Skip to main content
Topic Archive

#ފިއްލަދޫ ކައުންސިލް

43 Stories filed
ފިއްލަދޫ ކައުންސިލްގެ އިދާރީ މުވައްޒަފުން އެއްފަހަރާ އޮފީހަށް ސަލާމް ބުނެފި
News

ފިއްލަދޫ ކައުންސިލްގެ އިދާރީ މުވައްޒަފުން އެއްފަހަރާ އޮފީހަށް ސަލާމް ބުނެފި

ހއ. ފިއްލަދޫ ކައުންސިލްގެ ވަގުތީ އެސްޖީގެ މަޤާމަށް ސިވިލް ސާވިސް ކޮމިޝަނުން ހަމަޖެއްސި ބޭފުޅާއާ މެދު ހިތްހަމަނުޖެހި، އެ ކައުންސިލްގެ ހުރިހާ މުވައްޒަފުން އެއްފަހަރާ އޮފީހަށް ސަލާމް ބުނެފިއެވެ.

ކައުންސިލަށް އާމްދަނީ ހޯދަން ފިއްލަދޫ އަތިރިމަތީގެ ބޮޑު ރުއްގަނޑު ވަރުވާއަށް ދޫކޮށްފި
Thiladhunmathi News

ކައުންސިލަށް އާމްދަނީ ހޯދަން ފިއްލަދޫ އަތިރިމަތީގެ ބޮޑު ރުއްގަނޑު ވަރުވާއަށް ދޫކޮށްފި

ހއ. ފިއްލަދޫ އަތިރިމަތީގައި ނަންބަރު ޖަހާފައި ހުރި ރުއްތައް ވަރުވާއަށް ނަގައި، އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއް ކަމަށްވާ “ހޮލިޑޭ މޯލްޑިވްސް ފިއްލަދޫ”އާ އެ ރަށު ކައުންސިލުން ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ސަރަޙައްދުގައި ހުރި ޖުމްލަ 96 ރުއް ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. އެގޮތުން ކޮންމެ ރުކަކަށް މަހަކު ފަސް ރުފިޔާގެ ރޭޓުން ވަރުވާ ދައްކަންޖެހޭނެ ކަމަށް އެ ރަށު ކައުންސިލުން މަޢުލޫމާތު ދެއެވެ. ފިއްލަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޙާމިދު “ތިލަދުން”އަށް […]

ފިއްލަދޫ އަންހެނުންގެ ކޮމެޓީގެ މަދަހަ މުބާރާތުގެ 1 ވަނަ ޔަމަކް އަށް
Thiladhunmathi News

ފިއްލަދޫ އަންހެނުންގެ ކޮމެޓީގެ މަދަހަ މުބާރާތުގެ 1 ވަނަ ޔަމަކް އަށް

ހއ. ފިއްލަދޫގެ “އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ” (އތމ) ގެ މަދަޙަ މުބާރާތުގެ ފަޚްރުވެރި 1 ވަނަ ޔަމަކް ފަތުހުﷲ ޙަސަން ހޯދައިފިއެވެ. މުޖްތަމަޢުގައި ދީނީ ރޫޙު އާލާކޮށް ލޯބި ޖެއްސުމާއި، ފަންނުވެރި، ހުނަރުވެރި ޖީލެއް ބިނާކުރުމަށް މަގުފަހި ކުރުމުގެ އިތުރުން، ރީތިކޮށް މަދަހަކިޔާ، އުފެއްދުންތެރި ޖީލެއް ބިނާކުރުންކަމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ 2 ވަނަ  އާމިނަތު ލީމް މުޙައްމަދު ނާޒިމް، ހޯދާފައިވާއިރު މުޅި މުބާރާތުގެ 3 ވަނަ ހޯދާފައިވަނީ އާއިޝަތު އީނާޝް އާމިރެވެ. […]

ފިއްލަދޫ ޓޫރިޒަމް ޒޯނަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
Thiladhunmathi News

ފިއްލަދޫ ޓޫރިޒަމް ޒޯނަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. ފިއްލަދޫގައި ތަރައްޤީކުރާ ޓޫރިޒަމް ޒޯނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށްޓަކައި، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުން (އެމްއޯޔޫ)ގައި ފިއްލަދޫ ކައުންސިލާއި މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާ ދެމެދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. ފިއްލަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޙާމިދު...

