މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީގައި އައިސްޕްލާންޓެއް ގާއިމް ކުރަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި އައިސްޕްލާންޓެއް ގާއިމް ކުރަނީ

ކުޅުދުއްފުށި ސިޓީގައި އައިސްޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާކަމަށް އެސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އާތިފް މިހެން ވިދާޅުވެފައި ވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން އެ ސިޓީގެ މަސްވެރިންނަށް ހާއްސަކޮށް ރޭ ބޭއްވި ޖާފަތް ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އާތިފް ވިދާޅުވި ގޮތުގައި އެ އައިސްޕްލާންޓް ގާއިމުކުރުމަށް ނިންމާފައި ވަނީ ފެނަކަ ކޯޕޮރޭޝަން އާއި ސިޓީ ކަ...

އައިޝަތު ނަސާޔާ
"މަދިރި މަރުޅި"، ފީވަކުން މަދިރި މަދުކުރުމަށް ހާއްސަ ހަރަކާތެއް

"މަދިރި މަރުޅި"، ފީވަކުން މަދިރި މަދުކުރުމަށް ހާއްސަ ހަރަކާތެއް

ށ. ފީވަކުގައި މަދިރި އުފެދޭ މިންވަރު މަދުކޮށް ކޮންޓްރޯލް ކުރުމުގެ ގޮތުން ފީވަކުގެ ފުލުހުންނާއި ބައެއް ޢާންމު ރައްޔިތުން ގުޅިގެން ޙަރަކާތެއް ކުރިއަށް ގެންގޮއްސިއެވެ. އެގޮތުން “މަދިރި މަރުޅި” ޝިޢާރުގެ ދަށުން މިދިޔަ ބުދަ ދުވަހުގެ ހަވީރު ކުރިއަށް ދިޔަ މި ޙަރަކާތުގައި މީހުން ދިރިއުޅޭ މަގުތަކަށާއި، މީހުން ދިރިއުޅޭ ސަރަހައްދުގެ ކައިރީގައިވާ ވަލުގެ ސަރަހައްދުތައް ވަނީ ފޮގް ކޮށްފައެވެ. މި ހަރަކާތުގައި އިސްކޮށް ޙަރަކާތްތެރިވި ފީވަކުގެ ރައްޔިތެއް މަޢުލޫމާތު ދިން ގޮތުގައި، މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ...

ޝިއުނާ އާދަމް
އިހަވަންދޫއަށް ބަނދަރު ކޮށްފައިވާ މަސްވެރި އުޅަނދުތަކަށް ފަރިވަޅު އެރުވުމަށް އިމަގުގެ ކަނބަލުން ތައްޔާރު 📍 ހއ. އިހަވަންދޫ

އިހަވަންދޫއަށް ބަނދަރު ކޮށްފައިވާ މަސްވެރި އުޅަނދުތަކަށް ފަރިވަޅު އެރުވުމަށް އިމަގުގެ ކަނބަލުން ތައްޔާރު

ހއ. އިހަވަންދޫއަށް ބަނދަރު ކޮށްފައިވާ ކޮންމެ މަސްވެރި އުޅަނދަކަށް ފަރިވަޅެއް އެރުވުމަށް އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)ގެ ކަނބަލުން ތައްޔާރު ވަމުން އެބަދެއެވެ. މިއަދަކީ ރާއްޖޭގައި މަސްވެރިންނަށް ޚާއްޞަކޮށްގެން ފާހަގަކުރަމުން އަންނަ މަސްވެރިންގެ ދުވަހެވެ. މިދުވަހަށް އިމަގުގެ މަސްވެރިންގެ ގޮފިން ވަނީ ގިނަ ހަރަކާތްތަކެއް ރާވާފައެވެ. އިހަވަންދޫއަށް ބަނދަރުކޮށްފައިވާ ކޮންމެ މަސްވެރި އުޅަނދަކަށް ފަރިވަޅު އެރުވުމަކީ އެ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. އިމަގުގެ މީޑިއާ ކޯޓޑިނޭޓަރު ސައުދުﷲ...

