މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
މާލެ ތޮއްޖެހެމުންދާ ދިއުމަށް ނިމުމެއް ގެނެވޭނީ، އަރބަން ސެންޓަރުތަކެއް ޤާއިމްކޮށްގެން: ޢަބްދުއްރަޙީމް

މާލެ ތޮއްޖެހެމުންދާ ދިއުމަށް ނިމުމެއް ގެނެވޭނީ، އަރބަން ސެންޓަރުތަކެއް ޤާއިމްކޮށްގެން: ޢަބްދުއްރަޙީމް

މާލެ ތޮއްޖެހެމުންދާ ދިއުމަށް ނިމުމެއް ގެނެވޭނީ، އަރބަން ސެންޓަރުތަކެއް ޤާއިމްކޮށްގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުﷲ، މިފަދައިން ވިދާޅުވެފައިވަނީ ކުޅުދުއްފުށި ސިޓީގައި ވެމްކޯގެ ޚިދުމަތް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ އަރބަން ސެންޓަރުތަކެއް ޤާއިމުކޮށް، މާލެއާ އެއްފެންވ...

އަލީ އާދިލް
ކުޅުދުއްފުށި ސިޓީގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، މިއަދު ކުޅުދުއްފުށި ސިޓީގައި އެ ކުންފުނީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި މުނާސަބަތުގައި އެ ސިޓީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު އަލްފާޟިލް ޠާރިޤް އިބްރާހީމް، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު އަލްފާޟިލް މުޖުތަބާ ޖަލީލް އަދި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔ...

އިބްރާހިމް އަސްވާޤް
އިހަވަންދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “އިހަވަންދޫ ކައުންސިލް ކަޕް 2024” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އިހަވަންދޫއަށް ނިސްބަތްވާ ޓީމްތަކަށް އެކަންޏެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން އަންނަ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެކަމަށް ފުރިހަމަ ކުރަންޖެހޭ އޮންލައުން ފޯމް...

އިބްރާހިމް ޚަލީލް
މާއުނގޫދޫގައި، ވިޔަފާރި ފެށުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ވޯކްޝޮޕެއް 

މާއުނގޫދޫގައި، ވިޔަފާރި ފެށުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ވޯކްޝޮޕެއް 

ށ.މާއުނގޫދޫގައި، ވިޔަފާރިތައް ފެށުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ. މި ކޯޕްޝޮޕަކީ މާއުނގޫދޫ ކައުންސިލާއި، ރިއަލްޓީ ކޮންސަލްޓަންސީ މޯލްޑިވްސް ގުޅިގެން ކުރިޔަށް ގެންދިޔަ ވޯކްޝޮޕެކެވެ. މާއުނގޫދޫ ކައުންސިލުން ހާމަކޮށްފައިވާގޮތުގައި މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފެށުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން، އެ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމ...

ޔުމްނާ ޢަލީ
ށ.އަތޮޅުގައި އިޖުތިމާއީ ބަދަހި މަދަދުވެރިން ތަމްރީން ޕްރޮގްރާމް ފެށިގެން ކުރިއަށް

ށ.އަތޮޅުގައި އިޖުތިމާއީ ބަދަހި މަދަދުވެރިން ތަމްރީން ޕްރޮގްރާމް ފެށިގެން ކުރިއަށް

ށ.އަތޮޅުގައި އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ތަމްރީން ކުރުމުގެ ޕްރޮގްރާމް ފަށައިފިއެވެ. އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއާއި ށ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް، އެ އަތޮޅު ވެރިކަންކުރާ ފުނަދޫގައި ފަށާފައި ވަނީ އިއްޔެ (16 ޖުލައި 2024) އެވެ. ހަފްތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ނިންމާލުމަށް ތާވަލު ކޮށްފައި ވަނީ މި މަހު 21 ވަނަ ދުވަހުއެވެ. އިޖުތިމާއީ ބަދަހި މަދަދުވެރިން އަތޮޅުތެރޭ ތަންރީން ކުރުމުގެ ބޭނުމަކީ […]

އިބްރާހިމް ޚަލީލް
ގޮއިދޫގައި ބޭއްވި ސޮފްޓް ޓޯއީސް ހަދަން ދަސްކޮށްދޭ ކޯސް ނިންމާލައިފި 📍 ށ. ގޮއިދޫ

ގޮއިދޫގައި ބޭއްވި ސޮފްޓް ޓޯއީސް ހަދަން ދަސްކޮށްދޭ ކޯސް ނިންމާލައިފި

ށ.ގޮއިދޫގައި ކުރިއަށް ގެންދިޔަ ސޮފްޓް ޓޯއީސް ހަދަން ދަސްކޮށްދޭ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ކޯހަކީ އެޓްމޮސްފިޔަރ ފައުންޑޭޝަންއާއި ގޮއިދޫ ކައުންސިލް ގުޅިގެން މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ. މި ކޯހުގެ ނިންމުމުގެ ހަފްލާ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާފައިވާއިރު، މި ހަފްލާގައި އެޓްމޮސްފިޔަރ ފައުންޑޭޝަންގެ ނާއިބް ރައީސް ޢަބްދުލް އަޒީޒު ވަނީ ބައިވެރިވެލައްވާފައެވެ. މި ކޯސް ފުރިހަމަކޮށް ގޮއިދޫގެ 14 ކަނބަލަކު […]

