މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
އުލިގަމު ޔޮޓް މެރީނާ ތަރައްގީކުރަން އެމްޕީއެލާއެކު އެއްބަސްވުމެއް

އުލިގަމު ޔޮޓް މެރީނާ ތަރައްގީކުރަން އެމްޕީއެލާއެކު އެއްބަސްވުމެއް

ހއ. އުލިގަމުގައި ޔޮޓް މެރީނާ ތަރައްގީ ކުރުމުގެ ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމެވެ. އަދި އުލިގަމު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކައުންސިލްގެ ރައީސް އަހުމަދު މުއާޒް މުހައްމަދެވެ. މި އެއްބަސްވުމަކީ އުލިގަމުގައި ޔޮޓް މެރީނާ ތަރައްގީ ކުރުމާއި ޔޮޓުތަކަށް ބޭނުންވާ ހިދުމަތްތައް އުލިގަމުން ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ އެއްބަސްވުމެކެވެ. އެމްޕީއެލްގެ ސީއީއޯ ވަޖ...

އަޙްމަދު ވަހީދު
ކުނީގެ މައްސަލަ ހައްލު ކުރުމުގައި ހަނިމާދޫ ކައުންސިލަށް ސަތޭކައަކުން.......؟ 📍 ހދ. ހަނިމާދޫ

ކުނީގެ މައްސަލަ ހައްލު ކުރުމުގައި ހަނިމާދޫ ކައުންސިލަށް ސަތޭކައަކުން.......؟

ރަށުގެ ވަށައިގެން އޮތީ ކުނިގޮނޑުތަކެވެ. ގެއާއި އެންމެ ކައިރީގައި ވައު އޮންނަ ދިމާއަކީ އެ ގެއަކަށް ހާއްސަ ކުނިއަޅާތަނެވެ. އެ މީހަކު ބޭނުން ވަރަކަށް ކުނި އަޅަންވީއެވެ. އެކިވައްތަރުގެ ކުނި ވަކިކުރުމަކީ އޭރު ދަންނަ ކަމެއް ނޫނެވެ. ގޮނޑަށް ކޮންމެ ބާވަތެއްގެ ކުންޏެއް ވެސް އަޅަންވީއެވެ. އާންމުކުނީގެ އިތުރުން ކުނިވާ ޒާތުގެ ކުންޏާއި ގައު ކުނޑިއާއި ދަގަނޑާއި ޕްލާސްޓިކެވެ. ރަށުގެ ވަށައިގެން އުފެދިފައިވާ ބޮޑެތި ކުނިގޮނޑުތަކާއި ގުޅިގެން އޭރު ވެސް ރައްޔިތުންގެ ތެރޭ ދޭތެރެ ދޭތެރެއިން ޝަކުވާ […]

އިބްރާހިމް ޚަލީލް
ނޮޅިވަރަންފަރުގައި ބޭއްވި މޭކަޕް ކުރަން ދަސްކޮށްދޭ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގައި ބޭއްވި މޭކަޕް ކުރަން ދަސްކޮށްދޭ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފި

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރުގައި ބޭއްވި މޭކަޕް ކުރަން ދަސްކޮށްދޭ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ކޯހަކީ މަޝްހޫރު މޭކަޕް އާޓިސްޓު ރުތުބާ އަހުމަދާއި ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ކޯގެކެވެ. ޖުމްލަ 15 ބައިވެރިންނާއިއެކު މި ކޯސް ފަށާފައިވަނީ މި މަހު 13 ވަނަ ދުވަހުއެވެ. ޖުމްލަ ފަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޯސް ނިންމާލާފައި ވަނީ 17 ވަނަ ދުވަހުއެވެ. ނިންމުމުގެ ރަސްމިއްޔާތު މި މަހުގެ 18 […]

އިބްރާހިމް ޚަލީލް
ހިރިމަރަދޫ ފެނާއި ނަރުދަމާގެ 95 އިންސައްތަ މަސައްކަތް ނިންމާލައިފި 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ ފެނާއި ނަރުދަމާގެ 95 އިންސައްތަ މަސައްކަތް ނިންމާލައިފި

ހދ. ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ 95 އިންސައްތަ ނިމިފައިވާ ކަމަށް އެމްޑަބްލުއުއެސްސީން ބުނެފިއެވެ. ޖުމްލަ 69.14 މިލިއަން ރުފިޔާއަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޑަބްލިއުއެސްސީއާއެވެ. ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ހިރިމަރަދޫގައި 8.06 ކިލޯމީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅަން ވަނީ ހަމަޖެހިފައެވެ. އަދި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރ...

