މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓްގެ ގުރުއަތުލައިފި 📍 ހދ. ހަނިމާދޫ

އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓްގެ ގުރުއަތުލައިފި

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ “އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023” ގެ ގުރުއަތުލުން ބާއްވައިފިއެވެ. މި މުބާރާތުގެ ގުރުއަތުލާފައި ވަނީ ރޭ ހަނިމާދޫ ބްރޭކް ޓައިމް ރެސްޓޯރެންޓުގައި އެ ކަމަށްޓަކައި ބޭއްވި ކުޑަކުޑަ އިވެންޓެއްގައެވެ. މި މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ މި މަހު 10 ވަނަ ދުވަހުއެވެ. މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ހަނިމާދޫ އިޖުތިމާއީ މަރުކަޒުގެ ގޯތިތެރޭގައި ހަދާފައިވާ […]

އިބްރާހިމް ޚަލީލް
ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފި 📍 ހދ. ކުޅުދުއްފުށި

ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ. މި މާރޗު މަހުގެ 5 ން 6 ގެ ނިޔަލަށް ކުރި މި ޒިޔާރަތުގެ މަގުސަދަކީ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގައި ތަހުގީގަށް ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބާއިރު އެ މީހުންނާއި ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމެވެ. އަދި ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ހައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯބެލުމެވެ. މީގެ އިތުރުން ކުޅުދުއްފުށި ޕޮލިސް ސް...

މުޙައްމަދު އަފްރާޙް
މޮޅަދޫގައި ނަފުސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް 📍 ހއ. މޮޅަދޫ

މޮޅަދޫގައި ނަފުސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް

ހއ. މޮޅަދޫގައި އިޖުތިމާއީ ގޮތުންނާއި ނަފުސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށްގެން ނިންމައި، އެ ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ސެޝަންތަކަކީ މޮޅަދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ސެޝަންތަކެކެވެ. މި ސެޝަންތަކުގައި މައުލޫމާތު ދެއްވާނީ ނަފުސާނީ ބަލިތަކުގެ ޑަކްޓަރު އައިޝަތު ޢަލީ ނާޒެވެ. މާރިޗު 9 ވަނަ (ބުރާސްފަތި) ދުވަހު އޮންނަ މި ސެޝަންތައް ވަނީ ދެ ބަޔަކަށް ބަހާލާފައެވެ. މި...

ޔުމްނާ ޢަލީ
ކޭއާރްއެޗްގެ ހުރިހައި ޚިދުމަތަކަށް މާދަމާއިން ފެށިގެން ކިއުބީ މެދުވެރިކޮށް އެދެވޭނެ 📍 ހދ. ކުޅުދުއްފުށި

ކޭއާރްއެޗްގެ ހުރިހައި ޚިދުމަތަކަށް މާދަމާއިން ފެށިގެން ކިއުބީ މެދުވެރިކޮށް އެދެވޭނެ

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ ހުރިހައި ޚިދުމަތަކަށް މާދަމާއިން ފެށިގެން ކިއުބީ މެދުވެރިކޮށް އެދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ. ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ކޭއާރްއެޗްގެ މީޑިއާ އޮފިސަރު މުހައްމަދު މޫސާ ވިދާޅުވީ މި މާރިޗު މަހުގެ 6 ވަނަ ދުވަހުން ފެށިގެން އޯޕީޑީގެ ހިދުމަތްތަކަށް ކިއުބީ މެދުވެރިކޮށް އެދެވޭނެ ކަމަށެވެ. އަދި މާދަމާ އިން ފެށިގެން ހުރިހައި ހިދުމަތްތަކަށް އެދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ހިދުމަތް ހޯދާ ފަރާތްތަކުން ލިބޭ ފީޑްބެކަަށް ބެލުމަށްފަހު، […]

