މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
ރަމްޒު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗުތަކުން ޓީމް އޮރެންޖާއި، ޓީމް ޕިންކްގެ ދެ ޓީމް މޮޅުވެއްޖެ 📍 ށ. ނަރުދޫ

ރަމްޒު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗުތަކުން ޓީމް އޮރެންޖާއި، ޓީމް ޕިންކްގެ ދެ ޓީމް މޮޅުވެއްޖެ

ށ. ނަރުދޫ، ރަމްޒު ސްޕޯޓްސް އެކަޑަމީއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026” ގެ އިތުރު ތިން މެޗެއް މިއަދު ކުޅެފިއެވެ. އެ ގޮތުން މުބާރާތުގެ ފަސްވަނަ މެޗަކަށް ކުޅެފައިވާ ފުޓްސަލް މެޗުގައި ބައްދަލުކުރީ ޓީމް ޕިންކާއި  ޓީމް އޮރެންޖެވެ. މި މެޗްގައި 3-1 ގެ ނަތީޖާއިން ކުރި ހޯދީ ޓީމް އޮރެންޖެވެ. މި މެޗްގައި ޓީމް އޮރެންޖްގެ ލަނޑުތައް އަޙްމަދު ސިމަކް ސިޔާމާއި، ކައިސް އިސްމާޢީލް ވަހީދު ކާމިޔާބުކޮއްދީފައިވާއިރު، ޓީމް ޕިންކްގެ […]

ފާތިމަތު ސަޙާ
ހަނިމާދޫގައި މަސްވެރިންނަށް ޚާއްޞަ ޓީ-ޖެޓީއެއް، ސާވޭއާއި ޑިޒައިނިން މަސައްކަތް ޙަވާލުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި މަސްވެރިންނަށް ޚާއްޞަ ޓީ-ޖެޓީއެއް، ސާވޭއާއި ޑިޒައިނިން މަސައްކަތް ޙަވާލުކޮށްފި

ހދ.ހަނިމާދޫ ފުއްޓަރު ސަރަޙައްދުގައި ޓީ-ޖެޓީއެއް އެޅުމުގެ ސާރވޭއާއި، ޑިޒައިނިންގ މަސައްކަތް ޝެރެޓް ސްޓޫޑިއޯއާ ޙަވާލުކޮށްފިއެވެ. ހަނިމާދޫ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި، މަސްވެރިކަމަށް ޚާއްޞަކޮށް ޤާއިމު ކުރުމަށް ހަމަޖެހިފައިވާ، މި ޖެޓީ އެޅުމުގެ މައިގަނޑު މަޤްޞަދަކީ، އެ ރަށުގެ މަސްވެރިންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުމެވެ. މި މަޝްރޫޢުގެ ސާރވޭއާއި ޑިޒައިންގެ މަސައްކަތް ނިމުމުން، ޖެޓީގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ބީލަމަށް ހުޅުވާލާނެކަމަށާއި، މި ޓީ-ޖެޓީ ޤާއިމުކުރެވުމުން، ހަނިމާދޫގެ މަސްވެރި...

ފާތިމަތު ސަޙާ
ނޮޅިވަރަންފަރުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ނައިބު ރައީސާއެކު ކައުންސިލުން މަޝްވަރާކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ނައިބު ރައީސާއެކު ކައުންސިލުން މަޝްވަރާކޮށްފި

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މިއަދު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާ ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ކައުންސިލުގެ މެންބަރުން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާއި، އެކަންކަން ހާސިލުކުރުމަށް ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރައްވާފައެވެ. މިގޮތުން ރ...

ޔުމްނާ ޢަލީ
އިބްތިދާޢީ ޞިއްޙީ ފަރުވާގެ ނިޒާމުގެ ދަށުން މަޢުލޫމާތު އެއްކުރުމުގެ ޕްރޮގްރާމް ކުޅުދުއްފުށީގައި ފަށަނީ 📍 ހދ. ކުޅުދުއްފުށި

އިބްތިދާޢީ ޞިއްޙީ ފަރުވާގެ ނިޒާމުގެ ދަށުން މަޢުލޫމާތު އެއްކުރުމުގެ ޕްރޮގްރާމް ކުޅުދުއްފުށީގައި ފަށަނީ

އިބްތިދާޢީ ޞިއްޙީ ފަރުވާގެ ނިޒާމުގެ ދަށުން މަޢުލޫމާތު އެއްކުރުމާއި ޓެސްޓުތައް ހެދުމުގެ ޕްރޮގްރާމް މި މަހު ކުޅުދުއްފުށީ ސިޓީގައި ފަށާނެކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އިން ބުނެފިއެވެ. އެ ހޮސްޕިޓަލުން ބުނީ، އިބްތިދާޢީ ޞިއްޙީ ފަރުވާގެ ނިޒާމުގެ ތެރެއިން މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ 18 އަހަރުން މަތީގެ ފަރާތްތަކުގެ ޞިއްޙީ މަޢުލޫމާތު އެއްކުރުމާއި، 35 އަހަރުން މަތީގެ ފަރާތްތަކަށް ޚާއްޞަކޮށްގެން ބައެއް ލެބޯޓްރީ ޓެސްޓްތައް ހެދުމުގެ މަސައްކަތް ރާއްޖޭގައި ވަނީ ފަށާފައެވެ. މި...

