މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީގައި "ފިނިފެހި ނާސަރީ"ގެ އައު ނާސަރީއެއް ހުޅުވައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި "ފިނިފެހި ނާސަރީ"ގެ އައު ނާސަރީއެއް ހުޅުވައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލުން “ފިނިފެހި ނާސަރީ” ގެ ނަމުުގައި ކުޅުދުއްފުށީގައި އައު ނާސަރީ އައުޓްލެޓެއް މިއަދު ހުޅުވައިފިއެވެ. “ފިނިފެހި ސިޓީ” މި އިނިޝިއޭޓިވްގެ ދަށުން ފިނިފެހި މާދަމާއަށްޓަކާ ގަސްމުޑުވަށް ކުރުމުގެ ގޮތުން މި ނާސަރީ ހުޅުވައިދެއްވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާޠިފްއެވެ.  ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ މި ޕްރޮޖެކްޓަކީ ކުޅުދުއްފުށީ ސިޓީ ފިނިކޮށް ފެހި ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ރަށުގެ ބައިއޯޑައިވަރސިޓީ އ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ އެއާޕޯޓު ފެންސުގައި ޕިކަޕެއް ޖެހި ގެއްލުންތަކެއް ލިބިއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ އެއާޕޯޓު ފެންސުގައި ޕިކަޕެއް ޖެހި ގެއްލުންތަކެއް ލިބިއްޖެ

ކުޅުދުއްފުށި ސިޓީގައި ބާރަށް ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލުން ނެއްޓި، އެ ރަށު އެއާޕޯޓު ފެންސުގައި ޖެހި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މި ހާދިސާ ދުށް މީހަކު މައުލޫމާތު ދިން ގޮތުގައި، އެ ޕިކަޕު ދުއްވާފައި ދިޔަ ބާރުމިނުގައި މަގު މެދުގައި އިން ވަޅުގަނޑަކަށް ޖެހި ކޮންޓްރޯލުން ނެއްޓިގެން ގޮސް އެއާޕޯޓުގެ ފެންސުގައި ޖެހުނީއެވެ. މިހާދިސާގައި ޕިކަޕުގެ އިތުރުން ފެންސަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. މި ހާދިސާ ހިނގުމުން ފުލުހުން ވެސް ވަނީ އެ […]

އައިޝަތު އައިނީ އާމިރު
މާނިއު އަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް މިދަނީ ފޯރުކޮށްދެމުން: ފިލިޕީންސްގެ އެކަޑަމީ 📍 ހދ. ހަނިމާދޫ

މާނިއު އަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް މިދަނީ ފޯރުކޮށްދެމުން: ފިލިޕީންސްގެ އެކަޑަމީ

ޕައިލެޓްކަން ކިޔަވަން ފިލިޕީންސްގައި ހުރި ހދ. ހަނިމާދޫ/ފަހި ރޯދި، އަބުދުލް މާނިއު އަށް ތަމްރީނުގެ ތެރޭ ލިބުނު އަނިޔާއާއި ގުޅިގެން ހުރިހާ ގޮތަކުން ވެސް މާނިއުއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް މާނިއު ތަމްރީނު ހަދަމުންދާ ފިލިޕީންސްގެ އެއާވޯކްސް އޭވިއޭޝަން އެކަޑަމީން ބުނެފިއެވެ. 12 އޭޕްރިލް 2025 ވަނަ ދުވަހު ހެނދުނު ހިނގި މި އެކްސިޑެންޓުގައި މާނިއުއަށް އަނިޔާވެ ޒަޚަމްވީ ޓްރެއިނިން ހެެދުމަށް މަތިންދާ ބޯޓު ދުއްވުމަށްފަހު ފޭބި ވަގުތު ބޮލަށް އެނބުރުން އަރައިގެން ބޯޓުގެ ބުރަފައްޗާ ދިމާއަށް […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީ މީހަކަށް މިޔަރެއްގެ ހަމަލާ، އުޅުނީ ގޮވައިގެން އަޑިއަށް ދާން

