މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ކެލާގެ ފަޅުގައި ދެ ރިސޯޓު ތަރައްޤީކުރުމަށް އެ ރަށުގެ އިޚްތިޞާޞަށް ބަދަލުގެންނަވައިފި 📍 ހއ. ކެލާ

ކެލާގެ ފަޅުގައި ދެ ރިސޯޓު ތަރައްޤީކުރުމަށް އެ ރަށުގެ އިޚްތިޞާޞަށް ބަދަލުގެންނަވައިފި

ހއ. ކެލާގެ ފަޅުގައި ދެ ރިޒޯޓު ތަރައްޤީކުރުމަށް އެ ރަށުގެ އިޚްތިޞާޞަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ބަދަލުގެންނަވައިފިއެވެ. ރައީސް ގެންނެވި މި ބަދަލުގެ ޤަރާރު ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ވަނީ ޝާޢިއުކޮށްފައެވެ. ކެލާގެ ފަޅުގައި ދެ ރިޒޯޓު ތަރައްޤީކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ޤަރާރުގައި ވަނީ މި ވަޢުދުފުޅާ އެއްގޮތަށް ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީ ކުރުމަށް އެރަށުގެ ފަޅުތެރެއިން ޖުމުލަ 325.5 ހެކްޓަރު ރައީސްގެ ގަރާރުން ވަނީ ކަނޑައަޅުއްވާފައެވެ. މި […]

ޔުމްނާ ޢަލީ
ކްލަބް ސެނޮންގެ ފަރާތުން ނޭކުރެންދޫގައި ބަންގި ގޮވުމުގެ މުބާރާތެއް 📍 ހދ. ނޭކުރެންދޫ

ކްލަބް ސެނޮންގެ ފަރާތުން ނޭކުރެންދޫގައި ބަންގި ގޮވުމުގެ މުބާރާތެއް

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކްލަބް ސެނޮންގެ ފަރާތުން އެ ރަށު ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ބަންގި ގޮވުމުގެ މުބާރާތެއް ކުރިއަށް ގެންގޮސްފިއެވެ. މި މުބާރާތް މި މަހުގެ 25 ވަނަ ދުވަހު، ނޭކުރެންދޫ ސްކޫލުގައި ކުރިއަށް ގެންގޮސްފައި ވަނީ 21 ބައިވެރިންނާއިއެކުއެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ދެ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ ދިހަ އަހަރުން ދަށް އަދި ދިހަ އަހަރުން މައްޗެވެ. ކްލަބް ސެނޮންގެ ފަރާތުން މި ރަމަޟާން މަހު އަންނަނީ ދީނީ ކުއިޒެއް ވެސް […]

އިބްރާހިމް ޚަލީލް
ބާރަށް، މާރަންދޫ އަދި ކުމުންދޫ ހިމެނޭހެން 8 ރަށެއްގައި ފުލުހުންގެ އިމާރާތް އަޅަން ހަވާލުކޮށްފި 📍 ހއ. ބާރަށް

ބާރަށް، މާރަންދޫ އަދި ކުމުންދޫ ހިމެނޭހެން 8 ރަށެއްގައި ފުލުހުންގެ އިމާރާތް އަޅަން ހަވާލުކޮށްފި

ތިލަދުންމަތީގެ ތިން ރަށެއް ހިމެނޭހެން 8 ރަށެއްގައި ފުލުހުންގެ އިމާރާތް އެޅުމަށް ސަރުކާރުގެ 3 ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. ފުލުހުންގެ އިމާރާތްތައް އަޅަން ހަވާލުކޮށްފައިވާ ކުންފުނިތަކަކީ، އެމްޓީސީސީއާއި، އާރްޑީސީގެ އިތުރުން ފެނަކަ ކޯޕަރޭޝަން އެވެ. ހަވާލުކުރި 8 ފުލުހުންގެ އިމާރާތުގެ ތަފްސީލް ހއ. ބާރަށުގައި ރަށު ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް ޢިމާރާތް ކުރުން، ޕްރޮޖެކްޓުގެ އަގު: 13 މިލިޔަން ރުފިޔާ، ކޮންޓްރެކްޓަރ: އެމްޓީސީސީ ހއ. މާރަންދޫގައި ޕޮލިސް ޕޯސްޓެއް ޢިމާރާތް ކުރުން، ޕްރޮޖެކްޓުގެ އަގު: 2.2 މި...