ޔުމްނާ ޢަލީ
ނަރުދޫ އަންހެނުންގެ ކޮމެޓީން އެރަށުގައި ގުރުއާން ދަސްކޮށްދޭ ޕްރޮގްރާމެއް ހިލޭ 📍 ށ. ނަރުދޫ

ނަރުދޫ އަންހެނުންގެ ކޮމެޓީން އެރަށުގައި ގުރުއާން ދަސްކޮށްދޭ ޕްރޮގްރާމެއް ހިލޭ

ށ. ނަރުދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގުމަށް ނިންމައި، އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އިން ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ނަރުދޫ ރައްޔިތުންނަށް މުޅިން ހިލޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 12 އިން 19 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަރުދޫ އތމ ކޮމެޓީން މަޢުލޫމާތު...

ފާތިމަތު ސަޙާ
ހަނިމާދޫ އަންހެނުންގެ ކޮމެޓީގެ އެހީތެރިކަމެއް އެ ރަށު ސްކޫލަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫ އަންހެނުންގެ ކޮމެޓީގެ އެހީތެރިކަމެއް އެ ރަށު ސްކޫލަށް

ހދ.ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ)ގެ ފަރާތުން، އެ ރަށު ސްކޫލްގެ އިންފޮމޭޝަން ޓެކްނޮލޮޖީ (އައި.ޓީ) ވަސީލަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ހާޑްޑްރައިވް ހަދިޔާކޮއްފިއެވެ. އެ ރަށު އތމ ކޮމެޓީން މައުލޫމާތު ދޭ ގޮތުގައި މީގެ އެންމެ ބޮޑު މަޤްޞަދަކީ ސްކޫލުގެ ދަރިވަރުންނަށް އައި.ޓީ ދާއިރާއިން ލިބެމުންދާ ފުރުސަތުތައް ފުޅާކޮށް، ޑިޖިޓަލް ވަސީލަތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ސްކޫލަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމެވެ. 500 ޖީބީގެ އެސް އެސް ޑީ، 10 ހާޑ...

ފާތިމަތު ސަޙާ
ބޮޑެތި ގަސްތަކުގައި އަޅާ ހުވަންޏާއި ކޫޑި ފަދަ ސޫފާސޫފި ނައްތާލަން ސްޕްރޭޔަރު ފޯރުކޮށްދީފި

ބޮޑެތި ގަސްތަކުގައި އަޅާ ހުވަންޏާއި ކޫޑި ފަދަ ސޫފާސޫފި ނައްތާލަން ސްޕްރޭޔަރު ފޯރުކޮށްދީފި

ރަށްރަށުގެ އާންމު ސަރަހައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި އަޅާ ހުވަންޏާއި ކޫޑި ފަދަ ސޫފާސޫފި (ޕެސްޓު) ނައްތާލުމަށް ބޭނުންކުރާ ހާއްސަ ސްޕްރޭޔަރުތައް ރާއްޖޭގެ 20 އިދާރީ އަތޮޅަށް ފޯރުކޮށްދީފިއެވެ. މި ތަކެތި ފޯރުކޮށްދީފައިވަނީ ޗައިނާގެ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރގެ ހިލޭ އެހީގެ ދަށުންނެވެ. އެގްރިކަލްޗަރ މިނިސްޓްރީން ބުނި ގޮތުގައި، ދިވެހިރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް އެހީތެރިކަމާއި އެއްބާރުލުންދިނުމުގެ ގޮތުން، އެ މިނިސްޓްރީއާއި ސިޗުއާން ޕްރޮވިންޝަލް...

ޝިއުނާ އާދަމް
ނޮޅިވަރަންފަރު ކައުންސިލްގެ ''މަދަޙަވީ ބަހާރު'' ގައި ބައިވެރިވުމަށް ފުރުޞަތު 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ކައުންސިލްގެ ''މަދަޙަވީ ބަހާރު'' ގައި ބައިވެރިވުމަށް ފުރުޞަތު

ހދ. ނޮޅިވަރަންފަރު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “މަދަޙަވީ ބަހާރު 2026” މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ. މި މުބާރާތަކީ ނޮޅިވަރަންފަރު ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އަދި ނޮޅިވަރަންފަރު ސްކޫލް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ސްކޫލް ދަރިވަރުންނާއި އާންމުންގެ މެދުގައި މަދަހަ ކިޔުމުގެ ފަންނު އިތުރުކުރުމާއި، މަދަހައަށް ލޯބިޖެއްސުމެވެ. އަދި ދީނާއި ދިވެހި އަދަބިއްޔާތަށ...