ކުޅުދުއްފުށީ މީހަކަށް މިޔަރެއްގެ ހަމަލާ، އުޅުނީ ގޮވައިގެން އަޑިއަށް ދާން

ކުޅުދުއްފުށީ ކައިރިއަށް މަސްހިފަން ފޭބި މީހަކަށް މިޔަރެއް ހަމަލާދީ ޒަޚަމްކޮށްލުމުގެ ސަބަބުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގައި ފަރުވާދޭން ފަށައިފިއެވެ. މަންޒަރު ދުށް ފަރާތަކުން މައުލޫމާތު ދިން ގޮތުގައި މިއަދު ހެނދުނު ގާތްގަނޑަކަށް 7 ޖަހާއިރު މި މީހާ މަސްހިފަން ފޭބިތަނުން މިޔަރު އެރިގޮތައް އަރާ ގައިގަ ހިފުމަށްފަހުު މީހާ ގޮވައިގެން އަޑިއަށް ދިއުމަށް ވަނީ މަސައްކަތްކޮށްފައެވެ. ކޭއާރުއެޗުގައި މަސައްކަތް ކުރަމުންދާ އޮފިޝަލަކު މަައުލޫމާތުދެއްވި ގޮތުގައި މި ހަމަލާއާ ގުޅިގެން އަނިޔާ ލިބ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހިޔާވެހި ލޯނަށް ހުށަހެޅުމަށް ކުރެހުންތައް ފާސްކުރުމުގެ ސުންގަޑި ދީފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހިޔާވެހި ލޯނަށް ހުށަހެޅުމަށް ކުރެހުންތައް ފާސްކުރުމުގެ ސުންގަޑި ދީފި

ސަރުކާރުން އިޢުލާންކޮށްފައިވާ ހިޔާވެހި ލޯން ސްކީމަށް ކުރިމަތިލުމުގެ ގޮތުން ލޯން ސްކީމަށް ހުށަހެޅުމުުގެ ބޭނުމަށް ފާސްކުރުމަށް ހުށަހަޅާ ކުރަހުންތައް ކުޅުދުއްފުށި ސިޓީ ކައުންސިލަަށް ހުށަހެޅުމުގެ ސުންގަޑި އެ ކައުންސިލުން ދީފިއެވެ. ގެދޮރުވެރިކަަމާއި ބިނާރާ ބެހޭ ވުޒާރާއިން މި ލޯން ސްކީމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 30 އޭޕްރީލް 2025 ވާ ބުދަ ދުވަސްް ކަމަށް ވަނީ ކަނޑައަޅަފައެވެ. އެހެންވެ، ކޮންމެ ދުވަހަކުވެސް ކައުންސިލަށް ގިނަ އަދަދަކަށް ފޯމު ހުށަހަޅަމުން ދިއުމާއެކު ޢިމަރާތްކުރުމުގެ ކުރެހުންތައް ޗެކުކޮށ...

އައިޝަތު އައިނީ އާމިރު
ރައްވެހިންގެ ސައްލާގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ބައިވެރިވެއްޖެ 📍 ހދ. ކުޅުދުއްފުށި

ރައްވެހިންގެ ސައްލާގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ބައިވެރިވެއްޖެ

އއ އުކުޅަހުގައި ބޭއްވި “ރައްވެހިންގެ ސައްލާ” ގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވެއްޖެއެވެ. މި ސައްލާގައި ކުޅުދުއްފުށި ސިޓީ ކައުންސިލް ތަމްސީލް ކުރެއްވީ ކައުންސިލަރ ޢާތިފާ އަލީ އާއި ރިލްވާން މުޙައްމަދު އަދި ސެކްރެޓަރީ ޖެނެރަލް އަބްދުالله އާދަމް އެވެ. އޭޕްރީލް 12 އަދި 13، މި ދެދުވަހު ބޭއްވުނު މި ސައްލާއަކީ ޔޫ.އެން.ޑީ.ޕީ މޯލްޑީވްސް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އިން ރައްޔިތުންގެ ބައިވެރިވުމާއި ލޯކަލް ގަވަނަންސް އާއި ބެހޭގޮތުން ބޭއްވުނު ސައްލާއެކެވެ. އެގޮތުން […]

އައިޝަތު އައިނީ އާމިރު
ފިއްލަދޫގައި ބާއްވާ ހިޔަލަ ބާޒާރުގައި ބައިވެރިވުމަށް ހުޅުވާލައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫގައި ބާއްވާ ހިޔަލަ ބާޒާރުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހއ. ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ކައުންސިލުން ގުޅިގެން އަންހެނުންނަށް އަމާޒުކޮއްގެން ބާއްވާ ހިޔަލަ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމިގެ މައިގަނޑު މަޤުސަދަކީ، ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ކައުންސިލުން ގުޅިގެން ރަށުގެ އަންހެނުންގެ އުފެއްދުންތަކަށް ހާއްސަކޮށްގެން، ކުރިއަށްގެންދެވޭ ބާޒާރެއް އުފެއްދުމެވެ.  އެގޮތުން މި ޕްރޮގްރާމުގައި އުފެއްދުންތެރިކަމުގެ ހުނަރު ދައްކާލުމަށް ގްރޫޕްތަކަށާއި ވަކި ވަކި ފަރުދުނ...