އިބްރާހިމް ޚަލީލް
ކުރިނބީ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް 📍 ހދ. ކުރިނބީ

ކުރިނބީ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ހދ. ކުރިނބީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށިލުމުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މި މަޝްރޫއުގެ ދަށުން އައު ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 51 އިންސައްތަ މިހާތަނަށް ވަނީ ފުރިހަމަކޮށް...

އަޙްމަދު ވަހީދު
މޮޅަދޫ ކައުންސިލްގެ ސިއްކަ ފަރުމާކޮށްގެން 10000 ރުފިޔާ 📍 ހއ. މޮޅަދޫ

މޮޅަދޫ ކައުންސިލްގެ ސިއްކަ ފަރުމާކޮށްގެން 10000 ރުފިޔާ

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ ރަސްމީ މަރުކާ އާއި ސިއްކަ ފަރުމާކުރަން ހުޅުވާލައިފިއެވެ. ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން ހުށަހަޅާ މަރުކާއާއި ލޯގޯތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ފައިސާގެ އިނާމެއްގެ ގޮތުގައި 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް މޮޅަދޫ ކައުންސިލުން ވަނީ ނިންމާފައެވެ. އެ ކައުންސިލުން ބުނީ ސިއްކަ ފަރުމާކުރުމުގެ ބޭނުމަކީ އެ އިދާރާއިން ބާއްވާ މުބާރާތްތަކާއި، ބައިވެރިވާ ޚަރަކާތްތަކާއި، އެކިއެކި ރަސްމިއްޔާތުތަކާއި، ރަސްމީ ލިޔެކ...

އިބްރާހިމް ޚަލީލް
ފިނޭ ކައުންސިލް ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ފިނޭ

ފިނޭ ކައުންސިލް ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލް އިދާރާގެ ލޯގޯ ފައުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާން ކޮށްފިއެވެ. ފިނޭ ކައުންސިލްގެ ލޯގޯއާއި ޔުނީފޯމް ކިޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް މިދިޔަ ޖޫންމަހު ވެސް އެ ކައުންސިލުން ވަނީ އުއުލާންކޮށްފައެވެ. އެ ކައުންސިލުން ބުނީ އަލުން ލޯގޯ ފަރުމާކުރަން ހުޅުވާލީ ފުރަތަމަ ކުރެވުނު އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ ކަމަށެވެ. މި ފުރުސަތުގެ ދަށުން ހުށަހަޅާ ލޯގޯތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ލޯގޯއެއް ހުށަހަޅާ […]

އިބްރާހިމް ޚަލީލް
އަންހެނުންގެ "ތިލަދެކުނު ފުޓްސަލް މުބާރާތް" ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދަނީ

އަންހެނުންގެ "ތިލަދެކުނު ފުޓްސަލް މުބާރާތް" ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދަނީ

މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ “ތިލަދެކުނު ފުޓްސަލް މުބާރާތް 2024” ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން އިޢުލާންކޮށްފިއެވެ. މި މުބާރާތް ހޯސްޓްކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ހދ. އަތޮޅުގައި ރަޖިސްޓްރީކޮށްގެން ހިންގާ، ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ ކްލަބް އަދި ޖަމްޢިއްޔާތަކަށެވެ. ޝައުޤުވެރިވާ ފަރާތްތަކުން މި ފުރުޞަތަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓް...

އަލީ އާދިލް
ށ.އަތޮޅު ކައުންސިލުން ބޭއްވި ފުޓްސަލް ބޭސިކް ރެފްރީ ކޯސް ނިންމާލައިފި

ށ.އަތޮޅު ކައުންސިލުން ބޭއްވި ފުޓްސަލް ބޭސިކް ރެފްރީ ކޯސް ނިންމާލައިފި

ށ.އަތޮޅު ކައުންސިލުން އެ އަތޮޅުގައި ފުޓްސަލް ރެފްރީން ތަމްރީން ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ފުޓްސަލް ބޭސިކް ރެފްރީ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. ޖުމްލަ އަށް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯސް ށ.ފުނަދޫގައި ފަށާފައި ވަނީ މި މަހު 4 ވަނަ ދުވަހުއެވެ. މި ކޯސް ނިންމާލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ކޯސް ނިންމުމުގެ ރަސްމިއްޔާތު މިދިޔަ ހުކުރު ދުވަހުގެ ރޭ ބާއްވާފައިވާއިރު، އެ އަތޮޅުގެ 13 ރަށަކުން 33 ފަރާތަކުން ވަނީ […]

އިބްރާހިމް ޚަލީލް
ނޭކުރެންދޫ ބަނދަރުގެ މަސައްކަތުގެ ދަށުން އެއްގަމުތޮށީގެ މަސައްކަތް ފަށައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ބަނދަރުގެ މަސައްކަތުގެ ދަށުން އެއްގަމުތޮށީގެ މަސައްކަތް ފަށައިފި

ހދ. ނޭކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި، އެއްގަމުތޮށި ލުމުގެ މަސައްކަތް ވަނީ އިއްޔެ ފަށައިފައެވެ. މި މަޝްރޫއުގެ ދަށުން، 22،323 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކު...

