މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ބޮޑުތިލަދުންމަތީގެ އާރުޓީއެލް ފެރީ ޓާމިނަލްތައް މިނިސްޓަރީއާއި ހަވާލުކޮށްފި

ބޮޑުތިލަދުންމަތީގެ އާރުޓީއެލް ފެރީ ޓާމިނަލްތައް މިނިސްޓަރީއާއި ހަވާލުކޮށްފި

ބޮޑުތިލަދުންމަތީގެ ރަށްތަކުގައި ހަދާފައިވާ އާރުޓީއެލްގެ 21 ފެރީސްޓޮޕް/ފެރީ ޓާމިނަލް ކައުންސިލްތަކާއި ހަވާލުކުރުމަށް ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި ހަވާލުކޮށްފިއެވެ. މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމްޓީސީސީއާއި، ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއާއި، ދަތުރުފަތުރާއި މަދަނީ އުދުހުންހުތަކާއި ބެހޭ ވުޒާރާއާ ދެމެދުއެވެ. މި އެއްބަސްވުމުގެ ދަށުން، އާރްޓީއެލްގެ ޒޯން އެކެއްގައި ހިމެނޭ ހއ، ހދ އަދި ށ އަތޮ...

އިބްރާހިމް ޚަލީލް
މަކުނުދޫގައި އުސޫލާއެއްގޮތަށް ދޫނި ގެންގުޅުމަށް ކައުންސިލުން އަންގައިފި 📍 ހދ. މަކުނުދޫ

މަކުނުދޫގައި އުސޫލާއެއްގޮތަށް ދޫނި ގެންގުޅުމަށް ކައުންސިލުން އަންގައިފި

ހދ. މަކުނުދޫގައި މި ފަހަކަށް އައިސް ދޫނި ސޫފާސޫފީގެ ނަޖިހުގެ އުނދަގޫ ބޮޑުވާކަމަށް ބުނެ ރައްޔިތުންގެ ޝަކުވާލިބޭތީ ހެދިފައިވާ އުސޫލާއެއްގޮތަށް ދޫނި ގެންގުޅުމަށް ކައުންސިލުން އެދިއްޖެއެވެ. މަކުނުދޫ ކައުންސިލުން ނެރުނު އެނގުމެއްގައި ވާ ގޮތުން ރަށުގައި ގެންގުޅޭ ދޫނިތައް، ހާއްސަކޮށް ކޮތަރުގެ ނަޖިހުގެ ސަބަބުން އިމާރާތް ތަކާއި މީހުން ދިރިއުޅޭ ސަރަހައްދު ހަޑިވަމުން ދާތީ ސަމާލުވާން ވަނީ އެދިފައެވެ. އެގޮތުން މަކުނުދޫގައި ދޫނި ގެންގުޅޭ ފަރާތްތަކުން މި މަައްސަލައަށް ސަމާލުވެ، އާންމުންނަށް އުނދަގޫ ނުވާނެހެން...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި

ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ހދ. ކުޅުދުއްފުށީ ސިޓީގައި ޔޫއެސް ޑޮލަރު އޭޓީއެމެއް ބަހައްޓައި ޚިދުމަތް ފަށައިފިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މި އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހިމްއެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އަދި ކުޅުދުއްފުށީ ސިޓީ މޭޔަރު މުހައްމަދު އާތިފް ވެސް ބައިވެރިވެލެއްވިއެވެ. މިކަމާއި ގުޅިގެން ބީއެމްއެލް އިން ބުނީ އެ ބޭންކްގެ ޚިދުމަތް ކުޅުދުއްފުށީ ސިޓީގައި ފުޅާ...

ޔުމްނާ ޢަލީ
ފޭދޫގައި މަދިރިން ރައްކާތެރިވުމަށް ފޮގް ކުރުމުގެ މަސައްކަތް ފަށައިފި

ފޭދޫގައި މަދިރިން ރައްކާތެރިވުމަށް ފޮގް ކުރުމުގެ މަސައްކަތް ފަށައިފި

ށ. ފޭދޫ ކައުންސިލްގެ ފަރާތުން ރަމަޟާން މަހާ ދިމާކޮށް ރަށުތެރެ ފޮގް ކުރުމުގެ މަސައްކަތް އިއްޔެ ހަވީރު ފަށައިފިއެވެ. ށ ފޭދޫ އަކީ އާދައިގެ ވަރަކަށް ގަސް ބޯ ރަށެއް ކަމުން މަދިރީގެ އުނދަގޫ ރައްޔިތުންނަށް ވަރަށް ބޮޑަށް ޖެހެއެވެ. އެހެންކަމުން މަދިރި ކޮންޓްރޯލް ކުރުމަށް އިއްޔެ ކައުންސިލުން މި ފެށި މަސައްކަތް، ފެބުރުވަރީ 27 ވާ ބުރާސްފަތި ދުވަހާ ހަމަ އަށް ކުރިއަށް ގެންދާނެ ކަމަށް ކައުންސިލް ގެ ރައީސް އަހުމަދު ރައިޝަމް މައުލޫމާތުދެއްވިއެވެ. އިއްޔެ […]

