވަނީ މި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދ...

ޔުމްނާ ޢަލީ
ބާރަށުގައި ހޭންޑްބޯލް ކޯޗިން ކޭމްޕެއް ފަށައިފި 📍 ހއ. ބާރަށް

ބާރަށުގައި ހޭންޑްބޯލް ކޯޗިން ކޭމްޕެއް ފަށައިފި

ހއ.ބާރަށުގައި ކަނބަލުންނަށް ހާއްސަ ކޮށްގެން ހޭންޑްބޯލް ކޯޗިން ކޭމްޕެއް ފަށައިފިއެވެ. ބާރަށު ސްކޫލާއި ބާރަށު ޕޮލިސްޓޭޝަން ގުޅިގެން ކުރިއަށް ގެންދާ މި ކޭމްޕް، 17 ނޮވެމްބަރ 2021 ވީ ބުދަ ދުވަހު ފަށާފައިވާއިރު މި ކޭމްޕްގައި ޖުމްލަ 78 ފަރާތަކުން ވަނީ ބައިވެރި ވެފައެވެ. ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ކޭމްޕްގައި ބާރަށު ސްކޫލްގެ 36 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. އަދި މީގެ އިތުރުން ބާރަށު ޒުވާނުންގް ތެރެއިން 42 ޒުވާނަކު ވެސް ވަނީ […]

އިބްރާހިމް ޚަލީލް
ނައިބު ރައީސް ތިލަދުންމަތީގެ 4 ރަށަކަށް ޒިޔާރަތްކުރައްވަނީ 📍 ހއ. ހޯރަފުށި

ނައިބު ރައީސް ތިލަދުންމަތީގެ 4 ރަށަކަށް ޒިޔާރަތްކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމު ތިލަދުންމަތީގެ 4 ރަށަކަށް ޒިޔާރަތްކުރައްވަން ނިންމަވައިފި އެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މާދަމާ ފައްޓަވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހއ. އަދި ހދ. އަތޮޅުން ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ ހއ. ހޯރަފުށި، ހދ. ނެއްލައިދޫ، ހދ. ވައިކަރަދޫ އަދި ކުޅުދުއްފުށި ސިޓީ އެވެ. މިދަތުރު ފުޅުގައި ފާހަގަކޮށްލެވޭކަންކަމުގެ ތެރޭގައި ހޯރަފުށި މަގުހެދުމުގެ މަޝްރޫޢު ފައްޓަވައިދެއްވާނެ އެވެ. އަދި ހޯރަފުށި އެއަރޕޯޓަށް އ...

ޔުމްނާ ޢަލީ
ފަހީމް ރަހީނުކޮށް، ހިންގާފައިވާ ލާ އިންސާނީ ޢަމަލުތައް މަކުނުދޫ ރައްޔިތުން ކުއްވެރިކޮށްފި 📍 ހދ. މަކުނުދޫ

ފަހީމް ރަހީނުކޮށް، ހިންގާފައިވާ ލާ އިންސާނީ ޢަމަލުތައް މަކުނުދޫ ރައްޔިތުން ކުއްވެރިކޮށްފި

ހދ.މަކުނުދޫ / ސޭޑީގްރޯވް، ޙަސަން ފަހީމް ރަހީނުކޮށް، އޭނައާއި ދެކޮޅަށް ހިންގާފައިވާ ލާ އިންސާނީ ޢަމަލުތައް ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫކައުންސިލްގެ އިދާރާއިން ކުއްވެރިކޮށްފި އެވެ. އެކައުންސިލުން ނެރެފައިވާ ނޫސް ބަޔާންނެއްގައި ބުނެފައިވަނީ 17 ނޮވެމްބަރ 2021 ބުދަ ދުވަހުގެ ރޭ އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑްގައި މަސައްކަތްކުރައްވާ ހދ.މަކުނުދޫ / ސޭޑީގްރޯވް، ޙަސަން ފަހީމް ރަހީނުކޮށް، އޭނައާއި ދެކޮޅަށް ހިންގާފައިވާ ލާ އިންސާނީ ޢަމަލުތައް ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލް އިދާރާއާއި މަކުނުދޫ...

