މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ނ. ލަންދޫ (285 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
285 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ލަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

285 ޚަބަރުގެ ތެރެއިން
މިލަންދޫން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

މިލަންދޫން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

ށ. މިލަންދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. މިލަންދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންސްޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މިލަންދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައި ވާކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިލަންދޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަސްތުވާތަކެތި ބޭނުންކުރާ ކ...

ޔުމްނާ ޢަލީ
ކޮވިޑް-19: މިލަންދޫގައިވެސް ގިނަ ހަރަކާތްތަކެއް 📍 ށ. މިލަންދޫ

ކޮވިޑް-19: މިލަންދޫގައިވެސް ގިނަ ހަރަކާތްތަކެއް

ރާއްޖެ ހިމެނޭހެން މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި މެދު ރައްޔިތުން ރައްކާތެރިކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް ށ. މިލަންދޫގައިވެސް ގިނަ ހަރަކާތްތަކެއް ހިންގަމުން އެބަދެއެވެ. ފިހާރަތަކާއި، ހޮޓާ ރެސްޓޯރެންޓު ކައިރީ އަތް ދޮވެވެވޭނެ އިންތިޒާމު ހަމަޖެއްސުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އެރަށުގެ ފިހާރަތަކާއި، ހޮޓާ ރެސްޓޯރެންޓު ކައިރީ ސައިބޯނި ލައިގެން އަތް ދޮވެވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި އެރަށުގެ ބީއެމްއެލް އޭޓީއެމުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށްވެސް އަތް ދޮވެވޭނެ...

ޝިއުނާ އާދަމް
މިލަންދޫން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި 📍 ށ. މިލަންދޫ

މިލަންދޫން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. މިލަންދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިލަންދޫން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ. މިލަންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ހިނގާ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އޭނާ...

ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ނ. ލަންދޫ، އަލްޙާފިޡާ މާޒިނާ އަށް ހަވާލުކޮށްފި 📍 ނ. ލަންދޫ

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ނ. ލަންދޫ، އަލްޙާފިޡާ މާޒިނާ އަށް ހަވާލުކޮށްފި

2018 ވަނަ އަހަރު ޝަހާދާ ސާނަވިއްޔާ ނިންމައި، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ޙާސިލުކުރި ދަރިވަރު ނ. ލަންދޫ ކިނާރާ އަލްޙާފިޡާ މާޒިނާ ޢަބްދުއްރަޙީމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ. މާޒިނާ ޢަބްދުއްރަޙީމަށް ރައީސުލްޖުމްހޫރިއްޔާ ހިތްވަރު ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ހަމަޖެހުނުކަމުގެ ލިޔުމާއި އިނާމު އޭނާއަށް ދެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި މަޒީނާ ހޯދި ކާމިޔާ...

ޔުމްނާ ޢަލީ
ނ.ލަންދޫ ފިހާރައެއް ފަޅާލައި ވަގަށް ނަގާފައިވާ ބައެއް ތަކެތި ހޯދައިފި 📍 ނ. ލަންދޫ

ނ.ލަންދޫ ފިހާރައެއް ފަޅާލައި ވަގަށް ނަގާފައިވާ ބައެއް ތަކެތި ހޯދައިފި

ނ.ލަންދޫ ފިހާރައެއް ފަޅާލައި ވަގަށް ނަގާފައިވާ ބައެއް ތަކެތި ހޯދައިފިއެވެ. ނ.ލަންދޫ ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ފިހާރައަށްވަދެ އެފިހާރައިން ގިނަ އަދަދެއްގެ ފައިސާ އާއި ސިނގިރޭޓް ކާޓުންތަކެއް ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު 06:40 އެހާކަންހާއިރުއެވެ. ފުލުހުންނަށް ހުށަހެޅުނު މިމައްސަލައާ ގުޅިގެން ލަންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ކުރި މަސައްކަތުން މިޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އެރަށުގެ ވަލުތެރެ ބަލައިފާސްކުރ...

ޔުމްނާ ޢަލީ
📍 ށ. މިލަންދޫ

މިލަންދޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ށ. މިލަންދޫ ރައްޔިތުންނަށް އަމާޒުކޮށްގެން، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު ޢަލީ ރިޟާގެ އިސްނެންގެވުމުގެ މަތިން މިލަންދޫ ޕޮލިސް ސްޓޭޝަނާއި، ސިއްހީ މަރުކަޒާއި، އަންހެނުންގެ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ހިނގާ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިލަންދޫ ދާއިރާގެ ކައުންސިލު މެމްބަރު ސައުދުﷲ އުސްމާނެވެ. ފާއިތުވި ނޮވެމްބަރ...