އިބްރާހިމް ޚަލީލް
އުލިގަމު އިމިގްރޭޝަން އޮފީހުގެ އާ އިމާރާތް އަޅަން އެމްޓީސީސީ އަށް

އުލިގަމު އިމިގްރޭޝަން އޮފީހުގެ އާ އިމާރާތް އަޅަން އެމްޓީސީސީ އަށް

ހއ. އުލިގަމުގައި މޯލްޑިވްސް އިމިގްރޭޝަންގެ އައު އޮފީސް އިމާރާތެއް އަޅަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ. އުލިގަމުގައި ޒަމާނީ ވަސީލަތްތަކާއެކު އައު އިމިގްރޭޝަން އޮފީހެއް އިމާރާތްކުރުމަށް އެމްޓީސީސީ އާއި އިމިގްރޭޝަނާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ރިޓަޔަރޑް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީއެވެ. އަދި މޯލްޑިވްސް...

ޔުމްނާ ޢަލީ
ތާރީޚީ ސަފުހާއެއް، ޤުރުއާން ހިތުދަސް ޙާފިޡުންގެ ފުރަތަމަ ދަސްވެނިވުން ބާއްވައިފި 📍 ށ. މިލަންދޫ

ތާރީޚީ ސަފުހާއެއް، ޤުރުއާން ހިތުދަސް ޙާފިޡުންގެ ފުރަތަމަ ދަސްވެނިވުން ބާއްވައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ޙާފިޡުންގެ ޚާއްޞަކޮށްގެން ދަސްވެނިވުމެއް މިރޭ ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފް ވެރިކޮށްދެއްވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. ކީރިތި ޤުރްއާނާބެހޭ މަރުކަޒުން އިންތިޒާމްކޮށްގެން މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ރައީސް ވަނީ ދަސްވެނިވި ޙާފިޡުންނަށް ޙާފިޡުކަމުގެ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ޖުމ...

ޔުމްނާ ޢަލީ
ރަށްވެހި އާސާރުތައް އުފައްދައި ހިންގުމުގެ ޤާބިލުކަން ފޯރުކޮށްދިނުމުގެ ތަމުރީނުތަކެއް ފަށަނީ

ރަށްވެހި އާސާރުތައް އުފައްދައި ހިންގުމުގެ ޤާބިލުކަން ފޯރުކޮށްދިނުމުގެ ތަމުރީނުތަކެއް ފަށަނީ

ރަށްވެހި އާސާރުތައް އުފައްދައި ހިންގުމުގެ ޤާބިލުކަން މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ ޢިލްމީ ތަމުރީނުތަކެއް މި އަހަރު ފައްޓަވާނެކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު، އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އިއްޔެ ބޭއްވި ހއ.ކެލާ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކާގައެވެ. މި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ، އަމިއްލައަށް ދާރުލްއާސާރުތައް ނުވަތަ ރަށްވެހި އާސާރުތައް އުފައްދައި ހިންގުމުގެ ޤާބިލްކަން...

ޔުމްނާ ޢަލީ
ވަޒީރު ވިދާޅުވީ އުތީމު އުޅެނީ ކުރީގައި ކަމަށް، ކައުންސިލް އައު އިމާރާތް އަޅަން އިއުލާންކޮށްފި 📍 ހއ. އުތީމު

ވަޒީރު ވިދާޅުވީ އުތީމު އުޅެނީ ކުރީގައި ކަމަށް، ކައުންސިލް އައު އިމާރާތް އަޅަން އިއުލާންކޮށްފި

ތިލަދުންމަތީ އުތުރުބުރީ އުތީމް ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. އުތީމް ކައުންސިލް އައު އިމާރާތަކީ، ސަރުކާރުން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރޭގައި ހިމެނޭ ކައުންސިލް އިމާރާތެކެވެ. މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފު އުމަރު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން އިމާރާތްކުރާ 55 ކައުންސިލްގެ ތެރެއި...

