މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
ކުރިމަގު ޖަމިއްޔާއިން ހަނިމާދޫ އަންހެނުންގެ ކޮމިޓީއަށް ބިއްލޫރި ފުޅި ހަދިޔާކޮއްފި 📍 ހއ. ދިއްދޫ

ކުރިމަގު ޖަމިއްޔާއިން ހަނިމާދޫ އަންހެނުންގެ ކޮމިޓީއަށް ބިއްލޫރި ފުޅި ހަދިޔާކޮއްފި

ހއ. ދިއްދޫ ކުރިމަގު ޖަމިއްޔާއިން، ހދ. ހަނިމާދޫ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އަށް ބިއްލޫރި ފުޅި ހަދިޔާ ކޮއްފިއެވެ. އެ ޖަމިއްޔާއިން ކުރިއަށް ގެންދާ ބިއްލޫރި ފުޅި ހަދިޔާ ކުރުމުގެ ޚާއްޞަ ޕްރޮގްރާމްގެ ދަށުން، ހަނިމާދޫ އަންހެނުންގެ ކޮމިޓީއަށް ޖުމްލަ 168 ބިއްލޫރި ފުޅި ވަނީ ހަދިޔާކޮށްފައެވެ. މި އެހީތެރިކަމަށްޓަކައި، ހަނިމާދޫ އަންހެނުންގެ ކޮމެޓީއާއި ހަނިމާދޫ ކައުންސިލުން ވަނީ ކުރިމަގު ޖަމިއްޔާއިން ޝުކުރުއަދާކޮށްފައެވެ. މިއީ ކުރިމަގު ޖަމިއްޔާއިން ކުރިއަށްގެންދާ “ޕްލާ...

ފާތިމަތު ސަޙާ
ކޮމަންޑޫ އަދި ފީވަކު ފެނަކަ ބްރާންޗްގެ މުވައްޒަފުންތަކެއް ވަކިކުރުމުން ކަންބޮޑުވުން 📍 ށ. ކޮމަންޑޫ

ކޮމަންޑޫ އަދި ފީވަކު ފެނަކަ ބްރާންޗްގެ މުވައްޒަފުންތަކެއް ވަކިކުރުމުން ކަންބޮޑުވުން

ށ. ކޮމަންޑޫ އަދި އެ އަތޮޅު ފީވަކުގެ ފެނަކަ ބްރާންޗްގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމުން އެ ދެރަށު ކައުންސިލުން ކަންބޮޑުވުންފާޅުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން، ފީވަކު ކައުންސިލުން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ބަޔާންކޮއްފައިވާ ގޮތުގައި، 27 އޯގަސްޓް 2026ވަނަ ދުވަހުގެ ރޭ އެ ރަށު ފެނަކަ ބްރާންޗްގައި މަސައްކަތްކުރާ ހަތް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ. ހަމައެފަދައިން 31 އޯގަސްޓް 2026 ވަނަ ދުވަހުގެ ރޭ، ކޮމަންޑޫ ފެނަކަ ބްރާންގައި ވަޒީފާ އަދާކުރާ 10...

ފާތިމަތު ސަޙާ
މުރައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ކެލާ ބަނދަރު އަޕްގްރޭޑްކޮށް މަސްވެރިކަމުގެ މަސައްކަތަށް ބިން ހިއްކަން ހަވާލުކޮށްފި 📍 ހއ. ކެލާ

މުރައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ކެލާ ބަނދަރު އަޕްގްރޭޑްކޮށް މަސްވެރިކަމުގެ މަސައްކަތަށް ބިން ހިއްކަން ހަވާލުކޮށްފި

ހއ. މުރައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢާއި، ހއ. ކެލާ ބަނދަރު އަޕްގްރޭޑް ކުރުމާއެކު މަސްވެރިކަމުގެ ވަސީލަތް ބިނާކުރުމަށް ބިން ހިއްކުމާއި، ބ. ކިހާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި އަދި ދ. ބަނޑިދޫ ބަނދަރު ފުންކުރުމާއި ޖެޓީ ތަރައްޤީކުރުމުގެ މަޝްރޫޢުތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާ...

