މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީގެ 8 ގެއަކުން ސިހުރު ހަދަން ބޭނުންކުރާ ތަކެތި ހޯދައިފި

ކުޅުދުއްފުށީގެ 8 ގެއަކުން ސިހުރު ހަދަން ބޭނުންކުރާ ތަކެތި ހޯދައިފި

ކުޅުދުއްފުށީ ސިޓީގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ސިހުރު ހަދަން ބޭނުންކުރާ ތަކެތި ހޯދައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި 20 ފެބްރުއަރީ 2025 ވަނަ ދުވަހު ކުޅުދުއްފުށީ ސިޓީގައި ކުޅުދުއްފުށީ ސިޓީ ޕޮލިސް އިން ވަނީ ސިހުރު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށި ސިޓީގައި 10 ގެއެއް ބަލައި ފާސްކޮށްފައިވާއިރު، މީގެ ތެރެއިން 8 ގެއަކުން ސިހުރު ހާހޫރަ ހަދަން ބޭނުންކުރާ ޒާތުގެ ލިޔެކިޔުމާއި، […]

ޔުމްނާ ޢަލީ
އަތޮޅު މަދަރުސާގެ ސްޓަޑީ ކޭމްޕަށް ހޯރަފުށީ ކައުންސިލާއި ޑަބްލިޔުޑީސީން 40،000 ރުފިޔާ 📍 ހއ. ހޯރަފުށި

އަތޮޅު މަދަރުސާގެ ސްޓަޑީ ކޭމްޕަށް ހޯރަފުށީ ކައުންސިލާއި ޑަބްލިޔުޑީސީން 40،000 ރުފިޔާ

ހއ. އަތޮޅު މަދަރުސާގެ ސްޓަޑީ ކޭމްޕްއަށް ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ހޯރަފުށީ ކައުންސިލުން ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. ހޯރަފުށީ އަންހެނުންގެ ކޮމެޓީން އެ ކޮމެޓީގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކޮމެޓީއާއި ހޯރަފުށީ ކައުންސިލުން އެރަށުގައި ހުންނަ އަތޮޅު މަދަރުސާއިން ބާއްވަން ނިންމާފައިވާ ސްޓަޑީ ކޭމްޕަށް 40000 ރުފިޔާގެ އެހީއެއް ދީފައިވާ ކަމަށެވެ. ދަރިވަރުންގެ އިމްތިހާން ތަކުގެ ނަތިޖާ ރަނގަޅު ކުރުމަށްޓަކައި މީގެ ކުރިންވެސް ހޯރަފުށި ކަ...

އައިޝަތު އައިނީ އާމިރު
އިހަވަންދޫ ޑަބްލިޔުޑީސީން ކުޑަކުދިންނަށް ޤުރްއާން ހިތު ދަސްކޮށްދޭން ފަށަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ޑަބްލިޔުޑީސީން ކުޑަކުދިންނަށް ޤުރްއާން ހިތު ދަސްކޮށްދޭން ފަށަނީ

އިހަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)އިން ކުޑަކުދިންނަށް ޤުރްއާން ހިތު ދަސްކުރުމުގެ ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެއެވެ. ”ހިތްތަކުގެ ނޫރު” ގެ ނަމުގައި ފަށާ މި ޕްރޮގްރާމް ޚާއްޞަކޮށްފައި ވަނީ 5 އަހަރާއި 10 އަހަރާ ދެމެެދުގެ ކުޑަކުދިންނަށެވެ. މި އަހަރުގެ މާރޗު މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ 3 ބުރަކަށް ބަހާލައިގެން ކޮންމެ ބުރެއްގައިވެސް، ކަނޑައެޅިފައިވާ މުއްދަތުގައި އެބުރެއްގައި ދަ...

އައިޝަތު އައިނީ އާމިރު
ބާރަށް ހިމެނޭހެން ހަ ރަށެއްގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް ރޯދަ ފަހުން ފަށަނީ 📍 ހއ. ބާރަށް

ބާރަށް ހިމެނޭހެން ހަ ރަށެއްގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް ރޯދަ ފަހުން ފަށަނީ

ތިލަދުންމަތީ އުތުރުބުރީ ބާރަށް ހިމެނޭހެން ޖުމްލަ ހަ ރަށެއްގައި މިސްކިތް ބިނާކުރުމުގެ އަމަލީ މަސައްކަތް ރަމަޟާން މަހުގެ ފަހުން ފެށޭނެ ކަމުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރަމަޟާން މަހަށްފަހު އަމަލީ މަސައްކަތް ފެށުމަށް ނިންމާފައި މިސްކިތަތް ބިނާކުރާ ރަށްތަކަކީ އއ.ރަސްދޫ، އދ.ފެންފުށި، ފ.ފީއަލި، ގދ. މަޑަވެލި، ހ.އ ބާރަށުގެ އިތުރުން ތ.ވޭމަންޑޫ އެވެ. އެ ވުޒާރާއިން ވިދާޅުވީ ބިނާކުރަން ނިންމާފައިވާ މިސްކިތްތަކުގެ ތެރޭގައި ހިމެނެނީ ތިން ސައިޒެއްގެ މިސްކިތްތައް ކ...