އަލީ އާދިލް
ވާހަކަ: އިހަވަންދޫ ތުނޑު ހަސަނާއި ޖެހުނު ގައްލަންދޫ މީދާ 📍 ހއ. އިހަވަންދޫ

ވާހަކަ: އިހަވަންދޫ ތުނޑު ހަސަނާއި ޖެހުނު ގައްލަންދޫ މީދާ

ރަށަކީ ދިވެހިރާއްޖޭގެ ހިތްގައިމު ރަށްތަކުގެ ތެރެއިން ހަމަ އެހާމެ ހިތްގައިމު ރަށެކެވެ. ތިލަދުންމަތީ ގައްލަންދުއެވެ. ރަށުގެ ގޮނޑުދޮށާ، މާ ދުރުނޫން ހިސާބެއްގައި ހުރި ބޮޑުގަހެއްގެ ދޮށުގައި ދެ މީދާ ތިއްބެވެ. ހީވާ ގޮތުން އެއީ ދެމައިންނެވެ. އެ ދެމީދާ އެތާ ތިބެގެން ވާހަކައެއްދައްކަނީއެވެ. އެ ތަނުން ކުޑަ މީދާ އޭތީގެ މަންމަ ކުރެން އެއްޗެއް އަހަނީއެވެ. އެކުރި ސުވާލެއްގެ ސަބަބުން ނުވަތަ އެ އެހި ވާހަކައެއްގެ ސަބަބުން އެތަނުން ބޮޑު މީދަލަށް ވަރަށް ފުން އަސަރެއްކޮއްފިއެވެ. އަދި […]

ތިލަދުން
ހެޔޮއެދޭ ފަރާތަކުން، ކުމުންދޫ އަންވާރު މިސްކިތަށް 4 އޭސީ ހަދިޔާކޮށްފި 📍 ހދ. ކުމުންދޫ

ހެޔޮއެދޭ ފަރާތަކުން، ކުމުންދޫ އަންވާރު މިސްކިތަށް 4 އޭސީ ހަދިޔާކޮށްފި

ހެޔޮއެދޭ ފަރާތަކުން، ހދ. ކުމުންދޫ އަންވާރު މިސްކިތަށް 4 އޭސީ ހަދިޔާކޮށްފި އެވެ. އެރަށުގެ މަސްޖިދުލް އަންވާރު މިސްކިތައް މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ ހދ. ކުމުންދޫ ވިޔަފާރިވެރިއެއް ކަމަށްވާ އަކަސޭލް އާމިރު މުޙައްމަދު އެވެ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އާމިރު ވަނީ 24000 ބީޓީޔޫގެ 4 އޭސީ އެ މިސްކިތަށް ހަދިޔާ ކޮށްފައި ކަމަށެވެ. އަދި ރަށުގެ ވިޔަފާރި ވެރިން އެފަދަ ކަންކަމުގައި އެހީވުމަކީ ކައުންސިލުން އެކަމާއި […]

އައިޝަތު ނަސާޔާ
ކުމުންދޫ ކަނބަލުންގެ ފުޓްސަލް ލީގުގެ ފައިނަލުގައި ސީއެސް ވިމެންސްއާއި ސަންދިޔާ 📍 ހދ. ކުމުންދޫ

ކުމުންދޫ ކަނބަލުންގެ ފުޓްސަލް ލީގުގެ ފައިނަލުގައި ސީއެސް ވިމެންސްއާއި ސަންދިޔާ

ހދ.ކުމުންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ކަނބަލުންގެ ފުޓްސަލް ލީގުގެ ފައިނަލުން ޓީމް ސީއެސް ވިމެންސްއާއި ޓީމް ސަންދިޔާ ޖާގަ ހޯދައިފިއެވެ. މި މުބާރާތުގައި ފަސް ޓީމް ވާދަ ކޮށްފައިވާއިރު، މުބާރާތް ރާވާލެވިފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލަށް ދާ ގޮތަށެވެ. ލީގުބުރުގައި ކުޅުނު ހަތަރު މެޗު […]

