މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ނ. ވެލިދޫ (40 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
40 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ވެލިދޫގެ އެންމެ ފަހުގެ ޚަބަރުތައް

40 ޚަބަރުގެ ތެރެއިން
ހަނިމާދުއާއި މިލަންދޫ ހިމެނޭހެން 7 ރަށެއްގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާން ކޮށްފި 📍 ށ. މިލަންދޫ

ހަނިމާދުއާއި މިލަންދޫ ހިމެނޭހެން 7 ރަށެއްގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާން ކޮށްފި

ބޮޑު ތިލަދުންމަތީގެ ދެ ރަށަކާއެކު 7 ރަށެއްގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާން ކޮށްފި އެވެ. އެގޮތުން ހޮސްޕިޓަލް އެޅުމަށް ނިންމާފައިވާ ރަށްތަކަކީި ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ އާއި ކ. ތުލުސްދޫ އެވެ. އަދި އދ. މާމިގިލި، ވ. ފެލިދޫ އާއި ތ. ވިލުފުށީގައި ވެސް ހޮސްޕިޓަލް އަޅައިދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިއުލާން ކުރައްވާފަ އެވެ. ފިނޭންސް މިނިސްޓްރީން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ މި […]

މުޙައްމަދު އަފްރާޙް
ވެލިދޫ މަގުހެދުމަށް ބޭނުންވާ ޕޭވިން ބުލޮކްސްގެ ފުރަތަމަ ސިޕްމަންޓް ގެންގޮސްފި 📍 ނ. ވެލިދޫ

ވެލިދޫ މަގުހެދުމަށް ބޭނުންވާ ޕޭވިން ބުލޮކްސްގެ ފުރަތަމަ ސިޕްމަންޓް ގެންގޮސްފި

ނ. ވެލިދޫ މަގުހެދުމަށް ބޭނުންވާ ޕޭވިން ބުލޮކްސްގެ ފުރަތަމަ ސިޕްމަންޓް ގެންދެވިފައި ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވިދާޅުވެއްޖެ އެވެ. އެ ކުންފުނިން ވިދާޅުވީ މި މަޝްރޫއުގައި މިހާރު ކުރިޔަށް ދަނީ ބޮޑު މަގުގައި ކާބުސްޓޯން ޖެހުން ކަމަށެވެ. މީގެ އިތުރުން އޯޝަން މަގު، ސޯސަން މަގު، ޗާންދަނީ މަގު އަދި ރޯޝަނީ މަގުގައި ކާބުސްޓޯން ޖެހުމުގެ މަސައްކަތުގެ 40 އިންސައްތަ ނިމިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ވެލިދޫ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫޢު އާރްޑީސީ […]

މުޙައްމަދު އަފްރާޙް
ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ޕެރޭޑް އުތުރުގެ ހަތަރު ރަށެއްގައި 📍 ހއ. އުތީމު

ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ޕެރޭޑް އުތުރުގެ ހަތަރު ރަށެއްގައި

މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ޕެރޭޑް ރާއްޖޭގެ 4 ރަށެއްގައި ބާއްވަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެ އެވެ. އެ އިދާރާ އިން ވިދާޅުވީ އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ޕެރޭޑް އޮންނާނީ މިއަދު ހަވީރު ހއ. އުތީމުގައި ކަމަށެވެ. މި ޕެރޭޑުގެ ހަރަކާތް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްއާއި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދ...

މުޙައްމަދު އަފްރާޙް
ތިން ފުޅި ބަނގުރަލާ އެކު ވެލިދޫން މީހަކު ހައްޔަރުކޮށްފި

ތިން ފުޅި ބަނގުރަލާ އެކު ވެލިދޫން މީހަކު ހައްޔަރުކޮށްފި

ތިން ފުޅި ބަނގުރަލާ އެކު ނ. ވެލިދޫން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ މީހާ ހައްޔަރުކުރީ މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ ވެލިދުއަށް ދަތުރުކުރަމުންދާ ބޯޓަކުން އެ ރަށަށް ބަނގުރާ އެތެރެކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވެއެވެ. މި ހިނގާ ސެޕްޓެމްބަރު ފަސް ވަނަ...