އިބްރާހިމް ޚަލީލް
ކެލާގެ ރަށްވެހި އާސާރު ތަރައްގީ ކުރަން ހަވާލުކޮށްފި 📍 ހއ. ކެލާ

ކެލާގެ ރަށްވެހި އާސާރު ތަރައްގީ ކުރަން ހަވާލުކޮށްފި

ތިލަދުންމަތީ އުތުރުބުރީ ކެލާގެ ރަށްވެހި އާސާރު ތަރައްގީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރެވެ. ކޮންމެ ރަށެށްގައިވެސް ތަރިކައިގެ އާސާރުތައް އުފެއްދުމުގެ ރޫހެއް އަށަގެންނެވުމަކީ ދިވެހިބަހާއި ސަގާފަ...

އިބްރާހިމް ޚަލީލް
މިލަންދޫ އިސްލާމީ މަރުކަޒު އަޅަން އެމްޓީސީސީ އަށް 📍 ށ. މިލަންދޫ

މިލަންދޫ އިސްލާމީ މަރުކަޒު އަޅަން އެމްޓީސީސީ އަށް

ށ މިލަންދޫ އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. އިސްލާމީ މަރުކަޒުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މަރުކަޒު ޤާއިމްކުރުމަށް އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޮއި ކުރައްވާފައިވާއިރު އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައުދީއެވެ. މިލަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތުގެ އަގު އަދި މިނިސް...

އައިޝަތު އައިނީ އާމިރު
"ހަނިމާދޫ އެއާޕޯޓްގެ ކުރިއެރުމަށް، ސަރަހައްދުގައި ފަތުރުވެރިކަން ފުޅާވުން މުހިންމު" 📍 ހދ. ހަނިމާދޫ

"ހަނިމާދޫ އެއާޕޯޓްގެ ކުރިއެރުމަށް، ސަރަހައްދުގައި ފަތުރުވެރިކަން ފުޅާވުން މުހިންމު"

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އަމަލީ މަސައްކަތްނިމި އެ އެއާޕޯޓް ބޭނުން ކުރަން ފެށޭއިރު، އެ ސަރަހައްދުގައި ލޯކަލް ޓުއަރިޒަމް ފުޅާވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތޯރިގު އިބްރާޙިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ހއ.އަތޮޅަށް ބީއެމްއެލް ގެސްޓްހައުސް ފައިނޭންސިންގް ތައާރަފްކުރުމަށް މިއަދު ހއ. ފިއްލަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ހަނިމާދޫ އެއާޕޯޓްގެ މަސައްކަތްތައް ނިމިގެންދާއިރު، އެ ސަރަހައްދުގައި އެކަށީގެ...

އިބްރާހިމް ޚަލީލް
ހއ.އަތޮޅަށް ޚާއްޞަކޮށްގެން ގެސްޓު ހައުސް ފައިނޭންސިންގ ސްކީމެއް ތަޢާރަފްކޮށްފި

ހއ.އަތޮޅަށް ޚާއްޞަކޮށްގެން ގެސްޓު ހައުސް ފައިނޭންސިންގ ސްކީމެއް ތަޢާރަފްކޮށްފި

ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހއ. އަތޮޅަށް ޚާއްޞަކޮށްގެން ގެސްޓު ހައުސް ފައިނޭންސިންގ ސްކީމެއް މިއަދު ތަޢާރަފްކޮށްފިއެވެ. މި ސްކީމް ތަޢާރަފްކޮށްފައިވަނީ ހއ. ފިއްލަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި މި ފައިނޭންސިންގ ސްކީމަކީ ގެސްޓުހައުސް ވިޔަފާރި އަލަށް ފަށަން ބޭނުންވާ ފަރާތްތަކާއި މިހާރު ގެސްޓުހައުސް ވިޔަފާރި ކުރަމުންދާ ފަރާތްތަކަށްވެސް ހުޅުވާލެވިފައިވާ ސްކީމެކެވެ. އަ...

