މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީގަައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގަައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ކުޅުދުއްފުށި ސިޓީގައި ބާރު ސްޕީޑެއްގައި ދުއްވާފައި އައި ފުލުހުންގެ ކާރަކާއި މީހަކު ކުޑަކުއްޖެއް ގޮވައިގެން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ. މިއަދު މެންދުރުފަހު ގާތްގަނޑަކަށް 15:50 އެހާއިރު ހިނގި މި އެކްސިޑެންޓްވީ ފަރީދީމަގުން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ފުލުހުންގެ ކާރު، ހަނި ގޯޅިން ފަރީދީމަގަށް ނުކުންނަމުންދިޔަ ސައިކަލެއްގައި ޖެހިގެންނެވެ. މައުލޫމާތު ލިބޭގޮތުގައި ސައިކަލު ދުއްވަން އިން އަންހެން މީހާ ހަނި ގޯޅިން ނުކުތީ ނުބައި ފަޅިއަކުންނެ...

އައިޝަތު އައިނީ އާމިރު
ހަނިމާދޫ ގައި ބިނާކުރަން ފަށާފައިވާ މިސްކިތް ނިންމަން އެމްޓީސީސީ އަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ގައި ބިނާކުރަން ފަށާފައިވާ މިސްކިތް ނިންމަން އެމްޓީސީސީ އަށް

ހދ. ހަނިމާދޫ ގައި ސަރުކާރުން ބިނާކުރަމުންދާ މިސްކިތް ނިންމުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާާގައި މި މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑައިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ. އަދ،ި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާާގެ ފަރާތުން ސޮއިކުރެއްވީ ނައިބު ވަޒީރު އިބްރާހިމް އާސިމްއެވެ. މި ކަމާއި ގުޅިގެން އ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި 'ކްލައިމެޓް ޗެމްޕިއަންސް'ގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި 'ކްލައިމެޓް ޗެމްޕިއަންސް'ގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުރިއަށްގެންދާ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއްގެ ދަށުން “ކްލައިމެޓް ޗެމްޕިއަންސް” ގެ ގޮތުގައި މަސައްކަތް ކުރަން ޝައުގުވެރިިވާ ފަރާތްތަކަށް ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. މިކަމަށް ފުރުސަތު ހުޅުވާލައި، ސިޓީ ކައުންސިލުން ކުރި އިއުލާނުގައިވާ ގޮތުން، މި މަސައްކަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގައި ހިމެނޭ ކަންތައްތައްތަކުގެ ތެރޭގައި، ތިމާވެށި ރައްކާތެރިކުރުމާއި ގުޅޭ ޙަރަކާތްތަކުގައާއި ސިޓީ ކައުންސިލުން ކުރިއަށ...

އައިޝަތު އައިނީ އާމިރު
މޮޅަދޫ ނޫރު މިސްކިތުގައި ނެވިލޯން އެޅުމަށް އެހީވުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. މޮޅަދޫ

މޮޅަދޫ ނޫރު މިސްކިތުގައި ނެވިލޯން އެޅުމަށް އެހީވުމުގެ ފުރުސަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫގައި ނަމާދުކުރަން މިހާރު ބޭނުން ކުރަމުން އަންނަ ހަމައެކަނި މިސްކިތްކަމަށްވާ “މަސްޖިދުއްނޫރު” ނޫރު މިސްކިތުގައި ނެވިލޯން އެޅުމަށް، އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު، އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ނޫރު މިސްކިތުގައި ނެވިލޯން އެޅުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ޒަމާނާއި އެއްގޮތަށް މިސްކިތް ތަރައްގީ ކުރުމާއި އަޅުކަން ކުރުމަށް މިސްކިތުގައި މަޑުކުރާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައިދީ، އަޅުކަމުގައި މިސްކިތުގައި ގިނަވަގުތު ހޭދަކުރުމ...