އަޙްމަދު ވަހީދު
އުތުރުގައި އަންނަމަހު 20ގައި ބަންކަރިންގެ ހިދުމަތް ފަށަނީ

އުތުރުގައި އަންނަމަހު 20ގައި ބަންކަރިންގެ ހިދުމަތް ފަށަނީ

އުތުރުގައި އަންނަމަހު 20ގައި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް ފެށޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ މައި ހަރުގޭގައި މި ޖުލައި މަހުގެ 7 ވަނަ ދުހުގެ ރޭ ކުރިއަށް ގެންދިޔަ އެ އިއްތިހާދުގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވަނީ އެ ރޭން ފެށިގެން އެއް މަސް ތެރޭގައި ބަންކަރިންގެ ހިދުމަތް ސަރުކާރުން ރަސްމީކޮށް އުތުރުގައި ފައްޓާނެ ކަމަށް ވިދާޅުވެފައެވެ. އެއަށްފަހު ދައުލަތުގެ މީޑިއާ، […]

ޔުމްނާ ޢަލީ

ސްކޭމް ކޯލުތަކުން ރައްކާތެރިކުރުވުމަށް ހދ. އަތޮޅުގެ 7 ރަށެއްގައި މަޢުލޫމާތުދީފި

ހދ. އަތޮޅުގެ 7 ރަށެއްގައި ސްކޭމް ކޯލުތަކުން ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މިޖުލައި މަހުގެ 22 އިން 27 އަށެވެ. މި ސެޝަންތަކުގައި މަޢުލޫމާތު ދީފައިވަނީ ކުޅުދުއްފުށި ސިޓީގެ ތިން ސްކޫލުގެ ޓްރެފިކް މޮނިޓަރުންނާއި ބެލެނިވެރިންނަށާއި، ވައިކަރަދޫ، ހަނިމާދޫ، ނޮޅިވަރަންފަރު، ނޮޅިވަރަމް، ނޭކުރެންދޫ އަދި މަކުނުދޫ ސްކޫލުގެ ބެލެނިވެރިންނަށެވެ. މި ސެޝަންތަކުގައި ޖުމްލަ 670 މީހުންނަށް މަޢުލޫމާތު ދެވިފައިވެއެވެ. މީގެ އިތުރުން،...

އިބްރާހިމް އަސްވާޤް
ކުމުންދޫ ސިއްހީ މަރުކަޒުގެ ރަސްމީ ލޯގޯ އިފްތިތާހްކޮށްފި 📍 ހދ. ކުމުންދޫ

ކުމުންދޫ ސިއްހީ މަރުކަޒުގެ ރަސްމީ ލޯގޯ އިފްތިތާހްކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ސިއްހީ މަރުކަޒުގެ ރަސްމީ ލޯގޯއާއި އެކްޓިވިޓީ ޔުނީފޯމް އިފްތިތާހް ކޮށްފިއެވެ. ލޯގޯއާއި އެކްޓިވިޓީ ޔުނޯފޯމް އިފްތިތާހް ކުރުމަށް އިއްޔެބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި، ލޯގޯއާއި ޔުނީފޯމް ރަސްމީކޮށް ލޯންޗްކޮށްދެއްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރ ނާޒިމާ އަލީއެވެ. ލޯގޯގައި ހިމެނޭ މައިގަނޑު ތިންބަޔަށް ބަލައިލާއިރު، ލޯގޯ އެންމެ މަތީބައިގައިވާ ފެހި ކުލައަކީ އެ ސިއްހީ މަރުކަޒުގެ ރަސްމީ ކުލައެވެ. ލޯގޯގަ މީހަކާއިއެކު ވާ އަތްތިލައިން...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ކުޅީގައި ޕްލެޓްފޯމެއް ތަރައްގީ ކުރަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ކުޅީގައި ޕްލެޓްފޯމެއް ތަރައްގީ ކުރަނީ