އިބްރާހިމް ޚަލީލް
ހއ.އަތޮޅުގައި އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރި ކުރުމުގެ ތަމްރީނެއް

ހއ.އަތޮޅުގައި އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރި ކުރުމުގެ ތަމްރީނެއް

ހއ.އަތޮޅުގައި އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރި ކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ. ހއ. އަތޮޅު ކައުންސިލުން މައުލޫމާތު ދިންގޮތުގައި މި ޕްރޮގްރާމް ޚާއްޞަކޮށްފައި ވަނީ އެ އަތޮޅުގެ ރަށު ކައުންސިލްތަކުގެ އަންހެން މެންބަރުންނަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ އިތުރުން ވިޔަފާރީގެ ދާއިރާއަށް ޝައުޤުވެރިވާ ކަނބަލުންނަށެވެ. ހއ. އަތޮޅު ސްޓޭޓްހައުސްގެ ކޮންފަރެންސް ހޯލްގައި، “އިޤްތިޞާދީގޮތުން އަންހެނުން ބާރުވެރި ކުރުމުގެ ތަމްރީނު” ނަމުގައި ކުރިއަށް ގެންދާ މި...

އައިޝަތު އައިނީ އާމިރު
"ރަށު އެކްސްޕޯ" ގެ ބެސްޓް ކައުންސިލަކަށް، އުތީމް ކައުންސިލް 📍 ހއ. އުތީމު

"ރަށު އެކްސްޕޯ" ގެ ބެސްޓް ކައުންސިލަކަށް، އުތީމް ކައުންސިލް

ލޯކަލް ޓްއަރިޒަމާއި، ރަށްރަށުގެ ސަގާފަތާއި އާދަކާދަ ޕްރޮމޯޓް ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ދި ޓްރެވްލް ގާއީޒްގެ ފަރާތުން އިންތިޒާމް ކޮށްގެން ބޭއްވި “ރަށު އެކްސްޕޯ 2025” ގެ ބެސްޓް ކައުންސިލް ޓީމް އެވޯޑް، ތިލަދުންމަތީ އުތުރުބުރީ އުތީމް ކައުންސިލަށް ލިބިއްޖެއެވެ. ރަށު އެކްސްޕޯގައި އުތީމް ކައުންސިލުން ވަނީ އެ ރަށް ޕްރޮމޯޓް ކުރުމަށްޓަކައި، އެ ރަށުގެ ސަގާފަތާއި އާދަކާދައިގެ އިތުރުން އެ ރަށުގައި އުފައްދާ ތަފާތުތަކެތި، އެ ރަށަށް ހާއްސަ ސްޓޯލުގައި ބަހައްޓާފައެވެ. ހާއްސަކޮށް އެރަށުގައި […]

އިބްރާހިމް ޚަލީލް
ދިއްދޫގެ އުތުރު ހިއްކި ބިމުގައި ފުޓްސަލް ދަނޑެއް ތަރައްގީކުރަނީ 📍 ހއ. ދިއްދޫ

ދިއްދޫގެ އުތުރު ހިއްކި ބިމުގައި ފުޓްސަލް ދަނޑެއް ތަރައްގީކުރަނީ

ހއ. ދިއްދޫގެ އުތުރު ބިން ހިއްކާފައިވާ ސަރަހައްދުގައި ފުޓްސަލް ކުޅޭނެ ދަނޑެއް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ދިއްދޫ ކައުންސިލުން އިއުލާނު ކޮށްފިއެވެ. މިކަމަށް ފުރުސަތު ހުޅުވާލައި ދިއްދޫ ކައުންސިލުން ކުރި ޢިއުލާނުގައިވާ ގޮތުން މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ކުރާ ފޯމް ހުށަހެޅުމަށް ފުރުސަތު ދީފައި ވަނީ 17 ފެބުރުއަރީ 2025 ވާ ހޯމަ ދުވަހުން ފެށިގެން 25 ފެބުރުވަރީ 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 އިން 14:00 އަށެވެ. […]

