މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ނ. މަގޫދޫ (16 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
16 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މަގޫދޫގެ އެންމެ ފަހުގެ ޚަބަރުތައް

16 ޚަބަރުގެ ތެރެއިން
މަގޫދޫ އެއާޕޯޓުގެ ބޮޑުބައި ނިމިއްޖެ؛ އެންމެ އަވަހަށް ނިމޭނީ ވެސް އެ އެއާޕޯޓު! 📍 ނ. މަގޫދޫ

މަގޫދޫ އެއާޕޯޓުގެ ބޮޑުބައި ނިމިއްޖެ؛ އެންމެ އަވަހަށް ނިމޭނީ ވެސް އެ އެއާޕޯޓު!

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިހާރު ތަރައްޤީކުރަމުން އަންނަ އެއާޕޯޓުތަކުގެ ތެރެއިން ތާވަލާ އެއްގޮތަށް އެންމެ އަވަހަށް މަސައްކަތް ނިމޭނީ ފ. މަގޫދޫ އެއާޕޯޓުގެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާގެ ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ “އަހާށޭ ބުނާނަން” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސައުދީ ވިދާޅުވީ، ކުންފުންޏާ ހަވާލުކޮށްފައިވާ އެކި އެއާޕޯޓުތަކުގެ މަސައްކަތްތަކ...

އަޙްމަދު ވަހީދު
ފ.މަގޫދޫ އެއާޕޯޓްގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަނީ 📍 ނ. މަގޫދޫ

ފ.މަގޫދޫ އެއާޕޯޓްގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަނީ

ފ. މަގޫދޫ އެއާޕޯޓްގެ މަސައްކަތް ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާނެކަމުގެ ޔަގީންކަން ރައީސްޑރ. މުޙައްމަދު މުޢިއްޒު އެރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ. މިކަމުގެ ޔަގީންކަން ދެއްވާފައިވަނީ އެމަނިކުފާނު ހުކުރު ދުވަހު ހަތަރު އަތޮޅެއްގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި، އިއްޔެ ފ. މަގޫދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ފ. މަގޫދޫ އިޖުތިމާޢީ މަރުކަޒުގައި ބޭއްވި މި ބައްދަލުވުމުގައި ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކ...

ޔުމްނާ ޢަލީ
ރައީސް ދެއްވީ ނ.މަގޫދޫ އަށް ވެވަޑައިގެން ހުރިހާ ވަޢުދެއް ފުއްދަވާނެކަމުގެ ޔަގީންކަން 📍 ނ. މަގޫދޫ

ރައީސް ދެއްވީ ނ.މަގޫދޫ އަށް ވެވަޑައިގެން ހުރިހާ ވަޢުދެއް ފުއްދަވާނެކަމުގެ ޔަގީންކަން

ނ.މަގޫދޫ އަށް ވެވަޑައިގެން ހުރިހާ ވަޢުދެއް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ދެއްވައިފިއެވެ. ރައީސް މިޔަގީންކަން ދެއްވީ ނ.އަތޮޅަށް ކުރަށްވަމުން ގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި އިއްޔެ މަގޫދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވިވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި ސަރުކާރުން އެކިކަހަލަ މަސައްކަތްތައް ކުރެއްވީ، ރަށްރަށުގައި މަޝްރޫޢުތައް ހިންގޭނެ ގޮތަށް ކަންކަން ތަރުތީބުކުރުމަށްޓަކައި ކަމަށެވެ....

ޔުމްނާ ޢަލީ
މަގޫދޫގައި ހަދާ އެއާޕޯޓްގެ ފަޔަރ އިމާރާތުގެ ބިއްލޫރިތައް ތަޅާލައި، ރޯކޮށްލަން އުޅެފި

މަގޫދޫގައި ހަދާ އެއާޕޯޓްގެ ފަޔަރ އިމާރާތުގެ ބިއްލޫރިތައް ތަޅާލައި، ރޯކޮށްލަން އުޅެފި

ފ. މަގޫދޫގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓްގެ ފަޔަރ އިމާރާތުގެ ބިއްލޫރިތައް ތަޅާލައި، އެތަނުގައި ރޯކޮށްލަން ބަޔަކު މަސައްކަތްކޮށްފިއެވެ. ފުލުހުން ބުނީ ފ.މަގޫދޫގައި ތަރައްގީ ކުރަމުންދާ އެއަރޕޯޓްގައި އިމާރާތް ކޮށްފައިވާ އެއަރޕޯޓް ފަޔަރ އިމާރާތުގެ ވަށައިގެންވާ ބިއްލޫރިތައް 13 ޖުލައި 2025 ވަނަ ދުވަހުގެރޭ ތަޅާލާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު (14 ޖުލައި 2025 ވަނަ ދުވަހު) ގެ 07:47 އެހައިކަންހާއިރު ކަމަށް އެ އިދާރާއިން ބުންޏެވެ. ”މި މައް...

