މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
"ރިވެލި ތަރި 2021" އިހަވަންދޫ ގެ ތިން ދަރިއަކަށް 📍 ހއ. އިހަވަންދޫ

"ރިވެލި ތަރި 2021" އިހަވަންދޫ ގެ ތިން ދަރިއަކަށް

“ރިވެލި ތަރި 2021” އިހަވަންދޫ ގެ ތިން ދަރިއަކަށް ލިބިއްޖެ އެވެ. “ރިވެލި ތަރި” އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކާއި އެ ހުނަރުތައް ދައްކާލާ، ހިތްވަރުދީ، ކުރިއެރުވުމުގެ މަޤުޞަދުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ދެމުން އަންނަ އެވޯޑެކެވެ. ރޭ ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި މިއެވޯޑް ލިބިފައިވަނީ، ތަޢުލީމީ ދާއިރާ އިން، ރަޔާން ރިޔާޟް ޢަބްދުލްވާޙިދު / ވަފާ އަދި މުޙައްމަދު މާޢިޒު / ދުންތަރި […]

އިބްރާހިމް އަސްވާޤް
ޔޫތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް ޠޫބާ 📍 ހއ. ކެލާ

ޔޫތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް ޠޫބާ

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް އަދާލަތު ޕާޓީގެ ޠޫބާ ރަޝީދު އައްޔަނުކޮށްފިއެވެ. އެ މަގާމަށް ތޫބާ އައްޔަން ކޮށްފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަގާމަށް ޠޫބާ އައްޔަނުކޮށްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. އަދި އޭނާ މިއަދު އެ ވަޒީފާއަށް ރަސްމީކޮށް ނުކުންނަވަން ފައްޓަވާނެ ކަމަށް ވެސް މައުލޫމާތު ލިބިފަވެއެވެ. […]

އަލީ އާދިލް
ތުރާކުނުގައި ކޯވިޑަށް ފަރުވާދެމުންދިޔަ 92 އަހަރުގެ މީހަކު ނިޔާވެއްޖެ 📍 ހއ. ތުރާކުނު

ތުރާކުނުގައި ކޯވިޑަށް ފަރުވާދެމުންދިޔަ 92 އަހަރުގެ މީހަކު ނިޔާވެއްޖެ

ހއ. ތުރާކުނުގައި ކޯވިޑް19 އަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މިއަދު ހެނދުނު 8:28 ގައި ތުރާކުނުން ނިޔަވީ 92 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ މިއަދު ރާއްޖެއިން ކޯވިޑްގައި ނިޔާވި 2 ވަނަ މީހާއެވެ. މިއަދު ފުރަތަމަ ނިޔާވީ ދ. ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެކެވެ. Today (4/12/21) at 08:28 am a 92-year-old Maldivian male from HA […]

އިބްރާހިމް އަސްވާޤް
ނޮޅިވަރަންފަރު ކައުންސިލް ކަޕް، މިމަހު 23 ގައި ފަށަނީ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ކައުންސިލް ކަޕް، މިމަހު 23 ގައި ފަށަނީ

ހދ. ނޮޅިވަރަންފަރު ކައުންސިލުން އިންތިޒާމް ކޮށްގެން އެރަށުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ “ނޮޅިވަރަންފަރު ކައުންސިލް ކަޕް 2021” ފުޓްސަލް މުބާރާތް މިމަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެ އެވެ. އެ ރަށު ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ބުރާތް ކުރިއަށް ދާނީ އަންހެން އަދި ފިރިހެނުންނަށްވެސް ބައިވެރިވެވޭ ގޮތަށް ދެޑިވިޝަންއަކަށް ބަހާލެވިގެން ކަމަށެވެ. ކޮންމެ ޑިވިޝަންއަކުން (އަންހެން/ ފިރިހެން) މަދުވެގެން 3 ޓީމް ބައިވެރިވާން ޖެހޭނެ ކަމަށް އެކައުންސިލުން ވަނީ ފާހަގަކޮށްފ...

އައިޝަތު ނަސާޔާ
ށ. ގޮއިދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި 📍 ށ. ގޮއިދޫ

ށ. ގޮއިދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި

ށ. ގޮއިދޫ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ. މިއަދު ގޮއިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ މަސައްކަތް ފަށަައިދިނީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި ކަނޑިތީނު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީން އަބްދުލް ހަކީމާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި ށ. އަތޮޅު ކައުންސިލުގެ ރައީސް އިބްރާހިމް ޝިޔާމް އަދި ގޮއިދޫ ކައުންސިލުގެ ރައީސް އިންރާހިމް ޝާހިދެވެ. މި މަޝްރޫއުގައި ހިމެނޭ ފެނާއި ނަރުދ...