ޔުމްނާ ޢަލީ
ސުލޫކީ މައްސަލައެއް ބަލާތީ ވެލިދޫގެ އިސް މެޖިސްޓްރޭޓް އިސްތިއުފާ ދީފި

ސުލޫކީ މައްސަލައެއް ބަލާތީ ވެލިދޫގެ އިސް މެޖިސްޓްރޭޓް އިސްތިއުފާ ދީފި

ނ. ވެލިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ސައީދު އަލީގެ ސުލޫކީ މައްސަލައެއް ބަލަން އުޅޭތީ އޭނާ މަގާމުން އިސްތިއުފާދެއްވައިފިއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނިގޮތުގައި އެ ކޮމިޝަނުން ބަލަން ނިންމާފައި ވަނީ އަޙްމަދު ސަޢީދު ޢަލީ، އެ ކޯޓުގެ މައްސަލަތައް ނިންމުމުގައި ރިޝްވަތު ނަގާކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ބެލުމަށް ނިންމައި ތަހުގީގީ ކޮމިޓީއެއް އެކުލަވާލާފައިވާ ކަން އެ ކޮމިޝަނުން ހާމަކުރީ މިއަދުއެވެ. މައްސަލަ ބަލަން ނިންމުމާއި އެކު ސައީދު ވަނީ […]

ޝިއުނާ އާދަމް
ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް 📍 ނ. ވެލިދޫ

ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ 83 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ. އަދި ހިއްކަން ހަމަޖެހިފައިވާ ސަރަހައްދުގެ 98 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ. މި މަޝްރޫއުގެ ދަށުން، 3.48 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި، 255 މީޓަރުގެ ސަރ...

އަޙްމަދު ވަހީދު
ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހަދަން ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި 📍 ނ. ވެލިދޫ

ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހަދަން ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި

ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓު އެ ރަށަށް ގެންގޮސްފިއެވެ. އެ މަސައްކަތް ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ 85 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި ރިވެޓްމަންޓު ޖެހުމުގެ މަސައްކަތުގެ 58 އިންސައްތަ މަސައްކަތްވެސް ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 3.48 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 255 […]

އަޙްމަދު ވަހީދު
ވެލިދޫ ދޯނި އެހެލާ ސަރަހައްދުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފަށައިފި 📍 ނ. ވެލިދޫ

ވެލިދޫ ދޯނި އެހެލާ ސަރަހައްދުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފަށައިފި

ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި އެ މަސައްކަތް ފެށީ މިދިޔަ އާދީއްތަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 3.48 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 255 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫޢުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް 24 އޭޕްރީލް […]

އަޙްމަދު ވަހީދު
ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހަދަން ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި 📍 ނ. ވެލިދޫ

ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހަދަން ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި

ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. އެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނީ، އެ މަޝްރޫއުއަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ސައިޓަށް ގެންދިޔައީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ކަމަށެވެ. މި މަޝްރޫއުގެ ދަށުން 3.48 ހެކްޓަރުގެ ބިން ހިއްކުމާއި 255 މީޓަރުގެ ސަރަހައްދެއްގައި ރިވެޓ...

އަޙްމަދު ވަހީދު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އާ ލޯގޯ ޑިޒައިން ކުރީ، ވެލިދޫ ޒުވާނެއް 📍 ނ. ވެލިދޫ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އާ ލޯގޯ ޑިޒައިން ކުރީ، ވެލިދޫ ޒުވާނެއް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ އާ ލޯގޯ ޑިޒައިން ކުރުމަށް ހުޅުވާލި ފުރުޞަތުގައި ހުށައެޅި ހުޅައެޅުންތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށައެޅުމަކަށް ނ. ވެލިދޫ ޒުވާނެއްކަމުގައިވާ އަޙްމަދު ޙާލިދުގެ ހުށައެޅުން ހޮވިއްޖެ އެވެ. ކޭއާރުއެޗުން ބުނީ މިއީ ހޮސްޕިޓަލު އުފެއްދައި ބޭނުން ކުރަން ފެށި ލޯގޯ ބަދަލު ކުރި ފުރަތަމަ ފަހަރު ކަމަށާއި އާލޯ އެއް ފަރުމާކުރުމަށް ހުޅިވާލީ ހޮސްޕިޓަލަށް އަންނަމުންދާ ކުރިއެރުމާއި މުސްތަގުބަލަށް ވިސްނައިގެން ކަމަށެވެ. އާ ލޯގޯއިން ބުނެދޭ މެސެޖާއި އެއްގޮތަށް އިތުރު […...

