ހއ. އަތޮޅު ކައުންސިލުން އަތޮޅުގެ ހުރިހާ ރަށަކަށް
ހއ. އަތޮޅު ކައުންސިލްގެ ރައީސާއި ނާއިބު ރައީސް އަދި ކައުންސިލްގެ މެންބަރުން އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފިއެވެ. މި މަހު 13 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި އެ އަތޮޅުގެ ރަށްތަކުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި، ރަށްރަށުގެ މުވައްސަސާތަކުގެ އިސްވެރީންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އދި މީގެ އިތުރުން ރަށްރަށުގެ މުވައްސަސާތަކަށް ޒިޔާރަތްކުރުން ވެސް ހިމެނެ...