އައިޝަތު އައިނީ އާމިރު
ށ.އަތޮޅުގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި 📍 ށ. ފުނަދޫ

ށ.އަތޮޅުގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތްވާގޮތުގެ މަތީން މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ހިދުމަތް ފޯރުކޮށްދިނު މޯލްޑިވްސް އިމިގްރޭޝަނުން ކަނޑައަޅާފައިވާ އަމާޒުގެ ތެރެއިން ށ.އަތޮޅުގައި ޕާސްޕޯޓްގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ. ޕާސްޕޯޓްގެ ހިދުމަތް އެ އަތޮޅުގައި ފައްޓަވައިދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދެވެ. އިމިގްރޭޝަނުން ވިދާޅުވީ ށ.އަތޮޅުގައި ހިދުމަތް ފެށުމާއެކު އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓްތައް އެ އަތޮޅުން...

އިބްރާހިމް ޚަލީލް
ހދ.އޭއީސީގެ ސެން ކުލާހުގެ ދަރިވަރުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރަތެއް 📍 ހދ. ހަނިމާދޫ

ހދ.އޭއީސީގެ ސެން ކުލާހުގެ ދަރިވަރުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރަތެއް

ހދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެން ކުލާހުގެ ދަރިވަރުން އެ އަތޮޅު ހަނިމާދޫގައި ހުންނަ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރާތްކޮށް މައުލޫމާތު ހޯދައިފިއެވެ. އަދި ދަރިވަރުންނާ އެކީ 13 މުދައްރިއްސުންވެސް ވަނީ ބައިވެރިވެފައެވެ. މި ޒިޔާރަތުގެ މައިގަނޑު މަގުސަދަކީ އެގްރިކަލް ސެންޓަރުގައި ހުރި ތަފާތު ގަސްގަހާގެއްސާއި ގުޅޭ މަޢުލޫމާތު ހޯދައި، ގަސް ހައްދާނެ ގޮތް ގޮތާއި ގަހަށް ދޭން ޖެހޭނެ އަޅާލުން ފަދަ ކަންކަން ދިރާސާ ކުރުމެވެ. އެގްރިކަލްޗަރ ސެންޓަރުގެ އިތުރުން ދަރިވަރުން ވަނީ ހަނިމާދޫ ސްކޫލަށް އަދި […]

އައިޝަތު އައިނީ އާމިރު
ނައިވާދޫގެ ކާމިޔާބީގައި ސަޕޯޓަރުންގެ އާދަޔާޚިލާފް ހިތްވަރު 📍 ހދ. ނައިވާދޫ

ނައިވާދޫގެ ކާމިޔާބީގައި ސަޕޯޓަރުންގެ އާދަޔާޚިލާފް ހިތްވަރު

ގޯލްޑަން ފުޓްސަލް ޓޯނަމަންޓްގެ މި އަހަރުގެ މުބާރާތުގެ ފައިނަލް މިރޭ 20:00 ގައި ފެށެން ކުޑަތަންވަމުން އަންނައިރު، މިރޭގެ މެޗަށް އެ ޓީމުގެ ސަޕޯޓަރުން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. މިރޭ ނައިވާދޫ ނުކުންނާނީ މުބާރާތުގައި އަލަށް ފައިނަލުގައި ކުޅޭ ކާށިދޫއާއި ދެކޮޅަށެވެ. މި މުބާރާތުގައި ނައިވާދޫއިން ދައްކަމުންދާ މޮޅު ކުޅުމާއި، އެ ޓީމުގެ ކާމިޔާބީގައި ސަޕޯޓަރުންގެ ދައުރު ފާހަގަކޮށްލެވެއެވެ. މި އަހަރުގެ މުބާރާތް ފެށުނީއްސުރެ ނައިވާދޫއިން ވަނީ ފާހަގަކޮށްލެވޭ ކުޅުމެއް ދައްކާފައެވެ. އަތޮޅު ފައިނަލުން...