އައިޝަތު އައިނީ އާމިރު
އައިސްޓީވީ އިން ކުޅުދުއްފުށީގައި ކެއްކުމުގެ ޕްރޮގްރާމެއް އުފައްދަނީ 📍 ހދ. ކުޅުދުއްފުށި

އައިސްޓީވީ އިން ކުޅުދުއްފުށީގައި ކެއްކުމުގެ ޕްރޮގްރާމެއް އުފައްދަނީ

އައިސް ޓީވީ އިން މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ކުޅުދުއްފުށީ ސިޓީއަށް ހާއްސަކޮށް ކެއްކުމުގެ ޕްރޮގްރާމެއް އުފައްދަން ނިންމައިފިއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތައް ގޫގުލް ފޯމް މެދުވެރިކޮށް ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައިވާއިރު، އައިސްޓީވީން ބުނިގޮތުގައި މި ޕްރޮގްރާމް އުފައްދަން ނިންމާފައި ވަނީ “ފްލޭވާރސް ބައި މުމީތު” ގެ ނަމުގައެވެ. ކުޅުދުއްފުށީ ސިޓީގައި މި ޕްރޮގްރާމް އުފެއްދުމުގައި އިސްކޮށް އުޅުއްވާ އަމާނީ އަބްދުލް ރައްޒާގު ”ތިލަދުން” އަށް މައުލޫމ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށި ޖަމިއްޔާތަކާއި މުއައްސަސާތަކަށް ބޭއްވި މެނޭޖްމަންޓް ވޯކްޝޮޕް ނިންމާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ޖަމިއްޔާތަކާއި މުއައްސަސާތަކަށް ބޭއްވި މެނޭޖްމަންޓް ވޯކްޝޮޕް ނިންމާލައިފި

ޔޫތު މިނިސްޓްރީން އިސްނަގައިގެން ކުޅުދުއްފުށި ސިޓީގެ މަދަނީ ޖަމްއިއްޔާތަކާއި، ކައުންސިލް، ޑަބްލިޔުޑީސީ އަދި އެކިއެކި މުއައްސަސާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މެނޭޖްމަންޓް ވޯކްޝޮޕް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ވޯކްޝޮޕަކީ އިޖްތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުވުމުގެ ގޮތުން މަދަނީ ޖަމްއިއްޔާތަކުން ރަށްފެންވަރުގައި ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި ހަރަކާތްތައް ކުރިއަށް ގެން...

އިބްރާހިމް ޚަލީލް
ދިއްދޫ ބަނދަރު ފުންކުރުމުގެ މަސައްކަތަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދު ނެގުމާއިގުޅޭ އިލްތިމާސްއެއް 📍 ހއ. ދިއްދޫ

ދިއްދޫ ބަނދަރު ފުންކުރުމުގެ މަސައްކަތަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދު ނެގުމާއިގުޅޭ އިލްތިމާސްއެއް

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގެ ބަނދަރު ފުންކުރުމުގެ މަސައްކަތަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދުތައް އެ ސަރަހައްދުން ނެގުމުގައި ކައުންސިލުން ނިންމާފައިވާ ގޮތުގެ މަތީން އަމަލުކުރުމަށް ދިއްދޫ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. އެ ކައުންސިލުން ބުނީ މިހާރު ބޭނުން ކުރަމުން ގެންދާ ބަނދަރު ފުންކުރުމުގެ މަސައްކަތްކުރިއަށް ގެންދާ ވަގުތުތަކުގައި އެ ސަރަހައްދުގައި އަޅާފައިވާ އޮޑިދޯނި ފަހަރާއި ޑިންގީފަދަ އުޅަނދުތައް ނެގުމަށް ބޭނުންވެއްޖެ ހާލަތެއްގައި އެ ކައުންސިލުން ބަނދަރު ބެލެހެއްޓުމަށް ކަނޑައަޅާފައިވާ...

