ނ. ލަންދުއަށް ނިސްބަތްވާ ދެ މީހަކު ކީރިތި ޤުރްއާން ހިތުދަސްކޮށް ޙާފިޡުކަމުގެ ސަނަދު ހާސިލުކޮށްފޮއެވެ.

ނިމިގެންދިޔަ 33 ވަނަ ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ޙާފިޡުކަމުގެ ހާސިލުކުރި ލަންދޫގެ ދެ ފަރާތަކީ އެ ރަށު ކިނާރާ، އަލްޙާފިޡާ މަޒީނާ އަބްދުއްރަހީމް، ހަމަ އެގޭ އަލްޙާފިޡާ މައިޝާ އަބްދުއްރަހީމެވެ.

Ad
rt

މި މުބާރާތުގައި ކީރިތި ޤުރްއާން ހިތުދަސްކޮށްގެން ޙާފިޡުކަމުގެ ސަނަދު 15 ފަރާތަކުން ޙާޞިލުކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ 9 އަންހެން ބޭފުޅުންނާއި 6 ފިރިހެން ބޭފުޅުންނެވެ.

ޙާފިޡުކަމުގެ ސަނަދު ހާސިލް ކުރި ފަރާތްތަކަށް ތާޖް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.