ކުޅުދުއްފުށި މަށި ކުޅީގައި ޕްލެޓްފޯމެއް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ. މި ޕްލެޓްފޯމް ތަރައްގީ ކުރުމަށް އެ ކައުންސިލުން ނިންމާފައި ވަނީ އެ ރަށު ކޮރަލް ދަނޑުގެ އިރުމަތީ އޮންނަ ދަނޑުމަގުގެ އިރުމަތީ ފަރާތު، ކުޅީގެ ސަރަހައްދުގައެވެ. މި ޕްލެޓްފޯމުގައި ޖެޓީއަކާއިއެކު ހަޓެއް ތަރައްގީކުރާނެއެވެ. ޖެޓީގެ އަރިމަތީ ފެންސްސުޖެހުމުގެ އިތުރުން ޖެޓީއަށް އަރާފޭބުމަށް ރޭމްޕެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ކުޅީގައި ކެނޯ ދުއްވުމުގެ އިންތިޒާމް ފަސޭހައިން ހަ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުކަމުގެ ހުވާ އިބްރާހީމް އަހްމަދު ކުރައްވައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުކަމުގެ ހުވާ އިބްރާހީމް އަހްމަދު ކުރައްވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކޮށް މެންބަރުކަމަށް އިންތިހާބުވި އިބްރާހީމް އަހްމަދު، ސިޓީ ކައުންސިލްގެ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާކުރައްވައިފިއެވެ. އިބްރާހީމް އަހްމަދު މަގާމުގެ ހުވާކުރައްވައި އިގުރާރުގައި ސޮއިކުރައްވާފައި ވަނީ މިއަދު ހެނދުނު އެންއޯސީގެ ކޮންފަރެންސް ހޯލުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ހުވާލައިދެއްވީ ހދ. ޖުޑިޝަރީ ހިންގުމާ ވަގުތީގޮތުން ހަވާލުވެހުންނެވި މެޖިސްޓްރޭޓް އަލްއުސްތާޒް މުހައްމަދު އިސްމާއިލެވެ. އަހްމަދު...

އިބްރާހިމް ޚަލީލް
ޖިންސީ އަދި ދަރިމައިވުމުގެ ޞިއްޙަތާއި ޙައްޤުތަކާ ބެހޭ ތަމްރީނެއް ހދ. އަތޮޅުގައި ބާއްވައިފި

ޖިންސީ އަދި ދަރިމައިވުމުގެ ޞިއްޙަތާއި ޙައްޤުތަކާ ބެހޭ ތަމްރީނެއް ހދ. އަތޮޅުގައި ބާއްވައިފި

ޖިންސީ އަދި ދަރިމައިވުމުގެ ޞިއްޙަތާއި ޙައްޤުތަކާ ބެހޭ ތަމްރީނެއް ހދ. އަތޮޅުގައި ބާއްވައިފި އެވެ. ކުޅުދުއްފުށި ސިޓީގައި ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދެވުނު ޖިންސީ އަދި ދަރިމައިވުމުގެ ޞިއްޙަތާއި ޙައްޤުތަކާ ބެހޭ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެ އެވެ. މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން (ކޭއާރުއެޗް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނާޒިމާ ޢަލީއެވެ. 26 އަދި 27 ޖުލައި 2024 ގައި […]

އަލީ އާދިލް
ހާމިދު ޝަފީއު ނިޔާވެއްޖެ 📍 ހއ. އިހަވަންދޫ

ހާމިދު ޝަފީއު ނިޔާވެއްޖެ

ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅެއްކަމަށްވާ ހާމިދު ޝަފީއު މިއަދު ނިޔާވެއްޖެ އެވެ. ހއ. އިހަވަންދޫ އަށް ނިސްބަތްވާ ހާމިދު ޝަފީއު އަކީ ކުރީގެ ރައީސް، އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުކަމުގެ މަގާމް ފުރުއްވާފައިވާ، އެ ސަރުކާރުގައި  އައިޓީ ދާއިރާ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެއްވި، އެ ދާއިރާގެ ތަޖުރިބާ ކާރެކެވެ. ހާމިދު ޝަފީއު ނިޔާވުމާއި ގުޅިގެން އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޝިފާޢު މީސްމީޑި...

ޔުމްނާ ޢަލީ
ހއ. އުލިގަމުގައި ބޭއްވުނު ފަހާކޯސް ނިމި، ބައިވެރިންނަށް ސެޓްފިކެޓް ދީފި

ހއ. އުލިގަމުގައި ބޭއްވުނު ފަހާކޯސް ނިމި، ބައިވެރިންނަށް ސެޓްފިކެޓް ދީފި

ހއ. އުލިގަމުގައި އަންހެން ކަނބަލުންނަށް ޚާއްޞަކޮށްގެން ބޭއްވުނު ފަހާކޯސް ނިމި، ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ. އުލިގަމު ކައުންސިލް ސެކްރެޓޭރިއެޓުން މަޢުލޫމާތު ދެއްވިގޮތުގައި، މި ކޯހަކީ ހއ. އުލިގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އުލިގަމު ކައުންސިލާއި ޚިދުމަތް ޖަމިއްޔާއާއި ހޯޕް ޖަމިއްޔާއާއި ޓޮޕްސީ ޓްރެއިނިންގ ސެންޓަރާއި އަދި ތުރުކީގެ އުންމަޖައްޔާއާ ގުޅިގެން ބޭއްވުނު ކޯހެކެވެ. މި ކޯހުގައި ޖުމްލަ 60 އަންހެން ކަނބަލުން ބައިވެރިވެފައިވާކަމަށް މަޢުލޫމާތުލިބެ އެވެ. ކޯހުގެ ބައި...

