މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ކުޅުދުއްފުުށީ ސިޓީގެ "ޓުއަރިޒަމް އެޑްވައިޒަރީ ބޯޑު" އެކުލަވާލަނީ

ކުޅުދުއްފުުށީ ސިޓީގެ "ޓުއަރިޒަމް އެޑްވައިޒަރީ ބޯޑު" އެކުލަވާލަނީ

ކުޅުދުއްފުށި ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމާއި، ބެލެހެއްޓުމާއި، މާކެޓްކުރުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ޓުއަރިޒަމް އެޑްވައިޒަރީ ބޯޑެއް އެކުލަވާލުމަށް ނިންމައިފިއެވެ. މިގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އެ ކައުންްސިލްގއ “ވޮލަންޓްރީ އެޑްވައިޒަރީ ބޯޑް އުސޫލު” ފާސްކޮށް، އެ އުސޫލުގެ ދަށުން ކުޅުދުއްފުށީގައި ފަތުރުވެރިކަމުގެ ސިނާޔަތު އިިތުރަށް ތަރައްޤީކޮށް ބަލަހައްޓައި މާކެޓް ކުރުމުގެ ގޮތުން އުފައްދާ އެންމެ ފުރަތަމަ ބޯޑަކަށް “ޓުއަރިޒަމް އެޑްވައިޒަރީ ބޯޑު” އެކުލަވާލުމަށް...

އައިޝަތު އައިނީ އާމިރު
ކުދިން ތަރާވީހަށް އައުމަށް ބާރުއެޅުމަށް އިހަވަންދޫ އިމާމް މިފަހަރު ބަހަނީ އައިސްކްރީމް 📍 ހއ. އިހަވަންދޫ

ކުދިން ތަރާވީހަށް އައުމަށް ބާރުއެޅުމަށް އިހަވަންދޫ އިމާމް މިފަހަރު ބަހަނީ އައިސްކްރީމް

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ހުންނަ “މަސްޖިދުއް ތަޢާވުން” މިސްކިތުގެ އިމާމް، ހުސެއިން ރަޝީދަކީ ކުދީން މިސްކިތައް އައުމަށް ބާރުއެޅުމަށާއި ދީނީ ކަންކަމަށް ލޯބިޖެއްސުމަށް އަމިއްލަ އިސްނެންގެވުމާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއިއެކު ތަފާތު ޕްރޮގްރާމް ހިންގަމުން އަންނަ ފަރާތެކެވެ. އެގޮތުން މި އަހަރުގެ ރަމަޟާން މަހު އެ މިސްކިތަށް ތަރާވީހަށް އައިސް ތަރާވީހް ނިމެންދެން ދެމިތިބޭ ކުދިންނަށް އިމާމް ހުސެއިން ރަޝީދު އަންނަނީ އައިސްކްރީމް ފޯރުކޮށްދެމުންނެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން މި ނޫހަށ...

އިބްރާހިމް ޚަލީލް
ކޭއާރުއެޗުގެ ޓާޝިއަރީ އެކްސްޕެންޝަން ޕްލޭން ސިޓީ ކައުންސިލާއި ހިއްސާކޮށްފި 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗުގެ ޓާޝިއަރީ އެކްސްޕެންޝަން ޕްލޭން ސިޓީ ކައުންސިލާއި ހިއްސާކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ ޓާޝީއަރީ އެކްސްޕެންޝަން ޕްލޭން އެ ހޮސްޕިޓަލްގެ ފަރާތުން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ހިއްސާކޮށްފިއެވެ. މިކަމަށް ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާތިފް އަށް، ކުޅުދުއްފުށީ ސިޓީ ހޮސްޕިޓަލުގެ ޗީފް އެގްޒެޓިވް އޮފިސަރ އަލްފާޞިލް ނާޒިމާ އަލީ ވަނީ ޓާޝިއަރީ އެކްސްޕެންޝަން ޕްލޭނެއް ހުށަހަޅުއްވާފައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަދި ކައުންސިލްގެ މެމްބަރުންގެ އިތުރުން ކޭއާރުއެޗުގެ އިސް ބޭފުޅުން ވަނީ މ...

