އިގްތިސޯދީ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދުގެ ބައްޕަ ސަޢީދު ޢަބްދުﷲ، ވިނަރެސް / ހއ.ތުރާކުނު ނިޔާވެއްޖެއެވެ.

ސައީދު ޢަބުދުﷲ ވަނީ ތުރާކުނުގެ ކުޑަ ކަތީބުގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވުމުގެ އިތުރުން ތުރާކުރުނުގެ އިދާރީ ހިންގުމުގައި ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތް ކުރަށްވާފައެވެ.

Ad
rt

ސައީދު ޢަބުދުﷲ ނިޔާވުމާއި ގުޅިގެން ތައުޒިޔާ ވިދާޅުވެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޚަބަރު އަޑުއެއްސެވީ ނުހަނު ފުންހިތާމައާއެކުގައި ކަމަށެވެ.

‏’’މަރުޙޫމް ސަޢީދު ޢަބްދުﷲ އަކީ ހއ.ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަޤާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، ޤަދަރުވެރި ބޭފުޅެކެވެ. ޚުލްޤު ހެޔޮ، ދީންވެރި، ހަރުދަނާ ޝަޚްޞިއްޔަތެކެވެ.’’ ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވަނީ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރަށްވާފައެވެ.

ރައީސްގެ އިތުރުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވެސް ވަނީ ސައީދުގެ ބައްޕަ ނިޔާވުމުން ތައުޒިޔާ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ސަރުކާރުގެ އިސް ވެރިންނާއި ގިނަ އަދަދެއްގެ ބަޔަކު އަންނީ ސައީދާއި ޢާއިލާ އަށް ތައުޒިޔާ ފޮނުވަމުންނެވެ.

‏