މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީ އިލާ އަލީ އާދަމް ކްލިނިކް ފަޅާލައި ވަގަށްނެގި ތަކެތި ހޯދައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ އިލާ އަލީ އާދަމް ކްލިނިކް ފަޅާލައި ވަގަށްނެގި ތަކެތި ހޯދައިފި

ހދ. ކުޅުދުއްފުށީ ސިޓީގައި ހުންނަ އިލާ އަލީ އާދަމް ކްލިނިކް ފަޅާލައި ވަގަށްނެގި ތަކެތި ހޯދައި، ވެރިފަރާތާއި ހަވާލުކޮށްފިއެވެ. މި ކްލިނިކް ފަޅާލައި ވައްކަންކޮށްފައި ވަނީ މި ޖޫންމަހުގެ 13 ވަނަ ދުވަހުގެ ރެއެވެ. ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީގެ މި ކްލިކް ފަޅާލައި މޯބައިލް ފޯނާއި ބްލަޑް ޕްރެޝަރު ބަލާ މެޝިނާއި އަދި ޔޫޕީއެސް ފަދަ ތަކެތި ވަގަށް ނެގިކަމަށް ވެއެވެ. ފުލުހުން […]

ޔުމްނާ ޢަލީ
ކޮސްޓަރިކާއިން ބްރެޒިލް ހުއްޓުވައިފި

ކޮސްޓަރިކާއިން ބްރެޒިލް ހުއްޓުވައިފި

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރުޕް ޑީގައި މިއަދު ހެނދުނު ބްރެޒިލްއާއި ކޮސްޓަރިކާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މި މެޗު އެއްވަރުވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ. މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ބްރެޒިލް އިން ވަނީ، މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މިގޮތުން ފުރަތަމަ ހާފުގައި ރޮޑްރިގޯއަށް ލިބުނު ދެ ފުރުސަތުގައި އޭނާ ފޮނުވާލި ދެ ހަމަލާ ވެސް ގޯލާއި އަމާޒުނުވެދިޔައިރު، ރަފީނިއާ ފޮނުވާލި ހަމަލާ މަތަކުރީ ކޮސްޓަރިކާގެ ކީޕަރެވެ. މެޗުގެ 30 […]

އިބްރާހިމް ޚަލީލް
ދިއްދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް 📍 ހއ. ދިއްދޫ

ދިއްދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، ބޮޑު ހިލައިގެ 3 ވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓްއަށް ގެންގޮސްފައެވެ. އަދި، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިފައިވާއިރު، އެެއްގަމު ތޮށިލުމުގެ ވޭރިއޭޝަން މަސައްކަތްވެސް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން ކުރީގެ ހާބަ […]

އަޙްމަދު ވަހީދު
ސިއްހީ ނިޒާމް މިހާރު އޮތީ ރައްޔިތުންގެ ނުތަނަވަސްކަން އޮތް ތަކުލީފަކަށް ވެފައިވާ ނިޒާމެއްގެ ގޮތުގައި: ލަތީފް

ސިއްހީ ނިޒާމް މިހާރު އޮތީ ރައްޔިތުންގެ ނުތަނަވަސްކަން އޮތް ތަކުލީފަކަށް ވެފައިވާ ނިޒާމެއްގެ ގޮތުގައި: ލަތީފް

ދިވެހިރާއްްޖޭގެ ސިއްހީ ނިޒާމް މިހާރު އޮތީ ރައްޔިތުންގެ ނުތަނަވަސްކަން އޮތް، ބޭނުމެއްނެތް ތަކުލީފަކަށް ވެފައިވާ ނިޒާމެއްގެ ގޮތުގައިކަމަށް ދިއްދޫދާއިރާގެ މެންބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ. ލަތީފް މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް ހުށަހަޅުއްވާފައިވާ، ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމ...

ޙުސައިން ޝަހުދީ
ޑީސެލައިންގެ ނަމުގައި ކުޅުދުއްފުށީގައި އިތުރު ފިއުލް ޝެޑެއް ހުޅުވައިފި 📍 ހދ. ކުޅުދުއްފުށި