އައިޝަތު އައިނީ އާމިރު
ހަށި ވިއްކަމުންދިޔަ ވިއެޓްނާމް ދެ އަންހެނަކު ޑީޕޯޓުކޮށްލައިފި

ހަށި ވިއްކަމުންދިޔަ ވިއެޓްނާމް ދެ އަންހެނަކު ޑީޕޯޓުކޮށްލައިފި

ވިއެޓްނާމްގެ ދެ އަންހެނަކު ފުޅާދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ މައްސަލައަކާ ގުޅިގެން ޑީޕޯޓުކޮށްލައިފިއެވެ. އިމިގްރޭޝަނުން ބުނިގޮތުގައި ރާއްޖޭގައި ވޯކް ވިސާގައި އުޅެމުންދިއަ 3 ބިދޭސީ އަންހެނަކު ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ މައްސަލައަކާއި ގުޅިގެން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ވަނީ އޮޕަރޭޝަނެއް ހިންގާފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖުމްލަ ތިން މީހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ހިމެނޭ ވިއެޓްނާމްގ...

ޔުމްނާ ޢަލީ
ދިއްދޫގައި އިމާރާތްކުރަމުންދާ 75 ހައުސިން ޔުނިޓްތަކުގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި އިމާރާތްކުރަމުންދާ 75 ހައުސިން ޔުނިޓްތަކުގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި އިމާރާތްކުރަމުންދާ 75 ހައުސިން ޔުނިޓްގެ މަސައްކަތުގެ ބޮޑުބައި ނިންމައިފިއެވެ. 120 މިލިއަން ރުފިޔާއަށް އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ 83.2 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، މިއަހަރުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލާނެކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ މީގެކުރިން ވަނީ ވިދާޅުވެފައެވެ. ރޯ ހައުސްގޮތަށް ދެ ފަންގިފިލާއަށް އިމާރާތްކުރާ އެ މަޝްރޫއުގައި ހިމެނޭ ކޮންމެ ޔުނިޓެއްގައި ހިމެނެނީ 3 ކޮޓަރިއާއި،...

އިބްރާހިމް ޚަލީލް
ފޯކައިދޫ އިސްލާމީ މަރުކަޒުގެ އިތުރުން ބޮޑުތިލަދުންމަތީގެ 3 ރަށެއްގައި މިސްކިތް ބިނާކުރަން ހަވާލުކޮށްފި 📍 ށ. ފޯކައިދޫ

ފޯކައިދޫ އިސްލާމީ މަރުކަޒުގެ އިތުރުން ބޮޑުތިލަދުންމަތީގެ 3 ރަށެއްގައި މިސްކިތް ބިނާކުރަން ހަވާލުކޮށްފި

ށ.ފޯކައިދޫގައި އިސްލާމީ މަރުކަޒެއް، އަދި ބޮޑުތިލަދުންމަތީގެ 3 ރަށެއްގައި މިސްކިތް ބިނާކުރުމަށް ހަވާލުކޮށްފިއެވެ. ފޯކައިދޫ އިސްލާމީ މަރުކަޒު ހިމެނޭހެން 12 ރަށެއްގައި މިސްކިތް އިމާރާތްކުރުމަށާއި 2 ރަށެއްގައި ޤުރުއާނާއި ބެހޭ މަރުކަޒެއް ގާއިމްކުރުމަށް ސަރުކާރުން ވަނީ ދެ ކުންފުންޏަކާއި ހަވާލުކޮށްފައެވެ. އެ ކުންފުނިތަކަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީއެވެ. މި މަޝްރޫއުގެ ދަށުން ބޮޑުތިލަދުންމަތީގައި މިސްކިތް ބިނާކުރާ ރަށްތަކަކީ ށ. ނޫމަރާ، ހދ. ނެ...