ފިއްލަދޫގައި ހޯމްސްޓޭ އުޞޫލުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދީފި
Thiladhunmathi News

ފިއްލަދޫގައި ހޯމްސްޓޭ އުޞޫލުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދީފި

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާއި އެއްގޮތަށް، ހއ. ފިއްލަދޫގައި ހޯމްސްޓޭ އުޞޫލުން، ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ އެ ރަށު ކައުންސިލަށް ލިބިއްޖެއެވެ. ފިއްލަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޙާމިދު “ތިލަދުން”އަށް ވިދާޅުވީ، ކުރިއްސުރެ ވެސް  އެ ރަށަށް ތަޢާރަފްކޮއްފައިވާ ހޯމްސްޓޭގެ ޚިދުމަތް މިހާރު ގިނަ ފަރާތްތަކަކުން، ފުޅާ ދާއިރާއެއްގައި ދެމުންދާކަމަށެވެ. ނަމަވެސް ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާއި އެއްގޮތަށް، ރަސްމީކޮށް، ފިއްލަދޫއަށް ހުއްދަ ލިބިފައިނުވާތީ، ފިއްލަދޫގެ ނަމުގައި ފަތުރުވެރި...

ފިއްލަދޫ މުއައްސަސާތަކުގެ މުވައްޒަފުންގެ ހުނަރު އިތުރުކުރަން ޚާއްސަ ތަމްރީނު ޕްރޮގްރާމެއް
Thiladhunmathi News

ފިއްލަދޫ މުއައްސަސާތަކުގެ މުވައްޒަފުންގެ ހުނަރު އިތުރުކުރަން ޚާއްސަ ތަމްރީނު ޕްރޮގްރާމެއް

ހއ. ފިއްލަދޫ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި، ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. އެ ރަށު ޕޮލިހާއި ކައުންސިލާއި ޑަބްލިޔުޑީސީ ގުޅިގެން، “ވަންޑޭ ގަވަރމެންޓް އޮފީސް ސްޓާފް ޑިވެލޮޕްމަންޓް ވޯކްޝޮޕް” ގެ ނަމުގައި ކުރިއަށް ދިޔަ މި ތަމްރީނު ޕްރޮގްރާމަކީ ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ ފަންނީ ހުނަރު މަތިކޮށް، މަސައްކަތުގެ މާހައުލުގައި ގާބިލުކަން އިތުރުކުރުމަށް އިސްނަގައިގެން ބޭއްވި ވޯކްޝޮޕެކެވެ. މި މަހުގެ 5 ވަނަ ދުވަ...

ފިއްލަދޫ އަންހެނުންގެ ކޮމެޓީގެ މަދަހަ މުބާރާތް އަންނަ މަހު، ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ފިއްލަދޫ އަންހެނުންގެ ކޮމެޓީގެ މަދަހަ މުބާރާތް އަންނަ މަހު، ބައިވެރިވާން ހުޅުވާލައިފި