މުޙައްމަދު އަފްރާޙް
ބިމެއް ލިބޭތާ ތިން މަސްދުވަސް ތެރޭގައި ކުމުންދޫގައި ޕޮލިސް ޕޯސްޓް ގާއިމްކުރެވޭނެ: އިމްރާން 📍 ހދ. ކުމުންދޫ

ބިމެއް ލިބޭތާ ތިން މަސްދުވަސް ތެރޭގައި ކުމުންދޫގައި ޕޮލިސް ޕޯސްޓް ގާއިމްކުރެވޭނެ: އިމްރާން

ހދ. ކުމުންދޫގައި ޕޮލިސް ޕޯސްޓް ގާއިމުކުރަން ބިމެއް ލިބޭތާ ތިން މަސްދުވަސް ތެރޭގައި އެރަށުގައި ޕޮލިސް ޕޯސްޓް ގާއިމްކުރެވޭނެ ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިޔަށް ދިޔަ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޢީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ގާއިމްވެގެންދާނީ ކޮންއިރަކުތޯ ސުވާލު ކުރެއްވުމުން މިނިސްޓަރ ވިދާޅުވީ އެ މަސައްކަތްކުރަމުންދާ ކަމަށާއި ލަސްވަމުންދަނީ...

މުޙައްމަދު އަފްރާޙް
ޕީޕީއެމްގެ ސަރުކާރުގައި ލާމަރުކަޒީ ގާނޫނު 7 ފަހަރު ''އުލު ބޭންދި'': ޝިފާޢު

ޕީޕީއެމްގެ ސަރުކާރުގައި ލާމަރުކަޒީ ގާނޫނު 7 ފަހަރު ''އުލު ބޭންދި'': ޝިފާޢު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސަރުކާރުގައި ލާމަރުކަޒީ ޤާނޫނުން ލޯކަލް ކައުންސިލްތަކަށް ދީފައިވާ ބާރުތައް އަތުލައި، ހަތް ފަހަރު އެ ޤާނޫނު ”އުލު ބޭންދި” ކަމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ފަރާތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާޙީމް ނާޒިލް ހުށަހަޅުއްވާފައިވާ ”ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު” އަށް އިސްލާޙް ގެނައުމުގެ ބިލަށް މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ބަހުސް ކުރައްވަމުން އެ ބިލަށް ތާއީދު ކުރ...

ޔުމްނާ ޢަލީ
އަންހެނުންގެ ދުވަސް ފާހަގަ ކުރަން ދިއްދޫގައި ވާ ދެމުމުގެ މުބާރާތެއް 📍 ހއ. ދިއްދޫ

އަންހެނުންގެ ދުވަސް ފާހަގަ ކުރަން ދިއްދޫގައި ވާ ދެމުމުގެ މުބާރާތެއް

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިއްދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ކަނބަލުންގެ ވާދެމުމުގެ މުބާރާތް” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ދިއްދޫ ކައުންސިލާއި ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ދިއްދޫގައި ހުރި މުއައްސަސާތަކުގެ ނަމުގައްޔާއި ކުލަބް ޖަމިއްޔާތަކުގެ ނަމުގައި ޓީމްތައް ބައިވެރި ކުރެވޭނެއެވެ. އަދި އަމިއްލަ ފަރުދުންނަށް ވެސް ޓީމް ހަދައި ޓީމް ރ...

އިބްރާހިމް ޚަލީލް
ށ. އަތޮޅު ކައުންސިލުގެ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ޕްރޮގްރާމް ފަށަނީ

ށ. އަތޮޅު ކައުންސިލުގެ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ޕްރޮގްރާމް ފަށަނީ

މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި މިއާންޒް އިންޓަނޭޝަނަލް ކޮލެޖް (އެމްއައި ކޮލެޖް) ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައި އެ ޕްރޮގްރާމް ފެށުމަށް ތައްޔާރު ވެއްޖެއެވެ. މި ޕްރޮގްރާމްގެ ދަށުން ދެ ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ހިމެނެނީ އެއް އަހަރުގެ މުއްދަތަށް ހިންގާ މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހާއި، ހަތަރު މަސް ދުވަހުގެ މުއްދަތަށް ހިންގާ ޔުނިވާސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމް ފޯ...