ފާތިމަތު ސަޙާ
އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ މިއަދު ކުޅުދުއްފުށި ސިޓީގައި 📍 ހދ. ކުޅުދުއްފުށި

އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ މިއަދު ކުޅުދުއްފުށި ސިޓީގައި

ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާޞިލްކުރުމުގެ ފުރުސަތުތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް ބާއްވާ އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ މިއަދު ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި އެކްސްޕޯގެ ތެރެއިން މިއަދު ދެ އިވެންޓެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެޑިއުވެސްޓުން މަޢުލޫމާތު ދޭ ގޮތުގައި، މިއަދުގެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ކުރިއަށްދާނީ ހަވީރު 3:30 އިން 4:30 އަށް ބާއްވާ “ފިއުޗަރ ކެރިއަރ ސެޝަން” އެވެ. މި ސެޝަންގައި ބައިވެރިވާ ޔުނިވަރސިޓީތަކުގެ މަންދޫބުން ކެރިއަރ ޓޯކް […]

ފާތިމަތު ސަޙާ
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (20)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (20)

30 އޯގަސްޓްގެ އަދަދާއި ގުޅޭ: ފަރާތްފަރާތަށް ބަލަމުން ދިޔަ މާޔާގެ ނަޒަރު ހުއްޓުނީ ފިހާރައެއްގެ ދޮރުމަތީ ހުއްޓި ހުރި އާއިޒްގެ މޫނަށެވެ. އޭނާ ހުރީ ސީދާ މާޔާއަށް ބަލަހައްޓައިގެންނެވެ. އާއިޒް ފެނުމާއެކު މާޔާގެ ހިތް ބިރުގަތެވެ. އޭނާގެ މޫނުގައިވާ ނުތަނަވަސްކަން މާޔާއަށް ދެނެގަނެވުނެވެ. އާއިޒާ ދިމާލަށް ބަލަަހައްޓައިގެން ހުއްޓާ، ވާހަކައިގަ އިން ނަޖާހު ސައިކަލް ދުއްވާލައިފިއެވެ. އޭރު ވެސް ފަސް އެނބުރި މާޔާ އިނީ އާއިޒަށް ބަލާށެވެ. މާޔާ ދެއްކި މަގުން ގޮސް، ނަޖާހު ސައިކަލް މަޑުކޮއްލީ […]

ސަލާމާ ޢަބްދުލް ޢަލީމް
ރަމްޒު ސްޕޯޓްސް ފިއެސްޓާ: އަންގާރަ ދުވަހުގެ މެޗުތަކުން ޓީމް އޮރެންޖާއި ޓީމް ޕިންކް މޮޅުވެއްޖެ 📍 ށ. ނަރުދޫ

ރަމްޒު ސްޕޯޓްސް ފިއެސްޓާ: އަންގާރަ ދުވަހުގެ މެޗުތަކުން ޓީމް އޮރެންޖާއި ޓީމް ޕިންކް މޮޅުވެއްޖެ

ށ. ނަރުދޫ، ރަމްޒު ސްޕޯޓްސް އެކަޑަމީއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026” ގެ އިތުރު ދެ މެޗެއް އިއްޔެ ކުޅެފިއެވެ. އެ ގޮތުން މުބާރާތުގެ ހަތަރުވަނަ މެޗަކަށް ކުޅެފައިވާ ފުޓްސަލް މެޗުގައި ބައްދަލުކުރީ ޓީމް ގްރީން އާއި ޓީމް އޮރެންޖެވެ. މި މެޗްގައި 2-4 ގެ ނަތީޖާއިން ކުރި ހޯދީ ޓީމް އޮރެންޖެވެ. މި މެޗްގައި ޓީމް ގްރީންގެ ލަނޑުތައް  ނާހިލް ޞޮބާހާއި ޒައިކް ބިން އަބްދުﷲ އަޒުމީ ކާމިޔާބުކޮއްދީފައިވާއިރު، ހުސައިން […]

ފާތިމަތު ސަޙާ
މާމަކުނުދޫ ފުޓްސަލް ޗެލެންޖްގެ ގުރުއަތުލުން ބާއްވައިފި 📍 ހދ. މަކުނުދޫ

