މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ބިންހެލުމުގެ ޚަބަރު އިންޑޮނޭޝިއާއަށް M5.4 ގެ ބިންހެލުމެއް އަތުވެއްޖެ - 22 މިނިޓު ކުރިން
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,626 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9626 ޚަބަރުގެ ތެރެއިން
މިނިވަން 60ގެ ލޯގޯ ފަރުމާކޮށްގެން އެއްވަނައަށް ހޮވުނު ފަރުހާދަށް އިނާމު ހަވާލުކޮށްފި 📍 ހދ. ނޭކުރެންދޫ

މިނިވަން 60ގެ ލޯގޯ ފަރުމާކޮށްގެން އެއްވަނައަށް ހޮވުނު ފަރުހާދަށް އިނާމު ހަވާލުކޮށްފި

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި، އެންމެ ރަނގަޅު ކަމަށް ހޮވުނު ލޯގޯގެ ފަރުމާވެރިޔާ، ހދ. ނޭކުރެންދޫ، ވާރޭވިލާ ފަރުހާދު އިބްރާހީމަށް އިނާމު ހަވާލުކޮށްފި އެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި އިއްޔެ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، 30,000 ރުފިޔާގެ ފައިސާގެ އިނާމު ފަރުހާދާ ހަވާލުކޮށްދެއްވީ އެ ވުޒާރާގެ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ. އަދި މި ބައްދަލުވުމުގައި ވަޒީރު ވަނީ ފަރުހާދަށް މަރުހ...

އަލީ އާދިލް
ކެނދިކުޅުދޫގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށައިފި 📍 ނ. ކެނދިކުޅުދޫ

ކެނދިކުޅުދޫގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށައިފި

ނ. ކެނދިކުޅުދޫގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ހިދުމަތް އެމްޓީސީސީން އިއްޔެ ފަށައިފިއެވެ. މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ކެނދިކުޅުދުއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ބިން ބޮޑު އެ ރަށުގައި މިހާތަނަށް ބަހުގެ ހިދުމަތް ދެމުން އައީ ހަމައެކަނި ސްކޫލްތަކަށެވެ. ނަމަވެސް އެމްޓީސީސީން މިހާރު މި ހިދުމަތް ފެށުމާއެކު ރަށުގެ އާންމު ރައްޔިތުންނަށްވެސް މި ހިދުމަތް ލިބެން ފަށާފައިވެއެވެ. އެމްޓީސީސީން މި ހ...

އަލީ އާދިލް
ކުޅުދުއްފުށީ އުތުރު ބަނދަރު ދެކުނު ފަރާތު ނެރުބައްތި ބިނދިފައިވާތީ ސަމާލުވާން އެދިއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ އުތުރު ބަނދަރު ދެކުނު ފަރާތު ނެރުބައްތި ބިނދިފައިވާތީ ސަމާލުވާން އެދިއްޖެ

ކުޅުދުއްފުށީ އުތުރު ބަނދަރުގެ ދެކުނު ފަރާތުގެ ނެރުއްބައްތި ހަލާކުވުމާއި ގުޅިގެން ކަނޑު އުޅަނދު ފަހަރު ދުއްވާ ފަރާތްތަކުން އެ ކަމަށް ސަމާލުވާން ސިޓީ ކައުންސިލުން އެދިއްޖެއެވެ. ސިޓީ ކައުންސިލުން މިކަމާއި ގުޅިގެން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ކުޅުދުއްފުށީ އުތުރު ބަނދަރު ދެކުނު ފަރާތު ކަނޑިންމާ ބައްތި ވަނީ ބިނދިފައިކަމަށެވެ. މިކަމުގެ ސަބަބުން ދަތުރުކުރާ ފަރާތްތަކައް ގެއްލުމެއް ލިބިދާނެތިން މިކަމަށް ސަމާލުވާން ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. އެގޮތުން މި މައްސަލަ ހައްލުކުރުމަށްޓަކައި އެ އިދާރ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢު ފަށަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢު ފަށަނީ

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ގުޅިގެން ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ބައިވެރިން ހޯދުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ. މި މަޝްރޫޢު އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ “ދިވެހި ޤައުމިއްޔަތު އިއާދަަކުރުމުގެ ޤައުމީ މަޝްރޫޢު” ގެ ދަށުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން “ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢު” ގެ ނަމުގައި ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ....