ޙުސައިން ޝަހުދީ
މި ސަރުކާރުން ވަކި ރަށެއް، ވަކި ފިކުރެއް ތަފާތެއް ނުކުރޭ: އަމީން 📍 ހދ. ކުމުންދޫ

މި ސަރުކާރުން ވަކި ރަށެއް، ވަކި ފިކުރެއް ތަފާތެއް ނުކުރޭ: އަމީން

މި ސަރުކާރަކީ ވަކި ރަށެއް ވަކި ފިކުރެއް ތަފާތު ކުރުމެއް ނެތި ހުރިހާ ރަށަކަށް އެހީތެރިވެދެއްވާ ސަރުކާރެއް ކަމަށް ކުމުންދޫ ކައުންސިލްގެ ރައީސް، އަދި ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެއެވެ. އަމީން މިހެން ވިދާޅުވެފައި ވަނީ ހެލްތް މިނިސްޓްރީއިން އެރަށަށް ފޮނުވި އެމްބިއުލެންސް މިއަދު އެރަށަށް ލިބުމާއި ގުޅިގެން އެކަން ފާހަގަ ކުރަށްވާ ދެއްކެވި ވާހަކައިގައެވެ. އަމީން ވިދާޅުވީ، މި ސަރުކާރުން ތަރައްގީ ގެނެސްދެއްވައި، މަޝްރޫޢުތައް ހިންގުމުގައި ވަކި ރަށެއް، ވަކި ދާއިރާއެއް ތ...

އައިޝަތު ނަސާޔާ
ޅެންވެރިކަމުގެ އޭޝިއާ އެވޯޑް އިއްޒައަށް 📍 ހދ. މަކުނުދޫ

ޅެންވެރިކަމުގެ އޭޝިއާ އެވޯޑް އިއްޒައަށް

ރުލާ އެވޯޑުން ކުރިއަށް ގެންދާ އޭޝިއާ އެވޯޑްސް ގެ ޅެންވެރިކަމުގެ ދާއިރާއިން ދޭ ހާއްސަ އެވޯޑް ދިވެހިރާއްޖޭގެ ޒުވާން އަދި މަޝްހޫރު ޅެންވެރިޔާ ހދ. މަކުނުދޫ، ސެލްވިން، އިއްޒަތު އަހުމަދު (އިއްޒަ)އަށް ލިބިއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އިއްޒަ ބުނެފައި ވަނީ މިފަދަ އެވޯޑްއެއް ލިބުމުން ކުރެވެނީ ވަރަށް އުފާވެރި އިހްސާސްއެއް ކަމަށެވެ. އަދި މި އެވޯޑްގެ ސަބަބުން މި ފަންނުގައި ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށް ވެސް އިއްޒަ ފާހަގަ ކުރިއެވެ. […]

އައިޝަތު ނަސާޔާ
ނޮޅިވަރަންފަރު ކައުންސިލުން ނައިބު ރައީސް އާއި ބައްދަލުކުރައްވައިފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ކައުންސިލުން ނައިބު ރައީސް އާއި ބައްދަލުކުރައްވައިފި

ހދ. ނޮޅިވަރަންފަރު ކައުންސިލުން ރައީސުލް ޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމްއާ ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރު ފަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އެރަށު ކައުންސިލުން ވަނީ ރަށަށް ދިމާވެފައިވާ ދަތިތަކާއި ރަށުގެ ތަރައްޤީއަށް ރޭވިފައިވާ މަޝްރޫޢު ތަކާއި ގުޅިގެން ނައިބާ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން އެކައުންސިލުން ފާހަގަ ކޮށްފައިވާ ކަންތައް ތަކުގެ ތެރޭގައި ނޮޅިވަރަންފަރު ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި ސިއްޚީ މަރުކަޒަށް ދިމާވެފަ...

