ށ. މިލަންދޫ ބަނދަރު ސަރަހައްދުގައި ހުރި ޕޭވްމެންޓު ގައު ޕެލެޓުތަކަށް ކުޅެން ނޭރުމަށް އެރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

ކައުންސިލު އިދާރާ އިން ނެރުނު އިލްތިމާސް ދެންނެވުމެއްގައި ވަނީ އެރަށު ބަނދަރު ދަރަހައްދުގައި ބަހައްޓާފައިހުރު ޕޭވްމެންޓު ގައު ޕެލެޓުތަކުގެ މައްޗަށް ކުޅެ ހެދުމަށް ވަރަށް ގިނަ އަދަދެއްގެ ކުޑަކުދިން މިހާރަކަށް އައިސް އަރަމުންދާ ކަމަށް އެ ކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

Ad
rt

އެ ކައުންސިލުން ވިދާޅުވީ އެ ޕެލެޓުތައް ބަންނަން އަޅުވާފައި ހުރިި ދަގަނޑު ސްޓްރިޕްތަކުގައި މިހާރުވަނީ ވަރަށްބޮޑަށް ދަބަރު ޖަހާފައި ކަމަށެވެ.

ޕެލެޓުތަކުގެ މައްޗަށް އަރައި އުޅުމުގެ ތެރޭގައި ސްޓްރިޕެއް ކަނޑައިގެންގޮސް ޕެލެޓެއް ފޮރޮޅާލައި، ކުއްޖަކަށް ބޮޑު ގެއްލުމެއް ލިބުމަކީ އެކަށީގެންވާ ކަމަކަށްވާތީ، ގައު ޕެލެޓުތަކުގެ މައްޗަށް ނޭރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން އެ ސަރަހައްދުގައި ކުޑަކުދިން ކުޅެ، ސަކަރާތް ޖެހުމުގެ ފުރުސަތު ނުދިނުމަށް ބެލެނިވެރިންނަށް ވަނީ އިލްތިމާސް ކޮށްފައެވެ.