ޔުމްނާ ޢަލީ
އުލިގަމުން ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމާބެހޭ އުޞޫލަށް އިސްލާހް ގެނެސްފި

އުލިގަމުން ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމާބެހޭ އުޞޫލަށް އިސްލާހް ގެނެސްފި

ހއ. އުލިގަމުން ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމާބެހޭ އުޞޫލަށް މުހިންމު އިސްލާޙުތަކެއް ގެނެސް، އެ އުޞޫލު މިއަދު އާންމުކޮށްފިއެވެ. “ހއ. އުލިގަމުން ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަންކުރުމާ ބެހޭ އުޞޫލު” އަށް ބަދަލުގެނެސް އުލިގަމު ކައުންސިލުން އާންމުކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އުޞޫލަށް 3 ވަނަ އިޞްލާޙް ގެނައުމަށް ނިންމާފައިވަނީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ އަދި 14 ވަނަ އާންމު ބައްދަލުވުމުގައެވެ. މި އިސްލާޙުތަކާއެކު އެކުލަވާލެވުނު އައު އުޞޫލު ވެސް މިހާރު ވަނީ […]

ފާތިމަތު ސަޙާ
ނައިވާދޫގެ ޒުވާނުންނަށް ނަފްސާނީ ދުޅަހެޔޮކަމުގެ ސެޝަނެއް މާދަމާ 📍 ހދ. ނައިވާދޫ

ނައިވާދޫގެ ޒުވާނުންނަށް ނަފްސާނީ ދުޅަހެޔޮކަމުގެ ސެޝަނެއް މާދަމާ

ހދ.ނައިވާދޫގައި ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރި ކުރުވުމުގެ ސެޝަނެއް މާދަމާ އޮންނާނެކަމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ބުނެފިއެވެ. މިއީ ކޮންމެ މަހަކު ވެސް ރަށުގެ ޒުވާނުންނަށް އަމާޒުކޮށް، ބޭއްވުމަށް ހަމަޖެހިފައިވާ ސިލްސިލާ ސެޝަންތަކުގެ ތެރެއިން ދެ ވަނަ ސެޝަނެވެ. ނައިވާދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކޮށްގެން، “އަހަރެން އަހަންނަށްޓަކައި”ގެ ނަމުގައި ކުރިއަށް ގެންދާ މި ސެޝަންގެ މައިގަނޑު މަޤްޞަދަކީ، ނަފްސާނީ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށ...

ސަލާމާ ޢަބްދުލް ޢަލީމް
އެފްއޭއެމްގެ ރީޖަނަލް އޮފީސްތައް ދިއްދޫ، މަހިބަދޫ، ގަން އަދި މާލޭގައި ގާއިމުކުރަނީ 📍 ހއ. ދިއްދޫ

އެފްއޭއެމްގެ ރީޖަނަލް އޮފީސްތައް ދިއްދޫ، މަހިބަދޫ، ގަން އަދި މާލޭގައި ގާއިމުކުރަނީ

ދިވެހިރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ ހިންގުން ލާމަރުކަޒީކޮށް، މުޅި ރާއްޖެއަށް ފުޓްބޯޅަ ފުޅާކުރުމުގެ ގޮތުން ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ އޮފީސްތައް ޤާއިމުކުރާނެ ރަށްތައް އެ އެސޯސިއޭޝަނުން ކަނޑައަޅައިފިއެވެ. ނިންމުން ނިންމާފައިވަނީ ރޭ ބޭއްވުނު އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) ގެ 16 ވަނަ ބައްދަލުވުމުގައެވެ. މި މަޝްރޫޢުގެ ދަށުން އޮފީސްތައް ޤާއިމުކުރުމަށް ކަނޑައަޅާފައިވަނީ ނޯތު، ސެންޓްރަލް، މާލެ އަދި ސައުތު ރީޖަންގެ އިދާރާތަކެވެ. އެގޮތުން ނޯތު ރީޖަން ފުޓްބޯލް އ...

