ހދ.ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ)ގެ ފަރާތުން، އެ ރަށު ސްކޫލްގެ އިންފޮމޭޝަން ޓެކްނޮލޮޖީ (އައި.ޓީ) ވަސީލަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ހާޑްޑްރައިވް ހަދިޔާކޮއްފިއެވެ.
އެ ރަށު އތމ ކޮމެޓީން މައުލޫމާތު ދޭ ގޮތުގައި މީގެ އެންމެ ބޮޑު މަޤްޞަދަކީ ސްކޫލުގެ ދަރިވަރުންނަށް އައި.ޓީ ދާއިރާއިން ލިބެމުންދާ ފުރުސަތުތައް ފުޅާކޮށް، ޑިޖިޓަލް ވަސީލަތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ސްކޫލަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމެވެ.
500 ޖީބީގެ އެސް އެސް ޑީ، 10 ހާޑްރައިވް ސްކޫލަށް ހަދިޔާކޮއްފައިވަނީ އިއްޔެ ހަނިމާދޫ ސްކޫލްގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.
މީގެއިތުރުން އެ ސްކޫލްގެ ދުވަހީ އެކި މަސައްކަތްތަކުގައި ބޭނުން ކުރުމަށްޓަކައި ހަނިމާދޫ ކައުންސިލުން 1.5 ޓަނުގެ ރަށު ޕިކަޕެއް އެ ސްކޫލަށް ހަދިޔާކޮއްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!