އައިޝަތު ނަސާޔާ
ތުއްތު ލުޔޫނުގެ ބޭސްފަރުވާއަށް ޢާއިލާއިން އެދެނީ ތިޔަފަރާތްތަކުގެ އެހީތެރިކަމަށް 📍 ހއ. ދިއްދޫ

ތުއްތު ލުޔޫނުގެ ބޭސްފަރުވާއަށް ޢާއިލާއިން އެދެނީ ތިޔަފަރާތްތަކުގެ އެހީތެރިކަމަށް

ހއ. ދިއްދޫ، ރޯޝަނީހިޔާ، އިބްރާހީމް ލުޔޫންއަކީ އެ އާއިލާގެ ތިބި ތިން ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. ފުރަތަމަ ސިއްހީ މައްސަލަތަކެއް ފާހަގަ ކުރެވިފައި ވަނީ ލުޔޫންގެ އުމުރުން ތިން އަހަރު ފުރުނު ތަނާއެވެ. އެއީ މި އަަހަރުގެ މާޗުމަހުގެ ތެރޭގައެވެ. އޭރު މާލެ ގޮސް އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމުން ލުޔޫންގެ ސީދާ ބައްޔެއް ދެނެގަތުމަށާއި، ހާލަތު ބެލުމަށް މާލޭގައި މަޑުކޮށް މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް ރެގިއުލާކޮށް ޑޮކްޓަރަށް ދައްކަމުން ގެންދިޔުމަށް ޑޮކްޓަރު ލަފާދިނެވެ. […]

އިބްރާހިމް ޚަލީލް

ކޭ.އާރު.އެޗް ގައި ތެލެސީމިއާ ޑީއެންއޭ ޓެސްޓްގެ ޚިދުމަތް ތަޢާރަފް ކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭ.އާރް. އެޗް) އިން ތެލެސީމީއާ ޑީއެންއޭ ޓެސްޓް ހެދުމުގެ ޚިދުމަތް ތައާރަފް ކޮށްފިއެވެ. އެ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ މި ޚިދުމަތަކީ އެ ހޮސްޕިޓަލް އާއި ސޮސައިޓީ ފޮ ހެލްތް އެޑިއުކޭޝަން (ޝީ) އާ ގުޅިގެން ފަށާފައިވާ ޚިދުމަތެކެވެ. އެގޮތުން މި ޓެސްޓް ހެދުމަށް އެޕޮއިންޓްމެންޓް ހެއްދުމަށް ހަމަޖެހިފައި ވަނީ އެ ހޮސްޕިޓަލުގެ ވެބްސައިޓް http://krh.gov.mv މެދުވެރިކޮށެވެ. އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި ވެބްސައިޓް އިން ހުށައަޅަން...

އައިޝަތު ނަސާޔާ
ތާރީޚީ ދިރާސާ: ޢިބްރަތުގެ އިންޒާރަށް ދެ ގަރުނު - ކޭލަކުނާއި އެކޭލަކުނު ތަޅާލި ވިއްސާރަ (1)

ތާރީޚީ ދިރާސާ: ޢިބްރަތުގެ އިންޒާރަށް ދެ ގަރުނު - ކޭލަކުނާއި އެކޭލަކުނު ތަޅާލި ވިއްސާރަ (1)

މި ބޯޖަންގަލީގައި ފޮރުވިފައިވަނީ ކޮންކަމެއްބާއެވެ؟ މާސިންގާ މި ވަލުތެރޭގައި ވަންހަނާ ވެގެން ވަނީ ކޮންއެއްޗެއްބާއެވެ؟ މިތާގައި ވަނީ، ހަމައެކަނި ފަޅުކަމާއި، ހަމަހިމޭންކަމާއި، އެކަނިވެރިކަން ބާއެވެ؟ ނާމާންކަން ބާއެވެ؟ ނޫނެކެވެ. މިތަނުގައި އެވަނީ ޤުދުރަތުގެ އަޖައިބުތަކާއި ތިމާވެށީގެ މުއްސަނދިކަމެވެ. މިތަނާމެދު ނިކަން ވިސްނާލައި، ނަޒަރު ހިންގާލަބަލާށެވެ. މިތަނުގެ މުއްސަނދިކަން ނިކަން ދެކިލަބަލާށެވެ. ސަރާސަރު ބޯޖަންގަލީގެ އެންމެ ފުނަށް ޚިޔާލުތައް ދޫކޮށްލަބަލާށެވެ. އެފެންނަނީ، ދިވެހިރާއްޖޭގެ ތާރީޚާއި ތ...

