ނާގޯށީގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށަނީ، މިފަހަރުވެސް ހުޅުވުން "އަންނަ އަހަރު"
ހދ. ނާގޯށީގައި ތަރައްގީކުރާ ރިސޯޓުގެ މަސައްކަތް އަންނަ އަހަރު ނިންމައި، ހުޅުވާނެ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލު އަބްދުލްސަމަދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެމްޓީޑީސީގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ދުބާއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ރޯ ގަލަދާރީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި ރިސޯޓު ތަރައްގީ ކުރެވިގެންދާނީ ޒަމާނީ ފެންވަރުގައި އެން...