ޔުމްނާ ޢަލީ
އެމްޓީސީސީން ނ.މަގޫދޫގައި ދެ މަޝްރޫޢޫއެއްގެ މަސައްކަތް ފަށަނީ

އެމްޓީސީސީން ނ.މަގޫދޫގައި ދެ މަޝްރޫޢޫއެއްގެ މަސައްކަތް ފަށަނީ

ނ.މަގޫދޫގައި ދެ މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން އިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކަންކަމާއި ގުޅުންހުރި މަޝްރޫޢުތަށް ހުއްޓިފައި ނޫނީ ފަށައިނުގަނެވި ހުރުމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިސްކަމެއްދީގެން މި މަޝްރޫޢުތަކުގެ މަސައްކަތް ނިންމުމަށް އެމްޓީސީސީއާއި ހަވާލުކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒ...

އައިޝަތު އައިނީ އާމިރު
މަގޫދޫގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް، "ބުޑު ފޮތި" ޕްރޮގްރާމް ފަށައިފި

މަގޫދޫގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް، "ބުޑު ފޮތި" ޕްރޮގްރާމް ފަށައިފި

ނ. މަގޫދޫގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މަގޫދޫގައި އެއްފަހަރައްވުރެ ގިނައިން ބޭނުންކުރެވޭ، ނުވަތަ ރީޔޫސެބެލް، ނެޕީ ބޭނުންކުރުމަށް ބާރުއަޅާ ‘ބުޑު ފޮތި’ ޕްރޮގްރާމް ރަސްމީކޮށް ފަށައިފިއެވެ. ރަށުގެ ތުއްތު ކުދިންނާއި އެކުދިންގެ އާއިލާތަކަށް އަމާޒުކޮށްގެން ފެށި ބުޑުފޮތި ޕްރޮގްރާމަކީ މަގޫދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ރަށު ކައުންސިލާއި، ސިއްޙީ މަރުކަޒުގެ އިސްނެގުމާއެކު، ސޮނެވާ ނަމޫނާގެ އެހީތެރިކަމާއެކު ހިންގާ ޕްރޮގްރާމެކެވެ....

އިބްރާހިމް އަސްވާޤް
މަގޫދޫ އެއާޕޯޓު ހިންގަން ރީޖަނަލް އެއާޕޯޓްސް އަށް 📍 ނ. މަގޫދޫ

މަގޫދޫ އެއާޕޯޓު ހިންގަން ރީޖަނަލް އެއާޕޯޓްސް އަށް

ފ. މަގޫދޫގައި ހަދަމުން އަންނަ އެއާޕޯޓު ހިންގުމަށް ރީޖަނަލް އެއާޕޯޓްސް އާ ހަވާލުކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ރީޖަނަލް އެއާޕޯޓްސްއާ ހަވާލުކޮށްފައިވާ އެއްބަސްވުމުގެ ދަށުން އެ އެއާޕޯޓް ހިންގުމުގެ ހުރިހާ ބާރެއް އެ ކުންފުންޏަށް މިހާރު ވަނީ ދީފައެވެ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 230 މިލިއަން ރުފިޔާއަަށެވެ. މި އެއާޕޯޓް ތަރައްގީކުރ...

އަޙްމަދު ވަހީދު
ނ. މަގޫދޫ އާއި ލ. ކަލައިދޫގެ ބައި-އިލެކްޝަން ޕީޕީއެމް އަށް! 📍 ނ. މަގޫދޫ

ނ. މަގޫދޫ އާއި ލ. ކަލައިދޫގެ ބައި-އިލެކްޝަން ޕީޕީއެމް އަށް!

ނ. މަގޫދޫ އާއި ލ. ކަލައިދޫގެ ބައި-އިލެކްޝަން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ކާމިޔާބުކޮށްފި އެވެ. މިއަދު ބޭއްވި ބައި-އިލެކްޝަން ގައި އެ ދެރަށުގެ ތެރެއިން ނ. މަގޫދޫ ކައުންސިލުގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި- އިލެކްޝަން ޕީޕީއެމް އިން ކާމިޔާބުކުރީ 9 ވޯޓުގެ ތަފާތަކުން ނެވެ. އެގޮތުން ޕީޕީއެމް އިން ވާދަކުރެއްވި އާމިނަތު ޔުމްނާ އަބްދުލްޣަނީ އަށް 124 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީޕީ އިން ވާދަކުރެއްވި ފަރީދާ އަދްނާނަށް  ލިބިވަޑައިގެންނެވީ 115 […]

މުޙައްމަދު އަފްރާޙް
މަގޫދޫ އެއާޕޯޓު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި 📍 ނ. މަގޫދޫ

މަގޫދޫ އެއާޕޯޓު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ފ. މަގޫދޫ އެއާޕޯޓް ހަދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވޅަު ކުރީ 550 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން 5 ކިލޯމީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ހެދުމާއި ޕެސެންޖާ […]

އަޙްމަދު ވަހީދު
ނ. މަގޫދޫ އާއި ކަލައިދޫ ބައި-އިލެކްޝަންގައި ވޯޓުފޮށި ބަހައްޓާ ތަންތަން އިއުލާން ކޮށްފި 📍 ނ. މަގޫދޫ