އިބްރާހިމް އަސްވާޤް
ގއ.ނިލަންދޫގައި އަލަށް އިމާރަތް ކުރާ އިންޖީނުގޭގެ ބިންގާ އަޅައިފި

ގއ.ނިލަންދޫގައި އަލަށް އިމާރަތް ކުރާ އިންޖީނުގޭގެ ބިންގާ އަޅައިފި

ފެނަކަ ކޯޕަރޭޝަނުން ގއ. ނިލަންދޫގައި އަލަށް އިމާރާތް ކުރާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ. މިއަދު ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޖީނުގޭގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސައީދު މުހައްމަދާއި، ދާންދޫ ދާއިރާގެ މަޖިލިސް މެމްބަރ ޔައުގޫބު އަބްދުﷲ އެވެ. މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަޙުމަދު ސައީދާއި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު ޢަބްދުﷲ ގެ އިތުރުން ނިލަންދޫ ކައުންސިލްގެ ރައީސް ނާސިހު އިބްރާހީމް ވަނީ ބައިވެރިވެ ވާހަ...

ފާތިމަތު ސިނާޒާ
ށ. މިލަންދޫ ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލު ހޯދައި މަޝްވަރާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި 📍 ށ. މިލަންދޫ

ށ. މިލަންދޫ ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލު ހޯދައި މަޝްވަރާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ޤާއިމުކުރުމަށާއި އެކި ކަންކަމަށް އާންމު ރައްޔިތުން ހޭލުންތެރިކޮށް ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ށ. މިލަންދޫ ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލު ހޯދައި މަޝްވަރާ ކުރުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން މިޕްރޮގްރާމްގައި، ރަށުގައި ހިނގާ ކުށްތައް ހުއްޓުވުމާއި އެފަދަ ކަންކަން ކުރާ ފަރާތްތައް ކުށުގެ ވެށިން ދުރުހެލި ކޮށް މުޖްތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމަށް ފުލުހުންނާ...

އިބްރާހިމް އަސްވާޤް
ލަންދޫގައި މިސްކިތެއް އިމާރާތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފި

ލަންދޫގައި މިސްކިތެއް އިމާރާތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފި

ނ. ލަންދޫގައި މިސްކިތެއް އިމާރާތް ކުރުމަށް ސަރުކާރުން މާރިސް ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްފިއެވެ. 210 މީހުންގެ ޖާގައިގެ މި މިސްކިތް ޢިމާރާތްކުރުމުގެ މަޝްރޫޢުއަށް 4،494.333.90 (ހަތަރުމިލިއަން ހަތަރުލައްކަ ނުވަދިހަ ހަތަރުހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ ނުވަދިހަ ލާރި) ސަރުކާރުން ހަރަދު ކުރާނެއެވެ. މި މަސައްކަތް މާރިސް ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްފައިވަނީ 210 ދުވަހުގެތެރޭގައި ނިންމާ ގޮތަށެވެ. މި މަސްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް އިއްޔެ ބޭއްވިވެ ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތު...

އަޙްމަދު މުޖުތަބާ
​ދިރާގު ދިވެހި ޕްރިމިއަރ ލީގު 2019: ނިލަންދޫ މޮޅުވި އިރު ވިކްޓްރީ ހާޒިރު ނުވުމުން މެޗް ގްރީންއަށް

​ދިރާގު ދިވެހި ޕްރިމިއަރ ލީގު 2019: ނިލަންދޫ މޮޅުވި އިރު ވިކްޓްރީ ހާޒިރު ނުވުމުން މެޗް ގްރީންއަށް

ދިރާގު ދިވެހި ޕްރިމިއަރ ލީގު 2019 ގައި އިއްޔެ ހަވީރު ނިލަންދޫ ސްޕޯޓް ކުލަބް އަދި ފޯކައިދޫ ފުޓްބޯލް ކުލަބް ބައްދަލުކުރި މެޗް 2-3 ނިލަންދޫ ސްޕޯޓް ކުލަބް ވަނީ ކާމިޔާބުކޮށްފައެވެ. މެޗްގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނެގީ ނިލަންދޫއިންނެވެ. ނިލަންދޫގެ ގޯލް މެޗްގެ 9 ވަނަ މިނިޓްގައި ކާމިޔާބިކޮށްދިނީ ނިލަންދޫ ޓީމަށް ކުޅެމުން އަންނަ ބިދޭސީ ކުޅުންތެރިއެއް ކަމަށްވާ ލޫކަސް އެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ފުރަތަމަހާފްގެ ފަހުކޮޅު ގާތްގާތުގައި ފޯކާއިދޫއިން […]