އަޙްމަދު ސާލިމް
ވައިކަރަދޫގައި މަސްރޭހަކާއި، ކުޑަކުދިންގެ މަސްވެރި ހަވީރަކާއި، ބާބަކިއުއެއް 📍 ހދ. ވައިކަރަދޫ

ވައިކަރަދޫގައި މަސްރޭހަކާއި، ކުޑަކުދިންގެ މަސްވެރި ހަވީރަކާއި، ބާބަކިއުއެއް

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ. ވައިކަރަދޫގައި އެކި އުމުރުފުރާ ތަކަށް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މިގޮތުން އެރަށު ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އެރަށުގައި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން މަސްރޭހެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އަދި ކުޑަ ކުދިންނަށް ހާއްސަ ކޮށްގެން މަސްވެރި ހަވީރެއް ކުރިއަށް ގެންދިއުމަށް ނިންމުމަށް ހަމަޖެހިފައިވާއިރު، ރަށުގެ އާއްމު ރައްޔިތުންނަށް ބައިވެރިވެވޭނެހެން ބާބެކިއު އެއް ބޭއްވުމަށްވެސް ވަނީ ނިންމާފައ...

އައިޝަތު ނަސާޔާ
ހއ. އަތޮޅު ތަރައްޤީގެ ޕްލޭންގައި "ޓްރާންޝިޕްމަންޓް ބަނދަރު ހެދުމަށް" ހިމަނައި ފާސްކޮށްފި

ހއ. އަތޮޅު ތަރައްޤީގެ ޕްލޭންގައި "ޓްރާންޝިޕްމަންޓް ބަނދަރު ހެދުމަށް" ހިމަނައި ފާސްކޮށްފި

ހއ. އަތޮޅު ކައުންސިލުން ކުރިއަށްއޮތް 5 އަހަރަށް ތައްޔާރުކޮށްފައިވާ އަތޮޅު ތަރައްޤީގެ ޕްލޭންގައި “ޓްރާންޝިޕްމަންޓް ބަނދަރު ހެދުމުގެ ތަސައްވުރު” ހިމަނައި އަތޮޅު ކައުންސިލުން ޕްލޭން ފާސްކޮށްފި އެވެ. އަތޮޅު ކައުންސިލުން ކުރިއަށްއޮތް ފަސްއަހަރަށް ތައްޔާރުކޮށްފައިވާ ތަރައްޤީގެ ޕްލޭންގައި ކަނޑައަޅާފައިވަނީ، ދެމެހެއްޓެނިވި ގޮތެއްގައި އަތޮޅުގެ އިޤްތިޞާދު ކުރިއަށްދާނީ އަތޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ޤާއިމު ކުރެވިގެން ކަމުގައެވެ. “ހއ. އަތޮޅަކީ، އެއަތޮޅު އުފެދިފައި އޮންނަ ގޮތުން ވަރަށް މުހިންމު ސަރަހަ...

އިބްރާހިމް އަސްވާޤް
ވައިކަރަދޫގައި ގާއިމްކުރާ ތުއްކޮއިބޭގެ ހަނދާނީ ބިނާގެ ބިންގާ އަޅައިފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫގައި ގާއިމްކުރާ ތުއްކޮއިބޭގެ ހަނދާނީ ބިނާގެ ބިންގާ އަޅައިފި

ހދ. ވައިކަރަދޫގައި ގާއިމްކުރާ ތުއްކޮއިބޭގެ ހަނދާނީ ބިނާގެ ބިންގާ އަޅައިފި އެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރު ވިދާޅުވީ މިއަދު މި ބިންގާ އަޅާފައި މިވަނީ “ކޭލަކުނު ތަޅާލި ވިއްސާރަ” އަށް 200 އަހަރު ވުމާއި ގުޅިގެން ކަމަށެވެ. އެގޮތުން ތުއްކޮއިބޭގެ އާއިލާއަކީ އެ ހާދިސާއަށް ފަހު އެރަށުގެ ދަރިފަސްކޮޅު ވައިކަރަދޫގައި އާބާދު ވެގެންދިޔުމުގެ އަސްލު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ވައިކަރަދޫ އަށް އުފަން ދަރިއެއް ކަމަށްވާ އަދި މިހާރު […]