ނ. މަގޫދޫ އާއި ކަލައިދޫ ބައި-އިލެކްޝަންގައި ވޯޓުފޮށި ބަހައްޓާ ތަންތަން އިއުލާން ކޮށްފި

ނ. މަގޫދޫ އާއި ލ. ކަލައިދޫ ބައި-އިލެކްޝަންގައި ވޯޓުފޮށި ބަހައްޓާ ތަންތަން އިއުލާން ކޮށްފި އެވެ. ނ. މަގޫދޫ ގައި ބާއްވަނީ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނެވެ. އަދި ލ. ކަލައިދޫ ގައި ބާއްވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވީ މި ދެ ބައި-އިލެކްޝަން ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރ 5 ވާ ހޮނިހިރު ދުވަހު އެވެ. މަގޫދޫ ގައި ބަހައްޓާ ވޯޓުފޮށި […]

މުޙައްމަދު އަފްރާޙް
މަގޫދޫ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް 📍 ނ. މަގޫދޫ

މަގޫދޫ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ފ. މަގޫދޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބަންޑް ވޯލްޖެހުމުގެ މަސައްކަތެވެ. ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މި އަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅުގައެވެ. މި މަޝްރޫއުގެ ދަށުން މަގޫދޫގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިމެނޭ ގޮތަށް 47.8 ހެކ...

އަޙްމަދު ވަހީދު
މަގޫދޫ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި 📍 ނ. މަގޫދޫ

މަގޫދޫ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި

ފ.މަގޫދޫ ބިންހިއްކުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މަގޫދޫގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓް އަޅާ ބިން ހިމެނޭ ގޮތަށް، މި މަޝްރޫޢުގެ ދަށުން 47.8 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 3339 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ. މިއީ 206.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސީސީން އަންނަނީ މިހާރުވެސް ރާއްޖޭގެ އެކި ރަށްތަކުގ...

އަޙްމަދު ވަހީދު
މަގޫދޫ އާ އިންޖީނުގެ ހުޅުވައިފި 📍 ނ. މަގޫދޫ

މަގޫދޫ އާ އިންޖީނުގެ ހުޅުވައިފި

ނ. މަގޫދޫގައި ފެނަކަ ކޯޕަރޭޝަމުން އެޅި އާ އިންޖީނުގެ ހުޅުވައިފިއެވެ. މިއަދު މަގޫދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިންޖީނުގެ ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ. އެ މަނިކުފާނު މި އިންޖީނުގެ ހުޅުއްވައިދެއްވީ މިހާރު ނ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައެވެ. އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެ ރަށުގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އާ އިންޖީނުގެއާއެކު ހައްލު ލިބޭނެ ކަމަށެވެ. ފެނަކައިން މަގޫދޫގެ އާ އިންޖީނުގެ އަޅާފައިވަނީ މީހުން ދިރިއުޅޭ...

އަޙްމަދު ވަހީދު
މިލަދުންމަޑުލު ކައުންސިލްތަކުގެ ރޭންކިންގ 2019: 1 ވަނައަށް ފުނަދޫ އާއި މަގޫދޫ 📍 ށ. ފޯކައިދޫ

މިލަދުންމަޑުލު ކައުންސިލްތަކުގެ ރޭންކިންގ 2019: 1 ވަނައަށް ފުނަދޫ އާއި މަގޫދޫ

ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ވަނަ އަހަރުގެ ނަތީޖާއިން ށ. އަތޮޅުން 1 ވަނަ ރަށުގެ ގޮތުގައި ށ. ފުނަދޫ ކައުންސިލް އަދި ނ. އަތޮޅުން 1 ވަނަ ރަށުގެ ގޮތުގައި ނ. މަގޫދޫ ކައުންސިލް ހޮވިއްޖެ އެވެ. 2021 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަސް ފާހަގަކުރުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން އިއްޔެ ބޭއްވި ޙަފްލާގައި ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ގެ ނަތީޖާތައް އިޢުލާނުކޮށްދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފެވެ. […]

އަލީ އާދިލް
ށ. ފުނަދޫއާއި މަގޫދޫގައި އަލަށް އިމާރާތް ކުރެވުނު މިސްކިތް ހުޅުވައިފި 📍 ށ. ފުނަދޫ

ށ. ފުނަދޫއާއި މަގޫދޫގައި އަލަށް އިމާރާތް ކުރެވުނު މިސްކިތް ހުޅުވައިފި

ށ.ފުނަދޫއާއި މަގޫދޫގައި އަލަށް އިމާރާތް ކުރެވުނު މިސްކިތް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ހުޅުވައިދެއްވައިފިއެވެ. ސަރުކާރުގެ ބަޖެޓުން ޖުމްލަ 4.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފުނަދޫގައޖ އިމާރާތްކޮށްފައިވާ މި މިސްކިތުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެފަރާތުންނެވެ. މަސްޖިދުލް ރިޟްވާން ގެ ނަމުން ނަންދީފައިވާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތް އިމާރާތް ކުރަން ފަށާފައިވަނީ 17 ނޮވެމްބަރ 2019 ވަނަ...

އިބްރާހިމް އަސްވާޤް