📍 ހދ. ކުޅުދުއްފުށި
ކުޅުދުއްފުށީ ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފި
ތިލަދުންމަތި ދެކުނުބުރީ ކުޅުދުއްފުށި ސިޓީގެ ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފިއެވެ. ފިޝަރީސް މިނިސްޓްރީން ކުޅުދުއްފުށީގެ އިރުން 3.9 މޭލު ބޭރުގައި މި ކަނދުފަތި އަޅާފައިވަނީ މިއަދު (08 ޖުލައި 2024) އެވެ. މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރަމުން ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު ދައޫދު ވިދާޅުވީ ކުޅުދުއްފުށީގެ ބޭރުގައި އެޅިގެންދިޔަ ވަދު ކަނދުފައްޗަކީ އެ ސިޓީގައި ތިބ...