ށ. ފުނަދޫ ސްކޫލާ ކައިރީގައި ހިތްފަސޭހަ މާހައުލެއްގައި، ގުދުރަތީ ރީތިކަން ފެންނަން ހުންނަ "ދައްފަޅު" ކައިރީގައި، އެރަށު ޔުނިޓީ ސްޕޯޓްސް އެކަޑަމީން އާ ބެންޗުތަކެއް ބަހައްޓައިފިއެވެ.
އެ އެކަޑަމީން ބުނީ، މި މަސައްކަތުގެ ސަބަބުން އެ ސަރަހައްދަށް ޒިޔާރަތްކުރާ މީހުންނާއި ބެލެނިވެރިންނަށް ހިތްފަސޭހަކަމާއެކު ތިބެވޭނެ އިންތިޒާމެއް ވަނީ ހަމަޖެހިފައިކަމަށެވެ.
ފުނަދޫ ޔުނިޓީ އެކަޑަމީން ކުރިއަށް ގެންދިޔަ މި މަޝްރޫޢުއަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ.
ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީން އެރަށު ދައްފަޅު ކައިރީގައި އައު ބެންޗުތަކެއް ބަހައްޓާފައި، ފޮޓޯ: ޔުނިޓީ ސްޕޯޓްސް އެކަޑަމީ
އެ އެކަޑަމީން ބުނީ މި ބެންޗުތައް ހެދުމުގެ ފަންނީ މަސައްކަތް ކޮށްފައިވަނީ ފުނަދޫ އެސް.އާރު.ޑަބްލިއު ވޭވް އިންވެސްޓްމަންޓުން ކަމަށެވެ.
''މި ބެންޗުތަކުގެ ސަބަބުން، މި ހިތްފަސޭހަ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ގުދުރަތީ ރީތިކަމުގެ މަންޒަރު ބަލާލުމަށްޓަކައި އަރާމުކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ'' ފުނަދޫ ސްޕޯޓްސް އެކަޑަމީން ބުނެފަވެއެވެ.
2022 ވަނަ ފުނަދޫ ސްޕޯޓްސް އެކަޑަމީން ވަނީ އެ ރަށު ސްކޫލުގައި ރީޑިން ޕާކެއް ވެސް ތަރައްގީކޮށްދީފައެވެ. މި ތަނަކީ ށ.އަތޮޅު ކައުންސިލުން މާލީ އެހީ ފޯރުކޮށްދީގެން ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!