އިބްރާހިމް ޚަލީލް
ބޮޑު ތިލަދުންމަތީގެ 6 ރަށެއް، 15 ރަށެއްގައި ތައުލީމީ ދާއިރާގެ އިމާރާތްތަކެއް އަޅަން އެމްޓީސީސީ އަށް 📍 ހއ. މާރަންދޫ

ބޮޑު ތިލަދުންމަތީގެ 6 ރަށެއް، 15 ރަށެއްގައި ތައުލީމީ ދާއިރާގެ އިމާރާތްތަކެއް އަޅަން އެމްޓީސީސީ އަށް

ބޮޑު ތިލަދުންމަތީގެ 6 ރަށެއް ހިމެނޭހެން 15 ރަށެއްގައި ތައުލީމީ ދާއިރާގެ އިމާރާތްތަކެއް އަޅަން މޯލްޑިވްސް ޓްރަންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ. ރާއްޖޭގެ މި ޖަޒީރާ ރަށްތަކުގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނަށް ރަނގަޅަށް އުނގެނުމުގެ މާހައުލެއް ފޯރުކޮށްދިނުމުގެ ގޮތުން ތައުލީމީ އިންފްރާސޓްރަކްޗަރ ހަރުދަނާކުރުމުގެ މަސައްކަތް ހަވާލުކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި މި މަސްރޫޢުތައް ހިންގުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ކުންފ...

އައިޝަތު އައިނީ އާމިރު
މޭޔަރު އާތިފް ކުޅުދުއްފުށީގެ ތިން ސްކޫލަކަށް ޒިޔާރަތްކުރަށްވައިފި

މޭޔަރު އާތިފް ކުޅުދުއްފުށީގެ ތިން ސްކޫލަކަށް ޒިޔާރަތްކުރަށްވައިފި

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއިއެކު، ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ކުޅުދުއްފުށީގެ ސަރުކާރު ތިން ސްކޫލަށް ޒިޔާރާތްކޮށް، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ބައްދަލުކުރައްވައި ސްކޫލްތަކަށް ދިމާވެފައިވާ ގޮންޖެހުންތައް އޮޅުންފިލުވައި، ދިރާސީ އައު އަހަރުގެ ތަޙުނިޔާ ކިޔުއްވައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ފެށުނު ދިރާސީ އައު އަހަރު 2025 ގައި، ކުޅުދުއްފުށީގެ ސަރުކާރު ތިން ސްކޫލުގައި ޖުމްލަ 2832 ދަރިވަރުން އަންނަނީ ތަޢުލީމު ޙާޞިލް ކުރަމުންނެވެ. ކިޔަވައިދިނުމަށް އ...

އައިޝަތު އައިނީ އާމިރު
ކަރަންޓް ހާލަތު ރަނގަޅު ކުރުމަށް ކުޅުދުއްފުއްޓަށް އިތުރު ޖަނަރޭޓަރެއް

ކަރަންޓް ހާލަތު ރަނގަޅު ކުރުމަށް ކުޅުދުއްފުއްޓަށް އިތުރު ޖަނަރޭޓަރެއް

ކުޅުދުއްފުށީގެ ކަރަންޓްގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި އެ ރަށަށް ޖަނަރޭޓަރ ސެޓެއް ގެންގޮސްފިއެވެ. ކުޅުދުއްފުށީ ފެނަކައިން ބުނީ އެ ސިޓީގެ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން 1.2 މެގަވޯޓްގެ ޖެންސެޓެއް މިއަދު ލިބިފައިވާ ކަމަށެވެ. މެދު ނުކެނޑި ރައްތިތުންނަށް ކަރަންޓް ފޯރުކޮށް ދިނުމަށް އެ ރަށު ފެނަކައިގެ މުވައްޒިފުން ކުރައްވަމުންގެންދާ މަސައްކަތް ފާހަގަކޮށް ކުޅުދުއްފުށި ފެނަކައިން ވަނީ ޝުކުރު އަދާކޮށްފައެވެ. ކުޅުދުއްފުއްޓަށް މިއަދު ލިބުނު...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި ސްކޭޓް ކުރުމަށް ޝައުޤުވެރިވާ ކުދިންނަށް ހާއްސަ ޓްރެއިނިންގ ޕްރޮގްރާމެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ސްކޭޓް ކުރުމަށް ޝައުޤުވެރިވާ ކުދިންނަށް ހާއްސަ ޓްރެއިނިންގ ޕްރޮގްރާމެއް

ކުޅުދުއްފުށި ސިޓީގައި ސްކޭޓް ކުރުމަށް ޝައުޤުވެރިވާ ކުދިންނަށް ހާއްސަކޮށްގެން ސްކޭޓް ބޯޑް ޓްރެއިނިންގ ޕްރޮގްރާމުގައި ބައިވެރިވުމަށް ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ. މިކަމަށް ފުރުސަތު ހުޅުވާލައި ސިޓީ ކައުންސިލުން ކުރި އިއުލާނުގައިވާ ގޮތުން މި ޕްރޮގްރާމަށް ޝައުޤުވެރިވާ 8 އަހަރުން މަތީގެ ކޮންމެ ކުއްޖަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓަރ ވާ ތަރުތީބުން، އެންމެ ފުރަތަމަ ރަޖިސްޓަރވާ 30 ކުދިންނަށެވެ. ރަޖިސްޓަރ ވުމަށް އެދި ގޫގުލް ލިންކް މެދުވެރިކޮށް...