ޔުމްނާ ޢަލީ
ނ.އަތޮޅު ހޮސްޕިޓަލްގައި ތަފާތު ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ މެޑިކަލް ކޭމްޕެއް ބާއްވަނީ

ނ.އަތޮޅު ހޮސްޕިޓަލްގައި ތަފާތު ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ މެޑިކަލް ކޭމްޕެއް ބާއްވަނީ

ނ.އަތޮޅު ހޮސްޕިޓަލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ގުޅިގެން، ނ.އަތޮޅު ހޮސްޕިޓަލްގައި، ތަފާތު ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ މެޑިކަލް ކޭމްޕެއް ބާއްވަން ނިންމައިފިއެވެ. “ސަބް-ސްޕެޝަލިޓީ ކޭމްޕް 2026” ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޭމްޕް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 2 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހެވެ. ނޫނު އަތޮޅު ހޮސްޕިޓަލްއިން މަޢުލޫމާތު ދޭ ގޮތުގައި މި ކޭމްޕުގައި ތަފާތު ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން ބެއްލެވުމަށް ހަމަޖެހިފައިވެއެވެ. އެ ގޮތުން ހިތުގެ ބަލިތަކަށާއި، ނާރުގެ ބަލިތަކުގެ...

ފާތިމަތު ސަޙާ
ނަރުދޫ ''ރަމްޒު އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026'' ފަށައިފި 📍 ށ. ނަރުދޫ

ނަރުދޫ ''ރަމްޒު އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026'' ފަށައިފި

ށ. ނަރުދޫ، ރަމްޒު ސްޕޯޓްސް އެކަޑަމީއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026” މިއަދު ފަށައިފިއެވެ. ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026 ފެށުން، ފޮޓޯ: ރަމްޒު އެކަޑަމީ ފުޓްސަލްއާއި ހޭންޑްބޯލްއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ފިއެސްޓާގެ ތިން މެޗެއް މިއަދު ކުޅެފައިވެއެވެ. އެއީ ފުޓްސަލްގެ ދެ މެޗާއި ހޭންޑްބޯލްގެ މެޗެކެވެ. މުބާރާތުގެ ފުރަތަމަ މެޗްގައި ޓީމް އޮރެންޖާއި ޓީމް ގްރީން ބައްދަލު ކުރި އިރު، މޮޅު ކުޅުމަކަށްފަހު 1-2 ގެ […]

ފާތިމަތު ސަޙާ
ދިއްދޫ ރައްޔިތުންގެ އެދުމަށް ކޯޗު މުސްތަޓޭ ނިންމުން ބަދަލުކޮށް، އަލުން ޓީމާ ހަވާލުވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫ ރައްޔިތުންގެ އެދުމަށް ކޯޗު މުސްތަޓޭ ނިންމުން ބަދަލުކޮށް، އަލުން ޓީމާ ހަވާލުވެއްޖެ

2026/2027 ދިވެހި ޕްރިމިއާ ލީގަށް ހއ. ދިއްދޫ ކޮލިފައިކޮށްދިން ކާމިޔާބުކޯޗު މޫސާ އިބްރާހީމް (މުސްތަޓޭ) އޭނާގެ ނިންމުން ބަދަލުކުރުމަށްފަހު ދިއްދޫ ޓީމުގެ ފަރިތަކުރުންތައް ރަސްމީކޮށް ފަށައިފިއެވެ. މުސްތަޓޭގެ ކޯޗުކަމުގައި ދިއްދޫ ވަނީ ނޯތު ލީގުގެ ޗެމްޕިއަންކަން ހޯދައި، ބޮޑުތިލަދުންމަތިން ފުރަތަމަ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވި ޓީމްގެ ޝަރަފް ދިއްދޫ އަށް ހޯދައިދީފައެވެ. ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެފައިވުމަށް ކުޅުނު ޕްލޭއޮފް މެޗުތަކުގައި ނޯތު ރީޖަން ދިއްދޫ ވަނީ ރާއްޖޭގެ އަނެއް ތިން ރީޖަންގެ ޗެމްޕި...

