ފެނަކަ ކޯޕްރޭޝަންގެ “ފުނަރު“ ޕްރޮގްރާމްގެ އިމްތިހާނު ނ. ވެލިދޫދައި މިއަދު ބާއްވައިފިއެވެ.

މިއީ ފެނަކައިގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. ޖުމަލަ ހަތް ރަށެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދާއިރު، ވެލިދޫ ބެޗަށް ފުނަރު ޕްރޮގްރާމްގެ ތިއަރީ އިމްތިހާނު ބާއްވާފައިވަނީ އިއްޔެއެވެ. އަދި މިއަދު ބޭއްވީ އިމްތިހާނުގެ ޕްރެކްޓިކަލް ބައެވެ.

Ad
rt

ފެނަކައިން ބުނީ ވެލިދޫ ބެޗުގެ އިމްތިހާނުގައި ހަ ދަރިވަރުން ބައިވެރިވި ކަމަށެވެ. އެއީ ވެލިދޫއިން ބައިވެރިވި ހަތަރު ދަރިވަރުންނާއި، ރ. އުނގޫފާރުން ބައިވެރިވިކުއްޖަކާއި ހއ. ކެލާއިން ބައިވެރިވި ކުއްޖެކެވެ.

މި ޕްރޮގްރާމްގެ ދަށުން ޓެކްނިކަލް އަދި މެކޭނިކަލް ދާއިރާއިން އިންޖީނު މަރާމާތު ކުރުމާއި، މެއިންޓެނެންސްގެ މަސައްކަތް ތަކާއި، މެކޭނިކަލް މަސައްކަތްތައްޕްރޮގްރާމްގެ ބައިވެރިންނަށް ދައްކޮށްދީފައި ވެއެވެ. އަދި އެ މަސައްކަތްތައް ކުރާއިރު ސަލާމަތީގޮތުން ސަމާލުވާން ޖެހޭ ކަންތައްތަކާއި، އެކިއެކި ޓޫލްސްތައް ބޭނުންކުރާނެ ގޮތްވެސް ދަސްކޮށްދީފައި ވެއެވެ.