އަލީ އާދިލް
އެމްޓީސީސީން ވެލިދޫގެ ދޯނި އެހެލާ ސަރަހައްދު ހަދަނީ

އެމްޓީސީސީން ވެލިދޫގެ ދޯނި އެހެލާ ސަރަހައްދު ހަދަނީ

ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް،މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ، އެ މަޝްރޫއުގެ ދަށުން މިހާރު ހިއްކިފައިވާ ސަރަހައްދުގެ ބިން އެއްވަރު ކުރުމާއި ކޮންނަންޖެހޭ ސަރައްހައްދު ކޮނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ރިވެޓްމެންޓް ޖެހުމާއި ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް...

އަޙްމަދު ވަހީދު
ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހަދަން ސައިޓު މޮބިލައިޒް ކޮށްފި 📍 ނ. ވެލިދޫ

ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހަދަން ސައިޓު މޮބިލައިޒް ކޮށްފި

ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ އަމަލީ މަސައްކަތް ފަށަން ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަސައްކަތް ފަށަން ސައިޓު މޮބިލައިޒް ކުރީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި، ރިވެޓްމަންޓް ޖެހުމާއި ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 280 ދުވަހުގެ ތެރޭގައެވެ. މިއީ 18.25 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ. މިވަގުތު ރާއްޖޭގެ އެކި ކަންކޮޅު...

އަޙްމަދު ވަހީދު
ވެލިދޫގައި ހިންގާ ފުނަރު ޕްރޮގްރާމުގެ އިމްތިހާން ބާއްވައިފި

ވެލިދޫގައި ހިންގާ ފުނަރު ޕްރޮގްރާމުގެ އިމްތިހާން ބާއްވައިފި

ފެނަކަ ކޯޕްރޭޝަންގެ “ފުނަރު“ ޕްރޮގްރާމްގެ އިމްތިހާނު ނ. ވެލިދޫދައި މިއަދު ބާއްވައިފިއެވެ. މިއީ ފެނަކައިގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. ޖުމަލަ ހަތް ރަށެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދާއިރު، ވެލިދޫ ބެޗަށް ފުނަރު ޕްރޮގްރާމްގެ ތިއަރީ އިމްތިހާނު ބާއްވާފައިވަނީ އިއްޔެއެވެ. އަދި މިއަދު ބޭއްވީ އިމްތިހާނުގެ ޕްރެކްޓިކަލް ބައެވެ. ފެނަކައިން ބުނީ ވެލިދޫ ބެޗުގެ އިމްތިހާނުގައި ހަ ދަރިވަރުން ބައިވެރިވި ކަމަށެވެ. އެއީ ވެލިދޫއިން ބައިވެރިވި ހަތަރު ދަރިވަރުންނާއި، ރ. އުނގޫފާރުން ބައިވެރިވިކުއްޖަކާއި ހއ. ކެލ...

އަޙްމަދު ވަހީދު
މާލެއިން ވެލިދޫއަށް ދިޔަ ބޯޓެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައިފި

މާލެއިން ވެލިދޫއަށް ދިޔަ ބޯޓެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައިފި

މާލެއިން ފުރައިގެން ނ. ވެލިދޫއަށް ދިޔަ ބޯޓެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ މާލެއިން ފުރައިގެން ވެލިދޫއަށް ދަތުރުކުރާ ބޯޓަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެބޯޓު ބަލައިފާސްކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައި އެބޯޓު ވެލިދޫއަށް ބަނދަރުކުރުމުންކަމަށެވެ. އެބޯޓް ބަލައިފާސްކުރިއިރު ބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކ...

ޔުމްނާ ޢަލީ
ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއެކު 54 އަހަރުގެ މީހަކު ވެލިދޫން ހައްޔަރުކޮށްފި

ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއެކު 54 އަހަރުގެ މީހަކު ވެލިދޫން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނ.ވެލިދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއެކު މީހަކު ވެލިދޫން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ވެލިދޫ ގެއެއްގެ ތެރޭގައި ބަނގުރާ ކައްކާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން  މި ޖޫން މަހު 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ. އެ އޮޕަރޭޝަނުގައި، އ...

ޔުމްނާ ޢަލީ