މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ހދ.އަތޮޅު ކައުންސިލުން "ޗާލު ހާދާލު" ނަމުގައި ފޮޓޯ މުބާރާތެއް

ހދ.އަތޮޅު ކައުންސިލުން "ޗާލު ހާދާލު" ނަމުގައި ފޮޓޯ މުބާރާތެއް

މި އަހަރުގެ ތިމާވެށީގެ ދުވަސް (5 ޖޫން 2024) ފާހަގަ ކުރުމުގެ ގޮތުން ހދ.އަތޮޅު ކައުންސިލުން “ޗާލު ހާދާލު” ނަމުގައި ބާއްވާ ފޮޓޯ މުބާރާތަށް، ފޮޓޯ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހދ.އަތޮޅުގެ ގުދުރަތީ ރީތިކަން ހާމަކުރުމާއި، ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކުރުވުމާއި ވެށީގެ ހާލަތު ފޮޓޯގެ ޒަރީއާއިން ބަޔާންކޮށްދިނުމެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމާފައި ވަނީ ހަމައެކަނި ހދ.އަތޮޅުގެ ރައްޔިތުންނަށެވެ. މުބާ...

އިބްރާހިމް ޚަލީލް
ތޯމާ ދެއްކި ހިތްވަރާއި ނަމޫނާ އާއެކު ކޮލެޖުގެ އައުޓްސްޓޭންޑިން ސާވިސް އެވޯޑް 📍 ހދ. ކުޅުދުއްފުށި

ތޯމާ ދެއްކި ހިތްވަރާއި ނަމޫނާ އާއެކު ކޮލެޖުގެ އައުޓްސްޓޭންޑިން ސާވިސް އެވޯޑް

“އެހީތެރިކަމަކަށް އެދިގެން އަންނަ ހަމަ ކޮންމެ މީހަކަށް އެންމެ ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ގުދުރަތީގޮތުން ލިބިފައިވާ ވަރަށް ހާއްސަ ސިފައެކޭ ބުނެވިދާނެ، އެހެން މީހުންގެ މުހުތާދުތައް ފުއްދައި ދިނުމަށް އެހީވުމަކީ ވަރަށް ބޮޑު އުފަލެއް އަމިއްލަ ނަފްސަށް ވެސް ލިބިގެންދާ ކަމެއް” މަންދު ކޮލްޖުން ބެޗްލާސް އޮފް ބިޒްނަސް، ފުރިހަމަކޮށް ގްރެޖުއޭޓްވި ހދ.ކުޅުދުއްފުށީ ތޯމާ އަލީ/ އާދިއްލީގެ، އަށް، މިދިޔަ މެއި މަހު ބޭއްވި އެ ކޮލެޖުގެ ގްރެޖުއޭޝަން ޖަލްސާގައި އެންމެ ބޮޑު ހައިރާންކަމެއް ލިބިގެންދިޔައީ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި ބައިނަލްއަގުވާމީ މެންޓަލް ހެލްތު ކޭމްޕެއް ބާއްވަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ބައިނަލްއަގުވާމީ މެންޓަލް ހެލްތު ކޭމްޕެއް ބާއްވަނީ

ކުރިއަ އޮތް ހަފްތާ ބަންދުގައި ކުޅުދުއްފުށި ސިޓީގައި ބައިނަލްއަގުވާމީ މެންޓަލް ހެލްތު ކޭމްޕެއް ބާއްވަން ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. މި ކޭމްޕަކީ އޮސްޓްރޭލިއާ ހައިކޮމިޝަނާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން އެ ސިޓީގައި ބާއްވާ ބައިނަލްއަގުވާމީ މެންޓަލް ހެލްތު ކޭމްޕެކެވެ. މި ކޭމްޕް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ސިޓީގެ ކަމާއިބެހޭ އިދާރާތަކުގެ ފެންވަރު މަތިކޮށް މެންޓަލް އިލް-ހެލްތުގެ އަލާމާތްތައް ކުރިއާލައި ދެނެގަނެ ސަޕޯޓްސް ގްރޫޕް ހެދުމާއި، މިކަމަށް ހޭލ...