އައިޝަތު ނަސާޔާ
މަސްވެރިންގެ ދުވަހާއި ގުޅިގެން މުރާދޫގައި މަސްރޭހެއް 📍 ހއ. މުރައިދޫ

މަސްވެރިންގެ ދުވަހާއި ގުޅިގެން މުރާދޫގައި މަސްރޭހެއް

ދިވެހިރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުގެ މުނާސަބަތުގައި ހއ. މުރާދޫގައި މަސްރޭހެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން މުރާދޫ ކައުންސިލްގެ ރައީސް އަލީ ސިނާން ވިދާޅުވީ މުރާދު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލާފައިވާ ކަމަކަށެވެ. އެގޮތުން މި މުބާރާތުގައި ބަ...

އައިޝަތު ނަސާޔާ
އެމްޓީސީސީގެ އެހީއާއެކު ކުޅުދުއްފުށީގެ އޮޑިއެހެލާ ސަރަހައްދުގެ ހިލަތޮށި ރީތި ކޮށްފި 📍 ހދ. ކުޅުދުއްފުށި

އެމްޓީސީސީގެ އެހީއާއެކު ކުޅުދުއްފުށީގެ އޮޑިއެހެލާ ސަރަހައްދުގެ ހިލަތޮށި ރީތި ކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ( އެމްޓީސީސީ) ގެ އެހީއާއެކު ކުޅުދުއްފުށި ސިޓީގެ އޮޑިއެހެލާ ސަރަހައްދުގެ ހިލަތޮށި ރީތި ކޮށްފިއެވެ. މި މަސައްކަތް އެމްޓީސީސީގެ އެހީއާއެކު ކުރިއަށްގެންދިޔައީ ކުޅުދިއްފުށި ސިޓީ ކައުންސިލުންނެވެ. މި މަސައްކަތުގެ ދަށުން ދެކުނު ހިލަތޮށި ރާވައި ތަރުތީބު ވަނީ ކޮށްފައެވެ. މި މަސައްކަތުގެ ސަބަބުން އެ ސަރަހައްދު ރީތިވުމުގެ އިތުރުން، ކުދި އުޅަނދުފަހަރު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސިޓީ ކައުންސިލިން ބުންޏެވެ. ކުޅުދުއްފުށ...

އަޙްމަދު ވަހީދު
ކުޅުދުއްފުށި ސިޓީގެ މަސްވެރިންނަށް "ޑިނަރ ނައިޓެއް" ބާއްވަން ކައުންސިލުން ނިންމައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގެ މަސްވެރިންނަށް "ޑިނަރ ނައިޓެއް" ބާއްވަން ކައުންސިލުން ނިންމައިފި

ހދ. ކުޅުދުއްފުށި ސިޓީގެ މަސްވެރިންނަށް “ޑިނަރ ނައިޓެއް” ބާއްވަން އެސިޓީގެ ކައުންސިލުން ނިންމައިފި އެވެ. އެކައުންސިލުން މިގޮތައް ނިންމާފައިވަނީ މަސްވެރިންގެ ދުވަސް ފާހަގަކުރުގެ ގޮތުން، އެކައުންސިލްގެ ހަތަރުވަނަ ދައުރުގެ 30 ވަނަ ޢާންމު ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ފަހު އެވެ. މި ޑިނާ ނައިޓް ބޭއްވުމަށް ނިންމާފައިވަނީ މިއަަހަރުގެ މަސްވެރިންގެ ދުވަހު އެވެ. މި ޑިނަރ ނައިޓްގައި މަސްވެރިންނަށް އުފާވެރި ހަބަރެއް ހިއްސާކުރެވިގެން ދާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ހދ. އަތޮޅުގެ ރަށްރަށުގައި މަސްވެރ...

އިބްރާހިމް އަސްވާޤް