އައިޝަތު އައިނީ އާމިރު
މާފަރު އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް ހޮޓަލެއް ތަރައްޤީކުރަނީ 📍 ނ. މާފަރު

މާފަރު އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް ހޮޓަލެއް ތަރައްޤީކުރަނީ

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް ބޮޑުކޮށް،  ފަތުރުވެރިން މަޑުކޮށްލާނެ ހޮޓަލެއް ތަރައްގީކުރަށްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނުކުފާނު މިއަދު ނ.އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ މަންޒިލެއްގެ ގޮތުގައި މާފަރަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އަޕްގްރޭޑް ކުރުމަށްފަހު މިމަހުގެ 8 ވަނަ ދުވަހުވަނީ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފައ...

ޔުމްނާ ޢަލީ
މާފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށައި، ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި 📍 ނ. މާފަރު

މާފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށައި، ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ނ. މާފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށައި އެރަށުގައި އަޅާ ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނ.އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ މަންޒިލެއްގެ ގޮތުގައި މާފަރަށް ވަޑައިގެންފައިވާއިރު، މާފަރުގައި ސަރުކާރުން ޤާއިމްކުރި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އެ މަނިކުފާނެވެ. މާފަރުގެ ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ މާލޭ ވޯޓަރ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިންނެވ...

ޔުމްނާ ޢަލީ
އެޓްމޮސްފިއަރ ފައުންޑޭޝަނުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް އޮނުގަސް ހަދިޔާކޮށްފި 📍 ހދ. ކުޅުދުއްފުށި

އެޓްމޮސްފިއަރ ފައުންޑޭޝަނުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް އޮނުގަސް ހަދިޔާކޮށްފި

އެޓްމޯސްފިއަރ ފައުންޑޭޝަންގެ ކުޅުދުއްފުށި ސިޓީ ކައުންސިލަށް 30 އޮނުގަސް ހަދިޔާކޮށްފިއެވެ. މިއީ އެ ފައުންޑޭޝަންގެ ބެމްބޫ ފޯރ ކްލައިމެޓް މިޓިގޭޝަން ޕްރޮޖެކްޓްގެ ދަށުން ހަދިޔާކުރި ގަސްތަކެކެވެ. ސިޓީ ކައުންސިލުގެ ފިނިފެހި ނާސަރީއަށް މި ގަސްތައް ހަދިޔާކޮށްދެއްވުމާއެކު، އެޓްމޯސްފިއަރ ފައުންޑޭޝަންގެ ނައިބު ރައީސް އަބްދުލްއަޒީޒު އަބްދުލްހަކީމް ގެ އިތުރުން ޓީމާއި އެކު ޑރ. އޭންޕައުލް ވެސް ވަނީ ސިޓީގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދުމުުގެ ހަރަކާތުގައި ބައިވެރިވެފައެވެ. މީގެ އިތުރުން އަބްދުލްއަޒީޒު ވ...

އައިޝަތު އައިނީ އާމިރު
ސްމާޓް ސިޓީ ކޮންސެޕްޓްގައި ކުލަޖައްސައިދެވުމުން އާތިފް އުފަލުން، "ކުންބުޓި ޕޯޓަލް" ލޯންޗްކުރާނީ 33 ޚިދުމަތާއެކު 📍 ހދ. ކުޅުދުއްފުށި

ސްމާޓް ސިޓީ ކޮންސެޕްޓްގައި ކުލަޖައްސައިދެވުމުން އާތިފް އުފަލުން، "ކުންބުޓި ޕޯޓަލް" ލޯންޗްކުރާނީ 33 ޚިދުމަތާއެކު