ޑީސެލައިންގެ ނަމުގައި ކުޅުދުއްފުށީގައި އިތުރު ފިއުލް ޝެޑެއް ހުޅުވައިފި

ޑީސެލައިންގެ ނަމުގައި ކުޅުދުއްފުށީގައި ފިއުލް ޝެޑެއް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ. އެކޯ އެންޓަޕްރައިސަސްގެ ފަރާތުން ކުޅުދުއްފުށީ އުތުރު ބަނދަރުގައި، ތެލުގެ ވިޔަފާރި ކުރުމަށް ސިޓީ ކައުންސިލުން ހުއްދަ ދީފައިވާ ސަރަހައްދުގައި ތަރައްގީކޮށްފައިވާ ޒަމާނީ ފިއުލް ޝެޑް ހުޅުވައި ހިދުމަތް ދޭން ފަށާފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މިވަގުތު އެ ޝެޑުން ހިދުމަތް ދެމުން އަންނަނީ ހަމައެކަނި އެއްގަމު އުޅަނދުތަކަށެވެ. އެ ކުންފުނިން ބުނީ މިހާރު އޮއިލް ބައިޒަރެއް ގެނެސްފައިވާ ކަމަށާއި، ވަރަށް އަވަހަށް ބައުޒ...

އިބްރާހިމް ޚަލީލް
ބުރަފަތި މައްސަލަޖެހި ހާލުގައި ޖެހުނު ލޯންޗެއް ސަލާމަތްކޮށްފި

ބުރަފަތި މައްސަލަޖެހި ހާލުގައި ޖެހުނު ލޯންޗެއް ސަލާމަތްކޮށްފި

ބުރަފަތި މައްސަލަޖެހި ހާލުގައި ޖެހުނު ލޯންޗެއް ސަލާމަތްކޮށްފިއެވެ. ނ.އަތޮޅުން ފުރައިގެން ށ.އަތޮޅަށް ދަތުރުކުރި ށ.ފުނަދޫ ފަޒާ ސްޕީޑް ލޯންޗްގެ ބުރަފަތި މައްސަލަޖެހި ބޮމަސްދޫ ކައިރިއަށް ހުއްޓި ހާލުގައި ޖެހިފައި ވަނިކޮށް ށ.އަތޮޅު ފުލުހުން ވަނީ އެ ލޯންޗައް އެހީތެރިކަން ފޯރުކޮށްދީ އެ މީހުން ސަލާމަތްކޮށްފައެވެ. އެ ލޯންޗުގައި ހަތަރު ފަސިންޖަރުން ދަތުރުކުރިއިރު، އޭގެތެރޭގައި ތިން ކުޑަކުދިންނާއި އަންހެނަކު ހިމެނެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިނުވާއިރު، މިހާރު އެ މީހުން ވަނީ ށ.ފުނަދ...

އިބްރާހިމް ޚަލީލް
ހަނިމާދޫ ޒުވާނުންގެ އެކުވެރިޔާ ޖަލީލު ނިޔާވެއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޒުވާނުންގެ އެކުވެރިޔާ ޖަލީލު ނިޔާވެއްޖެ

ހދ. ހަނިމާދޫ ޒުވާނުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވާ، އެރަށުގެ ކުޅިވަރަށް ޚިދުމަތް ކުރަމުން އަންނަ، އަހްމަދު ޖަލީލު (ޖައްލެ) ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. މައުލޫމާތު ލިބޭގޮތުގައި ޖައްލެ މިއަދު ނިދާ ނުތެދުވެގެން ބެލިއިރު އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. އެހެންވެ އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައީއެވެ. ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް ޖައްލެ ނިޔާވެފައިވާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ. ”ޖައްލެގެ ބޮޑު ބައްޔެއް ހުންނަކަން އިނގިފައެއްނެތް، ރޭގައި ބަނޑަށް ވައިގަނޑެއް އަރަ...

ޔުމްނާ ޢަލީ
ޢީދު ބަންދަށްފަހު 24 ގަޑިއިރަށް ހަނިމާދޫ އެއާޕޯޓުގެ މުޅި ރަންވޭ ހުޅުވާލަނީ 📍 ހދ. ހަނިމާދޫ

ޢީދު ބަންދަށްފަހު 24 ގަޑިއިރަށް ހަނިމާދޫ އެއާޕޯޓުގެ މުޅި ރަންވޭ ހުޅުވާލަނީ

ބޮޑު ޢީދު ބަންދަށްފަހު 24 ގަޑިއިރަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މުޅި ރަންވޭ ބޭނުންކުރަން ހުޅުވާލަން ނިންމާފައިވާކަމަށް ރީޖަނަލް އެއަރޕޯޓްސް (އާރުސީއެލް) އިން ބުނެފިއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން 2460 މީޓަރުގެ ރަންވޭ އެއް ތަރައްގީކޮށްފައިވާއިރު މިވަގުތު ބޭނުން ކުރަމުން އަންނަނީ އޭގެ ތެރެއިން 1200 މީޓަރެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން އާރުސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވި...