އަޙްމަދު ވަހީދު
ކުޅުދުއްފުށީ މަސައްކަތްތެރިންނާއި ކުދިވިޔަފާރިތަކަށް ފައިނޭންސިންގ ސްކީމެއް ތަޢާރަފުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ މަސައްކަތްތެރިންނާއި ކުދިވިޔަފާރިތަކަށް ފައިނޭންސިންގ ސްކީމެއް ތަޢާރަފުކޮށްފި

ކުޅުދުއްފުށި ސިޓީގައި މަސައްކަތްތެރިން އިތުރުކުރުމަށާއި، އަލަށް ވިޔަފާރި ފެށުމަށް އަދި ކުދި ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން “މަސައްކަތްތެރިންނާއި ކުދިވިޔަފާރިތަކުގެ ފައިނޭންސިންގ ސްކީމް” ގެ ނަމުގައި އައު ސްކީމެއް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއިން ތަޢާރަފުކޮށްފި އެވެ. ސިޓީ ކައުންސިލުން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މއީ 100,000 ރުފިޔާ (އެއްލައްކަ ރުފިޔާ) އާއި ހަމަ އަށް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑް ހިމެނޭހެން 3 އަހަރު ދުވަހަށް ބަހާލައިގެން ހުޅުވާލާފައިވާ ސްކީމެއ...

އިބްރާހިމް އަސްވާޤް
އުލިގަމް ޕިކްނިކް އޭރިއާގެ ފުރަތަމަ ފިޔަވަހި ނިންމައި ބޭނުން ކުރަންފަށައިފި

އުލިގަމް ޕިކްނިކް އޭރިއާގެ ފުރަތަމަ ފިޔަވަހި ނިންމައި ބޭނުން ކުރަންފަށައިފި

ހއ.އުލިގަމް ކައުންސިލުން އެ ރަށުގައި ތަރައްގީކުރާ ޕިކްނިކް އޭރިއާގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި ބޭނުން ކުރަންފަށައިފިއެވެ. މިތަން ތަރައްގީ ކޮށްފައިވަނީ ދޮންވެލި އަތިރިމައްޗާއި ތިލަފަޅު ހިމެނޭ އުލިގަމުގެ ކުޑަދޫކޮޅު ސަރަހައްދުގައެވެ. ފުރަތަމަ ފިޔަވަހީގެ އެތަނުގައި ވަނީ ފެންވެރޭނޭ އިންތިޒާމާއި ބާބަކިއު ގްރިލްތަކާއި ހަޓްހަދައި މޭޒާއި ގޮނޑިފަދަ ތަކެތި ބަހައްޓާފައެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ކައުންސިލުން އަންނަނީ ތައްޔާރު ވަމުންނެވެ. މި މަސައްކަތާއި ގުޅޭގޮތުން މި ނޫހަށް މައުލ...

އިބްރާހިމް ޚަލީލް
ދިއްދޫގައި ބޭއްވި މޯޓިވޭޝަން އެންޑް ލީޑަޝިޕް ވޯކްޝޮޕް ކާމިޔާބުކަމާއިއެކު ނިންމާލައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ބޭއްވި މޯޓިވޭޝަން އެންޑް ލީޑަޝިޕް ވޯކްޝޮޕް ކާމިޔާބުކަމާއިއެކު ނިންމާލައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ހުރި މުއައްސަސާތަކަށް އަމާޒުކޮށްގެން “މޯޓިވޭޝަން އެންޑް ލީޑަޝިޕް ވޯކްޝޮޕް 2024” ގެ ނަމުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މިދިޔަ ހޮނިހިރު ދުވަހު ހއ.އަތޮޅު ކައުންސިލް ހޯލުގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި، ދިއްދޫގެ މުއައްސަސާތަކުން 65 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ވޯކްޝޮޕްގައި ޕަބްލިކް ސްޕީޗުގައި ރާއްޖޭގެ ނަން މަޝްހޫރު ދެ ބޭފުޅުންކަމަށްވާ މަސްއޫދު އަލީއާއި އަފީފް ހުސެއިން ވަނީ ބައިވެރިވެ ސެޝަންތައް ނަންގަވައި ދެއްވާފ...

އިބްރާހިމް ޚަލީލް