މިއަދު 45 މިނެޓަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލަން ސްޓެލްކޯއިން ނިންމައިފިއެވެ.
އެ ކުންފުނިން ކުރި ޓުވީޓެއްގައި ބުނީ، ޓްރާންސްފޯމަރު އަޕްގްރޭޑިންގެ މަސައްކަތްތަކެއް މިއަދު މެންދުރު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
މި މަސައްކަތާ ގުޅިގެން މިއަދު މެންދުރު 1:00އިން 3:45އާ ދެމެދު މާލޭގެ ބައެއް ސަރަހައްދުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުންޏެބވެ.
ކަރަންޓް ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފައި ވަނީ މާފަންނުގެ އިއްޒުއްދީން މަގާއި، މަޖީދީމަގު، މުނިޔަމަގު، ހަނދުވަރީ ހިނގުން، ޝަހީދު އަލީ ހިންގުމާއި، ފުލޫނިޔާ މަގުގެ އިތުރުން ހަވީރީ ހިނގުމުންނެވެ.
ހިދުމަތްތައް މެދުކެނޑުމުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން މާފަށް އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!