އިބްރާހިމް ޚަލީލް
މިލަންދޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމާލައިފި 📍 ށ. މިލަންދޫ

މިލަންދޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

ށ. މިލަންދޫ ފުލުހުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން ކައުންސިލުން ގުޅިގެން އެރަށުގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމާލައިފިއެވެ. ރޭގައި ބޭއްވުނު މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިލަންދޫ ޕޮލިސް ސްޓޭޝަންގެ ސަބް އިންސްޕެކްޓަރ އަހްމަދު ސަލީމެވެ. “ތިލަދުން”އަށް މައުލޫމާތު ދެއްވަމުން އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ އައިޝަތު ހަނިއްޔާ ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު...

އައިޝަތު ނަސާޔާ
ހަނިމާދޫ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ފަށަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ފަށަނީ

ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަސައްކަތް ފެށުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް އިއްޔެ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ މިހާރު ހުރި އެއްގަމުތޮށި މަރާމާތު ކުރުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން […]

އަޙްމަދު ވަހީދު
📍 ހދ. ކުޅުދުއްފުށި

އުތުރުގެ މައި ހޮސްޕިޓަލްގެ ތާރީޚްގައި އެންމެ ބޮޑު ކުރިއެރުން ލިބުނު 3 އަހަރު

މިއަދު، ނޮވެންބަރު 17، 2018 އަކީ މި ސަރުކާރު ވެރިކަމާއި ހަވާލުވިތާ 3 އަހަރާއި އަރާ ހަމަކުރާ ދުވަހެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމާއި، އިބްރާހިމް މުހައްމަދު ސޯލިހް ހަވާލުވެ ވަޑައިގަތްއިރު ގައުމު އޮތް ހާލަތުން އަރައިގެންނެވުމަށްޓަކައި އެމަނިކުފާނު ފެއްޓެވި ދަތުރުގައި 2019 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ލައިގަތީ މުޅިދުނިޔެ އިނދަޖައްސާލި ކޯވިޑްގެ އާލަމީ ވަބާއެވެ. އެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުގެ ހަރުދަނާ ސިޔާސަތުތައް އެކަށައެޅުއްވުމުގައި، އަދި އެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސ...

ތިލަދުން
ބޮނބި އޮޅުތަކުގެ ވެރިންގެ ކަންބޮޑުވުންތައް، ކުޅުދުއްފުށި ސިޓީ ކައުންސިލަށް ބަންޑުންކޮށްލައިފި 📍 ހދ. ކުޅުދުއްފުށި

ބޮނބި އޮޅުތަކުގެ ވެރިންގެ ކަންބޮޑުވުންތައް، ކުޅުދުއްފުށި ސިޓީ ކައުންސިލަށް ބަންޑުންކޮށްލައިފި

ބޮނބި އޮޅުތަކުގެ ވެރިންގެ ކަންބޮޑުވުންތައް، ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލަށް ބަންޑުންކޮށްލައިފި އެވެ. ކުޅުދުއްފުށި ސިޓީގެ ބައެއް ސަރަހައްދުތަކުން ބޮނބި އޮޅުތައް ނަގަން ސިޓީ ކައުންސިލުން 21 ދުވަހުގެ މުއްދަތެއްދީ، މި މުއްދަތުގެ ތެރޭގައި މި ތަކެތި ނުނަގައި ހުރި ތަކެއްޗަކީ ވެރިޔަކު ނެތް ތަކެތި ކަމަށް ބަލާ ނައްތާލެވޭނެކަމަށް އެންގުމާއި ގުޅިގެން އެރަށުގެ އަންހެންވެރިންވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ކައުންސިލްގެ ފަރާތުން ވަނީ ބޮނބި އޮޅުތަކުގެ ވެރިންނާއި ރޭ ބައ...