ހއ. ފިއްލަދޫގެ “އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަދަޙަ މުބާރާތް 2026″ގައި ބައިވެރިވުމަށް، ފުރުޞަތު ހުޅުވާލައިފިއެވެ. ފިއްލަދޫ ކައުންސިލްއިން ހާމަކުރާ ގޮތުގައި އަންހެނުންގެ ކޮމިޓީން އިންތިޒާމްކުރާ މި މުބާރާތް އަމާޒުކޮއްފައިވަނީ، އެ ރަށުގެ 13 އަހަރުންމަތީގެ ހުރިހާ ރައްޔިތުންނަށެވެ. ފިއްލަދޫގެ ރައްވެއްސަކަށްވުން ނުވަތަ އެ ރަށުގައި ދިރިއުޅޭމީހަކަށް ވުމުގެ އިތުރުން، 13 އަހަރުންމަތީގެ ދިވެހި ރައްޔިތަކަށްވުމީ މި މުބާރާތުގެ މައިގަނޑު ތިން ޝަރުުޠެވެ. މި މުބާރާތުގެ މަަޤްޞަދަކީ މުޖްތަމަޢު...

ދައްޕަރުގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކޮށް ހިންގުމަށް 226 ހެކްޓަރުގެ ބިން ކުއްޔަށް ދޫކުރުމަށް ބީލަމަށް
Thiladhunmathi News

ދައްޕަރުގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކޮށް ހިންގުމަށް 226 ހެކްޓަރުގެ ބިން ކުއްޔަށް ދޫކުރުމަށް ބީލަމަށް

ހއ. ފިއްލަދޫ ކައުންސިލްގެ އިހްތިސޯސްގެ ދަށުގައި އޮންނަ ދައްޕަރު ސަރަހައްދުގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކޮށް، އޮޕަރޭޓްކޮށް އަދި މެނޭޖްކުރުމަށްޓަކައި މޫދާއެކު 226.13 ހެކްޓަރުގެ ބިން ކުއްޔަށް ދޫކުރުމަށް ފިއްލަދޫ ކައުންސިލުން އާންމުކޮށް ބީލަމަށް ހުޅުވާލައިފިއެވެ. މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޝަރުތުހަމަވާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ޝަރުތުހަމަވާ ފަރާތްތަކުގެ ތެރޭގައި ޤާނޫނީގޮތުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި ޕ...

ފިއްލަދޫން ވިޔަފާރި އުސޫލުން ދިރޭތަކެތި ގެންގުޅުމުގެ މަސައްކަތަށް ބިން ދޫކުރުމަށް ހުޅުވާލައިފި
Thiladhunmathi News

ފިއްލަދޫން ވިޔަފާރި އުސޫލުން ދިރޭތަކެތި ގެންގުޅުމުގެ މަސައްކަތަށް ބިން ދޫކުރުމަށް ހުޅުވާލައިފި

ހއ. ފިއްލަދޫގައި ވިޔަފާރި އުސޫލުން ދިރޭތަކެތި ގެންގުޅުމުގެ މަސައްކަތަށް ބިން ދޫކުރުމަށް އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލައި ފިއްލަދޫ ކައުންސިލުން ކުރި ޢިއުލާނެއްގައި ބުނީ މި މަސައްކަތަށް 5000 އަކަފޫޓްގެ 4 ބިން އެރަށުން ދޫކުރުމަށް ނިންމާފައިވާކަމަށެވެ. މި ބިންތައް ދޫކުރުމަށް ނިންމާފައި ވަނީ ފިއްލަދޫގެ ފަސްމަގު (ނަރުދަމާ އައުޓް ފޯލް އަޅާފައިވާ މަގުގެ) އުތުރުންނެވެ. ފިއްލަދޫ ކައުންސިލުން މި ބިންތައް ދޫކުރުމަށް ނިންމާފައި ވަނީ ވިހި އަހަރު ދުވަހުގެ މުއްދަތަށެވެ. ވިޔަފާރި އުސޫ...

