📍 ހއ. ފިއްލަދޫ
ދައްޕަރު 50 އަހަރަށް ކުއްޔަށް ދޭ ޓެންޑަރު ބާތިލްކުރަން ފިއްލަދޫ ރައްޔިތުންގެ ޕެޓިޝަނެއް
ހއ. ފިއްލަދޫގެ އިހުތިސޯސްގައި ހިމެނޭ ދައްޕަރު، ގާނޫނު ބުނާގޮތަށް ރަސްމީކޮށް ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭންގައި ޓޫރިޒަމަށް ކަނޑައަޅާފައި ނުވަނީސް 50 އަހަރަށް ކުއްޔަށް ދިނުމަށް އިއުލާނުކުރުމާ ގުޅިގެން، އެ ޓެންޑަރު ހުއްޓުވައި ބާތިލުކުރުމަށް އެދި ފިއްލަދޫ ރައްޔިތުންގެ ޕެޓިޝަނެއް ކައުންސިލަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ. ފިއްލަދޫ ކައުންސިލްގެ އިދާރާއަށް އެޑްރެސްކޮށް ތައްޔާރުކޮށްފައިވާ މި ޕެޓިޝަނުގެ ކޮޕީއެއް ވަނީ މި ނޫހަށްވެސް ލިބިފައެވެ. މި ޕެޓިޝަނުގައި ސޮއިކުރާ ރައްޔިތުން ގޮވާލަނީ، ދައްޕ...