📍 ހދ. ކުޅުދުއްފުށި
ވެމްކޯއިން ކުޅުދުއްފުށީގައި ހިދުމަތް ދޭން ފަށައިފި
ވެމްކޯއިން ކުޅުދުއްފުށި ސިޓީގައި ހިދުމަތް ދޭން ފަށައިފިއެވެ. އެ ކުންފުނިން އަންނަނީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އާބާދީ ބޮޑު ރަށްތަކުގައި ހިދުމަތް ދިނުމުގެ މަސައްކަތް ފަށަމުންނެވެ. އެގޮތުން މި މަހު މާފުށީގައިވެސް ވެމްކޯގެ ހިދުމަތް ވަނީ ފަށާފައެވެ. ވެމްކޯއިން ވަނީ އެ ކުންފުނީގެ ހިދުމަތް ކުޅުދުއްފުއްޓަށް ދިނުމާއެކު އެ ހިދުމަތުގެ ބޭނުން ކުރުމަށް އެދިފައެވެ. ވެމްކޯއިން އަންނަނީ ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކި ސަރަހައްދުތަކުގައި ވޭސްޓް ކަ...