މާމަކުނުދޫ ފުޓްސަލް ޗެލެންޖްގެ ގުރުއަތުލުން ބާއްވައިފި

ހދ.މަކުނުދޫ ކައުންސިލްގެ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026″ގެ ގުރުއަތުލުމުގެ ހަރަކާތް ބާއްވައިފިއެވެ. އެ ރަށު ކާނިމާލަމުގައި ބޭއްވި މި ހަރަކާތުގައި، މުބާރާތުގައި ބައިވެރިވާ 12 ޓީމުގެ މެދުގައި ގުރުއަތުލައިފައިވެއެވެ. އެ ގޮތުން 15 ސެޕްޓެމްބަރ 2026ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފުރަތަމަ ދުވަހު ހަތަރު މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. އެ ދުވަހުގެ ހަވީރު ރޯނު އަދި އިހްވާންގެ މެޗަށް ފަހު އެރޭ ކުޅުމަށް ހަމަޖެހިފައިވަނީ އިހްވާން ޖޫނިއާސް އާއި އިހްވާން އެސްސީއެވެ. އޭގެ އިތުރުން ވެސް […]

ފާތިމަތު ސަޙާ
ހަނިމާދޫ ކައުންސިލުން އެރަށު ސްކޫލަށް ރަށު ޕިކަޕެއް ހަދިޔާކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލުން އެރަށު ސްކޫލަށް ރަށު ޕިކަޕެއް ހަދިޔާކޮށްފި

ހދ.ހަނިމާދޫ ކައުންސިލުން، ހަނިމާދޫ ސްކޫލުގެ ދުވަހީ މަސައްކަތްތަކާއި އެކި ކަންކަމުގައި ބޭނުން ކުރުމަށްޓަކައި އެސްކޫލަށް 1.5 ޓަނުގެ ރަށު ޕިކަޕެއް ހަދިޔާކޮށްފިއެވެ. އިއްޔެ ހަނިމާދޫ ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިޔާތެއްގައި މި އުޅަނދު ސްކޫލާ ޙަވާލުކޮށްދެއްވީ ހަނިމާދޫ ކައުންސިލްގެ މެމްބަރުންނެވެ. ހަނިމާދޫ ސްކޫލުން މި އުޅަނދާ ޙަވާލުވެލެއްވީ އެ ސްކޫލްގެ އިސްވެރިންނެވެ. ހަނިމާދޫ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޕިކަޕަކީ ސްކޫލުގެ ތަފާތު އިދާރީ މަސައްކަތްތަކަށާއި، އިތުރު ހަރަކާތްތަކަށް ބޭނުންވާ...

ފާތިމަތު ސަޙާ
ނޮޅިވަރަންފަރުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ހދ. ނޮޅިވަރަންފަރުގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ އެކި މަޝްރޫޢުތަކާ ގުޅޭގޮތުން އެ ރަށު ކައުންސިލުން، މިނިސްޓްރީ މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމަކީ ހައުސިންގ މިނިސްޓްރީއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމަށާއި، ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އެދެވޭ އަވަސް ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ބޭއްވުނު ބައްދަލުވުމެއް ކަމަށް ނޮޅިވަރަންފަރު ކައުންސިލުން މ...

ފާތިމަތު ސަޙާ
މަކުނުދޫ އަންހެނުންގެ ކޮމެޓީން އެރަށުގައި ވިޔަފާރި މައުރަޒެއް ބާއްވަނީ 📍 ހދ. މަކުނުދޫ

މަކުނުދޫ އަންހެނުންގެ ކޮމެޓީން އެރަށުގައި ވިޔަފާރި މައުރަޒެއް ބާއްވަނީ

ހދ. މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ (އތމކ)އިން އިންތިޒާމްކޮށްގެން އެރަށުގައި ވިޔަފާރި މައުރަޒެއް ބާއްވަން ތައްޔާރުވާން ފަށައިފިއެވެ. އެ ކޮމެޓީގެ ރައީސާ، ޝަހުމާ އާދަމް، “ތިލަދުން”އަށް މަޢުލޫމާތު ދެއްވި ގޮތުގައި މިއީ ކުދި ވިޔަފާރިކުރާ ފަރާތްތަކުގެ މަސައްކަތް ރައްޔިތުންނަށް އިޝްތިހާރު ކުރުމާއި އެބޭފުޅުންގެ ވިޔަފާރިއަށް އިތުރުކުރިއެރުމެއް ހޯދައިދިނުމުގެ މަޤްޞަދުގައި ބޭއްވޭ މައުރަޒެކެވެ. މި މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މުޅި ރަށަށް ހުޅުވާލައިފައިވާކަމަށް ވެސް ޝަހުމާ ވ...

ފާތިމަތު ސަޙާ