އިބްރާހިމް ޚަލީލް
ފިއުރިޔަސްއާއި ލެއިޓް ވުލްފް އިން ކުޅުނު ދެވަނަ މެޗު ވެސް ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފި 📍 ށ. ނަރުދޫ

ފިއުރިޔަސްއާއި ލެއިޓް ވުލްފް އިން ކުޅުނު ދެވަނަ މެޗު ވެސް ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފި

ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ގައި ލެއިޓް ވުލްފާއި ފިއުރިޔަސް އިން ކުޅުނު ދެވަނަ މެޗު ވެސް ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި އިއްޔެ ވަނީ ތިން މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ ލެއިޓް ވުލްފާއި ދަ ބެންޗެވެ. މި މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކުރީ ލެއިޓް ވުލްފުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ލެއިޓް ވުލްފްގެ ޖޯޒީ ނަމްބަރު […]

އިބްރާހިމް ޚަލީލް
މިޔަރު މަސްވެރިކަން ކުރުމަށް ފުރުސަތު ދިނުމަށް މޭޔަރު އާތިފް ގޮވާލައިފި 📍 ހދ. ކުޅުދުއްފުށި

މިޔަރު މަސްވެރިކަން ކުރުމަށް ފުރުސަތު ދިނުމަށް މޭޔަރު އާތިފް ގޮވާލައިފި

ދިވެހި ކަނޑުފަޅުގެ ފުރިހަމަނަފާ ރައްޔިތުންނަށް ހޯދޭނޭމަގަށް ސިޔާސަތުތައް ބައްޓަންކޮށްދެއްވާ، މިޔަރުގެ މަސްވެރިކަން ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް ގޮވާލައިފިއެވެ. މޫސުމީ މަސްވެރިކަމެއްގެ ގޮތުގައި ވަކި ސަރަހައްދުތަކެއް ހާއްސަކޮށްގެން ނަމަވެސް މިޔަރު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް އާތިފް ވަނީ ސަރުކާރަށް ގޮވާލާފައެވެ. މޭޔަރ މިއަދު ސޯސަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2000 ގެ އަހަރުތަކާއި ހަމައަށް ކުޅުދުއްފުށީގެ އިޤްތިޞ...

އިބްރާހިމް ޚަލީލް
ފައިސާގެ އިނާމް ބޮޑުކޮށް، ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ފައިސާގެ އިނާމް ބޮޑުކޮށް، ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގައި ބައިވެރިވާން ހުޅުވާލައިފި

ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމް ބޮޑުކޮށް، “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2024” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް މި އަހަރު ވަނީ 75000 (ހަތްދިހަފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައެވެ. އަދި ރަނަރަޕް ޓީމަށް 20000 (ވިހިހާސް) ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މި އަހަރުގެ އޮގަސްޓް މަހުގެ ދެވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގ...

އިބްރާހިމް ޚަލީލް
ބޯޓު އަޑިއަށް ދިޔުމުން ކާޑުގެ ދަތިކަން ކުރިމަތިވި ރަށްތަކަށް ކާޑު ގެންދެވޭނެ މަގު ށ.އަތޮޅު ކައުންސިލުން ފަހިކޮށްދީފި

ބޯޓު އަޑިއަށް ދިޔުމުން ކާޑުގެ ދަތިކަން ކުރިމަތިވި ރަށްތަކަށް ކާޑު ގެންދެވޭނެ މަގު ށ.އަތޮޅު ކައުންސިލުން ފަހިކޮށްދީފި

ށ. ކަނޑިތީމު އުޅިއަށި ބޯޓު މިއަދު ބިލެތްފަހީ ފަޅުތެރެއަށް އަޑިއަށް ގޮސްފައިވާއިރު، އެ ބޯޓުން ގެންދިޔަ ކާޑުގެ ބާވަތްތައް ސަލާމަތް ނުކުރެވުމުން، ކާޑުގެ ދަތިކަން ކުރިމަތިވި ރަށްތަކަށް ކާޑު ގެންދެވޭނެ މަގު ށ.އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު ފަހިކޮށްދީފިއެވެ. ކަނޑިތީމު އުޅިއަށި ބޯޓު މާލެ އިން ގެނައި މުދާ ހިފައިގެން ބިލެތްފަހި ކަނޑިންމައިން ވަދެގެން ދަނިކޮށް ބޯޓު ވަނީ ނެރުގެ އެއްފަރާތަށް ބީހިފައެވެ. މި ބޯޓު ބީހުމުގެ ސަބަބުން ލިބުނު ގެއްލުމުގައި ބޯޓަށް ދިޔަވާން ފެށިއެވެ. އެ ބޯޓު އަޑިއަށް […]

ޔުމްނާ ޢަލީ
ކަނޑިތީމު އުޅިއަށި ބޯޓު ބިލެތްފަހި ފަޅުތެރެއަށް އަޑިއަށް ހިނގައްޖެ 📍 ށ. ކަނޑިތީމު