އިބްރާހިމް ޚަލީލް
ގޮއިދޫގައި ސްލިޕްވޭއެއް ތަރައްގީކުރަން ލިޓަސް މޯލްޑިވްސް އާއި ހަވާލުކޮށްފި 📍 ށ. ގޮއިދޫ

ގޮއިދޫގައި ސްލިޕްވޭއެއް ތަރައްގީކުރަން ލިޓަސް މޯލްޑިވްސް އާއި ހަވާލުކޮށްފި

ށ.ގޮއިދޫގައި ސްލިޕްވޭއެއް ތަރައްގީ ކުރުމަށް ލިޓަސް މޯލްޑިވްސްއާއި ހަވާލުކޮށްފިއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ގޮއިދޫ ކައުންސިލާއި ލިޓަސް މޯލްޑިވްސްއާއި ދެމެދު ސޮއިކޮށްފައި ވަނީ 13 ފެބްރުއަރީ 2025 ގައި ގޮއިދޫ ކައުންސިލުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ބައްދަލުވުމުގައެވެ. ގޮއިދޫގެ ލޭންޑްޔޫސް ޕްލޭނުގައި ސްލިޕްވޭއެއް ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ބިމުގައި، ސްލިޕްވޭއެއް ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، އެ ކައުންސިލުން ބީލަމަށް ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓ...

އިބްރާހިމް ޚަލީލް
ހަނިމާދޫގައި ޑްރަގްގެ ވިޔަފާރިކުރަމުން ދިޔަ ދެމައިން ހައްޔަރުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ޑްރަގްގެ ވިޔަފާރިކުރަމުން ދިޔަ ދެމައިން ހައްޔަރުކޮށްފި

ހދ. ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެ އިދާރާގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހަނިމާދޫގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. ފެބުރުވަރީ 12 ވަނަ ދުވަހު ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަ...

ޔުމްނާ ޢަލީ
ހއ.އަތޮޅު ކައުންސިލުން އެއަތޮޅުގެ ކޮންމެ ރަށަކަށް ބަގީއެއް ހަދިޔާކޮށްފި

ހއ.އަތޮޅު ކައުންސިލުން އެއަތޮޅުގެ ކޮންމެ ރަށަކަށް ބަގީއެއް ހަދިޔާކޮށްފި

ހއ.އަތޮޅު ކައުންސިލުން އެއަތޮޅުގެ ކޮންމެ ރަށަކަށް ބަގީއެއް ހަދިޔާކުރުމާއި އަތޮޅުގެ ސްކޫލްތަކުގައި ސްޓަޑީ ކޭމްޕް ބޭއްވުމަށް މާލީ އެހީދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތެއް މިއަދު ހެނދުނު ހއ. ދިއްދޫގައި ބާއްވައިފި އެވެ. މިއަދު ހެނދުނު 9:30 ގައި ހއ. ދިއްދޫ ބަނދަރު ސަރަޙައްދުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ރަށުކައުންސިލްތަކަށް ބަގީ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ހއ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. އަދި ރަށު ކައުންސިލްތަކުގެ ފަރާތު...

އިބްރާހިމް އަސްވާޤް
ހދ.އަތޮޅުގެ ރަށްތަކަށް މަސްދަޅު ބެހުމުގެ މަސައްކަތް ފަށައިފި 📍 ހދ. ނޮޅިވަރަންފަރު

ހދ.އަތޮޅުގެ ރަށްތަކަށް މަސްދަޅު ބެހުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދިނުމަށް ނިންމާފައިވާ މަސްދަޅު ކޭސް، ހދ.އަތޮޅުގެ ރަށްތަކަށް ބެހުމުގެ މަސައްކަތް ފަށައިފިއެވެ. ކުރިއަށް އޮތް ރޯދަމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ ސަރުކާރަށް އެއް އަހަރުފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ހަފްލާގައެވެ. ހދ. އަތޮޅުގެ ރަށްތަކަށް ރޯދަ ހަދިޔާ ބެހުމުގެ ކަންކަން...

އިބްރާހިމް ޚަލީލް
ހިޔާ އަލިނޫރު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. ހޯރަފުށި

ހިޔާ އަލިނޫރު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހޯރަފުށި އިންޓެގްރޭޓެޑް ޔޫތު އެޑްވާންސްމެންޓް އެސޯސިއޭޝަން (ހިޔާ) ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ “ހިޔާ އަލިނޫރު ޤުރުއާން މުބާރާތް 1446” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ހޯރަފުށީ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ، ހޯރަފުށި، ތުރާކުނު އަދި އުލިގަމުގެ ދަރިވަރުންނަށެވެ. މިގޮތުން ޖާގަތައް ދިނުމަށް ހަމަޖެހިފައވަނީ ހޯރަފުއްޓަށް 40 ޖާގަ، ތުރާކުނަށް 10 ޖާގަ އަދި އުލިގަމަށް 10 ޖާގައެވެ. މުބާރާތުގައި ހިމެނެނީ ހަތަރު...

އިބްރާހިމް ޚަލީލް