ޔުމްނާ ޢަލީ
މާރަންދޫ، އުތީމު އަދި މުރައިދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި 📍 ހއ. މާރަންދޫ

މާރަންދޫ، އުތީމު އަދި މުރައިދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން ހއ މާރަންދޫ، އުތީމު އަދި މުރައިދޫގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މުރައިދޫ އަދި މާރަންދޫގައި މި ޚިދުމަތް ފަށްޓަވައިދެއްވާފައި ވަނީ ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު، ޠާރިޤް އިބްރާހިމެވެ. އަދި އުތީމުގައި އޭޓިއެމް ހުޅުވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިޔާ ބެހޭ ވަޒީރު މުހައްމަދު ސައީދުއެވެ. ވަޒީރުން ވަނީ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އޭޓިއެމުން ފައިސާ ނަންގަވާ، ފައިސާ...

އައިޝަތު އައިނީ އާމިރު
ތިލައުތުރު ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ތިލައުތުރު ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކުގެ ކަނބަލުންނަށް އަމާޒުކޮށްގެން ވާއްވާ “ތިލައުތުރު ވޮލީ މުބާރާތް 2025” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ހއ.އަތޮޅު ކައުންސިލާއި ހޯރަފުށީ ކައުންސިލް ގުޅިގެންނެވެ. މެއި 15 ވަނަ ދުވަހު ފަށާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ހޯރަފުށީގައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ އަތޮޅުގެ ކޮންމެ ރަށަކުން ވެސް އެއް ޓީމަށެވ...

އިބްރާހިމް ޚަލީލް
ހދ. އަތޮޅުގައި އިތުރު ރިސޯޓްތައް ތަރައްގީކުރަން އަންނަ މަހު ހުޅުވާލަނީ

ހދ. އަތޮޅުގައި އިތުރު ރިސޯޓްތައް ތަރައްގީކުރަން އަންނަ މަހު ހުޅުވާލަނީ

ހދ. އަތޮޅުގައި އިތުރު ރިސޯޓްތައް ތަރައްގީ ކުރުމަށް އަންނަ މަހު ހުޅުވާލާނެކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރިސޯޓްތައް އެންމެ މަދުން ހުރި އަތޮޅުތަކަށް އަމާޒުކޮށްގެން އެ އަތޮޅުތަކުގައި އިތުރު ރިސޯޓްތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެގޮތުން ހދ. އަތޮޅާއި ތ. އަތޮޅުގައި އިތުރު ރިސޯޓްތައް ތަރައްގީ ކުރުމަށް އަންނަ މަހު ހުޅުވާލާނެ ކަމަށެވެ. މިވަގު...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ބޯޒިޔާރަތް ގޮނޑުދޮށް ހިމާޔާތް ކުރުމަށް ހަވާލުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ބޯޒިޔާރަތް ގޮނޑުދޮށް ހިމާޔާތް ކުރުމަށް ހަވާލުކޮށްފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން، ކުޅުދުއްފުށި ސިޓީގެ ބޯޒިޔާރަތް ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަސައްކަތް ބެންޒީ ޕްރައިވޭޓް ލިމިޓެޑްއާއި ހަވާލުކޮށްފިއެވެ. ބޯޒިޔާރަތަކީ އާންމުުން މޫދަށް އެރި، ކުރީގެ ސްވިމިންގް ޓްރެކް އޮންނަ ސަރަހައްދެވެ. ނަމަވެސް ފަހުން އިންޓަރ ސްކޫލް ފެތުމުގެ މުބާރާތް ބޭއްވުމަށްޓަކައި ޓްރެކް ވަނީ ރައްމަތިފަންނަށް ބަދަލުކޮށްފައެވެ. އޭގެ ފަހުން ދެވަނަ ޓްރެކް އެއް ރާވައި ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވަނީ ބޯޒިޔާރާތް ބީޗް ތަރައްޤީ ކުރުމުގެ މަޝްރޫއު ނިންމުމަށްފަހު ކަމަށް ސިޓީ ކައުންސ...

އައިޝަތު އައިނީ އާމިރު