ޔުމްނާ ޢަލީ
ނައިވާދޫގެ މަގުތަކަށް އެއްވަރުކޮށް ރީތިކުރުމަށް ވެލިއެޅުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި 📍 ހދ. ނައިވާދޫ

ނައިވާދޫގެ މަގުތަކަށް އެއްވަރުކޮށް ރީތިކުރުމަށް ވެލިއެޅުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ހދ،ނައިވާދޫގެ މަގުތައް ރީތިކޮށް، އެއްވަރު ކުރުމުގެ މަޤްޞަދުގައި މަގުތަކަށް ވެލި އެޅުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތުގައި ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުން ޢަމަލީގޮތުން ބައިވެރިވެދެއްވުމަށް، އެ ކައުންސިލުން ދައުވަތުދީފައިވާއިރު، މި މަސައްކަތް ފަށާފައި ވަނީ މިއަދު ހަވީރު 16:30ގައި އެ ރަށުގެ ވޮލީ ކޯޓު ސަރަޙައްދުންނެވެ. މީގެ އިތުރުން ނައިވައިދޫ ކައުންސިލުން މިދިޔަ ހޮނިހިރު ދުވަހު، ރަށުގެ ބަނދަރު ސަރަޙައްދާއި، ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއްވަނީ ކުރިއަށް ގެންގޮސްފައެވެ....

ފާތިމަތު ސަޙާ
ކަނޑިތީމުގެ ވިޔަފާރިވެރިންނަށާއި ވިޔަފާރިއަށް ޝައުގުވެރިވާ މީހުންނަށް ހާއްސަ ސައްލާއެއް 📍 ށ. ކަނޑިތީމު

ކަނޑިތީމުގެ ވިޔަފާރިވެރިންނަށާއި ވިޔަފާރިއަށް ޝައުގުވެރިވާ މީހުންނަށް ހާއްސަ ސައްލާއެއް

ށ. ކަނޑިތީމުގައި ވިޔަފާރިކުރައްވާ އަދި ވިޔަފާރިކުރަން ޚިޔާލު ކުރައްވާ ހުރިހާ ފަރާތްތަކަށް “ވިޒިޓް ކަނޑިތީމު: އަ ކޮމިއުނިޓީ ޑްރިވެން ފިއުޗާ” މަޝްރޫޢުގެ ދަށުން “ރަށް ތައްޔާރު! ވިޔަފާރިވެރިންގެ އޮންލައިން ސައްލާ” ގެ ނަމުގައި ސައްލާއެ ބޭއްވުމަށް ނިންމައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. ވިޒިޓް ކަނޑިތީމުން ބުނިގޮތުގައި މި ސައްލާއަކީ ބްލޫ ގިލްޑް ފައުންޑޭޝަނުން ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގުޅިގެން ކުރިއަށް ގެންދާ ސައްލާއެކެވެ. މިއީ އޮސްޓްރޭލިއާ ސަރު...

ފާތިމަތު ސަޙާ
މާއުނގޫދޫ އަންހެނުންގެ ކޮމިޓީގެ ކަސްރަތު ޕްރޮގްރާމެއް ފަށައިފި

މާއުނގޫދޫ އަންހެނުންގެ ކޮމިޓީގެ ކަސްރަތު ޕްރޮގްރާމެއް ފަށައިފި

ށ.މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ)އިން އިންތިޒާމްކޮށްގެން އެ ރަށުގައި ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ މާއުނގޫދޫގެ އަންހެން ބޭފުޅުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުކޮށް، އެކުވެރިކަމާއި އިޖްތިމާޢީ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި އެ ކޮމިޓީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި އެރަށުގެ ޖުމްލަ 68 އަންހެނަކު ބައިވެރިވެފައިވާއިރު، މި ޕްރޮގްރާމްގައި ދުވާލަކު ތިން ކްލާސް ކުރިއަށް ގެންދާނެއެވެ. މި ޕްރޮގްރާމް ކުރިއަށް ދާނީ ތިން ހަފްތާގެ މުއްދަތަކަށް ކަމަށް...

