މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ކެންސަރަށް ހޭލުންތެރި ކުރުމުގެ ހަރަކާތެއް ހަނިމާދޫގައި ކުރިއަށް ގެންގޮސްފި 📍 ހދ. ހަނިމާދޫ

ކެންސަރަށް ހޭލުންތެރި ކުރުމުގެ ހަރަކާތެއް ހަނިމާދޫގައި ކުރިއަށް ގެންގޮސްފި

ހަނިމާދޫ ސިއްހީ މަރުކަޒުން އިސްނަގައިގެން އެ ރަށުގައި ކެންސަރު ބައްޔަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހަރަކާތެއް ހިންގައިފިއެވެ. ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ ހަނިމާދޫ އިޖުތިމާއީ މަރުކަޒުގައި ބޭއްވި ސެޝަންގައި ވަނީ ކެންސަރު ބައްޔާއި ގުޅޭގޮތުން ވަރަށް ތަފްސީލީ މަޢުލޫމާތު ފޯރުކޮށް ދީފައެވެ. މި ސެޝަންގައި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރުގެ އިތުރުން ލޫކެމިއާ ކެންސަރާއި ގުޅޭ މަޢުލޫމާތި ވަނީ ފޯރުކޮށްދީފައ...

އިބްރާހިމް ޚަލީލް
ފޭދޫ ކުޅިއާއި ޗަސްބިން ހިމެނޭ ސަރަހައްދު ސާފުކޮށްފި 📍 ށ. ފޭދޫ

ފޭދޫ ކުޅިއާއި ޗަސްބިން ހިމެނޭ ސަރަހައްދު ސާފުކޮށްފި

ވޯލްޑް ވެޓްލޭންޑްސް ޑޭ ފާހަގަ ކުރުމުގެ ގޮތުން ށ. ފޭދޫ ކުޅީ ސަރަހައްދާއި ޗަސްބިން ހިމެނޭ ސަރަހައްދު ސާފު ކުރުމުގެ ހަރަކާތެއް އެ ރަށުގައި ކުރިއަށް ގެންގޮސްފިއެވެ. ވޯލްޑް ވެޓްލޭންޑްސް ޑޭ އަކީ ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުގެ ދެވަނަ ދުވަހެވެ. މި އަހަރު މި ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ “ކުޅި، ފާ، ޗަސްބިން އިޢާދަކުރަންވީ ވަގުތު” މި އެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ފޭދޫ ކުޅީ ސަރަހައްދާއި ޗަސް ބިން […]

އިބްރާހިމް ޚަލީލް
ހޯރަފުށީ އެއާޕޯޓުގެ ޖެޓީ ހެދުމުގެ ބޮޑުބައެއް ނިމިއްޖެ

ހޯރަފުށީ އެއާޕޯޓުގެ ޖެޓީ ހެދުމުގެ ބޮޑުބައެއް ނިމިއްޖެ

ހއ. ހޯރަފުށީ އެއާޕޯޓުގެ ޖެޓީ ހެދުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާތަނަށް 72 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އެމްޓީސީސީއިން ހޯރަފުށީ އެއާޕޯޓުގެ ޖެޓީގެ މަސައްކަތް ފެށީ 7 ސެޕްްޓެމްބަރު 2022ގައެވެ. މި މަޝްރޫއުގެ ދަށުން 18،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި ޕްރީކާސްޓް އެލް ބްލޮކްސް ބޭނުންކޮށްގެން ޖެޓީ ހެދުން ހިމެނެއެވެ. […]

އަޙްމަދު ވަހީދު
''ދުންފަތް ކެއުމަކީ ގޮހޮރުގެ އެކިއެކި ގުނަވަންތަކާއި އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެއް'' 📍 ހދ. ކުޅުދުއްފުށި

''ދުންފަތް ކެއުމަކީ ގޮހޮރުގެ އެކިއެކި ގުނަވަންތަކާއި އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެއް''

ދުންފަތް ކެއުމަކީ ގޮހޮރުގެ އެކިއެކި ގުނަވަންތަކާއި އަނގަ މައްޗާއި އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެއް ކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ މެޑިކަލް އޮފިސަރ ޑރ. ސަމާ އިބްރާހިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ދުނިޔޭގެ ކެންސަރު ދުވަހާއި ގުޅުވައިގެން އާންމުން ހޭލުންތެރިކުރުވުމަށް ކޭއާރްއެޗް އިން އާންމުކުރި ވީޑިއޯ މެސެޖެއްގައެވެ. އެ ވީޑިއޯގައި ކެންސަރު ބަލިން ރައްކާތެރިވުމަށް ދިރިއުޅުމުގެ އާދަކާދައަށް ބަދަލު ގެނެސްގެން ބަދަލުކުރެވޭނެ ކަންކަމާއި ބަދަލު ނުކުރެވޭނެ ކ...

