📍 ހދ. ކުމުންދޫ
ކުމުންދޫ އައުޓްޑޯ ޖިމް އާންމުންނަށް ހުޅުވާލައިފި
ހދ. ކުމުންދޫގައި ދިވެހިސަރުކާރުން، އިންޑިޔާ ސަރުކާރުގެ އެހީތެރިކަމާއިއެކު ގާއިމުކޮށްފައިވާ އައުޓްޑޯ ޖިމް އާންމުންނަށް ހުޅުވާލައި ރަސްމީކޮށް އެތަން ބޭނުންކުރަން ފަށައިފިއެވެ. މިގޮތުން މިއަދުން ފެށިގެން ކުމުންދޫ ކައުންސިލުން އެރަށު އައުޓްޑޯ ޖިމް އާންމުންނަށް ބޭނުން ކުރުމަށް ހުޅުވާލިއިރު، ޖިމް ބޭނުންކުރުމުގައި ސަމާލުކަން ދޭންވީ ގިނަ ކަންތައްތަކެއް ވެސް އެ ކައުންސިލުން ވަނީ އާންމު ކޮށްފައެވެ. މިގޮތުން އުމުރުން 18 އަހަރުނުފުރޭ ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކުން ޖިމް ބޭނުން ކުރަންވާނީ...