އައިޝަތު އައިނީ އާމިރު
ރާއްޖޭގެ ލޮނު އުފައްދާ ފުރަތަމަ ފެކްޓަރީ ދިއްދޫގައި ހުޅުވައިފި

ރާއްޖޭގެ ލޮނު އުފައްދާ ފުރަތަމަ ފެކްޓަރީ ދިއްދޫގައި ހުޅުވައިފި

ރާއްޖޭގައި ޤާއިމުކުރި ފުރަތަމަ ލޮނު ފެކްޓަރީ ހއ. ދިއްދޫގައި ހުޅުވައި، 3 ވައްތަރެއްގެ ލޮނު އުފެއްދުމުުގެ މަސައްކަތް ފަށައިފިއެވެ. އެމްޑީޕް އިންވެސްޓްމަންޓް ނަމަކަށް ކިޔާ ދިވެހި ކުންފުންޏަކާއި، ޖަޕާނުގެ ކުންފުންޏަކާއި ގުޅިގެން ތަރައްޤީކުރި މި ފެކްޓްރީ އަކީ 15 އަހަރު ދުވަހުގެ މުއްދަތަކަށް ދޫކޮށްފައިވާ 15000 އަކަފޫޓުގެ ބިމެކެވެ. އަދި މި ޕްރޮޖެކްޓުގެ ސަބަބުން ދިއްދޫގައި ވަޒީފާގެ ފުރުސަތުތައް ފަހިވެ، ކައުންސިލުގެ އާމްދަނީއަށް ގާތްގަނޑަކަށް 12،000 ރުފިޔާގެ ފައިދާއެއް ވާނެކަމަށް ކައުންސިލުން ބުނެފައިވެއ...

އައިޝަތު އައިނީ އާމިރު
މެރިން ރިސާރޗް އިންސްޓިޓިއުޓް ގެ ޑީޖީގެ މަގާމަށް ޝިމާލް

މެރިން ރިސާރޗް އިންސްޓިޓިއުޓް ގެ ޑީޖީގެ މަގާމަށް ޝިމާލް

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓު (އެމްއެމްއާރުއައި)ގެ ޑިރެކްޓަރ ޖެނެރަލް (ޑީޖީ) ގެ މަގާމަށް މެރިން ބަޔޮލޮޖިސްޓް މުހައްމަދު ޝިމާލް އައްޔަންކޮށްފިއެވެ. އެމްއެމްއާރުއައިގެ ޑިރެކްޓަރ ޖެނެރަލް މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޝާފިޔާ ނައީމު މިއަހަރުގެ ޖެނުއަރީ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެމްއާރުއައިގެ ޑިރެކްޓަރް ޖެނެރަލްއަށް އައްޔަންކުރިއިރު، ޝިމާލް ވަނީ އޮސްޓްރެލިއާގެ ޗާރލްސް ޑާވިން ޔުނިވާސިޓީން ވައިލްޑްލައިފް އެންޑް ކޮންޒަވޭޝަން ބޮޔޮލޮޖީއަށް ޚާއްސަކޮށްގެން ބެޗްލަރ އޮފް...

އައިޝަތު އައިނީ އާމިރު
ސިހުރު ހަދާކަމުގެ ތުހުމަތުގައި ކެޔޮދޫ މީހަކު ހޯރަފުށިން ހައްޔަރުކޮށްފި 📍 ހއ. ހޯރަފުށި

ސިހުރު ހަދާކަމުގެ ތުހުމަތުގައި ކެޔޮދޫ މީހަކު ހޯރަފުށިން ހައްޔަރުކޮށްފި

ހއ. ހޯރަފުށީގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ސިހުރު ހެދުމުގެ ތުހުމަތުގައި ވ. ކެޔޮދޫ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގުނު މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫ / ތިބުރޯޒުގެ، މުޙައްމަދު ޢަބްދުލްކަރީމް (34 އަހަރު) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހު ހޯރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ. މި މައްސަލައާ ގުޅިގެން މުޙައްމަދު ޢަބްދުލްކަރީމްގެ ބަންދާމެދު ގޮތެއް ނ...