އަޙްމަދު ވަހީދު
ކުޅުދުއްފުށީ ޕޯޓުގެ އަހަރީ ދުވަހާ ގުޅުވައިގެން އަފީފުއްދީން ސްކޫލަށް ޓީވީ ހަދިޔާ ކޮށްފި

ކުޅުދުއްފުށީ ޕޯޓުގެ އަހަރީ ދުވަހާ ގުޅުވައިގެން އަފީފުއްދީން ސްކޫލަށް ޓީވީ ހަދިޔާ ކޮށްފި

ކުޅުދުއްފުށި ސިޓީގެ ޕޯޓުގެ އަހަރީ ދުވަހާ ގުޅުވައިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ކުޅުދުއްފުށި ޕޯޓް ލިމިޓެޑް (ކޭޕީއެލް) އާ ގުޅިގެން އަފީފުއްދީން ސްކޫލަށް ޓީވީ ހަދިޔާ ކޮށްފިއެވެ. އެމްޕީއެމްލުން އެ ސްކޫލަށް ދެ ޓީވީ ހަދިޔާ ކުރަން ނިންމާފައިވާއިރު ކޭޕީއެލް އިން ވަނީ ތިން ޓީވީ ހަދިޔާ ކޮށްފައެވެ. އެމްޕީއެލުން ދޭ ދެޓީވީ ދޭން ނިންމީ އެ ކުންފުނީގެ ސީނިއާ މެނޭޖްމަންޓުގެ ދެ ބޭފުޅުންނެވެ. މި ޓީވީތައް ހަވާލުކޮށްފައިވަނީ މިއަދު މެންދުރު އަފީފުއްދީން ސްކޫލްގައި […]

އަޙްމަދު ވަހީދު
ށ. ފުނަދޫގައި 20 ޓަނުގެ އައިސް ޕްލާންޓެއް ހަދަން ހަވާލުކޮށްފި 📍 ށ. ފުނަދޫ

ށ. ފުނަދޫގައި 20 ޓަނުގެ އައިސް ޕްލާންޓެއް ހަދަން ހަވާލުކޮށްފި

ށ. ފުނަދޫގައި 20 ޓަނުގެ އައިސްޕްލާންޓެއް ގާއިމް ކުރުމަށް އެގްރީމެންޓްގައި ސޮއި ކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ އެރަށުގެ ކުންފުންޏެއް ކަމަށްވާ އީ.އޭ.ފައިވް އިންވެސްޓްމެންޓާއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުޅު ވިދާޅުވީ މި ކަމަށް ބިން ހަވާލުކުރީ 25 އަހަރު ދުވަހަށް ކަމަށެވެ. އަދި މި އެއްބަސްވުމުގައި އީ.އޭ.ފައިވް ގެ ފަރާތުން ސޮއިކޮށްފައިވަނީ  އީސާ އިސްމާއިލް އެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަޙްމ...

އައިޝަތު ނަސާޔާ
ފީވަކުގެ ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފި

ފީވަކުގެ ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފި

ށ. ފީވަކުގެ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފިއެވެ. މިއަދު ފީވަކުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ މަސައްކަތް ފަށަައިދިނީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދު ޝަހީމް އަބްދުލް ހަކީމާއި ހއ. އަތޮޅު ކައުންސިލުގެ ރައީސް މޫސާ ޝަފީގު އަދި ފީވަކު ކައުންސިލުގެ ރައީސް އަލީ ރަޝީދު ހަސަނެވެ. ފީވަކު ފެނުގެ ނިޒާމު ގާއ...

އަޙްމަދު ވަހީދު
ވަށަފަރު ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި 📍 ހއ. ވަށަފަރު

ވަށަފަރު ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ހއ. ވަށަފަރުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީން ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ. އިއްޔެ ވަށަފަރުގައު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ މަސައްކަތް ފަށަައިދިނީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ހއ. އަތޮޅު ކައުންސިލުގެ ރައީސް މޫސާ ޝަފީގު އަދި ވަށަފަރު ކައުންސިލުގެ ރައީސް އަހުމަދު މުއީނެވެ. މި މަޝްރޫއުގައި ހިމެނޭ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފައިވާއި...