އިބްރާހިމް ޚަލީލް
މުރައިދޫ ފުޓްބޯޅަ ދަނޑުގައި ފެންސްޖަހައި ބިލެތްފަހީގައި ފިޓްނަސް ސެންޓަރެއް ޤާއިމްކުރަން ހަވާލުކޮށްފި 📍 ހއ. މުރައިދޫ

މުރައިދޫ ފުޓްބޯޅަ ދަނޑުގައި ފެންސްޖަހައި ބިލެތްފަހީގައި ފިޓްނަސް ސެންޓަރެއް ޤާއިމްކުރަން ހަވާލުކޮށްފި

ށ. ބިލެތްފަހީގައި ފިޓްްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް (އެފްއާރުސީ) ޤާއިމްކޮށް، ހއ. މުރައިދޫ ފުޓް ބޯޅަދަނޑުގެ ވަށާފާރު ރާނާ ފެންސް ޖެހުން ހިމެނޭހެން ކުޅިވަރުގެ ދާއިރާގެ މަޝްރޫޢުތަކެއްގައި އިއްޔެ ސޮއިކޮށްފިއެވެ. މި މަސައްކަތަކީ ރަށްރަށުގައި ހުއްޓިފައިވާ ކުޅިވަރުގެ މަޝްރޫޢުތައް ފުރިހަމަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްގެން ހިންގާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ. މި ދެ މަޝްރޫޢު ވެސް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާއެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފ...

އައިޝަތު އައިނީ އާމިރު
ހަނިމާދޫ - ބެންގަލޫރަށް ދަތުރުތައް ފަށަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ - ބެންގަލޫރަށް ދަތުރުތައް ފަށަނީ

ޤައުމީ އެއާލައިން، މޯލްޑިވިއަނުން އަންނަ މޭމަހުން ފެށިގެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ބެންގަލޫރަށް ދަތުރުތައް ފަށަން ނިންމާފައިވާކަން މިއަދު ޢިއުލާންކޮށްފިއެވެ. މޯލްޑިވިއަންގެ ރަސްމީ އެކްސް އެކައުންޓްގައި ކުރި ޕޯސްޓެއް މެދުވެރިކޮށް މިކަން ޢިއުލާންކޮށްފައިވާއިރު، މި ދަތުރުތައް ފަށަން ނިންމާފައި ވަނީ މި އަހަރުގެ މޭމަހުގެ 15 އިން ފެށިގެންނެވެ. މެއި 15 އިން ފެށިކޮށް ކޮންމެ ހަފުތާއެއްގެ އާދީއްތަ އަދި ބުރާސްފަތީގައި މިދަތުރުތައް ބާއްވަން މޯލްޑިވިއަނުން ވަނީ ނިންމާފައެވެ. މި ދަތުރުތަ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ "މަލަފެހި" ނާސަރީ ޤާއިމް ކުރުމުގެ މަސައްކަތް ނިންމާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ "މަލަފެހި" ނާސަރީ ޤާއިމް ކުރުމުގެ މަސައްކަތް ނިންމާލައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ގަސް އިންދާ ނާސަރީ، (މަލަފެހި ނާސަރީ) ޤާއިމް ކުރުމުގެ މަސައްކަތް ނިންމާލަައިފިއެވެ. “ފިނިފެހި ސިޓީ” މި މަޝްރޫޢުގެ ދަށުން ދިވެހި ރެޑްކްރެސެންޓް އާއި ސިޓީ ކައުންސިލުން ގުޅިގެން މި ނާސަރީ ޤާއިމް ކޮށްފައިވަނީ ނޮދަން އޮފީސް ކޮމްޕްލެކްސްގެ ގޯތިތެރޭގައެވެ. މި ނާސަރީގެ މައިގަނޑު މަޤުސަދަކީ ރަށުގެ ތިމާވެށިގެ ހާލަތު ރަނގަޅުކޮށް، ގްރިންޒޯނާއި އާންމު ތަންތަނަށް ބޭނުންވާހެން އެކި އެކި ގަސް އުފައްދައި، ރަށް ޒީނަތްތެރިކުރުމާއި ރަށުން ނެތެމުންދާ ގަސްތައް އަލުން އާލާކޮށް، އަމިއްލަ...

