މި ހަފްތާ ބަންދުގައި ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫގައި ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ހަމަޖެހިއްޖެއެވެ.
ފިއްލަދޫ ކައުންސިލުން ބުނީ މި ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމަކީ އަމިއްލަ ފަރާތަކާއި އެ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް ކަމަށެވެ.
ދަރުސް ޕްރޮގްރާމްގެ ތާވަލު
- 10 އޭޕްރިލް 2025، (ބުރާސްފަތި) އަސުރު ނަމާދަށް ފަހު މަސްޖިދުލްތައާވުން މިސްކިތުގައި
- 11 އޭޕްރިލް 2025 (ހުކުރު) ހުކުރު ނަމާދަށް ފަހު މަސްޖިދުލްތައާވުން މިސްކިތުގައި
- 11 އޭޕްރިލް 2025 (ހުކުރު) ހުކުރު ދުވަހުގެ ރޭ 20:30 ގައި އާންމުކޮށް ހުޅުވާލައިގެން ބާއްވާ ދަރުސް، ފިއްލަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓުގައި
މި ޕްރޮގްރާމްގައި ދަރުސް ދެއްވާނީ އިސްލާމިކް މިނިސްޓްރީގެ ދާއީ އައްޝައިހް އާޒިމް ހާލިދު އެވެ.
މި ދަރުސް ޕްރޮގްރާމުގައި ބައިވެރިވުމަށް ފިއްލަދޫ ކައުންސިލުން ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!