މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ގޯލްޑަން ފުޓްސަލް ޗެލެންޖް: ޕެނަލްޓީގައި ކުރި ހޯދައި ށ. އަތޮޅުގެ ޗެމްޕިއަންކަން ފޯކައިދޫ އަށް 📍 ށ. ފޯކައިދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖް: ޕެނަލްޓީގައި ކުރި ހޯދައި ށ. އަތޮޅުގެ ޗެމްޕިއަންކަން ފޯކައިދޫ އަށް

މިހާރު ކުރިއަށްދާ “ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023″ގެ އަތޮޅުގެ ޗެމްޕިއަންކަން ށ. ފޯކައިދޫގެ ފޯކައިދޫ އެފްސީ ހޯދައިފިއެވެ. ހުޅުމާލެ ރެހެންދި ދަނޑުގައި ކުޅުނު ރޭ ކުޅުނު ށ. އަތޮޅުގެ ފައިނަލް މެޗުގައި ފޯކައިދޫ އާއި ބައްދަލު ކުރީ ކަނޑިތީމެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖެހީ ކަނޑިތީމުންނެވެ. އެ ލަނޑު ޖަހައިދިނީ އެ ޓީމުގެ އިބްރާހީމް ނަދާދު (ކުޑައްޓޭ) އެވެ. އެ ގޯލަށްފަހު ފޯކައިދޫގެ ހުސައިން ފަޒީލް ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަަމަހަމަކޮށްފައެވެ. މެޗުގެ […]

ޔުމްނާ ޢަލީ
ގޯލްޑަން ފުޓްސަލް ޗެލެންޖް: ހދ. އަތޮޅުގެ ޗެމްޕިއަންކަން ނައިވާދޫއަށް 📍 ހދ. ނައިވާދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖް: ހދ. އަތޮޅުގެ ޗެމްޕިއަންކަން ނައިވާދޫއަށް

މިހާރު ކުރިއަށްދާ “ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023” ގެ ހދ އަތޮޅުގެ ޗެމްޕިއަންކަން ނައިވާދޫ ހޯދައިފިއެވެ. މިރޭ ހދ އަތޮޅު ފައިނަލް މެޗު ރެހެންދި ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ނައިވާދޫއާއި ނޭކުރެންދޫއެވެ. މި މެޗު ނައިވާދޫއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ވެސް އަވަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ނައިވާދޫ ޓީމަށް، މެޗުގެ 10 […]

އިބްރާހިމް ޚަލީލް
ގޯލްޑަން ފުޓްސަލް ޗެލެންޖް: ހއ. އަތޮޅުގެ ޗެމްޕިއަންކަން އުތީމަށް 📍 ހއ. އުތީމު

ގޯލްޑަން ފުޓްސަލް ޗެލެންޖް: ހއ. އަތޮޅުގެ ޗެމްޕިއަންކަން އުތީމަށް

މިހާރު ކުރިއަށްދާ “ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023” ގެ ހއ އަތޮޅުގެ ޗެމްޕިއަންކަން އުތީމް ހޯދައިފިއެވެ. މިރޭ ހއ އަތޮޅު ފައިނަލް މެޗު ރެހެންދި ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ އުތީމާއި ފިއްލަދޫއެވެ. މި މެޗު އުތީމުން ވަނީ 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް އެ އަތޮޅުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދާފައެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ފިއްލަދޫންނެވެ. […]

އިބްރާހިމް ޚަލީލް
ކައުންސިލްތަކުގެ ލަފަޔާ ޚިލާފަށް އެސްޖީން ޢައްޔަނުކުރުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވޭ: އެލްޖީއޭ 📍 ހއ. އިހަވަންދޫ

ކައުންސިލްތަކުގެ ލަފަޔާ ޚިލާފަށް އެސްޖީން ޢައްޔަނުކުރުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވޭ: އެލްޖީއޭ

ބައެއް ކައުންސިލްތަކުގެ ލަފަޔާއި ޚިލާފަށް އެ ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ)އިން ޢައްޔަނު ކުރުމުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުން އަންނަކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވެއްޖެއެވެ. އެލްޖީއޭއިން މިހެން ވިދާޅުވެފައި ވަނީ ހއ. އިހަވަންދޫ ކައުންސިލަށް އެސްޖީ އެއް ޢައްޔަނުކުރުމުގައި އިހަވަންދޫ ކައުންސިލްގެ ލަފަޔާ ޚިލާފަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން އެ ކައުންސިލަށް އެސްޖީއެއް ޢައްޔަނު ކުރެއްވި މައްސަލައައާއި ގުޅިގެން ސިވިލް ސާވިސް ކޮމިޝަނަށް ފޮނުއް...