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ސާވިސް ޕޯޓަލް ޓެސްޓުކުރުމަށް 7 ހިދުމަތާއެކު އާންމުންނަށް މިއަދު ހުޅުވާލެވުނު ކަމުގައިވިޔަސް، އަމާޒަކީ 33 ޚިދުމަތާއެކު 2025 ވަނަ އަހަރު ނިމުމުގެ ކުރިން ފުރިހަމަކޮށް “ކުންބުޓި ޕޯޓަލް” (އޮންލައިންކޮށް ޚިދުމަތަށް އެދޭ ޕޯޓަލް) ލޯންޗުކުރުމަށް ކަމަށް ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ. މި ޚިދުމަތް ލޯންޗުކުރުމާއި ގުޅިގެން މޭޔަރ އާޠިފް މިއަދު ފޭސްބުކްގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޒިންމާދާރުކަމާއެކު ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުއްޓަށް ޑްރަގް އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުއްޓަށް ޑްރަގް އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ވައިގެ މަގުން ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، ދިވެހި ފުލުހުންގެ ޚިދުމަތާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތާއި ގުޅިގެން މި ޖުލައި މަހު 18 ވަނަ ދުުވަހު ހިންގި މި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށްފައިވަކަމަށެވެ. އެގޮތުން މި މައްސަލާގައި ކުޅުދުއްފުށީ އެއަރޕޯޓު ސަރަހައްދުން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ލީޑް، މުޙައްމަދު ހުމާމް ޙަސަން ނަޢީމް (29އ) އާއި މާލެ / […]

އައިޝަތު އައިނީ އާމިރު
އިގްތިސޯދީ ވަޒީރު ސައީދުގެ ބައްޕަ ނިޔާވެއްޖެ

އިގްތިސޯދީ ވަޒީރު ސައީދުގެ ބައްޕަ ނިޔާވެއްޖެ

އިގްތިސޯދީ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދުގެ ބައްޕަ ސަޢީދު ޢަބްދުﷲ، ވިނަރެސް / ހއ.ތުރާކުނު ނިޔާވެއްޖެއެވެ. ސައީދު ޢަބުދުﷲ ވަނީ ތުރާކުނުގެ ކުޑަ ކަތީބުގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވުމުގެ އިތުރުން ތުރާކުރުނުގެ އިދާރީ ހިންގުމުގައި ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތް ކުރަށްވާފައެވެ. ސައީދު ޢަބުދުﷲ ނިޔާވުމާއި ގުޅިގެން ތައުޒިޔާ ވިދާޅުވެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޚަބަރު އަޑުއެއްސެވީ ނުހަނު ފުންހިތާމައާއެކުގައި ކަމަށެވެ. ‏’’މަރުޙޫމް ސަޢީދު...

ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ "ކުންބުޓި ޕޯޓަލް" ޓެސްޓަށް ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ "ކުންބުޓި ޕޯޓަލް" ޓެސްޓަށް ހުޅުވާލައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ސާވިސް ޕޯޓަލް “ކުންބުޓި ޕޯޓަލް” ޓެސްޓުކުރުމުގެ ގޮތުން އާންމު ރައްޔިތުންނަށް މި ޕޯޓަލް ޓެސްޓުކުރުމަށް މިއަދު ހުޅުވާލައިފިއެވެ. މި ޚިދުމަތް އާންމުންނަށް ޓެސްޓުކުރުމަށް ހުޅުވާލަމުން ސިޓީ ކައުންސިލުން ބުނެފައިވަނީ މި ޕޯޓަލް އަކީ ސިޓީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ފަސޭހަކަމާއެކު އޮންލައިންކޮށް އެދިލެއްވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި އުފައްދާފައިވާ ޕޯޓަލް އެއް ކަމަށެވެ. އެގޮތުން ކުންބުޓި ޕޯޓަލް މެދުވެރިކޮށް މިވަގުތު ރައްޔިތުންނަށް އެދިއްލެއްވޭނެ 7 ޚިދުމަތ...