ކަނޑިތީމު އުޅިއަށި ބޯޓު ބިލެތްފަހި ފަޅުތެރެއަށް އަޑިއަށް ހިނގައްޖެ

ށ. ކަނޑިތީމު އުޅިއަށި ބޯޓު ގިނަ އަދަދެއްގެ މުދަލާއެކު އެ އަތޮޅު ބިލެތްފަހި ފަޅުތެރެއަށް އަޑިއަށް ހިނގައްޖެއެވެ. ބިލެތްފަހި ކައުންސިލުން ބުނިގޮތުގައި އެ ބޯޓު އެރަށުގެ ކަނޑިންމައިން ވަދެގެން އަންނަނިކޮށް ބޯޓު ވަނީ ނެރުގެ އެއްފަރާތަށް ބީހިފައެވެ. އަދި ބޯޓު ނެރުގެ އެއްފަރާތަށް ބީހުމުގެ ސަބަބުން އެ ބޯޓަށް ދިޔަވާން ފެށިކަމަށް ކައުންސިލުން ބުންޏެވެ. އެ ބޯޓަށް ލިބުނު ގެއްލުމުގެ ސަބަބުން ބޯޓުގައި ހުރި މުދާ ސަލާމަތްކުރުމަށް އެރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުން ނުކުމެ މަސައްކަތްކުރަމުން އަންނަކަމަށް […]

ޔުމްނާ ޢަލީ
ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ: ޗެމްޕިއަން ފިއުރިޔަސް މުބާރާތް ފެށީ މޮޅަކުން 📍 ށ. ނަރުދޫ

ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ: ޗެމްޕިއަން ފިއުރިޔަސް މުބާރާތް ފެށީ މޮޅަކުން

ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ގައި ޗެމްޕިއަން ފިއުރިޔަސް އިން ކުޅުނު ފުރަތަމަ މެޗު ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފިއެވެ. މުބާރާތުގައި ފިއުރިޔަސް އިން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ރޭ ނުކުމެފައި ވަނީ ދަ ބެންޗާއި ދެކޮޅަށެވެ. އެ މެޗު 5-2 ގެ ނަތީޖާއިން ކާމިޔާބުކޮށްފައި ވަނީ ފިއުރިޔަސް އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ފިއުރިޔަސް ޓީމަށް ކުޅެމުން އަންނަ ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ […]

އިބްރާހިމް ޚަލީލް
ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ ފަށައިފި 📍 ށ. ނަރުދޫ

ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ ފަށައިފި

ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ފަށައިފިއެވެ. މި މުބާރާތް ހޮނިހިރު ދުވަހުގެ ރޭ ނަރުދޫ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ އަލީ ހާފިޒް (ހާއްޕެ) އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބީސީ އާއި ބީސީ ލަޔަންސްއެވެ. މި މެޗު 5-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ބީސީ އެވެ. މެޗުގެ މޮޅުކުޅުންތެރިޔާއަށް ހޮވުނީ ބީސީގެ […]

އިބްރާހިމް ޚަލީލް
ނޮޅިވަރަމް ގައި ފަޔަރ އެވެއާނެސް ކުލާހެއް ކުރިއަށް ގެންގޮސްފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ގައި ފަޔަރ އެވެއާނެސް ކުލާހެއް ކުރިއަށް ގެންގޮސްފި

ހދ. ނޮޅިވަރަމް ގައި ފަޔަރ އެވެއާނެސް ކުލާހެއް ކުރިއަށް ގެންގޮސްފި އެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި، ހދ.ނޮޅިވަރަމް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ނެވެ. އެ ރަށުން 22 މީހަކު ބައިވެރިވި މި ކުލާހުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނެވެ. މިއަދު ކުރިއަށްގެންދިޔަ މި ކުލާހުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތ...

އިބްރާހިމް އަސްވާޤް
ށ.އަތޮޅު ކައުންސިލުން އެ އަތޮޅު ޖަމިއްޔާތަކަށް ދޫކުރާ އެހީ ލައްކައަކަށް ބޮޑުކޮށްފި

ށ.އަތޮޅު ކައުންސިލުން އެ އަތޮޅު ޖަމިއްޔާތަކަށް ދޫކުރާ އެހީ ލައްކައަކަށް ބޮޑުކޮށްފި

ށ.އަތޮޅުގައި އިޖުތިމާއީ ހަރަކާތް ހިންގަން އެ އަތޮޅު ކައުންސިލުން، ޖަމިއްޔާތަކަށް ދޫކުރާ ފަންޑް 100000 (އެއްލައްކަ) ރުފިޔާއަށް ބޮޑުކޮށްފިއެވެ. ށ.އަތޮޅު ކައުންސިލުން ވަނީ ފާއިތުވި ދެ އަހަރުވެސް އެ އަތޮޅުގައި އިޖުތިމާއީ ހަރަކާތް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ކްލަބް ޖަމިއްޔާތަކަށް ހުޅުވާލާފައެވެ. އެ ފުރުސަތުގެ ދަށުން ފާއިތުވި ދެ އަހަރުގެ ތެރެއިން ކޮންމެ އަހަރަކު ތިން ޖަމިއްޔާއަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ދެ އަހަރު ކޮންމެ ޖަމިއްޔާއަކަށް ވެސް އަތޮޅު ކައުންސިލުން ދޫކޮ...