އައިޝަތު އައިނީ އާމިރު
ހއ.އަތޮޅު ރައްޔިތުން ޕިކްނިކް ދާނެ ދެ ރަށް ހޯދަން އެދެން ފާސްކޮށްފި

ހއ.އަތޮޅު ރައްޔިތުން ޕިކްނިކް ދާނެ ދެ ރަށް ހޯދަން އެދެން ފާސްކޮށްފި

ހއ.އަތޮޅު ރައްޔިތުން ޕިކްނިކް ދާނެ ދެ ރަށް ހޯދަން ރައީސް އޮފީހުގައި ދެންނެވުމަށް އެއަތޮޅު ކައުންސިލުން ފާސްކޮށްފިއެެވެ. ހއ. އަތޮޅު ކައުންސިލުން މިގޮތަށް ފާސްކުރީ 15 އޭޕްރިލް 2025 ގައި ބޭއްވި އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 155 ވަނަ ބައްދަލުވުމުގައެވެ. ހއ. އަތޮޅު ކައުންސިލުން ނިންމާފައި ވަނީ އެ އަތޮޅު ރައްޔިތުން ޕިކްނިކް ދާނެ ދެ ރަށް އަތޮޅުގެ ދެ ބިތުން ހަމަޖެއްސުމަށް ދެންނެވުމަށެވެ. މި ގޮތުން ދެ ރަށެއް އެ ކައުންސިލުން ވަނީ […]

ޔުމްނާ ޢަލީ
ދިއްދޫގެ ވެމްކޯ އޮޕަރޭޝަނަށް ބޭނުންވާ ކޮމްޕެކްޓަރ އާއި ޕިކަޕު ދިއްދުއަށް 📍 ހއ. ދިއްދޫ

ދިއްދޫގެ ވެމްކޯ އޮޕަރޭޝަނަށް ބޭނުންވާ ކޮމްޕެކްޓަރ އާއި ޕިކަޕު ދިއްދުއަށް

ހއ. ދިއްދޫގައި ކުނީގެ ހިދުމަތް ދިނުމަށް ވެމްކޯގެ އޮޕަރޭޝަނަށް ބޭނުންވާ ކޮމްޕެކްޓަރ އަދި ޕިކަޕު އިއްޔެ އެރަށަށް ގެންގޮސްފިއެވެ. ދިއްދޫގައި ވެމްކޯ މެދުވެެރިކޮށް ކުނީގެ ޚިދުމަތް ފޯރުކޮށް ދިނުމަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުން ވެފައިވާ ވަޢުދެކެވެ. މަޖިލީހުގެ އިންތިޚާބުގެ ވަޢުދާއި އެއްގޮތަށް 22 ފެބްރުއަރީ 2025 ގައި އެރަށުގައި ވަނީ ވެމްކޯގެ ޚިދުމަތް ފަށާފައެވެ. މި މަސައްކަތާއެކު އެރަށުގައި ހުރި ކުނި ފުނިވެސް މިހާރު ދަނީ ނަގަމުންނެވެ. މިކަމަކީ އެރަށުގެ ރައްޔިތުންނަށް ވަރަށް...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށި ސިޓީ ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ސިޓީ ކައުންސިލަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ސިޓީ ކައުންސިލަށް

ހދ. ކުޅުދުއްފުށި ސިޓީ ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ކުޅުދުއްފުށި ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ މިއަދު ކުޅުދުއްފުށި ސިޓީ ކައުންސިލްގައެވެ. މި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ އަޕަރ ނޯތު ޕޮލިސް ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީއެވެ. އަދި ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކުޅުދުއްފުށި ސިޓީގެ މ...

އަލީ އާދިލް
ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން މޭވާގަސް އިންދުމުގެ ޕްރޮގްރާމް ށ.އަތޮޅުގައި ފަށައިފި

ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން މޭވާގަސް އިންދުމުގެ ޕްރޮގްރާމް ށ.އަތޮޅުގައި ފަށައިފި

ށ އަތޮޅުގެ ރަށްތައް ހިމެނޭހެން ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ގުޅިގެން ފުލުހުން ގާއިމުވެތިބި ރަށްރަށުގައި މޭވާ ގަސް އިންދުމުުގެ ހަރަކާތްތަކެއް ފަށައިފިއެވެ. ފުލުހުން ދިވާޅުވި ގޮތުގައި އަޕަރ ނޯތު ޕޮލިސް ގެ ހުރިހާ ރަށެއްގައި ވަރަށް ފުރިހަމަ އަށް މި ހަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮމަންޑޫ އާއި ފޯކައިދޫގެ އިތުރުން ފޭދޫ ގައިވެސް މި ހަރަކާތް ކުރިއަށްގެންގޮސްފައިވެއެވެ. އަދި ހަރަކާތުގައި ބައިވެރިވުމުުގެ ގޮތުން އެ ރަށެއްގައި މަސައްކަތްކުރާ ފުލުހުންނާއި […]

