ހއ. ފިއްލަދޫގެ "އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ" (އތމ) ގެ މަދަޙަ މުބާރާތުގެ ފަޚްރުވެރި 1 ވަނަ ޔަމަކް ފަތުހުﷲ ޙަސަން ހޯދައިފިއެވެ.

މުޖްތަމަޢުގައި ދީނީ ރޫޙު އާލާކޮށް ލޯބި ޖެއްސުމާއި، ފަންނުވެރި، ހުނަރުވެރި ޖީލެއް ބިނާކުރުމަށް މަގުފަހި ކުރުމުގެ އިތުރުން، ރީތިކޮށް މަދަހަކިޔާ، އުފެއްދުންތެރި ޖީލެއް ބިނާކުރުންކަމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ 2 ވަނަ އާމިނަތު ލީމް މުޙައްމަދު ނާޒިމް، ހޯދާފައިވާއިރު މުޅި މުބާރާތުގެ 3 ވަނަ ހޯދާފައިވަނީ އާއިޝަތު އީނާޝް އާމިރެވެ.

Ad
rt

މި މުބާރާތުން 1 ވަނައަށް ހޮވުނު ޔަމަކް ފަތުހުﷲ ޙަސަންއަށް 4000 ރުފިޔާގެ ފައިސާގެ އިނާމަކާއި ޓްރޮފީ އަދި ހަނދާނީ ލިޔުން ދީފައިވާއިރު، 2 ވަނަ އަށް ހޮވުނު އާމިނަތު ލީމް މުޙައްމަދު ނާޒިމަށް ވަނީ 3000 ރުފިޔާގެ ފައިސާގެ އިނާމަކާއި ޓްރޮފީ އަދި ހަނދާނީ ލިޔުން ޙަވާލުކޮށްފައެވެ

މީގެއިތުރުން މި މުބާރާތުގެ 3 ވަނައަށް ހޮވުނު އާއިޝަތު އީނާޝް އާމިރަށް 2000 ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީގެ އިތުރުން ހަނދާނީ ލިޔުން ވަނީ ޙަވާލުކޮށްފައެވެ.

13 އަހަރާއި 18 އަހަރާ ދެމެދުގެ އުމުރުފުރާގެ ބައިން އެންމެ މޮޅު 5 ހުށަހެޅުންތެރިންނަށް ހޮވިފައިވަނީ ޔަމަކް ފަތުހުﷲ ޙަސަން، އާމިނަތު ލީމް މުޙައްމަދު ނާޒިމް، މާޔާ މުޙައްމަދު ނާސިފް، ގެ އިތުރުން ޔުއާން ޢަބްދުﷲ ނަޢީމާއި އާމިނަތު ޝާހާ ހަސަންއެވެ.

މުބާރާތުގެ 18 އަހަރުން މަތީގެ އުމުރުފުރާއިން އެންމެ މޮޅު 5 ހުށަހެޅުންތެރިންނަކީ، އާއިޝަތު އީނާޝް އާމިރު، ޚަދީޖަތު ދިފްލީނާ، މަރްޔަމް ޒޫނާ، މަރިޔަމް އަގީލާ އަދި ފާތިމަތު އަތުފާއެވެ.

މީގެއިތުރުން 13 އަހަރާއި 18 އަހަރާ ދެމެދުގެ އުމުރުފުރާގެ ގުރޫޕް މަދަހަތަކުން 1 ވަނަ ލިބިފައިވަނީ ނޫރުލް އީމާން އަށެވެ. އަދި ވިދާތަރި ގުރޫޕް 2 ވަނަ ޙާޞިލްކޮށްފައިވާއިރު 3 ވަނަ ލިބިފައިވަނީ ރަންއަޑު ގުރޫޕަށެވެ.