📍 ށ. ފުނަދޫ
ފުނަދޫގެ ހުރިހާ ގޮނޑިއެއް ޕީއެންސީ އަށް
ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ)ގައި ށ. ފުނަދޫ ކައުންސިލްގެ ގޮނޑިތައް ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިޚާބުގައި ފުނަދޫގެ ގޮނޑިތަކަށް އިދިކޮޅު އެމްޑީޕީން ވާދަކޮށްފައެއްނުވެއެވެ. މި ގޮނޑިތަކަށް ޕީއެންސީގެ ކެންޑިޑޭޓުންނާއި ވާދަކުރީ މިނިވަން ކެންޑިޑޭޓުންނެވެ. މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުން ފުނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ...