ށ.ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން ބޭއްވި "ޔުނިޓީ ކަޕް 2025" ވޮލީ މުބާރާތުގެ ޗެމްޕިއަންކަން، އެ އަތޮޅު ކޮމަންޑޫއަށް ނިސްބަތްވާ، ކޮމަންޑޫ ސްޕޯޓްސް އިން ކާމިޔާބު ކޮށްފިއެވެ.
މި މުބާރާތުގެ ފައިނަލް މެޗު ރޭ ފުނަދޫ ވޮލީ ކޯޓުގައި ކުޅެފައިވާއިރު ފައިނަލް މެޗުގައި ބައްދަލުކުރީ ކޮމަންޑޫ ސްޕޯޓްސްއާއި ޒޮލޭންއެވެ. މި މެޗު 3 ސެޓް 1 ސެޓުން ކާމިޔާބު ކޮށްފައި ވަނީ ކޮމަންޑޫ ސްޕޯޓްސް އިންނެވެ. މެޗުގެ ސެޓްތައް ގޮސްފައި ވަނީ 30/28، 25/19، 17/25، 26/24) އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކޮމަންޑޫގެ އަރްޔަން އެވެ.
މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން
- އަރްޔަން – ކޮމަންޑޫ ސްޕޯޓްސް
- އަލީ އާމިރު – ކޮމަންޑޫ ސްޕޯޓްސް
- ޝަކަތު ސިންހ – ކޮމަންޑޫ ސްޕޯޓްސް
- ޝަބަޖް އަލީ – ޒޮލޭން
- ހުސެއިން ޝާހިދު – ޒޮލޭން
- ޖަސްކަރަން ސިންހ – ޒޮލޭން
މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން، ފޮޓޯ: ޔުނިޓީ ސްޕޯޓްސް އެކަޑަމީ
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކޮމަންޑޫ ސްޕޯޓްސްގެ އަރްޔަންއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ކޮމަންޑޫ ސްޕޯޓްސް ގެ ކޯޗް ހުސެއިން ޒަރީރުއެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަރްޔަން، ފޮޓޯ: ޔުނިޓީ ސްޕޯޓްސް އެކަޑަމީ
މި މުބާރާތުގައި ހަތް ޓީމަކުން ވާދަކުރިއެވެ. އޭގެ ތެރޭގައި ފުންދޫ ހަތަރު ޓީމެއް ހިމެނެއެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން ޔަންގް ފޯސް، ފޯޓީ ޕްލަސް، ޒޮލޭން އެފްވީސީ އަދި މެކްސް އެސްސީ އެވެ. ރަށުން ބޭރުން ބައިވެރިވި ތިން ޓީމަކީ ކޮމަންޑޫ ސްޕޯޓްސް ކްލަބް، ޖޭޑަބްލިއު މެރިއޮޓް އަދި މާއުނގޫދޫ ވީޓީއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ. މިއީ ޔުނިޓީ ސްޕޯޓްސް އެކަޑަމީން މި މުބާރާތް ބޭއްވި ތިންވަނަ ފަހަރެވެ.
މި މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!