ޔުމްނާ ޢަލީ
ގޯލްޑަން ފުޓްސަލް ޗެލެންޖް: ހއ ފައިނަލުގައި ފިއްލަދޫއާއި އުތީމް، ހދ ފައިނަލުގައި ނައިވާދޫއާއި ނޭކުރެންދޫ 📍 ހދ. ނޭކުރެންދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖް: ހއ ފައިނަލުގައި ފިއްލަދޫއާއި އުތީމް، ހދ ފައިނަލުގައި ނައިވާދޫއާއި ނޭކުރެންދޫ

މިހާރު ކުރިއަށްދާ “ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023” ގައި ހއ އަތޮޅު ފައިނަލުން ފިއްލަދޫއާއި އުތީމް ޖާގަ ހޯދިއިރު، ހދ އތޮޅު ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ނައިވާދޫއާއި ނޭކުރެންދޫ ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ފައިނަލުން ފިއްލަދޫ ޖާގަ ހޯދާފައި ވަނީ ސެމީ ފައިނަލުގައި 2-1 ގެ ނަތީޖާއިން މުރައިދޫ ބަލިކޮށްގެންނެވެ. ފިއްލަދޫއަށް ލަނޑުތައް ޖަހައިދިނީ އެ ޓީމްގެ އަހުމަދު ހުސާމްއާއި އިބްރާހިމް ފަޒީލުއެވެ. މުރައިދޫން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދީފައި ވަނީ އިޔާން […]

އިބްރާހިމް ޚަލީލް
ދިއްދޫ ކައުންސިލުގެ ދިހަވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލުގެ ދިހަވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ދިއްދޫ ކައުންސިލް ޤުރުއާން މުބާރާތް 1444” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމާއި، ޤުރުއާން ހިތުދަސް ކުރުމަށާއި ތަޖުވީދު ހަމަތަކަށް ކިޔެވުމަށް ހިތްވަރު ދިނުމެވެ. މީގެއިތުރުން ޤުރުއާން ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމާއި ދީނީ...

އިބްރާހިމް ޚަލީލް
މުރައިދޫ ކައުންސިލަށް ރައީސް ދެއްވީ އުއްމީދު 📍 ހއ. މުރައިދޫ

މުރައިދޫ ކައުންސިލަށް ރައީސް ދެއްވީ އުއްމީދު

ހއ. މުރައިދޫ ކައުންސިލުން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވަފިއެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން ”ތިލަދުން” އަށް ވިދާޅުވީ، އިއްޔެ މުރައިދޫ ކައުންސިލުން ރައީސް ޞާލިޙާއި ބައްދަލުކުރައްވައި، މުރައިދޫގެ ތަރައްގީއާއި ގުޅުންހުރި ކަންކަމާގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. މުލިއާގޭގައި ބޭއްވި މި ނުރަސްމީ ބައްދަލުކޮށްލެއްވުމުގައި މުރައިދޫގެ ތަރައްގީއަށް އިތުރަށް ބޭނުންވެފައިވާ ކަންކަމާއި، މިހާރު ހިނގަމުންދާ މަޝްރޫޢުތައް ހަލުވި ކުރުމާމެދު މަޝްވަރާ ކުރެވުނު ކަމަށް...

ޔުމްނާ ޢަލީ
ޖަލާލުއްދީން ސްކޫލްގެ ރިހިޔޫބީލްގެ މުނާސަބާގައި ފޮތެއް 📍 ހދ. ކުޅުދުއްފުށި

ޖަލާލުއްދީން ސްކޫލްގެ ރިހިޔޫބީލްގެ މުނާސަބާގައި ފޮތެއް

ބޮޑުތިލަދުންމަތީގެ އެތައް ދަރިންތަކެއް ބިނާކޮށް، ބިނާކުރަމުންދާ ކުޅުދުއްފުށީ ސިޓީ، ޖަލާލުއްދީން ސްކޫލްގެ ރިހިޔޫބީލްގެ މުނާސަބާގައި ފޮތެއް ނެރެފިއެވެ. ޖަލާލުއްދީން ސްކޫލަކީ 1998 ވަނަ އަހަރު ހުޅުވައި، ކިޔަވައިދޭން ފެށި ސްކޫލެކެވެ. މި ސްކޫލްގެ ރިހިޔޫބީލާއި ގުޅިގެން އެ ސްކޫލުން ނެރުނު ފޮތުގައި އެ ސްކޫލްގެ ތާރީޚީ މުހިންމު ގިނަ މައުލޫމާތުތަކެއް ހިމަނާފަވެއެވެ. މީގެ ތެރޭގައި އެ ސްކޫލްގެ ޕްރިންސިޕަލްކަން ކުރެއްވި ބޭފުޅުންނާއި، ޚިދުމަތް ކުރެއްވި މުވައްޒަފުންނާއި، ބެސްޓް އޯލްރައުންޑްކަން ހޯދި ދަރިވަރުންނާ...