ޔުމްނާ ޢަލީ
ބޮޑުތިލަދުންމަތި އޮތީ ނައިވާދޫއާއިއެކު 📍 ހދ. ނައިވާދޫ

ބޮޑުތިލަދުންމަތި އޮތީ ނައިވާދޫއާއިއެކު

ތިލަދުންމަތީ ދެކުނުބުރިއަށް ނިސްބަތްވާ ނައިވާދޫއަކީ ބޮޑުތިލަދުންމަތީގެ ފުޓްސަލްގައި އެންމެ ކާމިޔާބު ރަށެވެ. އެއީ ބޮޑުތިލަދުންމަތީގެ “ފުޓްސަލް ކިންގް” އެވެ. ނައިވާދޫއިން ގޯލްޑަން ފުޓްސަލް ޓޯނަމަންޓްގައި ހޯދާފައިވާ ކާމިޔާބީތަކުން އެ ޓީމައކީ ފުޓްސަލްގައި ކިހާ ހުނަރުވެރި ޓީމެއްކަން ބުނެދެއެވެ. ގޯލްޑަން ފުޓްސަލް މުބާރާތުގައި ހދ.އަތޮޅު ޗެމްޕިއަންކަން 7 ފަހަރު އަދި ޒޯން ޗެމްޕިއަންކަން ތިންފަހަރު މިހާތަނަށް އެ ޓީމުން ވަނީ ހޯދާފައެވެ. މިއީ ތިލަދުންމަތީގެ އެއްވެސް ޓީމަކަށް މިހާތަނަށް ހޯދިފައިނުވާވަރުގެ ކާ...

އިބްރާހިމް ޚަލީލް
ށ.ފޭދޫގައި ވެސް ރޯދަމަހުގެ ކުނި ފީ މާފު! 📍 ށ. ފޭދޫ

ށ.ފޭދޫގައި ވެސް ރޯދަމަހުގެ ކުނި ފީ މާފު!

ށ. އަތޮޅު ފޭދޫ ކައުންސިލުން މި އަހަރުގެ ރަމަޟާން މަހާއި ދިމާކޮށް، އެރަށުގެ މީހުން ދިރިއުޅޭ ކޮންމެ ގޭބީސީ އަކުން ކުނި މެނޭޖް ކުރުމުގެ ޚިދުމަތުގެ ފީ މާފުކޮށްދީފިއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިޝަމް ‘’ތިލަދުން’’ އަށް ވިދާޅުވީ، މި ނިންމުން ނިންމާފައި ވަނީ ރަމަޟާން މަހުގެ ބަރަކާތާއި ރަޙްމަތުގެ ތެރެއިން ރައްޔިތުންގެ މަންފާ އަށްޓަކައި ލުޔެއް ހޯދައި ދިނުމަށް ކަމަށެވެ. މިގޮތަށް ނިންމާފައި ވަނީ ފޭދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 211 ވަނަ ޖަލްސާގައެވެ. […]

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް ތަމްރީން ސެޝަން 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް ތަމްރީން ސެޝަން

ކުޅުދުއްފުށީ ސިޓީ ކައުުންސިލުން ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، މުވައްޒަފުންގެ މަސައްކަތުގެ ހުނަރުތައް އިތުރަށް ތަރައްގީކޮށް ފުޅާ ކުރުމަށް ތަމްރީން ސެޝަން އެއް ބާއްވައިފިއެވެ. މި ސެޝަންގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރީ މުވައްޒަފުން ބައިވެރިވެފައި ވާއިރު، މައިގަނޑު ކަމަކަށް ޖީޕީޓީ މޮޑެލް ތަކާއި، އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ ” އޭއައި ” އަދި އަދުގެ ވަސީލަތްތައް ބޭނުން ކޮށްގެން މަސައްކަތް ކުރުމަށް ދަސްކޮށްދީފައިވެއެވެ. އޮކްސިކާގެ ގަވަރމެންޓް އެންޑް އިންޓަ...

އައިޝަތު އައިނީ އާމިރު
މާއުނގޫދޫގެ ގޭބިސީތަކުގެ ރޯދަމަހުގެ ކުނި ފީ ކައުންސިލުން މާފުކޮށްދީފި

މާއުނގޫދޫގެ ގޭބިސީތަކުގެ ރޯދަމަހުގެ ކުނި ފީ ކައުންސިލުން މާފުކޮށްދީފި

ށ. އަތޮޅު މާއުނގޫދޫ ކައުންސިލުން މިއަހަރުވެސް ރަމަޟާން މަހާ ގުޅިގެން ރަށުގެ ގޭބިސީތަކުގެ އެއް މަސްދުވަހުގެ ކުނި މެނޭޖްކުރުމުގެ ޚިދުމަތުގެ ފީ މާފުކޮށްދީފިއެވެ. މިއީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި ކައުންސިލުން ނިންމާފައިވާ ނިންމުމެކެވެ. މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމް ވިދާޅުވި ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ރަމަޟާން މަހުގެ ބަރަކާތާއި ރަޙްމަތުގެ ތެރެއިން ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނެވެ. އަދި މިކަމަކީ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަ...