ޔުމްނާ ޢަލީ
ނޮޅިވަރަމްގައި ސައިކަލާއެކު މޫދަށް ވެއްޓި ޒުވާނަކު ނިޔާވެއްޖެ 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމްގައި ސައިކަލާއެކު މޫދަށް ވެއްޓި ޒުވާނަކު ނިޔާވެއްޖެ

ހދ. ނޮޅިވަރަމްގައި ސައިކަލާއެކު މޫދަށް ވެއްޓި ޒުވާނަކު ނިޔާވެއްޖެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެރަށު ބަނދަރުން މީހަކު ސައިކަލާއެކު މޫދަށް ވެއްޓިގެން ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށް ރޭ 9:15 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާވީ އުމުރުން 32 އަހަރުގެ ފިރިހެނަކަށެވެ. ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް އެ މީހާ ނިޔާވެފައިވާ ކަމަށް ވެސް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފ...

މުޙައްމަދު
ހއ.އަތޮޅުގެ ސިއްހީ ޚިދުމަތްދޭ ބައެއް ތަންތަނަށް 52 ދިވެހި ނަރުހުން ހޯދަނީ

ހއ.އަތޮޅުގެ ސިއްހީ ޚިދުމަތްދޭ ބައެއް ތަންތަނަށް 52 ދިވެހި ނަރުހުން ހޯދަނީ

ހއ.އަތޮޅު ހޮސްޕިޓަލަށާއި، އެ އަތޮޅުގެ ބައެއް ސިއްޚީ މަރުކަޒުތަކަށް، ބިދޭސީ ނަރުހުންގެ ބަދަލުގައި 50 ދިވެހި ނަރުހުން ހޯދަން އިއުލާންކޮށްފިއެވެ. ސިއްހީ ޚިދުމަތްދޭ ތަންތަނަށް ނަރުހުންނާއި، ފަންނީ އެހެން މަޤާމުތަކާއި، ސްކޫލްތަކަށް ޓީޗަރުން ވަޒީފާއަށް ނެގުމުގެ އުސޫލު މިހާރު އޮންނަގޮތުން އެ ތަންތަނަށް ބިދޭސީން ގެނެވެނީ ދިވެހިންނަށް ފުރުސަތު ހުޅުވާލައި، އެ މަގާމުތަކަށް ދިވެހިން ނުލިބިއްޖެނަމައެވެ. ހއ.އަތޮޅުގެ ވެރިރަށް ދިއްދޫގައި ހުންނަ އެ އަތޮޅު އަތޮޅު ހޮސްޕިޓަލުން މިއަދު އެ ހޮސްޕިޓަލަށާއި، އެ އަތޮޅުގެ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ މަށި މާލި ޕެރޭޑުން ދިނީ ބިނާކުރުވަނިވި ފާޑުކިޔުމުގެ މެސެޖުތަކެއް: ވަޒީރު ޝިޔާމް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ މަށި މާލި ޕެރޭޑުން ދިނީ ބިނާކުރުވަނިވި ފާޑުކިޔުމުގެ މެސެޖުތަކެއް: ވަޒީރު ޝިޔާމް

މިއަހަރު ބޮޑު އީދުގައި ހދ. ކުޅުދުއްފުށި ސީޓިގައި އިއްޔެ ބޭއްވި މަށި މާލި ޕެރޭޑުން ދިނީ ބިނާކުރުވަނިވި ފާޑުކިޔުމުގެ މެސެޖުތަކެއްކަމަށް  މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ، އޮންލައިން ނޫހަކުން ގެނެސްދީފައިވާ މަށި މާލި ޕެރޭޑާއި ގުޅޭ ޚަބަރަކަށް އިޝާރާތް ކުރަށްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އިއްޔެ ކުޅުދުއްފުށީ ސިޓީގައި އޮތް މި ޕެރޭޑްގައި ދައްކާލި ފުޅަނދުތަކުންނާއި، ޕެރޭޑްގެ ބައިވެރިން ދިން މެސެޖުތަކުގައި ސަރުކާރުގެ ވައުދު...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގެ އީދު ކުޅިވަރަށް މިއަހަރު ވެސް ބޮޑު ސަމާލުކަމެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ އީދު ކުޅިވަރަށް މިއަހަރު ވެސް ބޮޑު ސަމާލުކަމެއް

