📍 ށ. ފޯކައިދޫ
ކޮމަންޑޫ ދާއިރާގެ މަޖިލިސް މެމްބަރު، ޙުސައިން ވަޙީދު އަވަހާރަވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު، ޙުސައިން ވަޙީދު އަވަހާރަވެއްޖެ އެވެ. ޙުސައިން ވަޙީދު އަވަހާރަވީ މިރޭގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮންނެވެ. އޭޑިކޭގައި މިވަގުތު ހުރި ޙުސައިން ވަޙީދުގެ ވަރަށް ގާތް ރަހްމަތްތެރިއަކު މިނޫހަށް މަޢުލޫމާތު ދެމުން ވިދާޅުވީ ހުސައިން ވަހީދު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިރޭ 1:24 ހާއިރު ކަމަށެވެ. ހާލުކޮޅު ގޯސްވެގެން އޭޑީކޭގައި ފަރުވާ ހޯއްދަތާ ދެ ހަފުތާއެއްހާ ދުވަސްވެފައިވެ އެވެ....