އައިޝަތު އައިނީ އާމިރު
ށ.އަތޮޅުގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފަށައިފި

ށ.އަތޮޅުގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފަށައިފި

ށ.އަތޮޅުގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް އެ އަތޮޅުގެ ކައުންސިލުން ފަށައިފިއެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް ރައްޔިތުންނަށް އަވަހަށް ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ތެރެއިން، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން ރާއްޖޭގެ 17 ރަށަކުން މިހާރު އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ދެމުންދާއިރު، ށ އަތޮޅު ކަ...

އައިޝަތު އައިނީ އާމިރު
''ކެލާ ލިލީ ހައުސް ތަރައްގީ ކުރާނީ ދިވެހި ޤައުމީ އައިޑެންޓިޓީއާ އެއްގޮތަށް'' 📍 ހއ. ކެލާ

''ކެލާ ލިލީ ހައުސް ތަރައްގީ ކުރާނީ ދިވެހި ޤައުމީ އައިޑެންޓިޓީއާ އެއްގޮތަށް''

ކެލާ ލިލީ ހައުސް ތަރައްގީ ކުރާނީ ދިވެހި އަމިއްލަވަންތަ ދިވެހި ޤައުމީ އައިޑެންޓިޓީއާ އެއްގޮތަށް ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާއި ސުވާލުކުރުމުގެ ވަގުތުގައި ކެލާ ދާއިރާގެ މެމްބަރު ޢަބުދުﷲ ޝަރީފް ވަނީ، ކެލާ ލިލީ ހައުސް ތަރައްގީ ކުރުމުގެ މަޝްރޫޢު މާލޭގެ ހުކުރު މިސްކިތަށް ވީގޮތަށް ނުވާނެތޯ ސުވާލުކުރަށްވާފައެވެ. އަދި އެތަނަށް ކިހާވަރެއްގެ ޚަރަދެއް ކުރީ ސަރުކާރުން ކުރިތޯ […]

ޔުމްނާ ޢަލީ
މިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިންމާލައިފި 📍 ށ. މިލަންދޫ

މިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިންމާލައިފި

ށ. މިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހާވާލުކޮށްފައިވާ މަޝްރޫޢުގެ މަސަައްކަތް އެއްކޮށް ނިމިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ. އާރުޑީސީއިން ބުނިގޮތުގައި މި މަޝްރޫޢުގެ ދަށުން ކުރިޔަށް ގެންދެވުނު މަސައްކަތްތަކުގެ ތެރޭގައި މިލަންދޫގެ 9 މަގަކާއި 2 ގޯޅިއެއް ހިމެނޭހެން މުޅި ޖުމްލަ 6،3 ކިލޯ މީޓަރުގެ ތާރު އަޅާފައިވާ ކަމަށެވެ.  މިލަންދޫގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ މަގުތަކަކީ ފެންވަރު ރަނގަޅު، ހިތްގައިމުކޮށް ފަރުމ...

އައިޝަތު އައިނީ އާމިރު
މި އަހަރު ތިލައުތުރު ވޮލީ މުބާރާތުގައި ބައިވެރިވެފައި ވަނީ 7 ރަށަކުން

މި އަހަރު ތިލައުތުރު ވޮލީ މުބާރާތުގައި ބައިވެރިވެފައި ވަނީ 7 ރަށަކުން

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކުގެ ކަނބަލުންނަށް ހުޅުވާލައިގެން ބާއްވާ “ތިލައުތުރު ވޮލީ މުބާރާތް 2025” ގައި ހަތް ރަށަކުން ބައިވެރިވެއްޖެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހު ދިހަވަނަ ދުވަހު ހަމަވެފައިވާއިރު، މުބާރާތުގައި ބައިވެރިވެފައިވާ ރަށްތަކަކީ މޮޅަދޫ، ހޯރަފުށި، އިހަވަންދޫ، ވަށަފަރު، ދިއްދޫ، މުރައިދޫ އަދި ބާރަށެވެ. އަތޮޅު ކައުންސިލުން މި މުބާރާތް ހޯސްޓް ކުރާނެ ރަށެއް ހޯދުމަށް ހުޅުވައިލުމުން ޕްރޮޕޯސަލް ހުށަހެޅި ރަށު ކައުންސިލ...

އިބްރާހިމް ޚަލީލް