ޔުމްނާ ޢަލީ
ހަނިމާދޫ ލީގު: އަހުލީ ފުރަތަމަ މޮޅު ހޯދިއިރު ޔުނީފޯމާއި ރިއަލް ސްޓާސް އެއްވަރު 📍 ހދ. ހަނިމާދޫ

ހަނިމާދޫ ލީގު: އަހުލީ ފުރަތަމަ މޮޅު ހޯދިއިރު ޔުނީފޯމާއި ރިއަލް ސްޓާސް އެއްވަރު

ހަނިމާދޫ ލީގު 2023 ފުޓްބޯޅަ މުބާރާތުގައި އަހުލީ ފުރަތަމަ މޮޅު ހޯދިއިރު، ޔުނީފޯމާއި ރިއަލް ސްޓާސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ގޭމް ވީކް ހަތަރެއްގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ހަވީރު އަހުލީން ވަނީ 7-3 ގެ ނަތީޖާއިން ފަލްކަން ބަލިކޮށްފައެވެ. މިއީ ލީގުގައި އަހުލީ މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން، އެ ޓީމަށް ކާމިޔާބު ކުރެވުނު ފުރަތަމަ މެޗެވެ. މި މެޗުގައި އަހުލީގެ ނާއިލް ޔޫސުފް ތިން ލަނޑުޖަހައި ހެޓްރިކް ހެދިއިރު، ދެން […]

އިބްރާހިމް ޚަލީލް
ހިރިމަރަދޫ ކައުންސިލް މެންބަރު ޖުވައިރިޔާ އެމްޑީޕީއަށް ސޮއިކޮށްފި 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ ކައުންސިލް މެންބަރު ޖުވައިރިޔާ އެމްޑީޕީއަށް ސޮއިކޮށްފި

ހދ. ހިރިމަރަދޫ ކައުންސިލް މެމްބަރު އާއިޝަތު ޖުވައިރިޔާ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކޮށްފިއެވެ. ޖުވައިރިޔާ އެމްޑީޕީއަށް ސޮއިކޮށް، ފޯމު ހަވާލުކޮށްފައި ވަނީ މިއަދު އެވެ. ޖުވައިރިއާ އެމްޑީޕީއާއި ގުޅުނު ފޯމާއި ހަވާލުވެފައި ވަނީ އެ ޕާޓީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާޢީލް (ފަޔާ) އެވެ. ޖުވައިރިއާ އެމްޑީޕީއާއި ގުޅުމަށް ބޭއްވި ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުލްޣަފޫރު މޫސާ (ގަޕޯ) އާއި، އެމްޑީޕީ ހަނިމާދޫ ދާއިރާގެ ރައީސް ޝާހިދު ވެސް ވަނީ ބަ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ބޮޑެތިމީހުންގެ ތަޢުލީމު ކުރިއެރުވުމަށް ކޯހެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ބޮޑެތިމީހުންގެ ތަޢުލީމު ކުރިއެރުވުމަށް ކޯހެއް

ބޮޑެތިމީހުންގެ ތަޢުލީމު ކުރިއެރުވުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީގައި ހިންގަން ނިންމާފައިވާ ފުރަތަމަ ކޯސް، ނޭޝަނަލް ސެޓްފިކެޓް 3 އިން ކޮންސްޓްރަކްޝަން ސައިޓް ސްޕަވިޝަން ކޯހުގެ އޮރިއެންޓޭޝަން ރޭ ބާއްވައިފިއެވެ. މި ކޯހަކީ، ކުޅުދުއްފުށި ސިޓީ ކައުންސިލާއި، އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝިއަރީ އެޑިއުކޭޝަން ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. ސިޓީ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި، މި ކޯހުގައި 38 ޒުވާނުން ވަނީ ބައިވެރިވެފައެވެ. މި ކޯހަކީ މީރީ ޕްރޮޖެކްޓުގެ ދަށުން ސްޕޮންސަރ ކޮށްގެން ހިންގޭ ކޯހެއް ކަމ...