އަލީ އާދިލް
ސޮނޭވާ ސީކްރެޓްއިން މަކުނުދޫ ކޮމިއުނިޓީ ސެންޓަރަށް 12 މޭޒު އަދި 26 ގޮނޑި ހަދިޔާކޮށްފި 📍 ހދ. މަކުނުދޫ

ސޮނޭވާ ސީކްރެޓްއިން މަކުނުދޫ ކޮމިއުނިޓީ ސެންޓަރަށް 12 މޭޒު އަދި 26 ގޮނޑި ހަދިޔާކޮށްފި

ހދ. މަކުނުދޫ، 15 ޑިސެމްބަރ 2023 – ސޮނޭވާ ސީކްރެޓް ރިސޯޓުން ހދ. މަކުނުދޫ ކޮމިއުނިޓީ ސެންޓަރަށް 12 މޭޒާއި 26 ގޮނޑި ހަދިޔާކޮށްފިއެވެ. މި ހަދިޔާ ބަލައިގަތުމަށްފަހު، މަކުނުދޫ ކައުންސިލްގެ އިދާރާއިން ވަނީ ސޮނޭވާ ސީކްރެޓް ރިސޯޓަށް ޝުކުރު ދަންނަވާފައެވެ. ކައުންސިލުން ޝުކުރު ދެންނެވުމުގައި، ސޮނޭވާ ސީކްރެޓް ރިސޯޓުން މަކުނުދޫގެ ރައްޔިތުންގެ ކުރިއެރުމަށް ކޮށްދެއްވާ މަސައްކަތަށް ޝުކުރު ދަންނަވާފައިވެއެވެ. އަދި ޚާއްޞަކޮށް ރިސޯޓުގެ ޖެނެރަލް މެނޭޖަރ ޖޯ އަދި އެންތޮނީއަށް ޚާއްޞަ ޝުކުރެއް ދަންނަވާފައިވެއެވެ. ސޮނޭވ...

އަލީ އާދިލް
ނޭކުރެންދޫގައި ބާއްވާ ޖަމާޢަތްތެރިކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ނޭކުރެންދޫގައި ބާއްވާ ޖަމާޢަތްތެރިކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫގައި ބާއްވާ ޖަމާއަތްތެރިކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކޯހަކީ ޖަނާޒާތަކުގައި ކަށުކަމާކެމީގެ ކަންކަން ކުރުމަށް ޖަމާއަތްތެރިން އުފެއްދުމުގެ މަގުސަދުގައި ނޭކުރެންދޫ ކައުންސިލުން އިންތިޒާމްކޮށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ “ރޫލްސް އޮފް ޖަނާޒާ ލެވެލް-1” އެވެ. ހަތަރު ހަފްތާގެ މުއްދަތައް ކުރިއަށް ގެންދާ މި ކޯހުގައި ތިއަރީބަޔާއި އަމަލީބައި ހިމެނޭނެއެވެ. އަދި ސެޝަންތައް ނިމުމުން އިމްތިހާނެއް ދިނުމަށ...

އިބްރާހިމް ޚަލީލް
އިމަގުން އިހަވަންދޫގައި ތަރައްގީކުރި ޒަމާނީ ވޮލީ ކޯޓް ހުޅުވައިފި 📍 ހއ. އިހަވަންދޫ

އިމަގުން އިހަވަންދޫގައި ތަރައްގީކުރި ޒަމާނީ ވޮލީ ކޯޓް ހުޅުވައިފި

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން އެ ރަށުގައި ތަރައްގީކުރި ޒަމާނީ ވޮލީ ކޯޓް ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފަށައިފިއެވެ. މި ކޯޓް ރަސްމީކޮށް ހުޅުވުމަށް ބުރާސްފަތި ދުވަހުގެ ރޭ އެ ކޯޓުގައި ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން އަންހެން ވޮލީ މެޗެއް ވަނީ ކުޅެފައެވެ. މި މެޗުގައި ބައްދަލުކުރީ މޮޅަދޫ އަންހެން ވޮލީ ޓީމާއި އިމަގު އަންހެން ވޮލީ ޓީމެވެ. މި ކޯޓް ތަރައްގީ ކުރުމަށް އެ ޖަމިއްޔާއިން ނިންމައި އެކަން […]

އިބްރާހިމް ޚަލީލް