އިބްރާހިމް ޚަލީލް
ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ މާދަމާ ފަށަނީ 📍 ށ. ނަރުދޫ

ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ މާދަމާ ފަށަނީ

ށ. ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” މާދަމާ ފަށާނެއެވެ. މިއަހަރުގެ ފިއެސްޓާގައި ކުރިއަށް ގެންދަން ނިންމާފައި ވަނީ ފިރިހެން ފުޓްސަލް އެވެ. މިއީ ށ. އަތޮޅުގެ ފުޓްބޯޅަ އާއި ފުޓްސަލްގައި ވެސް ފާހަގަކޮށްލެވޭ ގަދަ ބާރެއްކަމަށްވާ ނަރުދޫގައި އެރަށު ކައުންސިލުން މި މުބާރާތް މެދު ނުކެނޑި ބާއްވާތާ 9 ވަނަ އަހަރެވެ. ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅޭ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” މުބާރާތް ހުޅުވާ މެޗު […]

ޔުމްނާ ޢަލީ
ވައިކަރަމުރައިދޫގެ 15 ހެކްޓަރު ހިމެނޭހެން 17 ތަނެއް ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމަށް

ވައިކަރަމުރައިދޫގެ 15 ހެކްޓަރު ހިމެނޭހެން 17 ތަނެއް ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމަށް

ހދ. ވައިކަރަމުރައިދޫގެ 15 ހެކްޓަރު ބިން ހިމެނޭ ހެން 17 ތަނެއް ފަތުރުވެރިކަން ތަރައްޤީކުރަން މިއަދު ބީލަމަށް ހުޅުވާލައިފިއެވެ. ވައިކަރަމުރައިދޫގެ 15 ހެކްޓަރު ބިން މީގެ ކުރިން ވެސް ވަނީ ބީލަމަށް ހުޅުވާލާފައެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން މިއަދު ކުރި ޢިއުލާނެއްގައި 11 އަތޮޅަކުން 14 ރަށަކަށާއި 3 ފަޅެއް ވަނީ ފަތުރުވެރިކަމަށް ހުޅުވާލާފައެވެ. މިގޮތިން ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލި ތަންތަނުގެ ތެރޭގައި ހދ. ވައިކަރަމުރައިދޫ ( 15 ހެކްޓަރު)ގެ އިތުރުން ހިމެނޭ ރަށްތަކުގެ ތެރޭގައި ށ. […]

ޔުމްނާ ޢަލީ
ކޮޅިގަނޑެއްގައި ފޯކައިދޫ ބަނދަރުގައި އަޅާފައިވާ ހުރި ލޯންޗު ތަކަކަށް ގެއްލުންވެއްޖެ 📍 ށ. ފޯކައިދޫ

ކޮޅިގަނޑެއްގައި ފޯކައިދޫ ބަނދަރުގައި އަޅާފައިވާ ހުރި ލޯންޗު ތަކަކަށް ގެއްލުންވެއްޖެ

ބާރު ވަޔާއެކު އައި ކޮޅިގަނޑެއްގައި ފޯކައިދޫ ބަނދަރުގައި އަޅާފައިވާ ބައެއް ލޯންޗުތައް ބަނދަރު ތޮށިގަނޑުގައި ޖެހި ގެއްލުންވެއްޖެއެވެ. ށ. އަތޮޅު ޕޮލިހުން ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ބާރު ވަޔާއެކު އައި ވިލާގަނޑެއްގެ ސަބަބުން ފޯކައިދޫ ބަނދަރުގައި އަޅާފައިވާ ލޯންޗުތަކުގެ ފަހަތު ވައު ކެނޑި، ބައެއް ލޯންޗު ބަނދަރު ތޮށިގަނޑުގައި ޖެހި އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. މި ހާދިސާ ހިނގުމާއެކު، އެ ލޯންޗުތައް ސަލާމަތް ކުރުމުގެ މަސައްކަތުގައި ފޯކައިދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނާއި ލޯން...

ޔުމްނާ ޢަލީ