އިބްރާހިމް ޚަލީލް
އުލިގަމު މިސްކިތްތަކުގައި ހުރި އަމިއްލަ ފަރުދުންގެ ތަކެތި ނަގަން އަންގައިފި

އުލިގަމު މިސްކިތްތަކުގައި ހުރި އަމިއްލަ ފަރުދުންގެ ތަކެތި ނަގަން އަންގައިފި

ތިލަދުންމަތީ އުތުރުބުރީ އުލިގަމު މިސްކިތްތަކުގައި އަމިއްލަ ފަރުދުން ބަހައްޓާފައިވާ ގޮނިޑިފަދަ ތަކެތި ނެގުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މިއަދު އެ ކައުންސިލުން ވިދާޅުވެފައި ވަނީ ފަހަކަށް އައިސް އެ ރަށުގެ ބައެއް މިސްކިތްތަކުގައި އަމިއްލަ ފަރާތްތަކުން ބަހައްޓާފައިވާ ގޮނޑިފަދަ ތެކެތި އެ ބެހެއްޓި ފަރާތްތައް ނޫން އެހެން ފަރާތްތަކުން ބޭނުން ކުރުމާއި ގުޅިގެން މިސްކިތުގެ ތެރޭގައި އަޑުގަދަވެ އަޅުކަންކުރާ މީހުންނަށް އުނދަގޫވާ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ. ސަރުކާރ...

އިބްރާހިމް ޚަލީލް
ގެއްލުނު އަސްދޫނީ ހޯދަނިކޮން ފެނުނީ، އަހަރެއް ކުރިން ކުރިނބީ ކައުންސިލް ފަޅާލައި ވަގަށް ނެގި ތިޖޫރީ 📍 ހދ. ކުރިނބީ

ގެއްލުނު އަސްދޫނީ ހޯދަނިކޮން ފެނުނީ، އަހަރެއް ކުރިން ކުރިނބީ ކައުންސިލް ފަޅާލައި ވަގަށް ނެގި ތިޖޫރީ

މީގެ އަހަރެއްހާ ދުވަސް ކުރިން ތިލަދުންމަތީ ކުރިނބީ ކައުންސިލުގެ އިދާރާ ފަޅާލައި ވަގަށް ނެގި ތިޖޫރީ ފެނިއްޖެއެވެ. މި ތީޖޫރީ ފެނިފައި ވަނީ ކުރިނބީ މާގަންމަގުގެ އަތިރިމަތީ ހޭޅީގެ ދެކުނު ފަރާތުންނެވެ. އެއީ ކުރިނބީ ކައުންސިލް އިދާރާއާއި ސަތޭކަވަރަކަށް މީޓަރު ދުރު ސަރަހައްދެކެވެ. މި ކަމާއި ގުޅޭގޮތުން “ތިލަދުން” އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ކުރިނބީ ކައުންސިލުގެ ރައީސް އަބްދުﷲ އަސްލަމް ވިދާޅުވެފައި ވަނީ މީގެ އަހަރެއްހާ ދުވަސްކުރިން އެ ކައުންސިލުން ގެއްލުނު ތިޖޫރީ ފެނިގެން އެ […]

އިބްރާހިމް ޚަލީލް
ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ޚަދީޖާ އެދެނީ ތިޔަފަރާތްތަކުގެ އެހީތެރިކަމަށް 📍 ހދ. ނޮޅިވަރަންފަރު

ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ޚަދީޖާ އެދެނީ ތިޔަފަރާތްތަކުގެ އެހީތެރިކަމަށް