އަޙްމަދު އަސްފާން
ހއ. ގައްލަންދޫ - ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރައްދެއް

ހއ. ގައްލަންދޫ - ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރައްދެއް

ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަށް ރައީސް ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ބޮޑު ތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމެވީ ޖޫން މަހުގެ 12 ވަނަދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެކަމާ މަޝްވަރާ ކުރެއްވުމަށްފަހު އެވެ. މި ސަރަހައްދުތައް ކަނޑައެޅުމުގަ...

ޔުމްނާ ޢަލީ
ލަންދޫ ދެ މީހަކު ޙާފިޡުކަމުގެ ސަނަދު ހާސިލް ކޮށްފި 📍 ނ. ލަންދޫ

ލަންދޫ ދެ މީހަކު ޙާފިޡުކަމުގެ ސަނަދު ހާސިލް ކޮށްފި

ނ. ލަންދުއަށް ނިސްބަތްވާ ދެ މީހަކު ކީރިތި ޤުރްއާން ހިތުދަސްކޮށް ޙާފިޡުކަމުގެ ސަނަދު ހާސިލުކޮށްފޮއެވެ. ނިމިގެންދިޔަ 33 ވަނަ ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ޙާފިޡުކަމުގެ ހާސިލުކުރި ލަންދޫގެ ދެ ފަރާތަކީ އެ ރަށު ކިނާރާ، އަލްޙާފިޡާ މަޒީނާ އަބްދުއްރަހީމް، ހަމަ އެގޭ އަލްޙާފިޡާ މައިޝާ އަބްދުއްރަހީމެވެ. މި މުބާރާތުގައި ކީރިތި ޤުރްއާން ހިތުދަސްކޮށްގެން ޙާފިޡުކަމުގެ ސަނަދު 15 ފަރާތަކުން ޙާޞިލުކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ 9 އަންހެން ބޭފުޅުންނާއި 6 ފިރިހެން ބޭފުޅުންނެވެ. ޙާފިޡުކަމުގެ ސަނަދު ހާސިލ...

އަފްރާހް އަބްދުލް ރަޝީދު
މިލަންދޫ އައުޓްޑޯ ކޮމްޕްލެކްސް ނިންމައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާން ކޮށްފި 📍 ށ. މިލަންދޫ

މިލަންދޫ އައުޓްޑޯ ކޮމްޕްލެކްސް ނިންމައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާން ކޮށްފި

ށ. މިލަންދޫގައި ސަރުކާރުން އަޅަން ފަށާފައިވާ އިންޑޯ ކޮމްޕްލެކްސްގައި ނުނިމިހުރި މަސައްކަތްތައް ކުރަން އަނެއްކާވެސް ހުޅުވާލައިފިއެވެ. މި މަސައްކަތް ކުރަން ޝައުގުވެރިކަން ހުރި ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް އަނެއްކާވެސް، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ހުޅުވާލައިފައިވަނީ، މި އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު ކުރި އިއުލާނަށް، އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީއެވެ. ޔޫތު މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވަނީ މި މަސައްކަތް ކުރުމަށް ޝައުގުވެ...

Thiladhun
ހއ. ފިއްލަދޫ އާއި ށ. މިލަންދޫގައި އައުޓްޑޯ ޖިމް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހއ. ފިއްލަދޫ

ހއ. ފިއްލަދޫ އާއި ށ. މިލަންދޫގައި އައުޓްޑޯ ޖިމް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. ފިއްލަދޫ އާއި ށ. މިލަންދޫގައި އައުޓްޑޯ ޖިމްގެ ސާމާނު ހަވާލުކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިދެރަށުގެ އިތުރުން މިއަހަރު ޖިމް ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ތ. ތިމަރަފުށި، އއ.ރަސްދޫ ގެ އިތުރުން ބ.ތުޅާދޫގައެވެ. މިފަސްރަށުގައި ޖިމް ގާއިމްކުރުމަށް ބޭނުންވާ ސާމާނު މިހާރު ވަނީ ދެއްވާފައި ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ. ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއީ ދިވެހިރާއްޖެއަކީ ސިއްހީ ގޮތުން ދުޅަހެޔޮ އާބާދީއެއް އޮތް ތަނަކަށް ހެދުމަށްޓަކައި މިނިސްޓްރީ އޮފް...

އިބްރާހިމް އަސްވާޤް