އައިޝަތު އައިނީ އާމިރު
ޓާފް އަޅާ ނިންމާލިތާ ކުޑަ ދުވަސްކޮޅެއްތެރޭ އުތީމު ބޯޅަ ދަނޑުގައި ލައިޓް ޖަހަން ބީލަމަށް 📍 ހއ. އުތީމު

ޓާފް އަޅާ ނިންމާލިތާ ކުޑަ ދުވަސްކޮޅެއްތެރޭ އުތީމު ބޯޅަ ދަނޑުގައި ލައިޓް ޖަހަން ބީލަމަށް

ހއ. އުތީމު ފުޓްބޯޅަ ދަނޑުގައި އަމިއްލަ ތަކެތީގައި ލައިޓް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، އެ ރަށު ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ. މި ދަނޑުގައި ޓާފް އަޅައި ނިންމާލިކަން ޔޫތު މިނިސްޓްރީން ހާމަކުރީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިންނެވެ. އެއަށްފަހު މިއަދު ވަނީ އުތީމު ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އެ ދަނޑުގައި ލައިޓް ޖެހުމަށް އުތީމު ކައުންސިލުން ބީލަމަށް ހުޅުވާލައިފައެވެ. އުތީމު ކައުންސިލުން ބީލަމަށް ހުޅުވާލައި ނެރުނު އިޢުލާނުގައިވާ ގޮތުން، […]

ޔުމްނާ ޢަލީ
އެމްޔޫއޭގެ ފަރާތުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ޑަސްބިން ހަދިޔަކޮށްފި 📍 ހދ. ކުޅުދުއްފުށި

އެމްޔޫއޭގެ ފަރާތުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ޑަސްބިން ހަދިޔަކޮށްފި

މޯލްޑިވްސް ޔުނިޓީ އެސޯސިއޭޝަން (އެމްޔޫއޭ) ގެ ފަރާތުން ކުޅުދުއްފުށި ސިޓީ ކައުންސިލަށް ޑަސްބިން ހަދިޔާކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުން ބުނިގޮތުގައި ސިޓީ ކައުންސިލަށް 240 ލީޓަރުގެ 3 ޑަސްބިން ހަދިޔާކޮށްދެއްވާފައިވަނީ އެމްޔޫއޭގެ މަސްޢޫލުވެރިޔާ ނަޒާކީ ޒަކީ (ދާތޯ ޒަކީ) އެ ޖަމިިއްޔާގެ ކުޅުދުއްފުށީ ގޮފި މެދުވެރިކޮށް ކަމަށެވެ. މި ޑަސްބިންތައް ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވަނީ 16 ޖުލައި 2025 ވީ ބުދަ ދުވަހުއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ އެމްޔޫއޭގެ މަސްޢޫލުވެރިޔާ އަށާއި އެ ޖަމިއްޔާގެ ކުޅުދު...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ ޤުރުއާން މުބާރާތް ފަށައިފި

ކުޅުދުއްފުށީ ޤުރުއާން މުބާރާތް ފަށައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޤުރުއާން މުބާރާތް 1447” މިއަދު ހެނދުނު ފަށައިފިއެވެ. އެގޮތުން މި މުބާރާތް ފެށުމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސިޓީ ކައުންސިލުން ބުނެފައިވަނީ، މި އަހަރުގެ ޤުރުއާން މުބާރާތުގައި 3 ސްކޫލަކުންނާއި، 7 ޤުރުއާން ކުލާހަކުން އަދި 1 ޔުނިވަރސިޓީއަކުން މުޅި ޖުމްލަ 199 ދަރިވަރުން ވަނީ ބައިވެރިވެފައިވާކަމަށެވެ. މީގެ އިތުރުން މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކުގެ ތެރޭގައި، ކޯ ސްޕޮންސަރ، ޤިބްލަ ހައް...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯސް ކާމިޔާބުކަމައެކު ނިންމާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯސް ކާމިޔާބުކަމައެކު ނިންމާލައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލާއި، އަބުޑީ މޯލްޑިވްސް އާއި ގުޅިގެން އެޓްމޯސްފިއަރ ފައުންޑޭޝަންގެ އެހީތެރިކަމާއެކު އެ ސިޓީގައި ކުރިއަށް ގެންދިޔަ ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ކޯސް ނިންމާލުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި އާމިނަތު ޝިހާނާ (އަބުޑީ) އަދި އެޓްމޯސްފިއަރ ފައުންޑޭޝަންގެ ނައިބު ރައީސް އަބްދުލް އަޒީޒް އަބްދުލް ޙަކީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން 7 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކުރިއ...

އައިޝަތު އައިނީ އާމިރު