އަލީ އާދިލް
ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި ހުރި މީހަކު އަމިއްލައަށް މަރުވާން އުޅެފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި ހުރި މީހަކު އަމިއްލައަށް މަރުވާން އުޅެފި

ކުޅުދުއްފުށި ސިޓީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު އަމިއްލައަށް މަރުވާން އުޅެފި އެވެ. މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން މިރޭ ވިދާޅުވީ ކުޅުދުއްފުށީގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މިރޭ 21:12 ހާއިރު އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށާއި އެ މީހާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ. ފުލުހުން ވިދާޅުވީ އެއީ އުމުރުން 34 އަހަރުގެ ފިރިހެނެއްކަމަށެވެ. އެ މީހާއަކީ މަސްތުގެ ހާލަތުގައި ހުރެގެން ގޭތެރޭގެ ތަކެއްޗަށް ގެއްލުންދީ ހަމަނުޖެހުން...

އަލީ އާދިލް
ކެލާ ފަޅުގައި ރިސޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން އިއުލާންކޮށްފި 📍 ހއ. ކެލާ

ކެލާ ފަޅުގައި ރިސޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

ތިލަދުންމްތީ އުތުރުބުރީ ކެލާ ފަޅުގައި ރިސޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ކެލާ ފަޅުގައި ދެ ރިސޯޓް ތަރައްގީ ކުރުމުގެ އިތުރުން މާލެ އަތޮޅު ކާށިދޫ ފަޅުގައި ވެސް ރިސޯޓް ތަރައްގީކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް، ހއ.ކެލާ ފަޅުގައި 2 ރިސޯޓު ތަރައްގީކުރުމަށް، އެ ރަށުގެ ފަޅުތެރެއިން ބިން ކަނޑައެޅުއްވުމަށް ރައީސްގެ ގަރާރަކުން ނިންމަވާފައި...

އިބްރާހިމް ޚަލީލް
ތަފްސީލް ލިބުނުހާ އަވަހަކަށް އޭޓީއެމް ރިލޮކޭޓް ކުރުމަށް ބޭނުންވާ ބިން ހަމަޖައްސާނަން: މޭޔަރު އާތިފް 📍 ހދ. ކުޅުދުއްފުށި

ތަފްސީލް ލިބުނުހާ އަވަހަކަށް އޭޓީއެމް ރިލޮކޭޓް ކުރުމަށް ބޭނުންވާ ބިން ހަމަޖައްސާނަން: މޭޔަރު އާތިފް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ކައިރީ ބައްޓާފައި ހުރި ދެ އޭޓީއެމް ރިލޮކޭޓް ކުރުމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލިބެންޖެހޭ މައުލޫމާތުގެ ތަފްސީލް ލިބުނުހާ އަވަހަކަށް އޭޓީއެމް ރިލޮކޭޓް ކުރުމަށް ބޭނުންވާ ބިން ހަމަޖައްސަވާނެކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް މިއަދު ވިދާޅުވެއްޖެއެވެ. މޭޔަރު މިހެން ވިދާޅުވީ، ކޭއާރުއެޗު ކައިރީ ބަހައްޓާފައި ހުރި ބީއެމްއެލް ގެ 2 އޭޓީއެމް ނަގާފައިވާތީ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އ...

އައިޝަތު އައިނީ އާމިރު
ނެއްލައިދޫ އާއި މިލަންދޫ ހިމެނޭހެން 10 ރަށެއްގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތް އަޅަން ހަވާލުކޮށްފި 📍 ށ. މިލަންދޫ

ނެއްލައިދޫ އާއި މިލަންދޫ ހިމެނޭހެން 10 ރަށެއްގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތް އަޅަން ހަވާލުކޮށްފި

ހދ. ނެއްލައިދޫ ސިއްޙީ މަރުކަޒާއި ށ. މިލަންދޫ ހޮސްޕިޓަލް ހިމެނޭހެން 10 ރަށެއްގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތް އަޅަން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ. ހދ. ނެއްލައިދޫ ސިއްޙީ މަރުކަޒާއި ށ. މިލަންދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތް އަޙުމަދު ގާސިމް ސޮއި ކުރައްވާފައިވާއިރު، އެމްޓީސީސީގެ ފަރާތުން ސޮއި ކުރައްވާފައި...

އައިޝަތު އައިނީ އާމިރު