ފެނަކަ ކޯޕަރޭޝަނުން ގއ. ނިލަންދޫގައި އަލަށް އިމާރާތް ކުރާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.
މިއަދު ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޖީނުގޭގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސައީދު މުހައްމަދާއި، ދާންދޫ ދާއިރާގެ މަޖިލިސް މެމްބަރ ޔައުގޫބު އަބްދުﷲ އެވެ.

މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަޙުމަދު ސައީދާއި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު ޢަބްދުﷲ ގެ އިތުރުން ނިލަންދޫ ކައުންސިލްގެ ރައީސް ނާސިހު އިބްރާހީމް ވަނީ ބައިވެރިވެ ވާހަކަ ދައްކަވާފައެވެ.
ބިންގާ އެޅިގެން ދިޔަ އިންޖީނުގެ އަކީ ޒަމާނީ ފެންވަރުގައި ނެޓްވޯރކް އަޕްގުރޭޑު ކުރެވިގެން ހުޅުވޭނެ އިމާރާތެއްކަމަށާއި މީގެ އިތުރުން އަލަށް މި އިިމާރާތް ހުޅުވޭއިރު އިންޖީނުގެ އަޑުމަޑުވެ އިންޖީނުގެ އިން އަރާ ދުން މިހާރަށްވުރެ ބޮޑަށް މަދުވެގެންދާނެކަމަށް ފެނަކަގެ ފަރާތުން މައުލޫމާތު ދެއެވެ.
ފެނަކައިން މިއަހަރުތެރޭގައި މުޅީން އަލަށް 30 އިންޖީނުގެ އެޅުމަށް އަމާޒު ހިފައިފައިވާއިރު މިއަހަރު މިހާތަނަށް ފެނަކައިން ވަނީ ގިނަ ރަށްރަށެއްގައި އިންޖީނުގެ އެޅުމަށް ނިންމައި އެތަންތަނުގެ ބިންގާ އަޅައިފައެވެ.
މީގެ އިތުރުން އެ ކުންފުނިން ގެންދަވަނީ ރަށްރަށުގެ ކަރަންޓަށް ދިމާވާ މައްސަލަތައް ޙައްލު ކުރުމަށްޓަކައި ތަފާތު މަސައްކަތްތައް ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!