އައިޝަތު އައިނީ އާމިރު
ރައީސް ވަހީދުގެ ކުންފުންޏަކަށް ޓޫރިޒަމަށް ހަނިމާދޫން ހަތަރު ބިން 📍 ހދ. ހަނިމާދޫ

ރައީސް ވަހީދުގެ ކުންފުންޏަކަށް ޓޫރިޒަމަށް ހަނިމާދޫން ހަތަރު ބިން

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގެ ލޭންޑް ޔޫސް ޕްލޭނުގައި ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ ބިމުން، ފަތުރުވެރިކަމުގެ ވިޔަފާރި ކުރުމަށް ބިޑް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ ދަށުން 10000 (ދިހަހާސް) އަކަފޫޓޫގެ ހަތަރު ބިން ކާމިޔާބުކުރި ފަރާތަށް އެ ބިންތައް ހަވާލުކޮށްފިއެވެ. 10000 އަކަފޫޓުގެ ހަތަރު ބިން ކާމިޔާބު ކޮށްފައިވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ކުންފުންޏެއްކަމަށްވާ “އޯސަމް ޕްރޮޕަޓީސް ޕލޑ” އިންނެވެ. މި ބިންތައް ހަވާލުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޯސަމް ޕްރ...

އިބްރާހިމް ޚަލީލް
އުތީމު އައުޓްޑޯރ ޖިމް ވަގުތީ ގޮތުން ބޭނުން ކުރަން ފަށައިފި 📍 ހއ. އުތީމު

އުތީމު އައުޓްޑޯރ ޖިމް ވަގުތީ ގޮތުން ބޭނުން ކުރަން ފަށައިފި

ހއ. އުތީމުގައި މިނިސްޓްރީ އޮފް ސްޕޯރޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން ގެ ފަރާތުން ތަރައްގީކުރި އައުޓްޑޯރ ޖިމް ވަގުތީ ގޮތުން ބޭނުން ކުރުމަށް މިއަދު ރައްޔިތުންނަށް ހުޅުވާލައިފިއެވެ. އުތީމް ކައުންސިލްގެ ރައީސް އަބްދުالله ރަޝީދު ތިލަދުންނަށް މައުލޫމާތު ދިން ގޮތުގައި ޖިމް ތަރައްޤީކޮށްފައި ވަނީ އުތީމު ސްޕޯރޓސް އެރީނާ ގައެވެ. މި ސަރަހައްދުގައި ފުޓްސަލް ދަނޑު، ބޯޅަ ދަނޑު އަދި ވޮލީ ކޯޓެއްވެސް ހިމެނެއެވެ. މި ގޮތުން ޖިމް ބޭނުން ކުރާ ރައްޔިތުންނަށް ފަސޭހަ ވާނެހެން ބޯޅަ […]

އައިޝަތު އައިނީ އާމިރު
މަކުނުދޫ އާއި މާއުނގޫދޫގައި ސިއްހީ މަރުކަޒުގެ އާ އިމާރާތް އަޅަން ހަވާލުކޮށްފި 📍 ހދ. މަކުނުދޫ

މަކުނުދޫ އާއި މާއުނގޫދޫގައި ސިއްހީ މަރުކަޒުގެ އާ އިމާރާތް އަޅަން ހަވާލުކޮށްފި

ހދ. މަކުނުދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތާއި، ށ. މާއުނގޫދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް އަޅަން ރޭ ހަވާލުކޮށްފިއެވެ. މި ދެ އިމާރާތް އަޅަން ހަވާލުކޮށްފައި ވަނީ، ނުވަ ރަށެއްގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތްކުރުމުގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައެވެ. ހެލްތް މިނިސްޓްރީގެ ފަރާތުން މަކުނުދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުމަށް ހަވާލުކޮށްފައި ވަނީ 103,595,304.83ރ އަށް ފެނަކަ ކޯޕަރޭޝަނާއެވެ. މާއުނގޫދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް އަޅަން […]