ފިއްލަދޫ ކަނބަލުންގެ ބަށިމުބާރާތް ފަށައިފި
Thiladhunmathi News

ފިއްލަދޫ ކަނބަލުންގެ ބަށިމުބާރާތް ފަށައިފި

ހއ. ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއި އެރަށު އެފް.އާރު.ސީ ގުޅިގެން ބާއްވާ “ކަނބަލުންގެ ބަށިމުބާރާތް 2026” މިއަދު ފަށައިފިއެވެ. މި މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތަށްފަހު، މުބާރާތުގެ ފުރަތަމަ މެޗުގެ ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ފިއްލަދޫ ސިއްހީ މަރުކަޒުގެ ޓީމާއި ފިއްލަދޫ ކައުންސިލްގެ ޓީމެވެ. ފޯރިގަދަ ކުޅުމަކަށްފަހު މި މެޗު ކާމިޔާބުކުރީ ފިއްލަދޫ ސިއްހީ މަރުކަޒުގެ ޓީމުންނެވެ. އެ ޓީމުން މެޗު ކާމިޔާބުކ...

ފިއްލަދޫ މަގުތަކުގައި ދަތިވާގޮތަށް ދޫކޮށްލާފައިވާ ތަކެތި ނެގުމަށް މުހުލަތެއް ދީފި
Thiladhunmathi News

ފިއްލަދޫ މަގުތަކުގައި ދަތިވާގޮތަށް ދޫކޮށްލާފައިވާ ތަކެތި ނެގުމަށް މުހުލަތެއް ދީފި

ހއ. ފިއްލަދޫ މަގުތަކާއި ގޯޅިތައް ބޭނުންކުރާ މީހުންނަށާއި އުޅަނދު ފަހަރަށް ދަތިވާގޮތަށް ދޫކޮށްލާފައިވާ ތަކެތި ނަގައި ސާފުކުރުމަށް އެ ރަށު ކައުންސިލުން މުހުލަތެއް ދީފިއެވެ. ފިއްލަދޫ ކައުންސިލުން ނެރުނު އާންމު އިއުލާނެއްގައި ބުނީ، އެ ރަށުގެ މަގުތަކަކީ ސާފުތާހިރު، އަމާން އަދި ތަރުތީބު މަގުތަކަކަށް ހެދުމަކީ ކައުންސިލްގެ މުހިންމު އަމާޒެއް ކަމަށެވެ. ނަމަވެސް، ހިނގާބިނގާވާ މީހުންނާއި ދުއްވާ އުޅަނދުފަހަރަށް ދަތިވާ ގޮތަށް ރަށުގެ މަގުތަކާއި ގޯޅިތަކުގެ އިތުރުން، މީހުން ދިރިނޫޅޭ ގޯތިތަކުގެ މަގުފަޅިތައް ސާފުނ...

ފިއްލަދޫ ކައުންސިލްގެ ރަސްމީ ވައިބަރ ކޮމިއުނިޓީ އިފްތިތާޙްކޮށްފި
Thiladhunmathi News

ފިއްލަދޫ ކައުންސިލްގެ ރަސްމީ ވައިބަރ ކޮމިއުނިޓީ އިފްތިތާޙްކޮށްފި

ހއ. ފިއްލަދޫ ކައުންސިލްގެ ރަސްމީ އެންގުންތަކާއި މަޢުލޫމާތުތައް ރައްޔިތުންނާ ގާތުން ހިއްސާކުރުމަށްޓަކައި، އެ ކައުންސިލްގެ ރަސްމީ ވައިބަރ ކޮމިއުނިޓީ މިއަދު އިފްތިތާޙްކޮށްފިއެވެ. ފިއްލަދޫ ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ކޮމިއުނިޓީ އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލުން ނެރޭ އެކި އެކި އެންގުންތައް ރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ. ވައިބަރ އަކީ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބޭނުންކުރާ ސޯޝަލް މީޑިއާ އެޕްލިކޭޝަނަކަށް ވާތީ، މިއީ މަޢުލޫމާތު ފ...