މުޙައްމަދު އަފްރާޙް
ހަނިމާދޫ ލީގު: ރިއަލް ސްޓާސްއާއި ޔުނީފޯމް ފެށުން ރަނގަޅުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ލީގު: ރިއަލް ސްޓާސްއާއި ޔުނީފޯމް ފެށުން ރަނގަޅުކޮށްފި

މިހާރު ހަނިމާދޫގައި ކުރިއަށްދާ “ހަނިމާދޫ ލީގު 2023” ފުޓްބޯޅަ މުބާރާތުގައި ރިއަލް ސްޓާސް އަދި ޔުނީފޯމް ވެސް އެ ޓީމްތައް ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި އިއްޔެ ހަވީރު ރިއަލް ސްޓާސްއާއި ފަލްކަން ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ރިއަލް ސްޓާސްއެވެ. މި މެޗުގައި ރިއަލް ސްޓާސްއަށް ލަނޑުތައް ޖަހައިދީފައި މުޙައްމަދު އަލީ، ޒަމާއު އަދި އާދަމް އިބްރާހީމެވެ. ފަލްކަން އަށް ލަނޑު ޖަހައިދީފައި ވަނީ ސަލްވާން […]

އިބްރާހިމް ޚަލީލް
ބާރުތައް ދިނީ ރައްޔިތުން އެއްޗެހި ގޮވާގޮތައް: ނަދީމް 📍 ހދ. ނޮޅިވަރަންފަރު

ބާރުތައް ދިނީ ރައްޔިތުން އެއްޗެހި ގޮވާގޮތައް: ނަދީމް

ލޯކަލް ކައުންސިލްތަކަށް ބާރުތައް ދީފައި ވަނީ ރައްޔިތުން ކައުންސިލްތަކާ ދިމާއަށް އެއްޗެހި ގޮވާގޮތައް ކަމަށް ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބުދުﷲ ނަދީމް ވިދާޅުވެއްޖެއެވެ. ނަދީމް މިހެން ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިހާރު ވެރިރަށް މާލޭގައި ކުރިއަށް ގެންދާ ”ހޯޕް ކޮންފަރެންސް”ގެ ރޭގެ ދަންފަޅީގައި ވާހަކަ ދައްކަވަމުންނެވެ. ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މެންބަރެއްގެ ގޮތުގައި ނޮޅިވަރަންފަރު ކައުންސިލްގެ ގޮނޑި ފުރުއްވަމުން ގެންދަވާ ނަދީމ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ އަންހެނުންގެ ކޮމެޓީގެ ފަރާތުންދޭ ''ކަމަނަ އެވޯޑު''އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ކުޅުދުއްފުށީ އަންހެނުންގެ ކޮމެޓީގެ ފަރާތުންދޭ ''ކަމަނަ އެވޯޑު''އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މި އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން، އެކިއެކި ދާއިރާތަކުން އަންހެނުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުންދޭ ޚާއްސަ އެވޯޑް “ކަމަނަ އެވޯޑް 2023” އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އެވޯޑަކީ މި އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން، ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުންކުރާ މަސައްކަތްތަކާއި ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މ...

އިބްރާހިމް ޚަލީލް
ކޮޅެއް މެދެއް ނުފެނުނު ނައިވާދޫ ފުޓްބޯޅަ ދަނޑުގެ މައްސަލަ 📍 ހދ. ނައިވާދޫ