ކުޅުދުއްފުށީ ސިޓީގައި ކުލަ ގަދަކޮށް މިއަހަރު ވެސް ބޮޑު އީދު ފާހަގަކޮށްފައިވާއިރު މި އަހަރުގެ ކުޅިވަރުތަކަށް ވެސް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ މިއަހަރުގެ ޢީދު ވެސް ކުލަގަދަކޮށް އެ ސިޓީގައި ފާހަގަކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. މިގޮތުން ގިނަ ކުޅިވަރުތަކެއް އެ ސިޓީގައި ވަނީ ބާއްވާފައެވެ. ބޮޑު ޢީދަށް އެ ސިޓީ ތައްޔާރުކޮށް ކުލަ ބޮކިތަކުން ދިއްލާލާފައިވާއިރު، އެ ސިޓީ ފެންނާން އޮތީ ވަރަށް ވެސް ހިތްގައިމުކޮށެވެ. މިގޮތުން މުޅި ސިޓީހެން ލައިޓްތަކާއި […]

ޔުމްނާ ޢަލީ
ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯކޮށްލުމުން ބޭނުން ނުކުރެވޭވަރަށް ހަލާކުވެއްޖެ 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯކޮށްލުމުން ބޭނުން ނުކުރެވޭވަރަށް ހަލާކުވެއްޖެ

ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯކޮށްލުމުން ބޭނުން ނުކުރެވޭވަރަށް ހަލާކުވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، ނޮޅިވަރަމް ފުޓްސަލް ދަނޑުގައި އަލިފާން ރޯވެގެން އެކަމުގެ ރިޕޯޓު ރޭ ފަތިހު 5:24 ހާއިރު އެ އިދާރާ އަށް ލިބިފައިވާ ކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށާއި، މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާއާއި ގުޅިގެން ނޮޅިވަރަމް ކައުންސިލްގެ މީޑީއާ ކޯޑިނޭޓަރު، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ، މަންޒަރު ދުށް މީހުންނާ ހަވާލާދީ ”ތިލަދުން” އަށް ވިދ...

ޙުސައިން ޝަހުދީ
ޖިމްގައި ހުރި ތަކެއްޗަށް ކުޑަކުދިން އެރުމަކީ މަނާ ކަމެއް: ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީ 📍 ހދ. ނޮޅިވަރަންފަރު

ޖިމްގައި ހުރި ތަކެއްޗަށް ކުޑަކުދިން އެރުމަކީ މަނާ ކަމެއް: ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީ

ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެރަށުގައި ޤާއިމުކޮށްފައިވާ ޖިމުގައި ހުރި ތަކެއްޗަށް ކުޑަކުދިން އެރުމަކީ މަނާކަމެއްކަމަށް އެ ކޮމެޓީން ބުނެފިއެވެ. މި ޖިމަކީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަަށް މަސައްކަތްކުރާ ކޮމެޓީން އެރަށުގައި ފުޅާދާއިރާއެއްގައި ހާޑްވެއާ ވިޔަފާރިކުރާ އަލިރާ ޕްރައިވެޓް ލިމިޓްގެ އެހީތެރިކަމާއެކު ގާއިމުކޮށްފައިވާ ޖިމެކެވެ. އެ ކޮމެޓީން މިއަދު ބުނީ އެ ކޮމެޓީގެ ފަރާތުން ގާއިމް ކޮށްފައިވާ ޖިމަށް މިހާރަކަށް އައިސް ކުޑަކުދިން ވަދެ އަދި އެތ...

ޔުމްނާ ޢަލީ
ށ.އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފި 📍 ށ. ފުނަދޫ

ށ.އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފި

ށ.ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފިއެވެ. ސިއްހަތާބެހޭ ވުޒާރާއިން ވިދާޅުވީ، ށ. ފުނަދޫ ހޮސްޕިޓަލުގައި ޑަޔަލިސްގެ ޚިދުމަތް ފެށުމާއި އެކު ރާއްޖޭގެ 12 އަތޮޅެއްގައި މި ޚިދުމަތް މިހާރު ލިބޭނެމަގު ފަހިކޮށްދެވިފައިވާ ކަމަށެވެ. އަތޮޅުތަކުގެ ޞިއްހީ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ޑަޔަލިސިސްގެ ޚިދުމަތް މިހާރު ލިބެންނެތް 8 އަތޮޅަކީ އއ، އދ، ވ، މ، ފ، ދ، ތ އަދި ގދ އަތޮޅެވެ. މި ޚިދުމަތް ލިބެން ނެތް […]

ޙުސައިން ޝަހުދީ