އައިޝަތު ނަސާޔާ
އުލިގަމުގައި ސިޓީހޮޓަލެއް ހެދުމަށް ދޫކޮށްފައިވާ "ކޮށިކޮޅު ސަރަހައްދު" ކައުންސިލްގެ ދަށަށް

އުލިގަމުގައި ސިޓީހޮޓަލެއް ހެދުމަށް ދޫކޮށްފައިވާ "ކޮށިކޮޅު ސަރަހައްދު" ކައުންސިލްގެ ދަށަށް

ހއ. އުލިގަމު ކޮށިކޮޅު ސަރަހައްދަކީ އެރަށު ކައުންސިލުންގެ ބެލުމުގެ ދަށުގައިވާ ތަނެއް ކަމުގައި ސަރުކާރުން ހަމަޖައްސަވައިފިއެވެ. އެރަށު ކައުންސިލުން މިއަދު ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަށް ލިބިފައިވާ ބާރުގެ ދަށުން އުލިގަމުގެ ހުރިހާ ބިންތަކާއި ފަޅަކީ އުލިގަމުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަންތަންކަމުގައި ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން އުލިގަމުގައި ސިޓީހޮޓަލެއް ހެދުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އަށް ދޫކޮށްފައިވާ ބިމަކީ ވެސް މިހާރު އުލިގަމުގ...

އައިޝަތު ނަސާޔާ
އަންނަ އަހަރުގެ ނިޔަލަށް ނޭކުރެންދޫ ޖަލު އަޅާ ނިމޭނެ ކަމުގެ ޔަގީންކަން ދީފި 📍 ހދ. ނޭކުރެންދޫ

އަންނަ އަހަރުގެ ނިޔަލަށް ނޭކުރެންދޫ ޖަލު އަޅާ ނިމޭނެ ކަމުގެ ޔަގީންކަން ދީފި

2022 ވަނަ އަހަރުގެ ނިޔަލަށް ހދ. ނޭކުރެންދޫ ޖަލު އަޅާ ނިމޭނެ ކަމުގެ ޔަގީންކަން، މިނިސްޓަރ އޮފް ހޯމްއެފެއާޒް ސެއިޚް އިމްރާން ޢަބުދުﷲ ދެއްވައިފިކަމަށް ނޭކުރެންދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ނޭކުރެންދޫ ކައުންސިލުން މިހާރު ގެންދަވަނީ އެރަށުގައި ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫޢުތަކާއި، އަދި އިތުރަށް ބޭނުންވާ ކަންކަމާގުޅޭގޮތުން ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރުމަށް ވެރިރަށް މާލެއަށް ދަތުރެއް ކުރަމުންނެވެ. މި ދަތުރުގައި އެ ކައުންސިލުން އިއްޔެ ވަނީ ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲއާއި ބައްދަލ...

ޔުމްނާ ޢަލީ
ފިރިހެނުންގެ ދުވަސް ފާހަގަ ކުރުމަށް ފިނޭގައި މަސްރޭހެއް ބާއްވަނީ 📍 ހދ. ފިނޭ

ފިރިހެނުންގެ ދުވަސް ފާހަގަ ކުރުމަށް ފިނޭގައި މަސްރޭހެއް ބާއްވަނީ

މިއަހަރުގެ ފިރިހެނުންގެ ދުވަސް ފާހަގަ ކުރުމުގެގޮތުން ހދ. ފިނޭގައި މަސްރޭހެއް ބާއްވަން ނިންމައިފިއެވެ. ފިނޭ ކައުންސިލުން ވިދާޅުވިގޮތުގައި، ފިރިހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފިނޭގެ ފިރިހެނުންނަށް ޚާއްސަކޮއްގެން މަސްރޭހެއް ބޭވުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ. މި މަސްރޭސް ބޭވުމަށް ހަމަޖެހިފައި ވަނީ 19 ނޮވެމްބަރ 2021 ވަނަ ދުވަހުއެވެ. މި މަސްރޭހުގައި ބައިވެރިވާން އެދޭ އެރަށުގެ ޓީމްތައް މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 18 ނޮވެމްބަރ 2011 ދުވަހުގެ 14:00 ގެ ކު...

ޔުމްނާ ޢަލީ