ކޮޅެއް މެދެއް ނުފެނުނު ނައިވާދޫ ފުޓްބޯޅަ ދަނޑުގެ މައްސަލަ

ދިވެރާއްޖެއަށް ޕާޓީ ސިސްޓަމް އުފެދި ޕާޓީތައް ވާދަކުރާ ގިނަ އިންތިހާބުތަކެއް ފާއިތުވި ފަނަރަވަރަކަށް އަހަރު ބޭއްވިގެން ގޮސްފައިވާއިރު، އެ ކޮންމެ އިންތިހާބެއްގެ ކެމްޕެއިންގައި ހދ. ނައިވާދޫއަށް ވަޑައިގެން އިދިކޮޅުންނާއި އެއްކޮޅުން އެންމެ ގިނައިންވީ ވަޢުދަކީ އެ ރަށުގައި ޒުވާނުން ކުޅުމަށް އެކަށޭނަ ޒަމާނީ ފުޓްބޯޅަ ދަނޑެއް އަޅުއްވައި ދެއްވާނެ ކަމަށް ވީ ވަޢުދެވެ. މި ވަޢުދު ވުމުގައި ރައީސް މުޙައްމަދު ނަޝީދެއް، ރައީސް ޑޮކްޓަރ މުޙައްމަދު ވަހީދެއް، ރައީސް އަބްދުﷲ ޔާމީނެއް، އަދި ރައީސް އިބްރާހީމް މުޙައްމަދު...

އިބްރާހިމް ޚަލީލް
ފިއްލަދޫގައި ޤިރާއަތު ލެވެލް 1 އަދި 2 ގެ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ފިއްލަދޫ

ފިއްލަދޫގައި ޤިރާއަތު ލެވެލް 1 އަދި 2 ގެ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް އެ ކައުންސިލް އިދާރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޤިރާޔަތު ލެވެލް 1 ، 2 ގެ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު ގެދަށުން މި...

އިބްރާހިމް ޚަލީލް
ހޯރަފުއްޓާއި ހަނިމާދޫ ހިމެނޭހެން ހަތަރު ރަށެއްގައި ސްވިމިންގ ޕްލެޓްފޯމެއް ޤާއިމްކުރުމަށް ސޮއިކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުއްޓާއި ހަނިމާދޫ ހިމެނޭހެން ހަތަރު ރަށެއްގައި ސްވިމިންގ ޕްލެޓްފޯމެއް ޤާއިމްކުރުމަށް ސޮއިކޮށްފި

ހއ. ހޯރަފުއްޓާއި ހދ. ހަނިމާދޫ ހިމެނޭހެން 4 ރަށެއްގައި ސްވިމިންގ ޕްލެޓްފޯމެއް ޤާއިމްކުރުމަށް ސޮއިކޮށްފިއެވެ. ސްވިމިންގ ޕްލެޓްފޯމް ގާއިމުކުރަނީ ހޯރަފުއްޓާއި ހަނިމާދޫގެ އިތުރުން ގއ. ވިލިނގިއްޔާއި އައްޑޫ ސިޓީ މަރަދޫފޭދޫގަ އެވެ. މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ފަރާތުން މި މަސައްކަތް ކުރަން ޙަވާލުކޮށްފައިވަނީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެވެ. ހޯރަފުއްޓާއި ހަނިމާދޫ ފްލޯޓިންގ ސުވިމިންގ ޕްލެޓްފޯމް ޤާއިމުކުރުމަށް ހަވާލުކޮށްފައިވަނީ އެއް މިލިއަން ތިރީސް ދެހާހަށ...

މުޙައްމަދު އަފްރާޙް
މޯލްޑިވިއަން އިން ހަނިމާދޫ އަށް ރޭގަނޑުކުރާ ދަތުރުތައް މެދުކަނޑާލަނީ 📍 ހދ. ހަނިމާދޫ

މޯލްޑިވިއަން އިން ހަނިމާދޫ އަށް ރޭގަނޑުކުރާ ދަތުރުތައް މެދުކަނޑާލަނީ

ގައުމީ އެއަރލައިން، މޯލްޑިވިއަން އިން ހަނިމާދޫ އަށް ރޭގަނޑުކުރާ ދަތުރުތައް މެދުކަނޑާލަން ނިންމައިފިއެވެ. އެ ކުންފުނިން ބުނީ މިގޮތަށް ނިންމީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދާތީ ކަމަށެވެ. އަދި ރޭގަނޑު ދަތުރުތައް މެދުކަނޑާލާނީ އަންނަ މާރޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. މި ބަދަލާއެކު އެ އެއަރލައިނުން، ހަނިމާދޫ އިން އިންޑިއާގެ ޓްރިވެންޑުރަމަށް ކުރާ ދަތުރުތައް ވެސް ވަގުތީގޮތުން މެދުކަނޑާލާނެ ކަަމަށް ވަނީ ބުނެފައެވެ. ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓ...