ޔުމްނާ ޢަލީ
ވެހިކަލުތަކަށް ޕެޓްރޯލު ދޫކުރުން ލިމިޓް ކުރި، ނަމަވެސް މަސައްކަތަށް ދަތިވެފައެއް ނުވޭ: ފުލުހުން 📍 ހދ. ކުޅުދުއްފުށި

ވެހިކަލުތަކަށް ޕެޓްރޯލު ދޫކުރުން ލިމިޓް ކުރި، ނަމަވެސް މަސައްކަތަށް ދަތިވެފައެއް ނުވޭ: ފުލުހުން

ހދ. ކުޅުދުއްފުށި ސިޓީގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދުއްވަމުން އަންނަ ވެހިކަލުތަކަށް ޕެޓްރޯލު ދޫކުރުން ލިމިޓް ކުރިނަމަވެސް މަސައްކަތަށް ދަތިވެފައިނުވާކަމަށް އެއިދާރާއިން ހާމަ ކޮށްފި އެވެ. އެއިދާރާއިން ބުނީ، ކުޅުދުއްފުށީގައި ދުއްވާ ފުލުހުންގެ ވެހިކަލުތަކަށް ޕެޓްރޯލު ލިބުމުގައި ދައްޗެއް ނެތްކަމަށެވެ. ފައިސާ ނުދައްކައިގެން ކުޅުދުއްފުށީގައި ދުއްވާ ފުލުހުންގެ ވެހިކަލުތަކަށް ޕެޓްރޯލު ވިއްކުން ހުއްޓާލައިފިކަމަށާއި އެކަމުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތުގައި ރަށުތެރެ ޕެޓުރޯލުނުކުރެވި ފުލުހުންނަށް...

އަލީ އާދިލް
މުރައިދޫން ގޯތި ދޫކުރަންނިންމައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. މުރައިދޫ

މުރައިދޫން ގޯތި ދޫކުރަންނިންމައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުރައިދޫން ގޯތި ދޫކުރަން ނިންމައި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މުރައިދޫ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އެ ކައުންސިލްގެ އިޙްތިޞާސްގައި ހިމެނޭ ބިމުގެ ޞަރަޙައްދުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގައި ޢަމަލު ކުރާނެ ގޮތް ބަޔާންކުރާ އުޞޫލެއް އެކުލަވާލާ އެ އުޞޫލު އާންމުކޮށްފައި ވުމާއެކު އެ އުޞޫލުގައިވާ ގޮތުގެމަތިން އެ ރަށުން ބަންޑާރަ ގޯތި ދޫކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިފަހަރު އެރަށުން ދޫކުރުމަށް ނިންމާފައި ވަނީ 2500 އަކަ ފޫޓޫގެ 41 ގޯއްޗެވެ. އެރަ...

ޔުމްނާ ޢަލީ
ބޮޑުތިލަދުންމަތީގައި 8000 އެނދު ތަރައްގީ ކުރެވޭނެކަމަށް ދެކެން: މައުސޫމް

ބޮޑުތިލަދުންމަތީގައި 8000 އެނދު ތަރައްގީ ކުރެވޭނެކަމަށް ދެކެން: މައުސޫމް

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަމަށް 8000 އެނދު ތަރައްގީ ކުރެވިގެންދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ފަތުރުވެރިކަމާއިބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާގައި ވަޒީރާއި ސުވާލު ކުރުމުގެ ވަގުތުގައި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޝިފާޢު ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ...

ޔުމްނާ ޢަލީ
ދިއްދޫގައި ޕޭސްޓްރީ ކޯހެއް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ޕޭސްޓްރީ ކޯހެއް ފަށައިފި

ހއ. ދިއްދޫގައި ޕޭސްޓްރީ ކޯހެއް ފަށައިފިއެވެ. އިއްޔެ އެރަށުގައި ފެށި މި ކޯހަކީ އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ. ދިއްދޫގެ އަންހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން ހިންގާ މި ކޯހަކީ 7 ދުވަހުގެ މުއްދަތަށް ހިންގާ ކޯހެކެވެ. ދިއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ހާމަކުރައްވާފައިވާ ގޮތުގައި މި ކޯހުގައި އެރަށުގެ 30 އަންހެން ބޭފުޅުން ވަނީ ބައިވެރިވެފައެވެ. މި ކޯސް ހިންގުމަށް ފީއެއްގެ ގޮތުގައި ކޮންމެ ބައިވެރިއެއްގެ އަތުން ނަ...

ޔުމްނާ ޢަލީ