ޔުމްނާ ޢަލީ
ހަނިމާދޫ ހޮސްޕިޓަލާއި ކުޅުދުއްފުށީ ދަމަނަވެށި އަޅަން ހަވާލުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ހޮސްޕިޓަލާއި ކުޅުދުއްފުށީ ދަމަނަވެށި އަޅަން ހަވާލުކޮށްފި

ހދ. ހަނިމާދޫގައި ހޮސްޕިޓަލެއް އެޅުމަށާއި، ކުޅުދުއްފުށީ ސިޓީގައި ދަމަނަވެށި އެޅުމަށް މިރޭ ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީން މި ދެ ތަނުގެ މަސައްކަތް ހަވާލުކުރީ ސިއްހީ ޚިދުމަތްދޭ ނުވަ އައު އިމާރާތް އެޅުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ. މި ދެ މަޝްރޫޢު ހަވާލުކޮށްފައި ވަނީ އާރުޑީސީ އާއެވެ. މި ދެތަނުގެ އިތުރުން އދ. މާމިގިލީ ހޮސްޕިޓަލް އެޅުމަށާއި، ކ. ގާފަރު ޞިއްޙީ މަރުކަޒު އަޅަން ވެސް މިރޭ އާރުޑީސީ އާއި ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ހެލްތް […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ޓިވެޓް ސެންޓަރަކާއި ދަނާލެއް އަޅަން ހަވާލުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ޓިވެޓް ސެންޓަރަކާއި ދަނާލެއް އަޅަން ހަވާލުކޮށްފި

ކުޅުދުއްފުށީ ސިޓީގައި ޓެކްނިކަލް ވޮކޭޝަނަލް (ޓިވެޓް) ސެންޓަރަކާއި ދަރިވަރުންގެ ދަނާލެއް އިމާރާތް ކުރުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި އިއްޔެ ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީގައި ޓިވެޓް ސެންޓަރަކާއި ދަރިވަރުންގެ ދަނާލެއް އެޅުމުގެ އިތުރުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން އިއްޔެ ވަނީ ރ. ދުވާފަރުގައިވެސް ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ގާޢިމުކުރުމަށ...

ޔުމްނާ ޢަލީ
ވިއްސާރާގައި އިހަވަންދޫގައި ފެން ބޮޑުވުމުގެ އިތުރުން ގެއަކަށް ގެއްލުން 📍 ހއ. އިހަވަންދޫ

ވިއްސާރާގައި އިހަވަންދޫގައި ފެން ބޮޑުވުމުގެ އިތުރުން ގެއަކަށް ގެއްލުން

ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރެއަށް ކުރަމުންދާ ވިއްސާރައިގައި ހއ އިހަވަންދޫގައި ފެންބޮޑުވެ، ގެއަކަށް ފެން ވަދެ ގެއްލުންތަކެއް ވެއްޖެއެވެ. ކައުންސިލްގެ ރައީސް އަހުމަދު ސޮބާހް ތިލަދުންނަށް މައުލޫމާތު ދިން ގޮތުގައި ރޭގައި އިހަވަންދޫ ގެޔަކަށް ވަރަށް ބޮޑަށް ފެންވަދެ ބައެއް ތަކެއްޗަށް ގެއްލުންވެފައިވެއެވެ. އިއްޔެ މެންދުރު ފަހުން ފެށިގެން އެރަށަށް ހުއްޓުމެއް ނެތި ވެހުނު ވާރޭގައި ފެންބޮޑުވެ، ރަށުގެ އާންމު ހާލަތަށް ވަނި ބުރޫ އަރާފައެވެ. ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން ގެތަކަށް އިތުރަށް ފެންވަނުމަށް މަގުފ...

އައިޝަތު އައިނީ އާމިރު