ޔުމްނާ ޢަލީ
ވެމްކޯގެ ހިދުމަތް ދިއްދޫގައި ރަސްމީކޮށް ފަށައިފި 📍 ހއ. ދިއްދޫ

ވެމްކޯގެ ހިދުމަތް ދިއްދޫގައި ރަސްމީކޮށް ފަށައިފި

ތިލަދުންމަތީ އުތުރުބުރީގެ ވެރިކަންކުރާ ދިއްދޫގައި ރަސްމީކޮށް ވެމްކޯގެ ހިދުމަތް ފަށައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދިއްދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެރަށުގައި ވެމްކޯގެ ހިދުމަތް ވީހާވެސް އަވަހަށް ފައްޓަވައި ދެއްވާނެކަމަށެވެ. އެއާއިއެކު މާލަސްތަކެއްނުވެ ސަރުކާރުން މިވަނީ އެ ހިދުމަތް ދިއްދޫގައި ފަށާފައެވެ. ދިއްދޫގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިހިދުމަތް ފައްޓަވައިދެއްވ...

އިބްރާހިމް ޚަލީލް
ތިލަދުންމަތިން ގޯލްޑަންގެ ފައިނަލުގައި ކުޅޭ ފުރަތަމަ ޓީމަކަށް ނައިވާދޫ 📍 ހދ. ނައިވާދޫ

ތިލަދުންމަތިން ގޯލްޑަންގެ ފައިނަލުގައި ކުޅޭ ފުރަތަމަ ޓީމަކަށް ނައިވާދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ފައިނަލުން ފުރަތަމަ ފަހަރަށް ނައިވާދޫ ޖާގަ ހޯދައިފިއެވެ. މިއީ މި މުބާރާތުގެ ފައިނަލުން ތިލަދުންމަތީގެ ޓީމެއް ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ގޯލްޑަން ފުޓްސަލް މުބާރާތުގައި ތިލަދުންމަތީގެ އެންމެ ކާމިޔާބު ޓީމަކީ ވެސް ނައިވާދޫއެވެ. ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފުރަތަމަ ސެމީ ފައިނަލް މެޗުގައި ބައްދަލުކޮށްފައި ވަނީ ނައިވާދޫއާއި އެންމެ ފަހުގެ ޗެމްޕިއަން ލ.ގަމެވެ. ނައިވާދޫއިން މެޗު ކާމިޔާބުކޮށްފައި ވަނ 3-1 ގެ ނަތީޖާއިންނެވެ. ވާދަވެރި […]

އިބްރާހިމް ޚަލީލް
ހަނިމާދޫގައި ބޭއްވި "އިގްރައު" ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ބޭއްވި "އިގްރައު" ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފި

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިސްނަގައިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ “އިގްރައު” ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. އިގްރައު ޕްރޮގްރާމަކީ ހަނިމާދޫގައި ޤުރުއާން ކިޔަވާކުދިންގެ، ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރުމަށާއި ކުދިންނަށް އަދަބު އަހުލާގު ދަސްކޮށްދީ އިމާމުވެ ނަމާދުކުރަން ބޭނުންވާ ކުދިންނަށް އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ހަތަރު މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ފާއިތުވި އަހަރުގެ އޮކްޓޯބަރ މަހުގެ 1...

އިބްރާހިމް ޚަލީލް
ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ބީޗް ހޭންޑްބޯލް މުބާރާތް ކުޅުދުއްފުށީގައި ބާއްވަން މަސައްކަތްކުރަނީ 📍 ހދ. ކުޅުދުއްފުށި

ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ބީޗް ހޭންޑްބޯލް މުބާރާތް ކުޅުދުއްފުށީގައި ބާއްވަން މަސައްކަތްކުރަނީ

ދިވެހިރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ބީޗް ހޭންޑްބޯލް މުބާރާތް ކުޅުދުއްފުށީގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ކުޅުދުއްފުށީގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަނީ “ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެލެންޖް 2025” އެވެ. މި މުބާރާތް ކުޅުދުއްފުށީގައި ހޯސްޓް ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީއާއި ހޭންބޯލް...

އިބްރާހިމް ޚަލީލް