މުޙައްމަދު އަފްރާޙް
ނޮޅިވަރަމްގައި ޓާފް ތަކުގައި ރޯކޮށްލި މައްސަލާގައި ހާމިދުގެ ތުހުމަތު މަހްލޫފަށް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމްގައި ޓާފް ތަކުގައި ރޯކޮށްލި މައްސަލާގައި ހާމިދުގެ ތުހުމަތު މަހްލޫފަށް

ހދ. ނޮޅިވަރަމް ފުޓްބޯޅަ ދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފް ތަކުގައި ރޯކޮށްލި މައްސަލާގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ޕޮލިސް ބޯޑުގައި ހިމެނިވަޑައިގަންނަވާ ހާމިދު އަބްދުލްޢަފޫރު ތުހުމަތުގެ އިނގިލި ދިއްކުރައްވައިފިއެވެ. ނޮޅިވަރަމްގައި މި ސަރުކާރުން ޓާފް އަޅައިގެން ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ ފުޓްބޯޅަ ދަނޑުގައި އަޅަން ގެންގޮސްފައިވާ ޓާފްތަކުގައި ބަޔަކު ރޯކޮށްލީ އަންގާރަ ދުވަހުގެރެއެވެ. 2019 ވަނަ އަހަރުގެ ފަހު ކޮޅުން ފެށިގެން އެރަށަށް ގެންގޮސްފައި ހު...

ޔުމްނާ ޢަލީ
ބާރަށުގެ އެކި ސަރަހައްދުތަކުގައި ދީނީ މެސެޖް ފޯރުކޮށްދޭ ޝިއާރު ބޯޑުތައް ހަރުކޮށްފި 📍 ހއ. ބާރަށް

ބާރަށުގެ އެކި ސަރަހައްދުތަކުގައި ދީނީ މެސެޖް ފޯރުކޮށްދޭ ޝިއާރު ބޯޑުތައް ހަރުކޮށްފި

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިސްނަގައިގެން އެ ރަށުގެ އެކި ސަރަހައްދުތަކުގައި ދީނީ މެސެޖް ފޯރުކޮށްދޭ ޝިއާރު ބޯޑުތައް ހަރުކޮށްފިއެވެ. ކައުންސިލު ޚަރަދުގައި ބޯޑު ހަދައި، ބާރަށުގެ 20 ސަރަހައްދެއްގައި މި ބޯޑުތައް ވަނީ ހަރުކޮށްފައެވެ. މި ބޯޑުތައް ހަރުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ބާރަށު ފެނަކަ ބްރާންޗްގެ މުވައްޒަފުންނެވެ. މިކަމާއި ގުޅޭގޮތިން “ތިލަދުން” އާއި ވާހަކަފުޅު ދައްކަވަމުން ބާރަށު ކައުންސިލުގެ ރައީސް ޞައްފަތު މުޙައްމަދު ވިދާޅުވެފައި ވަނީ ރަށުގެ އެކި ސަރަހ...

އިބްރާހިމް ޚަލީލް
ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ 📍 ހދ. ކުޅުދުއްފުށި

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ

ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް، އަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކުރައްވައިފިއެވެ. އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާގުޅޭ މައްސަލައެއްގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާ ހިލާފަށް އިސްމެޖިސްޓްރޭޓް އަލީ އާދަމް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އެހެންކަމުން މި މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް އެ ކޮމިޝަނ...

މުޙައްމަދު އަފްރާޙް
އިހަވަންދޫ ކައުންސިލަށް މުވައްޒަފުން ނެގުމުގެ ބާރު އަތުލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލަށް މުވައްޒަފުން ނެގުމުގެ ބާރު އަތުލައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ އެންމެހާ ކަންކަން ސިވިލްސާވިސް ކޮމިޝަނުން ކުރިއަށް ގެންދަން ނިންމާފައިވާކަން އެ ކޮމިޝަނުން އިހަވަންދޫ ކައުންސިލަށް އަންގައިފިއެވެ. ސިވިލްސާވިސް ކޮމިޝަނުން މިކަން އިހަވަންދޫ ކައުންސިލަށް އަންގާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ފޮނުވި ސިޓީއެއް މެދުވެރިކޮށެވެ. އެ ސިޓީގައި ވަނީ ސިވިލަސާވިސްގެ ގާނޫނުގެ ދަށުން އެކަށައަޅާފައިވާ މުޅި ސިވިލްސާވިސްގެ ނިޒާމުގެ މަޤުޞަދަކީ އިސްތިސްނާ ކުރެވިފައިވާ ފަރާތްތައް ފިޔަވައި ދައުލަތުގެ އި...

އިބްރާހިމް ޚަލީލް