ފާތިމަތު ސަޙާ
ކުޅުދުއްފުށީ މަށިކުޅި ދިރާސާކޮށް ހިމާޔަތްކުރުމަށް އެމްއެންޔޫ އާއި ކައުންސިލާއި ދެމެދު ފަހުމުނާމާ އެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ މަށިކުޅި ދިރާސާކޮށް ހިމާޔަތްކުރުމަށް އެމްއެންޔޫ އާއި ކައުންސިލާއި ދެމެދު ފަހުމުނާމާ އެއް

ހދ.ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާއި ދެމެދު ދިރާސާކުރުމާއި، ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމާއި، މަޢުލޫމާތު ބަދަލުކުރުމާއި، ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްޓަކައި، ފަހުމުނާމާ (އެމް.އޯ.ޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮއްފައިވަނީ، 30 އޮގަސްޓު 2026ގައެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ދެ ފަރާތް ގުޅިގެން ދިރާސާތަކާއި ޕްރޮގްރާމްތައް ހިންގުމާއި، މަށިކުޅި އާއި އެހެނި...

ފާތިމަތު ސަޙާ
މުރައިދޫ އަންހެނުންގެ ކޮމިޓީން ބޮނބިފަންނު ބީޗުގައި ޖޯލިފައްޗާއި މޭޒު އަދި ގޮނޑި ބަހައްޓައިފި 📍 ހއ. މުރައިދޫ

މުރައިދޫ އަންހެނުންގެ ކޮމިޓީން ބޮނބިފަންނު ބީޗުގައި ޖޯލިފައްޗާއި މޭޒު އަދި ގޮނޑި ބަހައްޓައިފި

ހއ. މުރައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގެ ފަރާތުން އެ ރަށު ބޮނބިފަންނު ބީޗުގައި އާންމުން ބޭނުންކުރުމަށްޓަކައި ޖޯލިފައްޗާއި، މޭޒު އަދި ގޮނޑި ބަހައްޓައިފިއެވެ. ބޮނބިފަންނު ބީޗު ޒީނަތްތެރި ކުރުމަކީ، އެރަށުގައި ފެށުމަށް ތައްޔާރުވެފައިވާ “މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓް” އާ ގުޅިގެން ރަށުތެރެ ރީތި ކުރުމުގެ ޕްރޮގްރާމްގެ ދަށުން ކޮށްފައިވާ އަގުހުރި މަސައްކަތެކެވެ. މުރައިދޫ ބަނދަރުމަތީގައި އޮންނަ ބޮނބިފަންނު ބީޗަކީ އެންމެންގެ ހިތްތަކަށް ފިނ...

ފާތިމަތު ސަޙާ
''ކުޅުދުއްފުށީ ފުޓްސަލް ޗެލެންޖް'' ގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

''ކުޅުދުއްފުށީ ފުޓްސަލް ޗެލެންޖް'' ގައި ބައިވެރިވާން ހުޅުވާލައިފި

ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ “ކުޅުދުއްފުށީ ފުޓްސަލް ޗެލެންޖް 2026” ގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން އިންތިޒާމްކުރާ މުބާރާތެކެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ  9 އޮކްޓޯބަރ 2026 އެވެ. ކުޅުދުއްފުށީގެ ޒުވާނުންނަށާއި ފުޓްސަލް ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމަށާއި ރަށުގެ ޒުވާނުންގެ ފުޓްސަލްގެ ހުނަރު އ...

ފާތިމަތު ސަޙާ