ހުވާކުރާ ސިކުންތުން ފެށިގެން ފިއްލަދޫގެ ''ފޮށިން ބޭރުގައި'' ހުރި ހަރުމުދަލަށް ޚިޔާނާތްތެރިވުން ނިމުމަކަށް ގެންނާނަން: އިންތިޚާބީ ރައީސް
Thiladhunmathi News

ހުވާކުރާ ސިކުންތުން ފެށިގެން ފިއްލަދޫގެ ''ފޮށިން ބޭރުގައި'' ހުރި ހަރުމުދަލަށް ޚިޔާނާތްތެރިވުން ނިމުމަކަށް ގެންނާނަން: އިންތިޚާބީ ރައީސް

ހުވާކުރާ ސިކުންތުން ފެށިގެން ހއ. ފިއްލަދޫގެ “ފޮށިން ބޭރުގައި” ހުރި ހަރުމުދަލަށް ޚިޔާނާތްތެރިވުން ނިމުމަކަށް ގެންނަވާނެ ކަމަށް އެ ރަށު ކައުންސިލްގެ އިންތިޚާބީ ރައީސް މުޙައްމަދު ހާމިދު ވިދާޅުވެއްޖެއެވެ. ހާމިދު މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު 2026 ގައި ޕީއެންސީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރޭ މާލޭ ޕީއެންސީ މައި ޖަގަހައިގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަދައްކަވަމުންނެވެ. ފިއްލަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔު...

ފިއްލަދޫ ކައުންސިލް އޮޑިޓް: 80 ބިން ދޫކުރުމުގައި ބޮޑެތި މައްސަލަތަކެއް، 100 މިލިއަން ގެއްލުން
Thiladhunmathi News

ފިއްލަދޫ ކައުންސިލް އޮޑިޓް: 80 ބިން ދޫކުރުމުގައި ބޮޑެތި މައްސަލަތަކެއް، 100 މިލިއަން ގެއްލުން

ހއ. ފިއްލަދޫ ކައުންސިލްގެ އިދާރާގެ މާލީ އަދި އިދާރީ ކަންކަމުގައި ގިނަ މައްސަލަތަކެއް ހުރިކަން އޮޑިޓް އޮފީހުން އިއްޔެ އާންމުކުރި އޮޑިޓް ރިޕޯޓަކުން ފާހަގަވެއްޖެއެވެ. މި ރިޕޯޓުގައި ވަނީ ވެހިކަލް ހޯދުމާއި، ބިން ދޫކުރުމާއި، އަދި ފަތުރުވެރިކަމުގެ ބިންތަކުގެ ކުލި މާފުކުރުމާ ގުޅޭ ގޮތުން ކައުންސިލްގެ ނިންމުންތަކުގައި ހަރުދަނާ އުސޫލުތަކެއް ނެތްކަމާއި، ވަކި ފަރާތްތަކަށް މަންފާވާ ގޮތަށް އަމަލުކޮށްފައިވާކަމަށެވެ. ޑަމްޕް ލޮރީ ހޯދުމުގައި އުސޫލާ ޚިލާފުވުން: ކައުންސިލްގެ އިދާރާއަށް ޑަމްޕް ލޮރީއެއް ހޯދުމަށް ކުރި...

ފިއްލަދޫ ކައުންސިލް ކަޕްގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް
Thiladhunmathi News

ފިއްލަދޫ ކައުންސިލް ކަޕްގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް

ހއ. ފިއްލަދޫ ކައުންސިލުން ބާއްވާ “ފިއްލަދޫ ކައުންސިލް ކަޕް 2025″ގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް ދީފިއެވެ. މި މުބާރާތަކީ، ފިއްލަދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމަށް ފިއްލަދޫ ކައުންސިލުން ފުރަތަމަ ދިން ފުރުސަތަށްފަހު، އަދި އެއް ފުރުސަތު ދީފައިވާކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. އަދި މި މުބާރާތުގައި ބައިވެރިވުމަށް ކުރިން ރަޖިސްޓްރީ ކޮއްފައިވާ ޓ...