އަޙްމަދު ވަހީދު
ނޮޅިވަރަމްގައި، އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ކަރަންޓް ވައިރުކުރަން ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމްގައި، އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ކަރަންޓް ވައިރުކުރަން ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފި

ހދ. ނޮޅިވަރަމްގައި އެރަށުގެ އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ކަރަންޓް ވައިރުކުރަން ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ ނޮޅިވަރަމް އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި، އެރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މިދިޔަ ނޮވެމްބަރު 25 އިން 30 އަށް، ނޮޅިވަރަމް ޒުވާނުންގެ ގުޅުމުގެ އިދާރާގައި ކުރިއަށްދިޔަ މި ޕްރޮގްރާމް ނޮޅިވަރަމްގެ 31 އަންހެނަކު ވަނީ ފުރިހަމަ ކޮށްފައެވެ. މި ޕްްރޮގްރާމްގައި ދަސްކޮށްދިން ކަންކަމުގެ ތެރޭގައި އޮޓޯ ސްވިޗް ރަ...

ޔުމްނާ ޢަލީ
ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ހދ. ހިރިމަރަދޫ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް، ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ފަށައިފިއެވެ. މިއަދު ހިރިމަރަދޫގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދައިރާގެ މެންބަރު އަބްދުލްގަފޫރު މޫސާއާއި ހދ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ސިރާޖާއި އެރަށު ކައުންސިލުގެ ރައީސް މުހައްމަދު ވަހީދުއެވެ. މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ސާމާނު މިހާރު އެރަ...

އަޙްމަދު ވަހީދު
އެހުންތެރިންގެ ވޯޓުން ރާއްޖޭގެ އެންމެ މަޤްބޫލް މަންޒިލަކަށް ކެލާ 📍 ހއ. ކެލާ

އެހުންތެރިންގެ ވޯޓުން ރާއްޖޭގެ އެންމެ މަޤްބޫލް މަންޒިލަކަށް ކެލާ

ދިވެހިރާއްޖޭގެއަޑުން ކުރިޔަށް ގެންދިޔަ “އެންމެ މަޤްބޫލު މަންޒިލް 2020” ޕްރޮގްރާމުގެ އެހުންތެރިންގެ އެންމެ ގިނަ ވޯޓު ލިބިގެން، އެ ޕްރޮގްރާމުން ހޮވާ ރާއްޖޭގެ އެންމެ މަޤްބޫލު މަންޒިލްގެ ގޮތުގައި ހއ. ކެލާ ހޮވިއްޖެއެވެ. ދިވެހިރާއްޖޭގެއަޑުގެ “އެންމެ މަޤްބޫލު މަންޒިލް 2020” ޕްރޮގްރާމަކީ 2020 ވަނަ އަހަރުގެ ޖެނުއަރީން އެ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުން ހޮވާ އެންމެ މަގްބޫލް މަންޒިލް ހޮވަނީ އެހުން ތެރިންގެ ވޯޓުންނެވެ. މިގޮތުން ކެލާ މި […]

ޝިއުނާ އާދަމް
މުރައިދޫގެ ފެނުގެ ނިޒާން ގާއިމްކުރުމުގެ މަސައްކަތް ފަށައިފި 📍 ހއ. މުރައިދޫ

މުރައިދޫގެ ފެނުގެ ނިޒާން ގާއިމްކުރުމުގެ މަސައްކަތް ފަށައިފި

ހއ. މުރައިދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފިއެވެ. އިއްޔެ މުރައިދޫގައި ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތް އިފްތިތާހު ކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއާއި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފްގެ އިތުރުން ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގު އަދި މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާނެވެ. މި މަސައްކަތަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ އެރަށަށް ގެން...

އަޙްމަދު ވަހީދު
ކުޅުދުއްފުށީ ގަރާޖެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ގަރާޖެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް

ކުޅުދުއްފުށީ ސިޓީގެ ގަރާޖެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، ރޯވީ ކުޅުދުއްފުށީ ސިޓީގައި ހުންނަ “މެސްކޮޓް ގަރާޖް” ގައެވެ. އެ ގަރާޖުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މިހާރު ވަނީ ނިއްވާލާފައެވެ. މެސްކޮޓް ގަރާޖްގައި ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންއަށް ލިބިފައި ވަނީ ރޭ މެންދަމުން އަނބުރާ 02:48 ހާއިރުކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު [...

ޔުމްނާ ޢަލީ
މާރަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި 📍 ހއ. މާރަންދޫ

މާރަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން ހއ. މާރަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ފަށަްިފިއެވެ. މިއަދު މާރަންދޫގެ ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފެށުން އިފްތިތާހު ކޮށްދެއްވާފައި ވަނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި، ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އާއި، ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގް އަދި މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫންއެވެ. މި މަޝްރޫގައި ހިމެނޭ ފެނާއި ނަރުދަމާ […]

އަޙްމަދު ވަހީދު