ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓު އެ ރަށަށް ގެންގޮސްފިއެވެ.
އެ މަސައްކަތް ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ 85 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި ރިވެޓްމަންޓު ޖެހުމުގެ މަސައްކަތުގެ 58 އިންސައްތަ މަސައްކަތްވެސް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 3.48 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 255 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފަ. ބިން ހިއްކުމުގެ 85 އިންސައްތަ މަސައްކަތް ނިމި، ރިވެޓްމެންޓް ޖެހުމުގެ 58 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފަ.#MTCCProjects #RayyithungeKunfuni pic.twitter.com/bYuzr4Hh7x
— MTCC Plc (@MTCCPlc) June 26, 2022
މިއީ މަޝްރޫއަކީ 18.25 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 280 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!