ހދ. ނޮޅިވަރަންފަރު، ކަރަންކާގޭ ޚަދީޖާ އަބްދުﷲ އަކީ އުރަމަތީ ކެންސަރަށް ފަރުވާ ކުރަމުން އަންނަ މީހެކެވެ. އުމުރުން 65 އަހަރުގެ ޚަދީޖާ ފާއިތުވި އަހަރުގެ ސެޕްޓެމްބަރ މަހުން ފެށިގެން އަންނަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ކެންސަރަށް ފަރުވާ ހޯދަމުންނެވެ. ޚަދީޖާގެ ބައްޔާއި ގުޅޭގޮތުން “ތިލަދުން” އަށް މަޢުލޫމާތު ހިއްސާކުރަމުން ޚަދީޖާގެ ހުރި ހަމައެކަނި ދަރިފުޅު، އަލީ ނަސީރު ބުނެފައި ވަނީ، މަންމައަށް އުނދަގޫތަކެއް ވާތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ކުޅުދުއްފުށީ ރީޖަނަލް […]

އިބްރާހިމް ޚަލީލް
ބޯކޮށް ވާރޭ ވެހި ގުގުރާނެ، ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު

ބޯކޮށް ވާރޭ ވެހި ގުގުރާނެ، ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު

ބޯކޮށް ވާރޭ ވެހި ގުގުރާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުގެ ސަމާލުގެ މެސެޖުގައި ބުނެފައިވާ ގޮތުން ސަމާލުގެ ވަގުތުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެއެވެ. […]

ޔުމްނާ ޢަލީ
ހަށިވިއްކާ ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނެކާއި ތައިލެންޑް ދެ އަންހެނުން ހައްޔަރުކޮށްފި

ހަށިވިއްކާ ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނެކާއި ތައިލެންޑް ދެ އަންހެނުން ހައްޔަރުކޮށްފި

ފުވައްމުލަކު ސިޓީގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނެކާއި ތައިލެންޑް ދެ އަންހެނުން ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފުވައްމުލަކު ސިޓީގައި ހިންގަމުންދާ ސްޕާއެއްގައި ހަށި ވިއްކަމުންދާކަމަށް ޕޮލިސް އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުވައްމުލަކު ސިޓީ ޕޮލިހާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން 04 މާޗް 2023 ގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ތަނެއް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ”މި އޮޕަރޭޝ...

ޔުމްނާ ޢަލީ
އިހަވަންދޫގައި އަންހެން ބޭފުޅުންނަށް ހާއްސަ ދަރުހެއް 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި އަންހެން ބޭފުޅުންނަށް ހާއްސަ ދަރުހެއް

ހއ. އިހަވަންދޫގައި އެރަށު އަންހެން ބޭފުޅުންނަށް ޚާއްޞަ ދަރުހެއް ކުރިއަށް ގެންގޮސްފިއެވެ. މި ދަރުހަކީ، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ދަރުހެކެވެ. މިދިޔަ ބުރާސްފަތި ދުވަހު މެންދުރުފަހު އިހަވަންދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ މި ދަރުސްގެ މަޢުލޫއަކީ ”ރަމަޟާން މަހަށް ތައްޔާރުވަމާ” އެވެ. މި ދަރުސް ދެއްވާފައި ވަނީ ޑރ. އަނާރާ ނަޢީމް އާއި އައްސައިޚާ ހައްވާ ލަޠީފް އެވެ. މީގެ އިތުރުން އެ ދުވަހު ހެނދުނު ވަނީ އެރަށު އަންހެން […]

ޔުމްނާ ޢަލީ
ދިއްދޫ ކުރީގެ ބަނދަރުގެ ޕޭވްމަންޓް ނިންމާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ ކުރީގެ ބަނދަރުގެ ޕޭވްމަންޓް ނިންމާލައިފި

ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން، ކުރީގެ ބަނދަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ދަނީ ހަލުވި ކަމާއެކު ކުރިއަށެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށީގެ ވޭރިއޭޝަން މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ޝިޕްމަންޓް ވަނީ ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ...

އަޙްމަދު ވަހީދު